ވަރަށް ދީންވެރި ބޭފުޅެއްގެ ގޮތުގައި އަދާލަތު ޕާޓީ އިން ސިފަ ކުރަމުން އަންނަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ހިލޭ އަންހެނަކުންނާއި އެކު ވަރަށް ގައިގޯޅި ކޮށް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި އެކު އިބޫ އަށާއި، އެއަންހެނުންނަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އިބޫ ހިލޭ އަންހެނުންގެ ގައިގައި ބައްދައިގެން ހުންނަ މަންޒަރެވެ.

ފޮޓޯތަކާއި ގުޅިގެން ޚިޔާލުފާޅުކުރި އެކަކު ބުނެފައި ވަނީ "މިއީ މިނިވަންކަމެއް ނޫން. މިއީ ލާދިނީ ފިކުރު ފެތުރިފައި އޮތް މިންވަރު. މިއީ ކޮންމެ ކަމެއް އޯކޭ ވެފައި އޮތް މިންވަރު. މިހެން ނޫޅެ ވެސް ތާއިދު އޮތް ކަން ދެއްކިދާނެ." ކަމަށެވެ.

އިބޫ ހިލޭ އަންހެނެއްގެ ގައިގައި ބައްދަނީ
އިބޫ ހިލޭ އަންހެނެއްގެ ގައިގައި ބައްދަނީ

އިތުރު މީހަކު ބުނެފައި ވަނީ ހިލޭ އަންހެނުން އިބޫ ގައިގައި ބައްދާއިރު އެކަން އެގޮތައް ނުކުރުމަށް އިބޫ ވިދާޅުނުވަނީ އިބޫ އަކީ ހިލޭ އަންހެނުންނާއި އެފަދަ ގޮތްގޮތައް މުއާމަލާތް ކުރަން ބޭނުންފުޅުވާ ބޭފުޅަކަށް ވާތީ އެވެ.

ފޮޓޯތަކާއި ގުޅިގެން އިބޫ ވެސް އަދި އޭނާގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވެސް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މާރިޔާ އަކީ ވެސް މީގެ ކުރިން ހިލޭ ފިރިހެނުންގެ ގައިގައި މިގޮތައް ބައްދާ، ސަލާމަތް ކޮށްފައިވާ ބޭކަނބަލެކެވެ.

އިބޫ ހިލޭ އަންހެނަކާއި އެކު

އިބޫ ހިލޭ އަންހެނުންގެ ގައިގައި ބައްދައިގެން ހުންނަ ފޮޓޯތަކާއި ގުޅޭ ގޮތުން އަދާލަތު ޕާޓީ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް މީގެ ކުރިން އަދާލަތު ޕާޓީގެ ދީނީ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެފައި ވަނީ "އިބޫ އަކީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ "ދުއާ ދެއްވާފައިވާ ފަދަ ވެރިއެއް." ކަމަށެވެ.

އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ހަމައެކަނި މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެފައި ވަނީ އިބޫ އަކީ "ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތްތަކުގެ އަޑު އައްސަވާ" ބޭފުޅެއް ކަމަށެވެ.

އެމްޑީޕީ އިން މީގެ ކުރިން ގެންގުޅުނު ކަމަށް އަދާލަތު ޕާޓީ އިން ބުނާ "ލާދީނީ" ސިޔާސަތުގެ ކެޓަގަރީ އަށް އިބޫ ނުފެތޭކަން ދެއްކުމަށް އަދާލަތު ޕާޓީ އިން ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިފަދަ ފޮޓޯތަކުގެ ސަބަބުން އަދާލަތު ޕާޓީގެ މަސައްކަތް އަނެއްކާވެސް މިވަނީ އިތުރަށް ބުރަ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

  1. މަރީ

    ދޮގެއްވާނޫ އިބޫ ނުވާނޭދޯ ބައްދައިގެން ސޭހު ސާހީމް މެން ބެއްދިޔަސް.،

    • ދެނޯ

      ޝަހީމު ކުރިކަންތައް ގޯސްކަން ޚުދު އޭނަ ގަބޫލުކޮށް އެކަމުގެ ވާހަކަ ވަނީ މާޒީގަ ދެކެވިފަ. ދެން އިބޫ ކުރީމަ ކަލޭމެންނަށް ރަނގަޅުވީތަ؟

    • ޝަ

      ޝެޭހް ސާހީީމް އެއް ނޫން ކިޔަނީ ފުރަތަމަ ނަން ލިޔަން ދަސް ކޮށްބަލަ...ދޮގު ވާހަކަމިދައްކަނީ މީހުނޭ ކިޔާ އަނގަ ގަދަ ކުރާއިރް އަމިއްލަ މީހާ އިސް ލާހު ވެވޭ ތޯ ބަލާ ބަލަ..

  2. ޙޯހޯ

    ޢައްދިއޯއި ތިވެސް އަނެއްކާ ވާނީ އޭނައާއި ކައިވެނި ހެޔޮނުވާ އަންހެނުންތަކަކަށް، ގައިމު އެ އޮތް ތަންތަން ޖެހިފަ ވިއްޔާ އެތިބީ ލަދު #ލަދު ކޮބާ

  3. ނިޝާ

    ހެހެ. ސަޕޯޓަރުންދޯ އެބައްދަނީ. ޔާމީނުވެސް ހިލޭއަންހެނުންނާ ސަލާންކުރޭ. އިބޫވެސްކުރޭ. ޔާމީނު ނުބައްދަނީ ބޮމެއް ނޫނީ ފަޓާހެއް ގޮއްވާލަފާނެތީ.

    • ސަރީފާ

      ޜަސޫލާ ދުޢާ ދެއްވާފަކަމަށް ޝޭޚް އިލްޔާސް ވިދާޅުވާ ފަދަ ބޭފުޅެއްގެ ފަރާތުން މިފަދަ ޢަމަލް ދެނަްނާތީއޭ މައްސަކަ އަކީ

    • ޑިމޮކްރަޓިސްޓް

      އެހެންތާ ވާނީ ލަދެއްނެތް ހަޔާތްކުޑަ މޮޔަ މީހުން އުޅެނީ އެމްޑީޕީގަ ވީމަ، ކޮންމެފަދަކަމެއްވެސް ކޮށްފާނެކަމަށް ބިރުގަންނާނެތާ.... ހެޔޮލަފާ ފަޅީގަތިބީ އެޔޮލަފާ މީހުންވީމަ އެމީހުން ފަޓާސް ނުގޮށްވާނެކަން އެނގޭތީ އުދިކޮޅޭމެންނަށް އެހެން އުޅެން ކެރޭނެތާ.... ވާގޮތް އެނގިއްޖެކަމަށް އުންމީދުކުރަން....

      • ?

        ދެން ހަމަ ކެކި ކެކި ތިބެން ޖެހޭނީ ޔާގުންޑާގެ ގުންޑާއިން ތަށް. ???

  4. ބަންގާޅު އަނބިސޮރު

    އޭ މީހަކާ ސަލާމް ކޮށްލުމާ، ހިތްހެޔޮކަމާ ރަޙްމަތްތެރިކަމާ އެކު ބައްދާލުމާ ހުރި ކުލުނަކާ ދޭ ސަޕޯޓެއް ފާޅު ކުރުމުގެ ގޮތުން ބައްދާލުމަކީ ދީނުން ބޭރުވާ ކަމެއްނޫން. ތީ ދެން ބޮޑުވަރު. އެހެންވިއްޔާ ކަލޯމެން ދެލޯ ތަށްމިނަށް ބޮޑުކޮށްގެން އޮފީސްތަކަށާ މަދަރުސާ ތަށްދޮށަށް ދާ އަންހެންނާ އަންހެން ކުދިންގެ ވަނާތަށް ބޮޑޫވާހަކަ ދައްކަދައްކާފަ ދޫބޮއި އެގޮތްމިގޮތަށް ތުން އަބުރާފަ ތި ޖައްސާ ވައްތަރުތަށް މަ ބަންގާޅު މީހަކަސް މަށަށް މާ ހަޔާތް ކުޑަ. އަދި މަގޭ ކައިރިޔަށް އައިސް ތިޔަ ގަންނަ ގަޑޯ

    • އެކަމަކު ދެން

      އޭބަލަ ދީނޭކިޔައިގެން ކަންކަން ނުކުރޭ. ފާފައެއް ކުރެވުނަސް ދީނުންބޭރެއް ނުވޭ. އެކަމަކު ފާފަކޮށްކޮށްފަ އެކަމުގެ ދީނީ ހައިސިއްޔަތު އިންކާރުކުރުމަކީ ދީނުން ބޭރުވާ ކަމެއް. ތަފާތު ދަސްކުރައްވާ.

    • އެދުރު

      ތާއީދު ކުރާކަން ދެއްކުމަށް ވެސް ހިލޭ އަންހެނުންނާއި ފިރިހެނުން ބައްދާ އޮޅުލުން ހުއްދަވެގެންނުވޭ ، ޕާޓީ އަށް ސަޕޯޓުކުރިޔަސް ތީ ބޮޑުވަރު ، ތިމާ ތާއީދުކުރާ މީހާގެ ލާދީނީ އަމަލުތައް ޖަސްޓިފައިކުރަން ދީން ބަދަލު ކުރަން ނޫޅޭ

  5. މަރޭ

    އަނާރުކަލީ ބުނީ އިބޫ އަކީ ﷲ އެންގެވިގޮތުގެ އަޑު އައްސަވަ ބޭފުޅެއްކަމަށް.

  6. ހަސަންފުޅު

    ދެން އަތްޖަހާ އަތްޖަހާ............

  7. ހަސަންބޭ

    އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ހަމައެކަނި މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް ވިދާޅުވެފައި ވަނީ އިބޫ އަކީ "ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި ގޮތްތަކުގެ އަޑު އައްސަވާ" ބޭފުޅެއް ކަމަށެވެ.

    ނަމަވެސް މީގެ ކުރިން އަދާލަތު ޕާޓީގެ ދީނީ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެފައި ވަނީ "އިބޫ އަކީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ "ދުއާ ދެއްވާފައިވާ ފަދަ ވެރިއެއް." ކަމަށެވެ.

  8. މާމިގިލީ މީހާ

    އިބޫއަށް ތާއީދު އޮންނަ ވަރު އެފެންނަނީ.. މުޅި މާމިގިލީގެ ތާއީދުވެސް މިރޭގެ ޖަލްސާއިން ފެނިގެން. އެދިޔާ.. އިބޫ ހޮވޭނީ.. ...

    • Anonymous

      ހައްޖަމް ދެން ހަައްޖަމް

    • ޙަމެ

      މާމިގިލި ޖަލްސަަ އައްގެންދިޔަ މުޅި އަތޮޅުން. މާމިގިލިން ނުކުނަނަ މީހުން މަދުވެ. ޟަމަމިއޮތީ ތިކަން ފެނިފަ އޮިތްމީހެހެއް.މާމިގިލިން ކިނބު އަކައް ތާއީދެއް ނެތް

    • ޒުލޭހާ

      މާމިގިލީ ބޮޑު ޖަލްސާ ބާއްވަން 1200 އަށްވުރެ ގިނަ މީހުން 4 އަތޮޅުން މާމިގިއްޔަށް އަޅުގަނދުމެން އެރުވީން. މާމިގިލިން ތި ޖަލްސާގަ ބައިވެރިވީ ވިލާގެ 300 އެއްހާ މުޢައްޒަފުންނާ އެކު ޖުމްލަ 500 އެއްހާ މީހުން. މިހަޤީޤަތް އަޅުގަނޑުމެން ޤަބޫލު ކުރަން

  9. ޢައިޝްނާ

    ޢަޅޭ ....މަވެސް އިބޫ އާ ބައްދާލާފަ ސަލާމް ކުރަން ބޭނުން....ހުވާ....ކޮބާ މައްސަލަ އަކީ...އިބޫ ގައިގަ ބައްދަނީ އަހަރުމެން ލޯބިވާތީ...ވާ ލޯބި ބޮޑުކަމުން....

    • ހަސަންބެ

      ވާ ލޯބިން ބައްދާނީ ފިރިންނާއި އަނބިން އަދި ކައިވެނި ހެޔޮނުވާ ވަރުގެ މީހުން. ހިލޭ ފިރިހެނުންނާއި އަންހެނުން ބެއްދުމަކީ ހުއްދަ ކަމެއް ނޫން

  10. އަބްދުއްލާ

    ލާދީނީ ފަލްސަފާ ، އަންނިގެ ހުންނަ ހުރިހާ ކަމެއް އިބޫގަ ވެސް ހުންނާނެ. މިފަދަ މީހުން ދިވެހި ގައުމުގެ ރައީސަކަށް ހޮވަންނުވާނެ .ޔޫޓިއުބުގާ އެހުރީ ނަސީދު ގުރްއާންގަބޫލު ނުކުރާ ވާހަކަޔާ މުހަންމަދުގެފާނު ގަބޫލުނުކުރާވާހަކަ މިއީޔޯލަ ވާހަކަތަކެއްނޫންދޯ . އަދި އަދާލަތުގެ ނޫސްބަޔާން މިއޮތީ ރާއްޖޭގަ ފައްޅިއަޅަން އެމްޑިޕީގެ ސަރުކާރުން އުޅުނުވާހަކަ ،މިހާރުވެސް ހަމަ އެމީހުން ހަމަ އެޕާޓީ ބަދަލެއްނުވޭ . ވީމާ ދިވެހިގައުމުގެ ވަރިކަމަށް އެކަށީގެންވޭބާ ؟ ވިސްނާލައްވާ.

  11. ސިއްރު ހެއްކެއް

    އެ ގާބެގެ މީހުން

  12. ބިތުފަންގި

    ޑޮކްޓަރ އިބްރާހީމް މުޙައްމަދު ސޯލިހު ކިހިނެށްތޯ ތިހައްދަވަނީ އިސްކުރު ދޫވެފަ ހުރިތޯ ބެލުމަށް ކަށިގަނޑު އަޅަނީތޯ ބާވެފަ ހުރި އޮޑި އޮޑި ކޮޅަނީ ތޯ ރަގަޅަށް ބެލްޓް އަޅުވާ ބާރުގަދަ ކުަރަށްވައްޗޭ

    • Anonymous

      ހަރުތޯ މަޑުތޯ ބަލާލަނީ! އިލިޔާސް އާ އިޔާޒޫ ގެ ވައިފުވެސް ޗެކްކޮށްލަން ފޮނުވާ ބަލާ؟؟ ސައިޒު ބަލާލަން!! ރަސޫލާ ދުޢާ ދެއްވާފައިވާ ފަދަ ބޭކަލަކަށްވާތީ ތިޔަހުރީ!! ފައްޅިއެއްގައުޅޭ ފާދިރީ އެްްއުޅހެން އެ އުޅެނީ!!

  13. ރ.ނަޝީދު

    އިބޫ ވެރިކަމަށް އަރަން އެ އުޅުއްވަނީ އަންހެން ކަންބަލުންގެ ގަޔަށް އަރުއްވަން ތޯޗެކެ

  14. މަލީ

    ލަދުންް ބޯހަލާކު
    އިބޫޖެހޭތަ ހިލޭ އަންހެނުން ގައިގަ ބައްދަން. ސަޕޯޓު ކުރިޔަސް ތީބޮޑުވަރު
    އަހަރެމެންމީ މުސްލިމުންކަން ދަންނަންޖެހޭ.
    ކާފަރުން އުޅޭހާ ގޮތަކަށް އަހަރެމެން މުސްލިމުން އުޅޭކަށް ނުޖެހޭ.

    • ޙުދއ

      ބޮޑުމީހާބުނެފައެންނު އޮތީ ދޮންމީހުން އުޅެހެން އުޅެގެން ސަލާމަތް ވާނޭ. . ހެޔޮ ވިސްނުން ދެއްވާށި

      • އ

        ޔާﷲ އާމީން

  15. ހުސޭނުބެ

    ޔާމީނުއަކީ ހޭބުއްދި ފިލާފަހުރި މީހެއްނުން، އިންޝާﷲ.

  16. miru

    ކެކެ ދެން .؟؟؟؟

  17. Anonymous

    ހަމަ ނަޝީދު.

  18. މެސީ

    ޖަރީމާ އަނެއް ރާއްޖެ ދޯ އިބޫ

  19. ޢާސިދާ

    ޙާދަ އަސަރެކޭ ތިކުރަނީ ބޮޑުވަރު

  20. 2018 ޔާމީން ޝަހީމް

    ލާދީނީ އަނިޔާވެރި މޯލްޑިވިއަން ޑިކްޓޭޓަރޝިޕް ޕާޓީ.. އެމް ޑީ ޕީ

  21. 3ނިރު

    ޝަހީމާ ޔާމީނުވެސް ސަލާމް ކޮއް ބައްދާ ނުހަދައެކޭ ނޫން އެކަމަކު އިލްޔާސްމެން އަނާރާ މެން ބިދާޅުވެފަ ވަނީ ރަސޫލާ ދުޢާ ދެއްވި ފަދަ ބޭފުޅެކޭ އިބޫ އަކީ މިފަދަ މާތްބޭފުޅެއްގެ ފަރާތުން މިފަދަ ޢަމަލްތައް ފެންނާތީ މައްސަލަ އަކީﷲތަޢާލާ އެންގެވި ގޮތްތަކުގެ އަޑުއައްސަވާ ބޭފުޅަކު ޢަމަލްކުރައްވާނީ ރަސޫލާގެ ޢަމަލްފުޅު ތަކަށް ތަބާވެގެން

  22. އަޙްމަދް

    އެމްޑީޕީ ބަހުރުވަ:
    ތީ އެޑިޓް ކޮއްފަހުރި ފޮޓޯ.

  23. އިބްރާހީމް

    ހޫން އިބޫ އަކީ ފަރިތަކަމާއެކީ ދާނިން ވުޟޫކުރާ މީހެކޭ ކިޔާފައި ލާފައި ހުރި ފޮޓޯއިން ފެންނަނީ ފޮޓޯ ނެގުމަށްޓަކައި ދާނި ބެލެންސް ކުރަން ވެގެން ދެަތުން ދާނިގަނޑުގައި ހިފަހައްޓާފައި ހުންނަ މަނަޒަރު. މިގޮތަށް ހުރެގެން ވުޟޫ ކުރެވޭކަމެއް ނޭނެގެ. އެކަމަކު އެފޮޓޯއާއި އެ ޢިބާރާތަކީ އިބޫ ޕްރޮމޯޓް ކުރުމަށް ތިކިޔާ އަދާލަތު މީހުން ވައިރަލް ކުރި ފޮޓޯއެއް. އެމީހުންގެ ނިޔަތް އެހުރީ ޚަރާބުވެފައި. ދެން ރަނިންމޭޓް ފައިސަލް ނަސީމް މި ބުނަނީ އޭނާ އުފާވަނިއްޔޯ އިބޫ ކަހަލަ ސޯލިޙު މީހަކާ އެކު މަސައްކަތް ކުރަން ލިބުނީތީ. ބަލަ ފައިސަލް ނަސީމަށް ވާނީ އެހެންތާ. މިޔޮށްހައި ދުވަހު އުޅުނީ ބޮޑުސޭޓް ގާސިމާއެކު. އޭނާއަކީ ނަގުލަކާއި ދަޅެއް މަދު މީހެއް. މާ ހެޔޮ އެދޭ މީހަކަށް ވެގެން މީހުންނަނށް އެހީވެ އެވާހަކަ ދައްކާ އޭގެ ކަލަ ގޮވައި އޭގެ އަގެއްގެ ގޮތުން ވޯޓުގަނެ އުޅުނު ވިޔަފާރިވެރިއެއް. އެ އެހީވުމަކީ ވެސް އޭނާ ކޮންެ އެއްޗެކޭ ކިޔަސް ހެޔޮ މައުމޫނު ވެިކަމުގައި ބީލަމެއް ނެތި ހަދިޔާ ކުރި ނަލަގުރައިދޫ "ސަންއައިލެންޑް ރިސޯޓް" ހެދުމަށް ދިވެހި ސަރުކާރު މެދުވެރިވެ ވާރލްޑް ބޭންކުން ދިން ލޯނުގެ އެއްބަސްވުމުގެ ތެރެއިން ކުރަން ޖެހޭ ކަމެއް. އަދި އޭނާއަކީ ރައްޔިތުންގެ އެތައް ފައުސާއެއް ހިފަހައްތައިގެން އެއިން ވިޔަފާރިކޮށް ކައި ބޮއި އުޅޭ މީހެއް، އެއްބަނޑު އެއްބަފާ މީހުންނާ ދިމާއަށް ނުބައި އެއްޗެހި ގޮވައި އެނޫން މީހުންނަށްވެސް އެބީދައިން ކަންތައް ކުރާ ކުނި އަނގައެއްގެ ވެރިއެއް. އެހެން ވީމާ އެކަހަލަ މީހަކާ އެކު އުޅެފައި އަނގަ މަޑު ކަމުން ރައްޔިތުންގެ ފައިދާއަށް މީގެ ކުރިން މަޖުލީހުގައިވެސް ވަކާލާތު ކުރުމެއް ނެތި އެތައްބައިވަރު ލާރިތޔަކެއް މުސާރައިގެ ގޮތުގައި ކައިގެން ހުރި މީހަކު މިއަދުވެސް މާބޮޑު ވާހަކަ އެއް ނުދައްކައި އެހެން ހުންނަ އިބޫއެއް މި ފެނުނީ. ދެން އޭނާގެ ލޮނުމަޑު ގޮތް ފެނިފައި ހީވާނީވެސް ހާދަ ސޯލިހޭ ދޯ.

  24. ޢައިޝާ

    މީގަ ގޯހީ އިބޫ އެއްވެސް ނޫން. ޝާޙިމް އެއްވެސް ނޫން. އަހަރުމެންގެ ތެރޭގަ މިއުޅޭ އަންހެން ވެރިން. ވަކި ޕާރޓީއެއް ވަކި ގޮތެއްނޫން. ހަމަ ދެޕާޓިގަވެސް މިކަން އޮތީ މިހެން. ގައިމު ޕާރޓީއަށް މަރުދޭ ފިރިހެނުންނެއްވެސް މަދެއްނޫން. އެކަމަކު އެމީހުން އީވާ ،ލައިލާ، ފާތުން، މާރިޔާ ފެންނަ އިރަށް ދެއަތް ފުޅާކޮށްފަ ހަގީ ކުރާކަށް ނުދުވޭ. ހަގީ ކުރަންޏާ ގޮސް އަމިއްލަ ފިރިމީހާޔާ ބައްދަބަލަ. ތިޔަހެން ގޮސް ޕާރޓި ތަކުގެ ޅީދަރުންނާއި ކެނޑިޑޭތުންނާއި ބެއްދީމަ އަގުވެއްޓެނީ އެމީހުންގެޔޭ މޮޔައިންނޭ!!!!!

  25. ާަަަހދ ކުޅުއްފުށި

    ސޭކު އިލްޔާސް އެބުނާ ރަސޫލާ ސއވ ދުއާ ދެއްވާފައިވާ މީހުން އުޅޭގޮތަކީ މީތޯ އެހެންވެއްޖިއްޔާ އަންނި އެކުރާ ދައުވާ ދޮންމީހުން އުޅޭ ގޮތްތަކަށް އުޅުން.އެއީ ހަމަ ތިބުނާ ގޮތްތޯ ތިކަހަލަ ދީންފަތުރަން ކަލޭ ގޮސް އޮވޭ ކޮންމެވެސް އެހެންތާކު މިކަހަލަ ގައްދާރުންގެ ސަބަބުބް ދީނަށް ފުރައްސާ ކުރާމީހުންގިނަވެ އިސްލާމްދީނާ ދެކޮޅަށްމީހުން ނަފްރަތުކުރަނީ މި ފޮޓޯތަށްއިލްޔާސައް ނުފެންނަ ކަަށްވަންޔާ ހަދިޔާ އެއްގެގޮތުން ފޭސްބު ނޫނީ މީނަށް ޓުވިޓްކިށްލާފަ އަހާލަދީބަލަ މީތޯ އެބުނާ އިސްލާމީ ގޮތްތަކަކީ

  26. ޢަހުމަދު

    ޢެދުޢާކުރެއްވި ރަސޫލަކީ ތިމަންނައޭ އެ އިލްޔާސު ނުބުނިކަން ނަސީބު.... އެއީ މުނާފިގެއްގެ ސިފަތަކުން ސިފަލިބިފައިވާ މީހުން ދައްކާކަހަލަ ދެފުއްދެގޮތް ވާހަކަ ދައްކާ މީހެއް....
    ޢެކަހަލަ މީހުންނަށް ހަލާކުހުރި..... ...

  27. ސަރުބަސް

    ލޯބިވާތީ ބައްދާލަނީ އެވެ. ލޯބިވާތީ މޫނުމަތީގަ ލަޑާލަންވީ ހެއްޔެވެ.

  28. ނަން ނެތް

    ޝަހީމް ގައިގަ ބެއްދިޔަސް ހެޔޮ އިބޫގައިގަ ބެއްދުން ހަރާމް

    • ރައީސް ޔާމީން

      ވޯވޯ އިބޫ ހާދަ ހިންގާލައޭ

    • ދިވެހި ދަރިއެއް

      ކަލޭމެން އޭނާ ބުދަށް ސަޖިދަޖެހިޔަސް ބުނޭނެ، މޯދީ އާއި ޓްރަމްޕް ވެސް ޖަހައޭ، ރާބުއީ އާ ބުނާނެ، އައްނިވެސް ބޮއެއް. ކީއްވެހޭ އިބޫ ނުބޯން ވީ އަދި ކަލޭ މެންގެ ސޭކުން ބުނާނެ އެއީ ރަނގަޅު ކަންކަމޭ

  29. Anonymous

    ތީކީ މައްސަލައެއް ނޫން ޔާމީނު ކުރާ ވައްކަން މައްސަލައަކީ

  30. ދޮންކެޔޮ

    ފިތުނަވިއްކައިގެން ފައިސާހޯދަންކެރޭވަރެއްހަމައޮތީ

  31. ްއަހަރެން

    އިބޫ އަކަސް ސަހީމަކަސް ޔާމީނަކަސް ހަމަ ތިފަދަ... ހިތާމަޔަކީ ވަކި މީހަކު ކުރީމަ ބަޔަކަށް ކަމުދާކަން. ގޯސް ވާނީ ހަމަ ގޯހަށް. ފާފަ ވާނީ ފާފަޔަށް

  32. ޙަބޭސް

    އިބޫގެ ލާދީނީ މިޢަލު އަދާލަތުން ކުއްވެރިނުކުރަނީ ކީއްވެ ކޮބާ އެއްކަލަ އިލްޔާސް ހައްގުބަސް ނުބުނެ ފިލީދޯ ކޮބާ އަނާރާ އިބޫ ބައްދާލީމަ އޯކޭވީދޯ

  33. ތާއީދު

    މިތިއްބެވި ޝިޔާމު މެން ބެންކޮކަށްގޮސް ކުރަނީ އެކަންތައްތަކެއް ނޫންތޯއޭ ؟ ވިދާޅުވުމަކީ، މުންކަރާތްތަކަށް މަގުދެއްކުމެވެ. އަދި މަޙްރަމުން ފިޔަވައި ދެންތިބި އަންހެނުން ޙަލާލުވުމުގެ ކުރިން އެކަނބަލުންގެ ގައިގާ ބީހިއުޅުމަކީ، ޒަޢީމެއްގެ ގޮތުގައި ވާދަކުރައްވާ މީހެއްނަމަ، މުންކަރާތްތަކަށް މަގުދެއްކުމެވެ.

  34. މަލާފަތް

    އަނާރުކަލީއެވެ. ﷲ ެނގެވިގޮތް އަޑުއެހުމަކީ އެއަށް ޢަމަލުކުރާނެ ކަން ދޭހަވާ ކަމެއްނޫން

  35. ޭެއރ

    އިޚްލާސްތެރި ހިތުގެ ލޯބި އެމީހުންގެ މޫނުތަކުން އެހެރީ ފާޅުވާން. މި ފޮޓޮތަކުގައި އެނޫން ކަމެއްވެސް ފެންނާކަށް ނެތް.

  36. ޙަޖަމު

    ކަލޯމެން ތާކުން ދާހާ އަންހެނަަކާ ފޮށެ ހަދާއިރު ނޭނގޭ ދޯ!އަދި ބައްދާލިޔަކަސް އެއީ މައްސަލައެއް ނޫން! ކަލޯމެން މިފަދަ ވާހަކަ ދައްކާއިރު އެއުޅޭ އެތިފަހަރު ޒިނޭ ކުރާ ވީޑިއޯ ތަށް ފެންނަން ހުރި އިރުވެސް ޔާމީނު އޭތި ފަހަރު ސަލާމަތްކޮށް އޭރު އޭތި ހުރި މަގާމުން އެއަށް ވުރެން މަތީ މަގާމަކަށް ބަދަލުކުރީ!
    މީ ދޯ ދީންވެރި ޔާމީނުގެ ދީންވެރިކަމަކީ!
    ވަރަށް ދީނީއެއްނު!
    ދެން އަތްޖަހާ!

  37. Anonymous

    ޙަަަދަވަރެ

  38. ކަމަނަ

    ޠިޔަމިިހަަަ މޮޔަެ

  39. ކަަލޯ

    ޖޭ ވީ؟

  40. ނަން

    ތިދެން ކޮންކަމެ އިބޫއެއް ނޫން ދޯ އެއް އޮޅުލަނީކީ...!!

  41. ޢަމީނާ

    ޢިބޫ ކަލޯ ކޮޫމަންޑޫގެ މަންޖެއަކުވެސް އިންޑިޔާއައް ގެންގސްގެންގެންގުޅޭ. ޢެއީ މީިހެއްގެ އަތްބެއް. ޢިބޫބުނި އޯކޭ

  42. ސައިނީ

    ސޯލިހް އިބޫ ދީންވެރިޔެއް ނޫން

  43. ސުމްސު

    ކިޔާނެ އެއްޗެއް ނެތީ ދޯ

  44. ކަރަންޖައުފަރު

    ހެހެހޭ މަވެސްބޭނުމޭ ކިނބޫގައިގަ އެގޮތަށް ބައްދާލާފަ ސަލާމްކޮށްލަން، އެކަމަކު މަށަކީ ފިރިހެނެއް. އޯކޭ ވާނެދޯ ކިނބޫ އަކީ އީޔޫގެ ގަރާރު ތައް ތަންފީޒުކުރަން ބޭނުންވާ މީހެއްތާ...!

  45. އަލިބެ

    ކީރިތިމާތް ރަސޫލާ ޞޢޥ ދުޢާ ދެއްވާފައިވާ ފަދަ ބޭކަލަކުގެ ފަރާތުން ތިޔަހަރަ ފެންނަ ކަންކަމެއްދޯ. ޝޭކް އިލްޔާސް އަށް އެބަ ފެނޭތޯ. އިބޫގެ ހުރީ ބިއްލޫރި ތުނބުޅިއެއްތޯ އެހެންވެތީ ތުނބުޅި ނުފެންނަނީ، އެކި މީހުންނަށް އެކިގޮތަށް ޝޭޚް ފަތުވާދެއްވާތީދޯ މައްސަލައަކީ. އަބަދުވެސް ހުރިހާ މޮޅުވާހަކައެއް ބުނާނީ ޝޭޚްއިލްޔާސް. ދެންތިބި ޝޭޚުން ވިދާޅުވާނީ ދޮގުދެއްތޯ. އާން ވާ ވާ ތީވާ ބޭކަލެއް.

  46. ޒާ

    ލަދުހަޔާތް ކުޑައީވަރަށްވުރެން. ހީވަނީ އަލަތު ކައިވެނިކޮށްގެން އުޅޭހެން. ތިވައްތަރަށް ނޫޅުނަސް ތާއީދު ދެއްކިދާނެ. ތިފާޑަށް ހިލޭ އަންހެނުންނާއި ފިހިހެނުން ހިފާ އޮޅުވާ ބައްދާ ހެދުމަކީ ހުތުރު ކަމެއްކަން ނޭނގޭދޯ؟

  47. މީދާ ކޭ އުނބު

    ލޮބުވެތި ރައީސް އިބޫ އަށް މަރްޙަބާ.??????