މިދިޔަ އަންގާރަ ދުވަހު މާލޭގައި ދަން ޖެހިގެން ނޭޕާލް އަންހެނަކު މަރުވި މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މާލޭ ގެއެއްގައި އުޅުނު ނޭޕާލް އަންހެނަކު ސެޕްޓެމްބަރ 11 ވަނަ ދުވަހު ދަންޖެހިގެން މަރުވެފައިވާ މައްސަލައެއް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.

އެއަންހެން މީހާ އަކީ 25 އަހަރުގެ އަންހެނެއް ކަަމަށް ފުލުހުން ވިދާޅުވިއެވެ.

އަންހެން މީހާ ދަން ޖެހިގެން މަރުވި މައްސަލަ ތަޙްޤީޤު ކުރަމުން ދަނީ އެމަރުގައި ޝައްކުތަކެއް ހުރެގެން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ސާފުކޮށެއް ނުދެއްވައެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ގައުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑީޑީ ޖޖޖޖހީ

    ހިޙީ ހަމަ ހަލާކު.ދިވެހި ފުލުހުން.މޮޔަނުވާނެ ތަ؟

  2. އަލީ

    ދިވެހި ސިފައިންނޭ ބުންޔަސް މަ ލަދުގަންނަނީ ހަމަ. ތާކުންތާކު ނުޖެހޭ ބައެއް ސަހާދެއް މިބުނީ