ދިވެހި ސަރުކާރުން ހުއްދަ ދީގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ރާއްޖެއިން ބޭރުގެ އެތަށް ބޯޓެއް އުޅޭ ކަމަށްބުނެ، އެ ބޯޓުތަކުގެ ހުއްދަ ބާތިލުކުރަން އިބޫ ވައުދުވީ ނަމަވެސް އެފަދަ ހުއްދައެއް ދީފައިވާ އެއްވެސް ބޯޓެއް ނޯންނާނެކަމަށް ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ޖަވާބު ދެއްވަމުންނެވެ.

ރާއްޖެ ޓީވީގެ ސުވާލު: އިބްރާހީމް މުޙައްމަދު ޞޯލިޚް ވިދާޅުވެފައި އެބަވޭ ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ އުޅަނދުތަކަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާކަމަށް، އެ ލައިސަންސްތައް ވެސް މިހާރު އިތުރު ކުރަމުންދާކަމަށް. އެމަނިކުފާނު (އިބްރާހީމް މުޙައްމަދު ޞާލިޙް) ގެ ވެރިކަމެއްގައި ލައިސަންސްތައް އިތުރު ނުކުރައްވާނެ ކަމަށް، ހުއްޓުވާނެކަމަށް ވިދާޅުވެފައި އެބަވޭ. ކީތްވެތޯ ތިބޭފުޅުން ރިޔާސީ އިންތިޚާބު 2013 ގައިވެސް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ހުއްދަތަކެއް ދީފައި އެބަހުއްޓޭ، ކީތްވެގެންތޯ އެކަން ހުއްޓުމަކަށް ނުގެނެވިފައި ވަނީ؟

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައިނީ ވިދާޅުވީ، އިބޫ އެވިދާޅުވާ ފަދަ ހުއްދައެއް ދީފައި ނޯންނާނެ ކަމަށާއި، އެފަދަ ހުއްދައެއް ދީފައި އޮތީ ކޮން ބޯޓޫތަކަކަށްތޯ އިބޫ ކައިރިން އައްސަވާލައްވަންޖެހޭނެ ކަމަށެވެ.

"އިބޫ ކައިރިން އައްސަވާލަދެއްވަފާނަންތޯ ރާއްޖޭގެ ބޭރުގެ ކޮން ބޯޓެއްތޯ ރާއްޖެއަށް އެކްސެސް ދީފައި އޮތީ؟ ދިވެހިރާއްޖޭގައި ނޯންނާނެ މި ސަރުކާރުން ހުއްދަ ދީފައި އޮތް (ބޭރުގެ) އެންމެ ބޯޓެއް ވެސް." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ، ދެހާހުގެ ކުރީކޮޅުން ފެށިގެން ބޭރުގެ މަސްބޯޓްތަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ދިވެހި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.

"2004/20115 ހިސާބުން ފެށިގެން ރާއްޖޭގެ ބޭރު ބޯޓުތަކަށް ލައިސެސް ދޫކުރުން ހުއްޓާލައިފި، މި ސަރުކާރުގައި ކޮން ބޯޓެއްތޯ އޮތީ (ހުއްދަ ދީފައި)، އަޅުގަނޑު ބޭނުން ވަދެ އޮތިއްޔާ އެއީ ކޮން 48 ބޯޓެއްތޯ ބަލާލަންވެސް. މި ސަރުކާރުގައި ނޯންނާނެ ބޭރުގެ އެއްވެސް ބޯޓަކަށް ދިވެހިރާއްޖެއިން ލައިސެސް ދީފައެއް. ލައިސެންސް ދީފައެއް ނޯންނާނެ، ދެން ކޯއްޗެއްތޯ ހުއްޓުވާނީ؟" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، މަސްވެރިންނަށް އޮޅުވާ ނުލެވޭނެ ކަމަށާއި، ރާއްޖޭގެ ކަންޑުގެ ސަރަހައްދަށް ބޭރުގެ ބޯޓުތައް ވައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ.

"މީގެ ބަދަލުގައި އިބޫ ވައުދުވަނީ ރާއްޖޭން ބޭރުގައި ދާ އަޅާ ބޯޓު ފަހަރު ވައްދާނެ ވާހަކަ. މަސްވެރިންނަކަށް އޮޅުވައެއް ނުލެވޭނެ. އެމްޑީޕީގެ ވައުދުގައި އެބަ އޮތެއްނޫންތޯ ބޭރުގެ ބޯޓުފަހަރަށް މަސް ކިރޭ ގޮތް ހަދައިދޭނަމޭ. ރާއްޖެ ސަރަހައްދަށް ނުވައްދާ ކިހިނެތްތޯ އެއެއްޗިއްސަށް މަސް ކިރާނީ؟ އެހެންވީމަ ދައްކާ ވާހަކައެއް ދިމައެއް ނުވެއެއްނޫންތޯ؟" ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ކަންކަން އޮތް ގޮތް ބަލާވެސް ނުލާ ތާކުންތާކުނުޖެހޭ، ވައުދުތައް ވުން އިބްރާހީމް މުޙައްމަދު ޞާލިޚް ހުއްޓާލާށޭ ބުނަންޖެހެނީ މިފަދަ ވައުދުތައް ވަމުންދާތީ ކަމަށެވެ.

ސަރުކާރުން ދީފައި ނުވާ ހުއްދައެއް ބާތިލް ކުރަން އިބޫ ވައުދުވިއިރު ސަރުކާރުން ކޮށް ނިންމާފައި ހުންނަ ކަންކަމާއި، ކުރަމުންދާ މަސައްކަތްތައް ކޮށްދެއްވަން އިބޫ ވައުދު ވަމުންދާ މައްސަލަ ވަނީ ރިޔާސީ އިންތިޚާބުގެ އެންމެ ހެއްވާ ޖޯކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިބުރާހިމު

    ވަގުންނައް ހީވާނެ ދެން އުޅޭނީހައްތާވެސް ވަގުންނޭ. ހުރިހާވައްކަމެއް ކޮއްފަ އޮތީ ހަމަ އެމްޑީޕީ ސަރުކާރުގަ އަމިއްލަ ޔައް ތި އޮރިޔާންވަނީ. ނުފޯރާފޮތިން ފޫގެޅީމަ ދެން ފެންނާނީ ....

  2. ޝަރފު

    ރިޔާސީ ޖޯކަށް އިތުރުވި ބޮޅެއް. ރަށްރަށުގެ އާބާދީ ނޭގޭ މީހަކަށް އެތަނަކަށް ބޭނުންވާ އަސާސީ ކަންކަން އެގޭނެ ކަމަށް ގަބޫލެއް ނުކުރަން. ރިހެބިލިޓޭޝަން ސެންޓަރ ތަކާއި ޑިކޮސިފިކޭޝަން ސެންޓަރ ތައް ގާއިމު ކުރާއިރު އެކަން ކުރާނެ މާހައުލާ އަދި އެ މުޖުތަމަޢަކަށް އެކަމުން ލިބޭނެ ފައިދާ އަައި ނިުތަނަވަސްކަން ބެއްލެވުން މުހިންމު. އެއްފަހަރު ދައުލަތަށް ލިބޭ އާމްދަނީގެ ވާހަކަ ދައްކަމުން ޓެކްސް ކުޑަކުރާ ވާހަކަ. އަނެއްފަހަރު އިތުރު ޓެކްސް ނަންގަވާނެ ވާހަކަ. މިހުރިހާ ކަމަކަށްވުރެ ބޮޑަށް އެރަށަކަށް ލިބޭ އާމްދަނީން އެރަށެއް ތަރައްގީ ކުރައްވާނެ ވާހަކަ ވިދާޅުވާއިރު މަދު އާމްދަނީ ލިބޭ ތަންތަނުގެ އިންފުރާ ސްޓްރަކްޗަރ ގާއިމު ކުރައްވާނެ ވާހަކައެއް އަދި އެކަން ކުރުގައި ދިމާވާ ތަކުލީފެއް އެއަށް ބޭނުންވާ ފަންޑް ހޯދާނެ ގޮތެއް ވިދާޅެއް ނުވޭ.

  3. ޏަމްނަމް

    ނޯތު ކޮރެއާ ބޯޓައް ތެޔޮވިއްކީ ކޮން ހުއްދަ އޮވެގެން ތީ ހުސް ވަގުން ވަގުން ނުހަދާނެ ތެދެއް.

    • އަލީ

      ތިބުނާމައްސަލައަކީ ޔޫއެނުން ވެސް ތަހުގީގުކުރި ކަމެއް ކޮންކަމެއްސާބިތުވީ.
      ތިކަންކުރިމީހާގެ މައްޗައް ރާއްޖޭގަ ސަރީއަތް އެބަހިގާ

  4. ޖ

    ތިއިބޫ ވަނީހުސްތާކުން ތާކު ނުޖެހޭވައުދު

  5. ހުސެން

    ވަގުތައް ތިކަން ޖޯކަކަށްވީ މިސަރުކާރުން ކޮން ވައުދެއް ފުއްދާފަ އޮތީ؟؟؟

    • ސަމީ

      ލޮލުގެފެނުންމަހުރޫމުވެފަވާ މީހުނަށާއި ކަންފަތައް ނީވޭ ތިކަހަލަ ބައިގަނޑު ތަކަށް އެގޭނެގޮތެއް އޮންނާނެތަ

    • ހަސަނު

      ހަމަހޭގަނުތިބޭ ރީނދޫބައިގަނޑަކަށް ތަނެއްދޮރެއް ނޭގޭނެ

    • Anonymous

      ބުރިޖު މަތީގަ ހުރެ ފޮޓޯނަގާފަ ތިހެން ބުނެބަލަ!!

  6. ސިން

    އިބޫ ހަމަޖެހޭ ވާހަކަ ދައްކަބަ ބީތާވެ ނުހުރެ

    • ދޮންމޮހޮނު

      ޢެމްޑީޕީ ސަރުކާރުގަ ލަންކާގެ ބޯޓުފަހަރުތަކަށް ދާއަޅާގެން މަސްނެގުމުގެ ހުއްދަދީފައިވާކަމަށް ލަންކާގެ ރައްޔިތަކު މަގޭކައިރީގަބުނި އެމީހާބުނީ ދުވަސްކޮޅަކުން ރާއްޖެ ދޯނިފަހަރު މަސްނުބާނާނެވާހަކަ އެހާވަރައް ލަންކާގެ މީހުން ރާއްޖޭގެ ކަނޑުން މަސްނަގާވާހަކަ

  7. ދަގޭ

    ދެލޯއަދިރިވެފަ ތިބޭމީހުންނަކަށް މީގެކުރިންވެސް ނުފެނެ ތަންތަނެއް ދޯ

  8. ޢަފްލާ

    ހުސޭނާ މިސަރުކާރުން ވައުދު ފުއްދާދިނީވެސް ކަލޭމެން 3 އަހަރު ހިންގި ކޮރޕްޝަން މިސަރުކާރާ ނުބައްދަލު 4.7 ބިލިއަން ވީނުވީއެއްނޭނގުނު އެއާޕޯޓުން ލިބުނު 59 މިލިއަން ޑޮލަރު ގުދޯ ގުދޯ ގޮވީމަ ކަމަކު ނުދާނެ

  9. ޖަލީލް

    ތިޔަކަލޭގެ ތިޔަހުރީ ދުނިޔެއިން މޮޔަވެފައިތަ

  10. ނަންނެތް

    ޕީޕީއެމް އިން ގުޅާފަ ސުނާމީލޯނު ދައްކާދޭނަމޭ
    ވޯޓު ލާށޭ ކިޔާވަރުން އުނދަގުލެއްނުމީ

  11. ކުރު ވެރިކަން

    ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ވަޢުދު ވެއްޖެޔާ އެވައުދު ފުއްދަވާނޭ ނުކިޔަވާ އިބޫ އަކަށް ނޭގޭނެ ވަޢުދު ފުއްދާކަށް ދައްކާ ވާހަކަ ގަބޫލު ކުރާނީ ދެފުށް ކެހެރިން

  12. ލިޔާސޮރު

    މަސްވެރިން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިނަމަ، ޓްރޭޑް މިނިސްޓްރީގެ ފަރާތުން އަންގަވަނީ، އީއީޒެޑުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ދެއްވާފައޭ އޮންނާނީ ތިޔަބޯޓް ނުހިފަހައްޓައި ދޫކޮށްލާށެވެ. އިބޫ އެދައްކަވަނީ މިވާހައެވެ. މިކަމަށް މިރާއްޖޭގެ މަސްވެރިން ހެކިވާނެއެވެ.

    • ޥަގު

      އަސްލު ވާގޮތަކީ މި ވެރިކަމުގަ ތިބީ ހުސްވަގުން އެހެން ވީމަ މިވެރިކަން ނިމިދހާނެތީ ހެދުނުހާ ދޮގެއް ހަދހާގެންވެސް އޮޅުވާލަން މަސައްކަތް ކުރާނެ ދީނޭ 4 ކޭވެސް ކިޔާނެ އެންމެ ލާދީނީ ބައިގަނޑުވެސް ތިބީ މިސަރުކާރުގަ

  13. ސަމާ

    ނުފޯރާފޮތިން ފޫގެޅީމަ ދެން ފެންނާނެ އެތި ކުރީގެ ރައީސް ނަޝީދު އޮތީ މާކުރިން ވިދާޅުވެ ދެއްވާފައި.
    ވައްކަމުގެ ވާހަކަ ދައްކަންޏާމު އެކަން ނުކުރާ ވެރިކަމެއް މިރާއްޖެ އަދި ނުދެކޭ. ވައްކަމަކީ ހަޒާނާއިން ރުފިޔާނެގުމެއްނޫން، ހަލާލު ފައިސާއިން ބޮޑެތި ގަނޑުވަރުގައި ތިމާއުޅެ އަނބިންދަރިން ލަންޑަނުގައި ބޭތިއްބޭނޭ ދިވެއްސަކު ނުހުންނާނެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޅިޔަނު އިލްޔާސް އާއި މިހާރު އެމްޑީޕީގެ މާރިޔާގެ ފިރިކަލުން ސަތޯމެން އެފްޕީއައިޑީ އަށް ހަދާލިގޮތް ހަނދާންއެބަހުރިތޯ؟
    ޅިޔަނު އައްބާސްމެން އެދުވަހު ރައްޔިތުންނަށް ދިން ވޭނާއި ކެކުޅުން ހަނދާން ނެތީތޯ.
    އަންބަރީމެން އެއަރމޯލްޑިވްސް އަށް ހަދާލޮގޮތް ހަނދާން އެބަހުރިތޯ؟
    ރަށްރަށުގެ ބިންތަށް އެރަށްރަށުގައި ތިބި ކުޑަކާފު ބޮޑުކާފު ޖަހާ އިސްމީހުންނަށް އަބްދުﷲ ހަމީދުމެންގޮސް ބެހި ހަނދާން އެބަހުރިތޯ؟
    އެމްޑީޕީގެ ވެރިކަމުގައު އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރުގެ މަސައްކަތުގެތެރެއިން އެމްޑީޕީގެ އިސްވެރިން ކުރި ވައްކަންތަށްކޮބައިތޯ؟
    އާރޭފް ތެރޭގައި ޖެހި އެންޓަނާ ޖަހަން އެމްޑީޕީގެ ލަބީބުގެ ބޭބެ ކުންފުންޏަށް ދިންފައިސާ އެއީ ހަމަ ހައްގުތޯ؟
    އައްޑޫ މަގުމަތީގައި ގަސްޖަހަން ކަމަށްބުނެ ސިމެންޓުން ހެދި ގަސްމުށިން ނެގިފައިސާތަކޯ؟
    އަތޮޅުތެރޭގައި ސްޓޭޓް މިނިސްޓަރުނޭ ކިޔާފައި ކުރާނެ އެއްވެސް ކަމެއްނެތި ބޮޑުމުސާރަ ދީފައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންނަށް އެލިބުނީ ހަމަ ހަލާލު ފައިސާތޯ؟
    މިއީ ވައްކަމުގެ ކުޑަމިންވަރެއް، މިއީ ހައްތާހާވެސް ވައްކަން ނޫންތޯ؟ ނުވަތަ ހަމަ ހަލާލު ފައިސާތޯ؟
    އެހެންވީމައި އެވެރިންވެސް ރައްޔިތުންގެ ފައިސާއިން ކުރީވައްކަން.
    އެވެރިންވެސް މިވެރިންވެސް ކުރިކަންތަކަށް އެވެރިންވެސް މިވެރިންވެސް ޖަވާބުދޭންޖެހޭ ދުވަހެއް އަންނާނެ، މިދައްކަނީ ރައްޔިތުންގެ ހައްގުގެވާހަކަ މިއީ ލައްކަ ބޮޑުވާހަކައެއް.