ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ރަތްދޫލަގައި މަރުހަބާ ކިޔައިފިއެވެ.

އިއްޔެ ކަލްބް ފަރުގައި އެ ކުންފުނީގެ ފަރާތުން، އެ ކުންފުނީގެ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ބައިވެރިވިއެވެ.

އެ ކުންފުނީގެ ފިިރިހެން މުވައްޒަފުންގެ ބޮޑު ބެރުގެ ހަރަކާތްތަކާއި، އަންހެން ކަނބަލުންގެ ހާއްސަ ހަރަކާތްތަކާއެކު އިއްޔެ ވެމްކޯގެ ފަރާތުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ހަދިޔާތަ ކެއްވެސް ވަނީ ދީފައެވެ. އަދި ކޭކު ފެޅުމާއި އިތުރު ހަރަކާތްތައް ވެމްކޯގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށްދިޔައިރު، ހުރިހާ މުވައްޒަފުންވެސް ތިބީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

ވެމްކޯއިން ހާމަކުރިގޮތުގައި، އެ ކުންފުނީގެ މާލެ ވިލިމާލެ ހުޅުމާލޭގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ އަދަދަކީ 107 ކަމަށެވެ. އޭގެ ތެރެއިން 90 އިންސައްތަ މުވައްޒަފުން އިއްޔެ ހަރަކާތްތަކުގައި ބައިވެރިވިއެވެ.