ފޯބްސް މަޖައްލާ އިން ނެރޭ މުއްސަނދިންގެ ލިސްޓުގެ އެއް ވަނަ މަޤާމު ހޯދާފައިވަނީ މަޝްހޫރު އީ-ކޮމާސް ވެބްސައިޓް އެމެޒޮންގެ ފައުންޑާ ޖެފް ބެޒޮސް އެވެ. 2017 ވަނަ އަހަރު ބެޒޮސްގެ އާމްދަނީ 112 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ލިސްޓުގެ އެއްވަނަ ބެޒޮސް ހޯދުމުން، ގިނަ ދުވަސްތަކެއް ވަންދެން މި ލިސްޓުގެ އެއްވަނަ ދަމަހައްޓަމުން އައި ޓެކް ކުންފުނި، މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް ވަނީ ދެ ވަނައަށް ވެއްޓިފައެވެ. އޭނާގެ އާމްދަނީ ވަނީ 90 ބިލިޔަނަށް އަރާފައެވެ.

ފޯބްސް އިން ނެރޭ ލިސްޓުގެ ތިން ވަނައިގައި ވަނީ ވޮރެން ބުފޭ އެވެ. އޭނާގެ އާމްދަނީ 84 ބިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު ލިސްޓުގެ ހަތަރު ވަނައިގައި އެލްވީއެމްއެޗުގެ ވެރިޔާ ބާނާޑް އާނޯލްޓެވެ. އޭނާގެ ހަޒާނާގައި 72 ބިލިއަން ޑޮލަރު ހުރިއިރު އެއީ ޔޫރަޕު ބައްރުގެ އެންމެ މުއްސަނދި މީހާވެސްމެއެވެ.

މިލިސްޓްގައި ތިބާގެ ނަން ހިމަނަން ބޭނުންނަމަ ކުރަންއޮތީ އެންމެ ކަމެކެވެ. ގަދަޔަށް މަސައްކަތް ކުރާށެވެ. ކަންނެތްކަމަށް ނޫނެކޭ ބުނާށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސާކިރު

    ކާކަށްބާ ނޭގިގެން މިއުޅެނީ

  2. ޝެއިޙް

    ލިސްޓް ގައި ތިބާގެ ނަން ހިމަނަން ބޭނުންނަމަ ފަތިސް ނަމާދު ގެ އިހު ސުންނަތުގެ 2 ރަކުއަތް އަދާކުރަން ހަނދުމަ ބަހައްޓާށެވެ. ފަތިސް ނަމާދު ގެ އިހު ސުންނަތުގެ 2 ރަކުއަތް ދުނިޔެ އާއި ދުނިޔޭގައި ވާހާ ހުރިހާ އެއްޗަކައްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.

  3. ގަނޑިޔާ

    މަގޭ ހިތައްއަރާ މި އާޓިކަލްގެ އެންމެ ފަހު ޖުމްލަ މީ ކީއްކުރަން ލިޔުނު ޖުމްލައެއްބާއޭ. މީހުންގެ ދަތްކޮޅު އަނގައިގަ ގިނަދުވަހު ހުރެދާނެތީ އެވައްޓަންތަ؟ މުދަލާ ތަނަވަސްކަމަކީ ﷲ ދެއްވާ ނިއުމަތެކޭ. ގުދާރު ބިނަދައިގެންދާވަރަށް މަސައްކަތް ކުރިއަސް ﷲ އިރާދަކުރ ައްވައިފި އަޅަކައްމެނުވީ ތަނަވަސްކަމެއްނުވޭ.

  4. ރާއްޖެ

    ނޫނޭ ހިއްމަތާއެކު މަސައްކަތް ކުރިޔަސް ވާނީ ވަކި ބަޔަކަށް. އެއީހިތަށް އެރި ގޮތަކަށް އުޅެފަ ޕޯޑިއަމަކަށް އަރާ މީހުންގައިގެ މަސްކއިފަ ރައްޔިތުންގެ މަޖިލީހޭ އެކިޔާ ތަނަކަށް ކުރިމަތިލައި ހޮވުނީމަ އެއްލަކިން ތިލިސްޓަށް އަރާނެ.

  5. އިބޫ

    އަޅުގަނޑު ތިޔަލިސްޓަށް އަރަން ބުރަކޮށް މަސައްކަތްކުރުމުން ގައިންދާހިއްލާފައި ކަރުހިއްކަނީއެވެ. ފޮޓޯގައި އެތިބަމީހުންނަށް އަޅުގަނޑު ކުރާވަރަށް މަސައްކަތް ކުރެވޭނެކަމަކަށް ގަބޫލެއްނުކުރެވޭ.

  6. އަހުމަދު

    ބޭނުން.ވާނެތަ؟

  7. ދަންނަ ނުދަންނަ

    ލިސްޓްގަ ޖެހީމަ ޖާގައެއް ލިބުނީނު
    މުއްސައްޖަކަށް ނުވިޔަސް