ސަރުކާރުން އައްޑޫސިޓީން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ކެޓެގަރީ ތަކަކީއުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަކޮށްގެންނާއި، ހުރިހާ ފަރާތްތަކަށް ޙާއްޞަކޮށްގެންނެވެ.

އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ލިބޭ ޕޮއިންޓްތަކަށް ބެލުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުުވިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް 12 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށެވެ.

އައްޑޫ ސިޓީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ރަށަކުންނެވެ. އެ ހަތަރު ރަށުގެ ތެރެއިން ހުޅުދޫ، މީދޫ އަދި ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ ބިމެވެ. އަދި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1400 އަޖަ ފޫޓުގެ ބިމެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު 13 ސެޕްޓެމްބަރ 2018 އިން ފެށިގެން ލިބެން ހުންނަނެއެވެ. މި ގޯތި ދޫކުމާއި ބެހޭ އިތުރު މައުލޫމާތުތައް މި ލިންކް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސރަތ ސރނ

    61 ަަަަނުލިބނ

  2. ަައައިޝާ

    ކޮބާ ލިންކް؟

  3. ނައިން

    ހަބޭސް އަވަހަށް ހުރިހާކުދިން ފޯމްލާ