ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ހަދާފައިވާ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެއަށް ދިޔަ ދެ ސަައިކަލެއް ޖެހިގެންނެވެ. އެ ދެ ސައިކަލުގައިވެސް ތިބީ ދެ ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 11:36 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށާއި، ދެ މީހުންނަށްވެސް ލިބުނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް ސައިކަލު އަނބުރާލަން އުޅެނިކޮށް ފަހަތުން އެރި ސައިކަލުގައި ޖެހިގެންނެވެ.

ފުލުހުން ވަނީ ބުރިޖުގައި އާއި ހައިވޭގައި ދުއްވާއިރުވެސް ޓްރެފިކް ގަވާއިދުތަކަށް ހުރިމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި ހައިވޭގައި ޔޫޓާން ނެގުމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި އެކަން ނުކުރެވޭނެ ކަމުގެ އެއްވެސް ނިޝާނެއް ހަރުކޮށްފައެއް ނެތެވެ.

ރޭގެ ވަގުތެއްގައިވެސް އެ ސަރަހައްދުގައި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެ އެކްސިޑެންޓް ހިނގީ ބުރިޖު މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުމްބެ

    ޓުރެފިކު ނިޝާނުތައްވަރަށް މުހިއްމު

  2. ބުރިޖު ސަޅި

    މާލެ ރިންގު ރޯޑް ސިނަމާލެ ބުރިޖު ގުޅޭ ހަވޭގެ ހުރިހާ ޓްރެފިް ނިޝާން ތައް ވަރަށް މުހިންމު ރައީސް ޔާމިން މިކަން ވެސް ފުރިހަމަ ކޮއްލަދެއްވާ

  3. ހުސަސް!

    ހައިރާންވެއްޖައިން!!! ލޯގަނޑު ހުއްޓާ ކީއްވެ އެސްކިޑެންޓު ވާންވީ، ކީކޭތޭ؟