ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމުން އަދިވެސް ބޭލޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ހެނދުނު "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ކައްޕި ބުނާ ގޮތް ފަޅުވެރިން ހަދަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅެވެފައިވާ ވާހަކައަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއެކު އޮޑި ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"މި އޮޑިއެއް ސަލާމަތެއް ނުވާނެ މި ކައްޕި ބަހައްޓައިގެންނެއް. އޮޑިން ބޭރުކުރާންވީ ނޫންތޯ. ޝައްކެއްވެސް ނެތެއް ނޫންތޯ، ކައްޕި އޮޑިން ބޭރުކުރަންވެފައޭ އެހުރީ. ކައްޕި ބަދަލުކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސް އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު މިދިޔަ ހަފްތާގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މެދު މިހާރު އިދިކޮޅު ފަރާތްތަކުން ނުވިސްނާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދައުލަތެއްގެ ސިފަ ބަދަލުކޮށް، ޑިމޮކްރަސީގެ ހުރިހާ ސިފަތަކެއް ގެއްލުވާލަމުން އަންނަކަމަށެވެ. އެގޮތުން ޑިމޮކްރަސީގައި އޮންނަ ދެފުށް ފެންނަ އުސޫލު ގެއްލުވާލާފައިވާ ކަމަށާއި ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހު ޓެންޑަރ ކުރުމެއް ނެތި ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ރައީސް ޔާމީންގެ ސަރުކަރުން ދީފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން، އެމްއެންޑީއެފްގެ ޖެނެރަލުންގެ ތެރެއިން އޮންމެ އިސްކޮށް ތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ސަރުކާރުގެ ސިޔާސަތާ ދެކޮޅު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސިފައިންގެ ތެރެއިން ގިނަ މީހުން ރައީސް ޔާމީނާ އިދިކޮޅު. ފުލުހުންގެ ތެރެއިން ގިނަ މީހުން ރައީސް ޔާމީނާ އިދިކޮޅު. މީގެ ދެން އޮތީހަމަ ވަގުތު ކޮޅެއް. އަޅުގަނޑުމެންނަށް މި ރީތިކޮށް ގޮސް ފެންނާނެ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާނެ، މިގޮތަކަށް މި ކަމެއް ނުހިފޭއްޓޭނެ، މި އޮތީ މި ހައްދުން ނައްޓާފައި، ފަރަށް އަރަން،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމޭނެ ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޑާޑާޑާޑާ

    އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދު ކުރައްވައިފި ނަމަ އޭގެ އިން އެގިގެން ދާ އެއްޗަކީ އެއީ އެމްޑީޕީވެސް މިހާރު ޑްރައިވް ކުރަމުން އެދަނީ ގޯސް މަގުން ކަމަށް. ކަން މިހެން ހުރުމުން އެމްޑީޕީގެ ހުރިހާ މީހުން ވެސް އެބަޖެހެއެއް ނޫންތޭ ވިސްނާ ބަލާ ދިރާސާ ކުރަން. އައްޑޫ ޝަރީފް ނެގި ފަދަ ބިއުޓިފުލް ޑިސިޝަން އައްޑޫ އެހެން މެމްބަރުން ވެސް ނަގައިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕް އާއި ގުޅިގެން އެންޓި ޑިފެކްޝަން ބިލް އަަވަހަށް ފާސް ވޭތޯ ބަލަންވީއޭ އެއިރުން ނޭ ދަ ބަނޑު އަކިރިންނާއި އަދި ޑްރަގް ލޯރޑުންނަށް ރާއްޖޭގެ ވެރިކަަމަށް ނާދެވޭނީ. ކޮންމެހެން ނުޖެހޭ ކުށްވެެރިވެގެން ޖަލަށް ގަޅާލާފައިވާ ކެނެރީގެ ނަޝީދުގެ އަޅަކަށް ވެގެން އުޅެން އެމްޕީން. އައި ކާންޓް ޓޭކް ދިސް ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ...

  2. މާރިޔާ

    ދެންލަލަލަލަލަލާ ކަލެއަކައް މިގައުމަކުން ފުރުަސަތެއް ނެއް އަރާދަކުރެއްވިއްޔާ

  3. ބޭބެ މުލި

    ނުވާނެ ތިހެންނެއް. ނަސީދު އަށް ތިކަންވާނޔ

  4. އ މ ރ ބ

    ބޮޑު ކާފަރުކަލޯ

  5. ޙަހަހަހަހާ

    .ނަޝީދު ތިހެން ތެޅިތެޅި ހުންނަންޖެހޭނީ.އިރާދަކުރެއްވިއްޔާ ކަލެއަކަށް ދެނެއް ތި ކަމެއް ނުކުރެވޭނެ.ކައްވަޅުގެ އަޒާބު މަތިން ހަނދާންކޮށް ނަމާދެއް ކޮށްލަ ބަލަ

  6. ޅ

    .ޔާމީން ކުރާ އެއްކަމެއްވެސް ކަލެއަކަށް ނޭންގޭނެ ކުރާކަށް.

  7. ޖިންނި

    ރައީސް ޔާމީން ބަރާބަރު އަދިވެސް އެ ހުންނެވީ އޮޑީގައި ބިރުން އޮޑިދޫކޮށްލާފަ ފިލާގެން ދާކަށް ނޫޅުއްވާ

  8. ޣާދިރު މަނަދޫ

    އަނެއްކާވެސް ހޭވެރިކަން ވެއްޖެ.

  9. ާޔުުޫސެެޭ

    ޙިީނުކުރަާތި މިވެރިކަނެތެނިޔެޭ

  10. ޓެލްމީ

    އެމްއެމްއޭގައި އަންހެން ކުދިން މަސައްކަތް ކުރާ ތަން ފެނުން އެއީ މަމެން އުފާ ކުރާ ކަމެކޭ. އެއީ އެއް ނޫންތޭ އަންހެން ކުދިން އުޅެން ޖެހޭ ގޮތަކީ. ދެން އެމެން ނުޖެހޭނެއޭ ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ޗާނދަނީމަގު ބެރިކޭޑް ކައިރިއަށް އެއްވެ ފުލުހުންނާއި ދިމާއަށް އައުގުރާނަ ގޮވާ ފުލުހުން އެމެން އަތުލަން އުޅުމުން މަގުމަތީގައި ހަޅޭއް ލަވަމުން ދުވަން ފުލުހުންނަށް އަތު ނުވާން. އެއީ އަންހެން ކުދިން އުޅެން ޖެހޭނެ ގޮތެއް ނޫނޭ ރާއްޖޭގެ އަންހެން ކުދިންނަކީ އެއީ ރައްޔިތުން ހޮވާފައިވާ ވެރިކަމެއް ވައްޓާލަން ނިކުމެ މަގުމަތީގައި ހަޅޭއް ލަވަމުން ފުލުހުން ފަހަތުން ހޯބޯ ގޮވަމުން އަތްތިލަ ބަޑި ޖަހަމުން ނަށަމުން އަބޫޖަހުލު ތިއަރީގެ ދަށުން ކަން ކަން ކުރަން ޖެހޭނެ ބަޔެއް ނޫނޭ ސްޕެޝަލީ ރާއްޖެތެރޭން މާލެ އަށް އައިސް ތިބި އަންހެން ކުދިންގެ ކަމަކަށް ވާން ޖެހޭނީ ބިއުޓިފުލް ލައިފެއް މޭކް ކުރެވޭތޯ ބެލުމޭ އެއީއޭ އަންހެން ކުދިން އުޅެން ޖެހޭނެ ގޮތަކީ. ތަމެން މުޒާހަރާ ކުރަން ދާނެ ކަމެއް ނެތޭ. ޓެލް މީ ވަޓް ވިލް ޔޫ ޑޫ.

  11. އާލިމް / މާލެ

    ދެފަހަރަކު އެކައްޗެއް އެބަކިޔާތަ. މަނިކފާނު ހަމަހޭގައިތޯ ތިޔައިންނެވީ، ދެދަޅައަށް އެކިލަވަ ކިޔަމުން ދެއުޅިއަށްނުވާ ވާހަކަ ދައްކަމުން. ރައީސް ޔާމީން އާ އަޅައިގަނެގެން ނައްޓަން ނޭގިގެން ތިޔައުޅެނީ ، މަސްތެއްގައި ޖެހިގެން ދެއްތޯ. ހަޖަމު ކޮށްލައި. ރާއްޖެ މިއަދު މިދެކޭ ހަޤީޤީ ތަރައްޤީގެ ބާނީ އަކީ ރައީސް ޔާމީން.

  12. ސަމްސާ

    ނަޝީދަކީ ބޭކާރު އަގަ ތަޅައި ދެއުޅިއެއްނުވާ ވިސްނުމެއް ގެންގުޅޭ ކުޑަކޮށް ސޭކު ދުވަސްވީ ހިޔާލުތަކެއް ގެންގުޅޭ އުދަގުލެއް ކަހަލަ އަނގަ ގަދަ ހަޔާތް ކުޑަ ފިޑި މީހެއް.

  13. ޑިމޮކްރަޓިސްޓް

    ކަލޭތީކާކު މިގައުމުގެ ކަންކަމާ ފާޑުކިޔަން#### ފިލާއޮވެ ޗުކުޗުކު ލައްވާ ފިނަޑިކަލޭގެ#### ގޮތްހުސްވީމަ ތިކަހަލަ ހުރިހާ ގަޅި ވާހަކައެއްވެސް ދެއްކޭނެ####

  14. ހުސޭނުބޭ

    އެހެންވެދޯ އިންޑިޔާ މަނަވަރުތައް އަންނަން ތި ގޮވަނީ...... ރައްޔިތުންގެ މަޖިލީސް ހިފައިގެން.

  15. ނުޒުހާސަލީމް

    އިންޝާއަﷲ މަގުމަތިންވެސް ، މަޖުލިސްތެރެއިންވެސް މި ވެރިކަން ގުޑުވާ ނުލެވޭނެ! ރައްޔިތުންގެ ވޯޓުން ހަދާއެއްޗެއް ހަދާ! މިއަދުގެ މަންޒަރުތަކަށް ބުރަވާއިރު ރައްޔިތުންވެސް ވޯޓްދޭނީ ރައީސް ޔާމީނަށްކަމަށް ބެލލެވެނީ! 2023 އަންނައިރު ރައިޔިތުން އެދި އާދޭސްކުރާނެ 2028 ގަވެސް ރައީސް ޔާމީންގެ ކައްޕިކަމުގަ ކރިޔަށްދެވޭގޮތެއް ހަދަން! އަހުރެން މައުމޫނުގެ ދައުރުގައި 3 ފަހަރު މައުމޫނަށް ވޯޓްލިން، ދެފަހަރު އަންނިއަށްވެސް ވޯޓްލިން. އެކަމަކު ދެން މަގޭވޯޓް

  16. އަހުމަދު މުޢިއްޒު

    ހަގީގަތުގައި ނަޝީދު އެ އިޢުތިރާފުވީ ރައްޔިތުންގެ ވޯޓަކުން ޔާމީން އަށް ވުރެ ކުރި ނުހޯދޭނެކަން. އެހްނ ނޫންނަމަ، އިންތިޚާބު 5 މަސް ދުވަހަށް ކުރިމަތިވެފައި އޮއްވައި ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ވެރިުކަމުގައި ހުރި މީހަކު ބަދަލުކުރާކަށް ނުވެސް ވިސްނީސް. އިންތިޚާބާމެދު ނުވެސް ވިސްނަމޭ ބުނެފިތާ! އޭގެ މާނައަކީ އިންތިޚާބުން ހޯދޭނެ ކާމިޔާބީއެއް ނެތްކަމަށް، (ޤައުމާ) އިދިކޮޅު ކޯޅޭޝަންގައި އުޅޭ ހުރިހާ އެންމެންވެސް އިއްތިފާޤުވީއްޔޭ. އެހެން ނޫންނަމަ މިހާރު ކަންނެލި އޮޑިފަހަރުގައި އަތޮޅުތަކަށް ފުރަފުރައިގެން ކެންޕޭނަށް ފުރައިފީސް. ޖުލައި 26 ގައި އިފުތިތާޙުކުރާނެ ބައިވަރު މަޝްރޫޢުތަކުގެ ސަބަބުން ރައޔިތުންގެ ހިތްތަކުން ޔާމީންގެ ނަން ފޮހެލެވޭކަށް ނެތް. އެހެންވެ ރައްޔިތުންގެ ބަސް އަހަން މަޑު ނުކޮށް އެހެން މަގެއް ޚިޔާރުކުރަނީ.

  17. ޒާހިރު

    ކަލޭތިހިރީ ހައެއްކަސޮރު ނުކުމެ ވެރިކަމުން ބާލާފަ. މަޖިލީހުން ތިކަންކުރާކަށްނޫލޭ.

  18. ހުސޭނުބެ

    މީނާ މީ ހަމައިން ނެއްޓޭ މީހެއް!! މީނާ ހުރީ ހަމައިން ނެއްޓިފަ!! މީނާއަކީ އެކައްޗެއް ކިޔާ މީހެއްނޫންކަން ދިވެހި ރައްޔިތުންނަށް އެނގޭ!! ދޮގު ވެރިއެއް!! މަކަރުވެރިއެއް!! ބޯ މީހެއް!! ބޯން ދިވެހިންނަށް ހިތްވަރުދީ ވާހަކަދެއްކި މީހެއް!! ދީނާ ދެކޮޅު މީހެއް!! ގައުމުގެ ޣައްދާރެއް!! ފަނޑިޔާރަކު ރަޙީނުކުރި މައްސަލައެއްގައި ޖަލު ޙުކުމެއްގައިވާ މީހެއް!! މިހާރު އެހެރީވެސް ބަލިވެގެންނޭ ކިޔާފަ ރޯ ބުހުތާނު ދޮގުހަދައިގެން ފަރުވާއަށް ފޮނުވީމަ ޙުކުމަށް ފިލައިގެން!! ގައުމަށް ދިމާވެފައިވާ ބޮޑު ވަބާއެއް މިނާ މީ!!

  19. އަހުމަދު

    ކަލޯ ތިކަމާ ނޫޅެ މަހަށް ދާންވީނު

  20. މމ

    ދެން ކީއްކުރާށޯ މަޖީދީ މަގަށްނިކުމެ މަގުހިނގާމީހުންނަށް ދުއްޕާން ކުރަން ވީ

  21. ޙަފްޞާ / މާލެ

    ވަރަށް ސަފުކޮށް މިބުނަނީ އިރާދަކުރެއްވިއްޔާ 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ރައީސް ޔާމީން!

  22. މާކުންބެ

    މީގެ ކުރިން ބުނީ މަގުމަތިން ޔާމިނު ވެރިކަމުން ވަކިކުރަން، ދެން ކިޔީ މަޖުލީސް ތެރޭން، ދެން ސުޕްރީމް ކޯޓުން، ދެން ހޭވައްޓާފަ ގޮވީ އިންޑިޔާ ސިފައިން އަރާ ވެރިކަން ބަދަލުކުރަން، އެއްގޮތެއްވެސް ނުވީމަ އަނެއްކާ މަޖުލީސް ތެރޭން، ދެން މިގޮތަށްވެސް ނުވީމަ ގޮވާނެ ތޯއްޗެއް ހުރިހާ ކުޑަކުދިން ނުކުމެ ވެރިކަން ބަދަލު ކުރަން.

  23. ޖާން ހޭ

    މިޤައުމުގެ ކަންކަމުގައި ޚިޔާލު ފާޅުކޮށް މަޝްވަރާ ދިނުމުގެ ޙައްޤު މަގުފޭރޭ ޓެރަރިސްޓަކަށް ލިބިގެންވާކަމަށްކަށް މަށަކު ނުދެކެން. ޑިމޮކްރަސީ އަކީ ދުނިޔެ ދަންނަ އެއްޗެއްނޫން، އެއީ ކަނޑުގައި އަޅާ ރޮނގެއްފަދަ ބަހެއް. ޑިމޮކްރަސީ ނަންބޯޑު އަޅުވައިގެން ޤައުމުތަށް އަޅުވެތި ކުރުމަށް ކާފަރުން ދައްކާ ހޮޅި ވާހަކަ އެއް، ﷲ އިރާދަ ކުރެއްވިއްޔާ އިސްލާމްދީނާއި ދެކޮޅު އެއްވެސް ވިސްނުމެއްގެ ވެރިޔަކަށް މިޤައުމުގައި ވެރިކަމެއް ނުދޭނެ ރައްޔިތުންނެއް، މިކަން އޮންނާނީ ކުރިންވެސް ދައްކާދީފައި، ﷲއިރާދަ ފުޅާއިއެކު ކުރިއަތް އޮތްތަނުގައިވެސް މިކަން މިގޮތަށް ދަމަހައްޓާނެ.

  24. 121

    މީނަގެ ދަށުވެ އެން ޑީ ޕީ މީހުން ހަލާކު ވެއްޖެ.މީނާ ނޫންމީހަކު އެޕާޓީން ވެރިކަމަށް ކުރިމަތި ލުމަކީ މަނާކަމެއް. މިއަށްވުރެ ބޮޑު ހުދުމުހުތާރު ވެރިއެއްހުންނާނެތެ.މީނައަށް ވެރިކަން ހޯދާ ދިނުމަށް އަހަުރެމެންނާ ދަރިންކޮޅު ޖަލަށް ވަންނާންވީ. މީނަގެ ފަހަތުގައި މިތިބީ ބޯހަލާކުވެ ލޯހަލާކުވެސް ވެފައިތިބި ބައެއްތަ.

  25. އަން

    ވެރިކަމާހެދި މޮޔަވެފައި

  26. ފައިޒް

    ކަލޭގެ ހުންނަ މޮޔަކަމާ ގަމާރުކަން ދޯ .. ކަލޭ އަޅެ ދެފަހަރު އެކައްޗެއް ކިޔާބަލަ..

  27. ޝުވޭބު

    މިހާރު ތި ގެންނަވާ މަނަވަރުތަކުގެ ޙަބަރު ހުސްވީތޯ...އިންޑިއާގެ ޑިފެންސް މިނިސްޓަރާ މަޖިލީހުގެ ވަަހަކަ ހިއްސާ ކޮށްލެއްވީމުތޯ !

  28. ތުއްތޫ

    ނާތެދެއް! މަހީކުރީ ރޭޒަރަކުންކަމަށް. މިއޮތް ހުރިހާދުވަހު ވައްޓާލާނަމޭ ވައްޓާލާނަމޭ ކިޔާގެން ގުނބޯތައް ނަށްޓަންއުޅެ ނުނެށީމާ އެހެންލަވައެއްކިޔަނީދޯ؟

  29. ައ ދ

    ބަލި ގަބޫލު ކުރީތަ

  30. އަނބު

    މީނަ މީ 6 އަނގައިން ވާހަކަ ދައްކާމީހެއް.

  31. މުހައްމަދު ޢައްޑޫ ސިޓީ

    ކަލޯ ކަލެއައް މިތަނަކަށް ނާދެވޭނެ ކަލޭ އޮވޭ ލަންކާގަ މިހާރު އިނގިރޭސި ވިލާތުން ވެސް އަދި ލަންކާ އިންވެސަ ބޭރުކޮށް ދޫނިދޫ ޖަލައް

  32. ބޭބެ

    ރައީސް ޔާމީނު ވެރިކަމުން ކޮންމެހެން ބާލަން ޖެހޭތަ އެއިގެ ބޭނުމަކީ ރައްޔިތުންގެ މުދަލުގައި ރޯަކޮށް އަންދާލާ އެވަރުން ނުވެގެން ޤާޟީ އަކު ގަދަކަމުނަް ނަގާފައިވާ ޓެރަރިސްޓަކު ރިޔާސީ ރޭހުގަ ބައިވެރިވުމުގެ ފުރުޞަތު ހޯދުންތަ ހަނދާން ނައްތާލާ

  33. ބާބޫ ނާޒް

    ބޯގޯސް ފިރުއައުނު ކަލެއަކަށް ދެން މިގަވްމަކުން ފުރުސަތެއް ނެތް.ދެން ލަލަލާ!