ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ފޮޓޯ: މަޖިލިސް
ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ފޮޓޯ: މަޖިލިސް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމު މުހައްމަދު ސޯލިހުގެ މެޑިކަލް އެކްޒާމެނޭޝަނެއް ހައްދަވަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ޕީޕީއެމް ނުވަތަ ރައީސް ޔާމީންގެ ސަރުކާރުން ވެފައި ހުރި ވައުދުތަށް ތަކުރާރުކުރައްވަމުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމު ސޯލިހު ގެންދަވަނީ ޖެއްސުމަށް ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ވިދާޅުވަމުން މިގެންދަނީ އަޅުގަނޑުމެން ވެފައި ހުރި ވައުދުތަށް އިބޫ އެގެންދަވަނީ ތަކުރާރުކޮށް ކޮޕީ ކުރައްވަމުންނޭ ދެން މިހިސާބަށް ކަންތަށް ދިޔައީމަ އަޅުގަނގަޑަށް ވެސް ސީރިއަސް ކޮށް އެބަ ވިސްނޭ އިބޫގެ މަސަލައެއް އުޅުއްވާ ކަމަށް. އިބޫ އަށް ވައުދު ވާނެ ގޮތް ނޭގޭ ކަމަށް ވާނަމަ ތިކަން ހުއްޓަވާލެއްވުމަށް އަޅުގަނޑު އިއްޔެވެސް ވާނީ ވިދާޅުވެފައި. ރޭގެ މާމިގިލީގައި ވާހަކަ ދައްކަވަމުން އެރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އިރު ރައީސް ޔާމީން ވަނީ މާކުރިން އެވައުދު ވެވަޑައިގެންފައި،" ނިހާން ވިދާޅުވިއެވެ.

ނޫސްވެރިއަކު ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ މި ކަންތަތަކާއި ގުޅިގެން އިބޫގެ މެޑިކަލް އެގްޒާމިނެޝަނެއް ހެދުމުގެ ސީރިއަސް ކަން ބޮޑު ކަމަށާއި މިކަން ކުުރައްވާނީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށެވެ.

"އިންތިހާބާއި ބެހޭ ގާނޫނާއި, ރައިސުލްޖުމުހޫރިޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް އެގްޒާމިނެޝަނެއް ހަދަން އޮންނަ ކަން އެގެން ނެތުމުން މިއަށް އިތުރު އެއްޗެށް އަޅުގަނޑަށް ދެންނެވެން މިވަގުތަކު ނެތް" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް މެނިފެސްޓޯ އާއި ގުޅިގެން މީސް މީޑިއާގައި އަދި އެހެން ތަންތާގައި ތަފާތު އެކި ވާހަކަތަށް ދައްކަމުން ދާތީ އެކަމަށް އިޝާރަތް ކުރައްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވަނީ އެމްޑީޕީގެ މެނިފެސްޓޯ ކޮބައި ތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯ ފޮތެއްގެ ސިފައިގައި އަދި ޗާޕް ކޮށް ނުނެރެވުނު ކަމުގައި ވީ ނަމަވެސް, އަޅުގަނޑުމެންގެ ވެބް ސައިޓުން މިހާރުވެސް ފެންނަން ހުންނާނެ 2018 އިން 2023 އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވެވަޑައިގަނަވަމުންދާ ވައުދުތަށް" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯ އާއި ގުޅިގެން އެބޭފުޅުންގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތަށް އުފެދިފައި ކަމަށާއި ހާއްސަކޮށް އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ތެރޭގައު ވަނީ ހިޔާލުތަފާތުވުން އުފެދިފައި ކަމަށެވެ.

ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި ނަމަވެސް މި ގައުމުގައި އިސްލާމު ދީން އޮންނަން ނޭދޭ ކިންތަމެއް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވީ މީގެ ތެރޭގައި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންވެސް ތިއްބެއްވި ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެން ފާހަގަ ކޮއްލަން ރައީސް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރ ކުރެއްވި ޑރ ޝަހީދު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އޭނާގެ ޓުވީޓަރ އެކަންޓު މެދުވެރިކޮށް ރާއްޖޭގައި އެއް ދީނަށްވުރެން ގިނަ ދީން އޮންނަން އޭނާ ސަޕޯޓް ކުރާ ވާހަކަ ވިދާޅުވި" ނިހާން ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ނިހާން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ދަނީ އެޕާޓީގެ މެންބަރުންގެ ބޮލުގައި ބޮޑެތި ދޮގު ތުހުމަތު ތަކެއް އަޅުވަމުން ކަމަށާއި ނަމަވެސް ރާއްޖޭގެ އެެއްވެސް ގާނޫނެއް އަދި އިންތިހާބާއި ބެހޭ ގާނޫންގެ އެއްވެސް ކަމަކާއި ހިލާފު އެއްވެސް އަމަލެއް ޕީޕީއެމްގެ އެއްވެސް މެންބަރެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެމެންހާ ލޮބުވެތި މެންބަރުންނަށް އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަލޭމެންގެ ވައުދު ނުފުއްދީމަ ކޮންމެސް ބަޔަކު ފުއްދަން ޖެހޭ ލަދު ކޮބަާ

  2. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑްގުޑް..

  3. ޕީޕީއެމުގެ ރޫޙާނީ މެންބަރު

    މިހާރު މިފެންނަ ފެނުމަށް ބަލާއިރު، ނިހާން އެހުރީ ޕީޕީއެމުން ބޭރުކޮށްފައެވެ. އެހެނީ، ނިހާން ލައްވާ ޕީޕީއެމުން މިހާރު އެކުރައްވާ ކަންކަމަކީ، ރިޔާބަދަލު ކުރުމުގެ ކުރިން އަގުވައްޓާލުމަށް ކުރައްވާ ކަންކަމެވެ. ނިހާނަކީ، ޒާތީގޮތުން މީސްމީހުންނާއި ދިމާކުރުމުގައި ދޫފަސޭހަ ބޭފުޅެކެވެ. އަދި ކޯދޮވެފައި މީސްމީހުންގެ މޫނަށް ފެން ބުރުވާލުމުގައި މަޝްހޫރު ބޭފުޅެކެވެ. ނިހާން މީސްމީހުންގެ ގާތުގައި ކޮށްދެއްވަން ބުނާ އެއްވެސް ކަމެއްގައި ޕީޕީއެމުން ރުހުން ނުލިބޭތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ.

  4. ޕިންކު ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑްގުޑް

  5. ބަލަ ނިހާނޫ ކޮބައިތަ ތިބުނާ މެނިފެސްޓޯ އަކީ؟؟ ނިކަން އަހަރުމެން ރައްޔިތުންނަށް ތިޔަބުނާ ފެސްޓޯ އެއް ދައްކަބަލަ. އެހެންޔާ މިމީހުންގެ މިބުނާ ވެބްސައިޓެއް ހާވާ އަހުން ވަރުބަލިވެއްޖެ.

  6. ނިހާނުގެ މެޑިކަލެއްވެސް ހަދަންފެނޭ އަންހެނެއްގެ މޫނަށް ކޯދޮވެލީމާ.

  7. މޮޔަ މަރުމޯލެއް

  8. ކޮންމެހެން ކަލޭމެން ނުވާވައުދުވުން އޮވޭތަ ގާނޫނުގަ. ތީ ދޮގުވައުދުވެ ފައިލްވެފަތިބިބައެއް. ފުރަތަމަ ބަލާބަ ކިތައް ވައުދު ނުފުއްދި އެބައޮތްތޯ. ސާބެހޭ އިބޫ.

  9. ކުރަންޖެހޭ މުހިއްމުކަންތައްތައް އެއްސަރުކާރަކުން ކޮށްދޭނަމޭ ބުނުމަކީ އަނެއް ސަރުކާރަކުން ކޮށްދޭނަމޭ ބުނަން ނުޖެހޭ ސަބަބެއްނޫން. ކޮންމެ ބަޔަކު ވެރިކަންކުރިއަސް ރައްޔިތުންގެ ހުންނާނީ އަސާސީ އެއްބޭނުންތަކެއް.

  10. ނިހާނަކީ ވަރަށް ޑީ ގްރޭޑް މީހެއް...✌✌✌

  11. ނިހާނަކީ ވަރަށް ޑީ ގްރޭޑް މީހެއް...✌✌✌