ކުރީގެ ރައީސް މައުމުން އަބްދުލްޤައްޔޫމް އިދިކޮޅު އެމްޑީޕީއާއި އެކު ހުންނެވިހައި ހިނދަކު، އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހި ލޭ ހިނގާ ދިވެހި ޒުވާނަކު ނޫޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ، އެމަނިކުފާނު މިއަދު އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ފެއްޓެވި ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުދޫ މީދޫއަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާއި ދެއްކެވި ވާހަކަފުޅުގައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ދެއްކެވި ވާހަކައަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ޕީޕީއެމް އޭގެ އަސްލު ހައްޤުވެރީންނާއި ޙަވާލުކުރާނެ ކަމަށް އިބޫ ވިދާޅުވާކަމަށެވެ. އެހެން ނަމަވެސް ރައީސް މަޢުމޫން އެމްޑީޕީއާއެކު ކޯލިޝަން ހައްދަވައިގެން ޕީޕީއެމްގެ ވެރިޔަކަށް ވަޑައިގަތަސް އެމަނިކުފާނާއި އެކު ދިވެހިން ނޫޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ރައީސް މަޢުމޫން އެމްޑީޕީއާއެކު ކޯލިޝަން ހައްދަވައިގެން ހުންނެވިކަމުގައިވިޔަސް އެ ކޯލިޝަންމަތީގައި ހުންނަވާހާ ދުވަހަކު ޕީޕީއެމްގެ ވެރިޔަކަށް ރައީސް މަޢުމޫނު ވަޑައިގަތަސް ނޫޅޭނެ ދިވެހި ވިންދު ހިނގާ ދިވެހި ލޭ ހިނގާ އެއްވެސް ދިވެހި ޒުވާނަކު ނޫޅޭނެ، އެއްވެސް ދިވެއްސަކު ނޫޅޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ވައިރަސްއެއް ކަމަށްވަންޏާ ޕީޕީއެމާއި ކުރީން އޮތް ޑީއާރުޕީގެ ފިކުރަކީ ހަޤީޤަތުގައި "އެންޓި-ޑޯޒް"އެއް ކަމުގައެވެ. އެހެންކަމުން ޕީޕީއެމްގެ އާއްމު މެންބަރުން އެމްޑީޕީ ކޮޅަށް އަރާނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، އެއީ ވާނޭކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަޤީގަތުގައި މިދެންނެވި އެންޑި-ޑޯޒް. އެހެންވީމަ ޕީޕީއެމްގެ އާއްމު މެންބަރުން އެމްޑީޕީ ކޮޅަށް އަރާނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ. އެހެންކަމަށްވަންޏާ ދިވެހިރާއްޖޭގައި ޕާޓީތަކެއް ނޫޅޭނެ. ދިވެހިރާއްޖޭގައި އޮންނާނީ ހަމަ އެންމެ ޕާޓީއެއް. އެގޮތަކަށް ނުވާނެ، އެއީކީ ވާނެކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިއަދު ކޯލިޝަން ހައްދަވައިގެން އުޅުއްވާއިރު، ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް މައުމޫމަށްވެސް ސަރުކާރު ހިންގުމުގެ ނުފޫޒެއް ނުވަތަ ބާރެއް ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް ކޭކު ފެޅުމުގެ ކުރީން ބައި އަޅާނެ ވާހަކަ ވިދާޅުވިނަމަވެސް، ކޭކު ލިބޭ މީހާ މުޅި ކޭކު ކާލަން ބޭނުންވާނެ ކަމަށް، އިދިކޮޅު ފަރާތްތަކުގެ ތެރެއިން މިއަދު ފެންނަމުންދާ މަންޒަރަށް މިސާލުޖައްސަވަމުން ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންނަސް ވެރިކަން ލިބިވަޑައިގެންފި ކަމަށްވަންޏާ ރައީސް މަޢުމޫނުގެ ފެކްޝަނަށްވެސް ކޮންމެ ވަރަކަށް ސަރުކާރު ހިންގުމުގެ ނުފޫޒު، ބާރު ދެއްވާނެކަމަށް އެވިދާޅުވާ ކޮންމެސް ޕަސެންޓޭޖެއް ކޭކުން. އެކަމަކު ކޭކަކީ ހާދަ މީރު ކޭކެކޭ. ކޭކު ލިބޭ މީހާ ހަމަ މުޅި ކޭކު އެކީ ކާލަން ބޭނުންވާނެ. އެޔެއް ނުލިބޭނެ، ފެޅުމުގެ ކުރިން ބައި އަޅާނެ ވާހަކަ ބުނާނެ. މިއަދު އޭގެ ހަޤީގަތް އެނގިގެން އެ ވިދާޅުވީ، މިއަދު އެ ވިދާޅުވީ ހަޤީގަތް، ތިމަންނަމެން ރައީސް މަޢުމޫނާ އެކީ ތިމަންނަމެން ނުދާނަމޭ، ރައީސް މަޢުމޫން ޕީޕީއެމް އާ ހަވާލުކޮށްފައި ޕީޕީއެމް ބައްސާލާނަމޭ، އެއީ އެ ވިދާޅުވި ވާހަކައަކީ،"

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަމިއްޓެ

    މަމީ ޒުވާނެއް ހަށިގަނޑުގަ ހިންގަނީ ސީދާ ދިވެހި ލޭ އެކަމުވެސް މިހުރީ ސާބިތުކަމާއެކު އިބޫ ފަހަތުގަ

  2. އަޅުގަނޑު އެބަހުރިން

    ހަމަގައިމުވެސް އަޅުގަނޑުގެ ހިނގަނީ ދިވެހި ލެއެވެ. ޒުވާނަކީމެވެ. އަދިވެސް މިހުރީ ރައީސް މައުމޫނު ފަހަތުގައެވެ. ރައީސް ޔާމީނަށް ވޯޓުދިނީ ވެސް ރައީސް މައުމޫންގެ އެކަމަށް އެދިވަޑައިގަތީމަ އެވެ. މިފަހަރު އިބޫއަށް ވޯޓު ދޭނީވެސް ހަމަ ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

  3. މަވޯޓާ

    ހުރިހާ ދިވެހިން ޒުވާނުންނާއިއެކު ތިބީ އެމްޑީޕީ އާއިއެކުގައި ކަން އަދިވެސް އޭނާއަށް ނޭގެނީތަ! މޮޔަގޮވަނީ، ކޮންމެ ޖަލްސާއެއްގައި މޮޔައެއްގޮވާނެ،

  4. ރާއްޖެ

    ހަމަ ޔަގީނުންވެސް އަޅުގަނޑު މައުމޫނަށް
    ތާއީދެއްނުކުރާނަން މޑޕގެފަހަތުގައި އުޅުއްވާހާ
    ދުވަހަކު

    • މށް

      ކަލޭ ދޭ މަހަށް

  5. ނަން

    މައުމޫނު ފަހަތަށް ޔާމީނު ނޭރީމަ ދެރަވާނީ ހަމަޔާމީނަށް

  6. ސަނދުވާ

    ދިހިވެހި ޤައުމުގެ ބައްޕަ ގުނބޯ ހައްދައިގެން އެބޭފުޅާގެ ދުވަސް ދުއްވާލަނީ، އެމްޑީޕީގެ ޔަހޫދީ ރޭވުމުން. އެމަނިކުފާނު ޖަލަށް ލެއްވީމާ، އީވާ ޕާރޓީ ބޭއްވެވިކަން ވަރަށް ސާފު.

  7. އަބްދުއްލާ

    ކެނެރީގެ ނަސީދު ކަހަލަ ދަށުދަރަޖައިގެ މީހަކަށް މައުމޫނު ވެ ވަޑައިތުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން. ކެނެރީގެ ނަސީދަކީ 2 މައްސަލަ ޓެރަރިސްޓް 1 މައްސަލަ ވައްކަން ސަރީއަތަށް ސާބިތުވެ ހުކުމް އައިސްފައިވާ މީހެއް. މިފަދަ ޑީގްރޭޑް މީހެއްގެ ފަހަތަށް މައުމޫނު ވާދައިގަތުންގަބޫލެއްނުކުރެވޭނެ.

  8. ާަަަަޑުންގު ބެ

    ދިވެހި ލޭ ހިނގާ ޒުވާނުން ކަމަށް މާނަ ތިކުރަނީ ބިރެއް ނެތި މާލޭގެ މަގުތަކުގައި ވަޅި ހިފައިގެން އުޅޭ ، ޖީންސުގެ ހަތަނުން ފޫގޮއްސަ ހުންނަ ޖީންސު ލައިގެން ، ބޯ ހަތެޔެއްހެން ހަދައިފައި ހުންނަ ޒުވާނުންނަށް ތޯ..މީގެ ދެރޭ ކުރިން " ހިޔާ އެންމެންނަށް" ޖަލްސާޔަށް މާލެއިން ބުރިޖު މަތިން ހުޅުމާލެއަށް ދަތުރުކުރި ގާތް ގަނޑަކަށް 150 ޒުވާނުން މި ސަރުކާރުން ޒުވާނުން ކަމަށް ގަބޫލު ކުރާ ކަހަލަ ޒުވާނުން. މާލޭގެ ގޭންގް ހެދިގެން ޒުވާނުންނަކީ މިސަރުކާރުން ޒުވާނުން ކަމަށް ދެކޭ ޒުވާނުން..