ބައިނަލްއަޤްވާމީގޮތުން މަނާ ކަންކަން ދިވެހި ކަނޑުތަކުގައި ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވައުދު ވެވަޑައިގެންފައިވާތީ، ފިޝަރީޒް މިނިސްޓަރު މުޙައްމަދު ޝައިނީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝައިނީ ވިދާޅުވީ، އެމްޑިޕީގެ މެނިފެސްޓޯގައި ލިޔެ، އިބޫ ވައުދުވެފައިވާ ކަންތައްތަކުގެ ތެރެއިން ކަނޑުގެ ސަރަހައްދުގައި "ޓްރާންޝިޕް" ކުރުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އެއީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ.

"މަސްވެރިކަމާ ބެހޭގޮތުން އެމްޑީޕީގެ ސިޔާސަތު ފޮތެއްގައި ލިޔެފައި އޮންނަ ސިޔާސަތެއްގައިވެސް މިއޮންނަނީ "ޓްރާންޝިޕް" ކުރާނަމޭ، ކަނޑުމަތީގައި އެއް އުޅަންދުން އަނެއް އުޅަނދަށް މަސް ބަދަލުކުރާނަމޭ. ހަމަ ބޮޑު ވައުދެއްގެ ގޮތުގައި ވެފައި އެއޮތީ. އިހަށްދުވަހަކު އެވާހަކަ ދައްކައިފި." އިބޫ ވެވަޑައިގަތް ވައުދާ ގުޅޭގޮތުން ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ އިބޫ ވައިދުވެފައިވަނީ ބައިނަލްއަޤްވާމީގޮތުން މަނާ ކަމަކަށް ކަމަށާއި، ނަމަވެސް އެކަންވެސް ދިވެހި ރައްޔިތުންނަށް ކޮށްދެއްވަން އިބޫ ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ ދިވެހިރާއްޖެއަށް، މަސްވެރިކަމުގެ ސިނާއަތަށް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށް ޝައިނޫ ވިދާޅުވިއެވެ.

""ޓްރާންޝިޕްމަންޓް އެޓް ސީ" އެއީ މިހާރު ބައިނަލްއަޤްވާމީގޮތުން މަނާކަމެއް. އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރާ ހިސާބުން ފެށިގެން ރާއްޖެ ބްލެކްލިސްޓަށްލާނެ، ރާއްޖޭގެ އެއްވެސް މަހެއް ޔޫރަޕަކަށްވެސް އެހެންތާކަށްވެސް ނުވިއްކޭނެ." ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

ކަންކަމުގެ ހަޤީގަތާއި، ކަންކަން ވާނުވާ ބަލާނުލާ މިކަހަލަ ވައުދުތައް ވުމަކީ އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ޒިންމާދާރުވާންޖެހޭ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީގޮތުން މަނާކަމެއް ކުރަން މިއޮތީ ވައުދުވެފައި، ނުވަތަ ރައްޔިތުންނަށް ކޮށްދޭނަމޭ ބުނެފައި. އެހެންވީމަ ތެދު ދޮގު ބަލާނުލާ މިކަހަލަ ވައުދުތައް ވުމަކީ އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންކަން. އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ކުރިމައްޗަށޭ ތި ނިކުންނަނީ، ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާޜުކަމާ އެއްކޮށް ބުނުއްވާ އެއްޗެއް ބުނުއްވާށޭ." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވަނީ ތަކުރާރުކޮށް ކަންކަމުގެ ދެކޮޅު ބެއްލެވުމަށްފަހުގައި ނޫނީ ވައުދުތައް ނުވުމަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައްވާފައެވެ.

"އަޅިގަނޑު ވަރަށް އިހުލާސްތެރިކޮށް އިބޫއަށް ދަންނަވާލަން ބޭނުންވަނީ، ހަމަ ބޭފުޅަކު އެއްޗެއް ވިދާޅުވާއިރަށް އެ އެއްޗެއް ވިދާޅު ނުވާށޭ، ތިޔައީ މިހާރު ރިޔާސީ ކެންޑިޑޭޓެކޭ. އެހެންވީމަ ރެސްޕެކްޓް ހިފަހައްޓަވަންވާނޭ، އެ ދައްކާ ވާހަކައިގެ ދެކޮޅު ބައްލަވާފަ ވައުދުވެވަޑައިގަންނަވާށޭ." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން ހުއްދަ ދީގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ރާއްޖެއިން ބޭރުގެ އެތަށް ބޯޓެއް އުޅޭ ކަމަށްބުނެ، އެ ބޯޓުތަކުގެ ހުއްދަ ބާތިލުކުރަން އިބޫ ވައުދުވީ ނަމަވެސް އެފަދަ ހުއްދައެއް ދީފައިވާ އެއްވެސް ބޯޓެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ހުއްދަތަކެއް ދޫކޮށްފައިވާ 48 ބޯޓެއްގެ ވާހަކަ ދައްކަވާނަމަ އެއީ ކޮން ބޯޓުތަކެއްކަން އިބޫގެ ފަރާތުން ސާފުކުރެއްވުމުގެ ޝައުގުވެރިކަންވެސް ޝައިނީ ވަނީ ފާޅުކުރައްވާފައެވެ.

"ރައީސް ޔާމީން މިއަދު ޕޯޑިއަމްއަށް އަރާވަޑައިގެން ކަމެއް ކުރާނަމޭ ބުނެފިއްޔާ ދިވެހި ރައްޔިތުން ޤަބޫލުކުރާނެ. އެއީ އެއްކަލަ އިންޖިނިއަރިން ވެސް ނެތި، ފައިނޭންސް ހޯދާނެ ގޮތެއްވެސް ނޭނގިފައި އޮތް އެއްކަލަ ބުރިޖުވެސް އަޅާދެއްވީ ރައީސް ޔާމީން ކަމަށްވާތީ. ސުނާމީގެ ހުރި ލޯނުތަކެއް ރައީސް ވަނީ މަޢާފު ކޮށްދެއްވާފައި، އެހެންވީމަ ދިވެހި ރައްޔިތުންނަށް މިގޮތަށް ކަންތައް ކޮށްދޭނެ ވެރިޔަކު ހުއްޓާ ހަމަ ބަޔަކު އައިސްފައި ވާހަކަތަކެއް ދެއްކިޔަސް ދިވެހި ރައްޔިތުން ޤަބޫލެއް ނުކުރައްވާނެ." ޝައިނީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވައި ނިންމަވާފައިވާ އެތައް ކަމެއް ކޮށްދެއްވަން އިބޫ ވައުދުވެފައިވާއިރު، މިހާރު މިވަނީ ބައިނަލްއަޤްވާމީގޮތުން މަނާ ކަންކަން ކުރަން ވައުދުވާ މައްސަލަވެސް ފެންމަތިވެފައެވެ. ހަމައެއާއެކު ކެމްޕޭނަށް ރަށްރަށަށް އަރާވަޑައިގެން ހިލޭ އަންހެނުންނާ ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކާއެކު، ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ފާޑު ކިޔުން ވަނީ އިބޫއަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރޮޒް

    އިބޫ....ސޯޓް ބޭލޭއިރު ވެސް ނޭނގޭދޯ

  2. ނަސިރު

    ބޮލިރޮދި ކެނޑިފަ ހުރި ބުރާނޗެއް ވީމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ އެކަމަކާ ދިވެހިން މިހާރު ހައިރާނެއްނުވާނެ މިޒަމަނަކީ ކިޔަވަގެންތިބި ގާބިލް ކަމަށް އެކަށޭނަ މިހުން ކަނކަމާ ކުރިމަތިލާންޖެހޭނީ އމޑޕ އިން އެހެރީ ތާކުރި ބުރާންޗެއް ނެރެފަ އމޑޕ ގަ އެބަތިބި ކިޔަވާގެންތިބި ހަރުދަނާ މީހުން ވާގޮތަކީ އިބޫއަކީ އަންނިގެ ޕަޕެޓެއް އޭނަބުނާގޮތް ހަދާނީ މީނަ އެހެންވެ އެހެންމީހަކަށ ް ފުރުސަތު ނުދިނީ އަންނި ވެރިކަމަށްއަންނަން ވެގެން ބަލންތިބޭ މިގައު ހަލބޮލިވެ މަގުތައްމަތި ނާމާންވާނެ އަންނި ބޭނުންވާނީ ބަދަލް ހިފަން ވެރިކަންލިބިއްޖިއްޔާ 2 ތިންމސް ތެރޭ ގައުމު އޮޔާދާނެ މީ 100ގެ ވާހަކއެއް

  3. އަސޭ

    މިވަރުގެ ވާނުވާ ނޭންގޭ މީހުން ވެރިކަމަށް އަންނަން މިއުޅެނީ. ރައީސް ޔާމީން 2018

  4. މެސީ

    ކުރަފި ދެކެ މީހުން ބިރުން އުޅޭތީ އެއްގޮތަކަށް ވެސް ހައިރާނެއް ނުވެއެވެ. އެކަމަކު ރީނދޫ މަލެއް ދެކެ މީހަކު ބިރުން އުޅުނީމާ ވަރަށް ހައިރާންވިއެވެ.

    • ޣގގގ

      ބިރުގަތުމަކީވެސް ފާޑެއްގެ ކަމެއް މަސްވެރިންނަށާ ގައުމަށް ގާނޫނީ ބޮޑުކުށެއް އަދި އެއީވެސް ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކުރާތީ ބިރެއްނެތް.

  5. އޮޅުން

    އޮޅޭނީ އޮޅުވާލަން މަސައްކަތް ކުރާ މީހުންނަށް. މިހާރުވެސް ބޯޓް ފަހަރު ކައިރިއަށް މަސް ދޯނި ފަހަރު ގޮސް ކަނޑު މެދުގައި ބޯޓު ފަަހަރަށް މަސް ކިރާ. މިއީ ނޭޝަނަލް ޓްރޭޑެއް. އެއީ ހުއްދަ ކަމެއް.

    • ޙައުލާ

      މެރިޓައިމް ލޯގަ އެއްގައުމެއްގެ އުޅަނދަކުން އަނެއް ގައުމެއްގެ އުޅަނދަކަށް މުދާ ނުވަތަ އެގެންވެސް ވިޔަފާރީގެ އާލާތެއް ބަދަލުކުރުމަކީ ކަނޑައެޅިގެން މަނާކަމައެއް. ޢެއީ ބައިނަލްއަގްވާމީ ކޮންވެންޝަން ތަކުން މަނާކުރާ ވިޔަފާރީގެ މުއާމަލާތް. ދޮގުހަދާ ޕާޓީ ޖާހިލުންކައިރީ. ޢެކަމަކު މިފަދަ ޕްލެޓް ފޯމްތަކުގައި ތިދޮގެއްނުހިނގާނެ.

  6. ޙަސަނު

    ބޮޑު ގަޅި

  7. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ އިމުގެ ތެރޭގައި އެބާވަތުގެ ކަންތައްތައް ކުރެވޭނެ ކަމަށް އިބޫއަށް ޤަބޫލުކުރެވޭތީ، އަދި އެއީ ލިބިދާނެ ހުއްދައެއް ކަމަށް އިބޫއަށް ޔަޤީން ކަށަވަރުވާތީ، އިބޫ އެބުނަނީ، އެކަންތައްތައް ކޮށްދެއްވާނެ ވާހަކައެވެ. އެހެނީ، ހިއުމަން ލޯވއަކީ، ނުވަތަ މޭންމޭޑް ލޯވއަކީ، އިރުއިރުކޮޅާ ބަދަލު ގެނެވޭނެ އެއްޗެކެވެ. ޝައިނީ އަކީ، ތަޖުރިބާ މަދު ޢިލްމީ ޤާބިލުކަން ހުރި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

  8. ޖޮއްބެ

    އިބޫ ވީ ވަޢުދެއްނު ރީނދޫމީހުން ތިބޭނެ އަތްތިލަބަޑިޖަހަން....؟

  9. ނަގޫރޯޅި

    ތަންދޮރުނޭގި ބަޔަކުބުނީމާ އެހެންމީހަކަން ވެރިކަން ހޯދައިދޭން އުޅޭެއިރު މިކަހަލަ ދެކޮޅުނުޖޭހޭ ވާހަކަދައްކާނެ. ސަބަބަކީ ކޯލިށަނުން ވެރިކަމައް އާދެވޭތޯ ބަލަނީ ކޮންމެހެން ދިވެހިންނައް ހިދުމަތްކުރާކައްނޫން. ކުރިން ވެރިކަން ކުރިއިރު ދޮންކުދިން ބުނިކަންތަކުގެ ތެރޭން ނުފެވަ ހުރިކަންތައް ރާއްޖޭގަ ތަންފީޒު ކުރަން. އޭރުންތާ ދޮންކުދިން ހިތްހަމަ ޖެހޭނީ

  10. ޢަލީ

    ޝައިނީ ކޮނުނު ތެޔޮވަޅު ކޮބާ... ޔާމިނުގެ ކިތަށް ވަޢުދު ފުއްދުނުތޯ މިވެސް ޖަވާބްދޭން ވާނެ ކަންކަން

  11. ޞޯގަޅި

    ޝައިނީ ވިދާޅުދެއްވަބަލާ ޓްރާންޝިޕްމަންޓް މަނާކޮށްފަވާ ތިބުނާ މުއާހަދާއެއްގެ ނަން ނޫނީ ނަންބަރު ތީކަނޑައެޅިގެން ދޮގެއް އެފަދަ ބައިނަލް އަގުވާމީ ގަވާއިދެއް ނުވޭ

  12. ކައުންސެލަރު

    އެމްޑީޕީން ތިޔަކަމަށް ތިޔަމީހާއަށްވުރެ ފުދޭމީހަކު ހަމަ ނުލިބުނީހެއްޔެވެ؟! އަހަރެން ހަމަ އަންތަރީސް ވެއްޖެއެވެ.

  13. ކީކޭބުނާނީ

    ތަންދޮރު ނުފިލާތިބޭމީހުން ވާނީވެސް ތަންދޮރު ނުފިލާ ވަޢުދު!

  14. އަސްލުހާލަތު

    ބައިނަލްއަޤްވާމީ ކަނޑުތަކުގަ އެކަން މަނާވާނި.. އެއްވެސް ޤައުމެއްގެ އެސްއީޒެޑްގެ ތެރޭގަ އެކަން ކުރުން މަނަލެއް ނުވާނެ އެތަނެއްގެ ޤާނޫނަކުން މަނާ ނުކުރަނީސް. އިބޫ ނުބުނޭ ބައިނަލް އަޤުވާމީ ކަނޑުތަކުގަ އެކަން ކުރާނަމޭ..ޝައިނީ މޮޔަ ނުގޮވާ

  15. ނަންްްްްް

    ތިހުންނަނީ ހައްތާވެސް ޖެލަސްވާވަރުން ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭގިނގެން ކިޔާ ހާސަރު. އިބޫ އަޅާލާނެ ކަމެއްނެތް. ބައިނަލް އަގުވާމީ ކުށެއް އިބޫގެ ސަރުކާރަކުން ނުކުރާނެ

  16. ޢީނާ

    އަޅިގަނޑު....ލޮލް

  17. ޜައްޔިތުން

    ޢޭގެ މާނައަކީ ތަފާތު މާކެޓްހުޅުވާލާ އަދި ސަރުކާރާއި އަދި އާންމު ފަރާތްތަކާއި އަދި ބޭރުގެ ފަރާތްތަކަށް މަސްގަތުން ހުޅުވާލައި މަހުގެ އަގު މަތިކުރާނެ ކަމަށް. މިކަން ކުރާނީ ގާނޫނީ އިމުގެތެރެއިން.