ރައީސް ފުވައްމުލަކަށް ވަޑައިގަތުން - ފޮޓީ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިދިކޮޅު އިއްތިހާދުން އަންނަ ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓުގެ ރަނިންގްމޭޓް، ފައިސަލް ނަސީމުގެ އުފަން ރަށް ކަމަށްވާ، ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން ނިކުމެ ދަންނަވައިފިއެވެ.

ފިޔާތޮށިކުލައިން ޖަރީވެފައިވާ އެތަށް ސަތޭކަ ބަޔަކު ރައީސް ޔާމީނަށް މަރުހަބާ ކިޔަން އެއަޕޯޓަށް ޖަމާވެފައިވާއިރު އެފަރާތްތަކާއި ސަލާމް ކުރެއްވުމަށް ރައީސް ޔާމީން ގާތްގަނޑަކަށް 50 މިނެޓް ހޭދަކުރެއްވިއެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެސިޓީގައި ސަރުކާރުން ކުރިއަށް ގެންދެވި ބައެއް ތަރައްޤީގެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާނެއެވެ. އެގޮތުން ރައީސް އެރަށަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިދާހުކޮށް އެރަށުގެ ނޭޗަރ ޕާކް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން  އެސިޓީގައި ގާއިމްކޮށްފައިވާ ހައުސިމްގް ޔުނިޓްތަކުގެ ނިމުމާއި ބަނދަރާއި އެއްގަމު ތޮށީގެ ނިމުން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަތުން - ފޮޓީ: ރައީސް އޮފީސް

އާބާދީގައި 12،000 ވުރެއް ގިނަ މީހުން އުޅޭ ފުވައްމުލަށް ސިޓީގައި މިހާރުވެސް ދަނީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ، އެގޮތުން އެރަށުގެ މަގުތަށް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެއް ދަނީ ކުރިއަށް ގެންދަމުންނެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުމަކާއި ގާތްވެފައިވާއިރު އެމަނިކުފާނުގެ ޒައާމަތުގައި ފުވައްމުލަކުގެ ތަރައްޤީއަށް ވަނީ 1.1 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަތުން - ފޮޓީ: ރައީސް އޮފީސް

ފުވައްމުލަށް ސިޓީއަށް ރައީސް ޔާމީން މިއަދު ވަޑައިގަތްއިރު އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ޖަމާވެފައިބި އެތަށް ސަތޭކަބަޔަކު އެއް އަޑަކުން ގޮވަމުން ދިޔައީ ރައީސް ޔާމީން ފަހަތްފުޅުގައި ތިބީ އެމަނިކުފާނަކީ ތަރައްޤީ ގެންނަވާ ވެރިއަކަށް ވުމުން ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ފުވައްމުލަކު ރައްޔިތުން ތިބީ ތައްޔާރަށް ކަމަށް އެފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަތުން - ފޮޓީ: ރައީސް އޮފީސް

ރައީސް ޔާމީނަށް މިއަދު ފުވައްމުލަށް ސިޓީއިން އެރުވި ހޫނު މަރުހަބާއަކީ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިއްމޭޓް ފައިސަލް ނަސީމަށްވެސް އޭނާ އުފަން ފުވައްމުލަކުން ނުލިބޭހާ ހޫނު މަރުހަބާއެކެވެ. ފައިސަލް ނަސީމަކީ ފުވައްމުލަކައް އުފަން ބޭފުޅެއް ނަމަވެސް އެމަނިކުފާނު ދިރިއުޅުއްވަނީ އެ ސިޓީގައެއް ނޫނެވެ. ނަމަވެސް ދާދިފަހުން ކެމްޕޭން ދަތުރުފުޅެއްގައި ފައިސަލް ފުވައްމުލަކަށް ވަޑައިގަތެވެ. އެމަނިކުފާނު ތަމްސީލުކުރައްވަމުން ގެންދަވަނީވެސް ކ. ކާށިދޫ ދާއިރާއެވެ.

ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރަމުން ގެންދާއިރު އެމަނިކުފާނަށް ގިނަ ރަށްތަކުން ވަނީ އާދަޔާހިލާފި ބޮޑު ތަރުހީބެއް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ފުވައްމުލަށް ސިޓީއިން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރާހިމް މީގެ ކުރިން އެ ސިޓީއަށް ޒިޔާރަތް ކުރުމުން ވަނީ އާދަޔާއި ޚިލާފަށް ހޫނު މަރުހަބާއެއް އެކަމަނާއަށްވެސް ކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އުފާވެރި މަންޒަރެއް.

  2. ސާބަހޭ ރައީސް ޔާމީން
    ޔާމީން ޝަހީމް 2018

  3. އިބޫމެން ރަށުންވެސް ޔާމީނަށް ވަރަށް ތާއީދު ލިބުން.. ކީއްވެބާ އިބޫމެން ރަށުން ތާއީދު ކުޑައީ 25 މެންބަރު ކަންކުރި އިރުވެސް..

  4. ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  5. ހިންނަވަރުގައި މިރޭ އިބޫ ބާއްވާ ޖަލްސާއަށް ނައިފަރުގެ 300 ސަޕޯޓަރުން ، ކުރެންދޫގެ 100 މީހުނ

  6. މުޙައްމަދު / ހިންނަވަރު

    ހިންނަވަރުގައި އިބޫ މިރޭ ބާއްވާ ޖަލްސާއަށް ނައިފަރުން 300 ، ކުރެންދޫން 100 ، އޮޅުވެލިފުށިން 25 ، ނ އަތޮޅުގެ ރަށްތަކުން 140 ، ރ އަތޮޅުގެ ރަށްތަކުން 100 ، ބ އަތޮޅުގެ ރަށްތަކުން 100 ، މާލެ ހުޅުމަލޭގައި ދިރިއުޅޭ އެކި އަތޮޅުތަކުގެ 300 މީހުން ، ހިންނަވަރުން 400 މީހުން ބައިވެރިވަނީ ހުރިހާ ދަތުރުޚަރަދުތަކާއެކު ފައިސާދީގެން. މިވަރު ނުކުރިނަމަ ހިންނަވަރުން އިބޫ ޖެހުނީހީ ލަދުން ފައިބައިގެން ދާން! މިދެން ފޮޓޯ ދައްކަންވެސް ބޮޑުވަރު ދޯ؟މިއީ ޙައްޤު ތެދު!

  7. ކޮބައި ހީވޭތަ ؟ އިރާދަކުރެއްވިއްޔާ ފޯއްމުލަކުންވެސް ޔާމީން އަޣުލަބަިއްޔަތު ނަގާނެ މިފަހަރު!

  8. އިން ޝާ އަﷲ ބޮޑު އަޣުލަބިއްޔަތަކުން 2018 ރައީސް ޔާމީން !!!!

  9. ދޮގު ޚަބަރު ލިޔެ މީހުން އޮޅުވާލަން ނޫޅޭ، ޔާމީނަށް ތާއީދު ކުރާ %20 މީހުން ވެސް މިރާއްޖެއަކު ނެތް، މީހުންނަށް ބިރުދައްކާގެން ގެންދަންޏާ، މީހުންނަށް ފައިސާދީގެން މީގުން ގެންދަނަޏާ މީހުންގިނަވާނެ

  10. މަ ދުށިން ފުނާޑު އަވަށުގެ ވޯޓު ފޮށީގެ އޮފިޝަލް ސުހާ ވެސް ތިތަނުން.

  11. ޔާމީނު މީ ހަމަ ފައްކާ ބުރާންޗެއް! މިމީހުން ދައްކާ ދަޅާގަ ޖެހިގެން އިބޫއާ ވާދަކުރަން އެބައުޅޭވިއްޔަ! އިބޫ އަކީ މަޢުމޫނާ ނަޝީދާ ގާސިމާ އިމުރާނާ އަދި ސައިލެންޓު މެޖޯރިޓީ!