މިއަދު ހެދުނު އިރުއަރައިގެން އައީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެކިއެކި މުއައްސަސާތަކުން އަންހެނުންނަށްޓަކައި ބޮޑެތި ތައްޔާރީތައް ވަމުންނެވެ. މިގޮތުން ދައުލަތުގެ ޓެކްސް އިދާރާ މީރާގެ "މީރާނީ" އަށް އެ އިދާރާގެ ފިރިހެން މުވައްޒަފުން މިވަނީ ރަތް ދޫލައިގެ ސަޕްރައިސް މަރުހަބާއެއް ކިޔައިފައެވެ.

މިއަދުގެ ހަރަކާތުގެ ކުރިން އެއްވެސް އަންހެން މުވައްޒަފަކަށް މިއަދު އޮފީހަށް އައިއިރު މީރާ އަށް ވަދެވޭނީ ރަތް ދޫލައިގެ މަތިން ޚާއްސަ ގޮތެއްގައިކަމެއް އެއްވެސް މުވައްޒަފަކަށް ނޭނގެއެވެ. ހުރިހާ އަންހެން މުވައްޒަފުން މިއަދު ހެނދުނާއި ޒަމާނީ ގޮތަށް ފަހާފައިވާ ދިވެހި ހެދުން ތުރުކުރައްވައިގެން އޮފީހަށް އައިއިރު ފިރިހެން ވެރިން ތިބީ ދިވެހި މުންޑާއި ހުދު ހެދުމުގައި ކުރިން ދިވެހި ރަސްރަސްކަލުންނަށް ހިޔާ ކުރުމަށް ގެންގުޅޭ ކުޑަގޮތަށް ފަރުމާކޮށްފައިވާ ކުޑައެއް ހިފައިގެންނެވެ. ކޮންމެ ކަނބަލެއްވެސް އޮފީހަށް ވަދެފައިވަނީ އެކުޑައިގެ ދަށުން ރަތް ދޫލަ މަތިންނެވެ. ވަންނަވަމުން ގެންދެވި އިރު ދެފަރާތުން ދިވެހި ރީތި ބޮޑުބެރު ޖަހަމުން ގެންދިޔައެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ އަންހެން މުވައްޒަފުން ހެނދުނު އޮފީހަށް ދުރުވިއިރު ހުރިހާ ކަބަލުންގެ މޫނު މަތިން ފެނިގެން ގޮސްފައިވަނީ އުފާވެރިކަމައެވެ. ހުރިހާ ކަބަލުންހެންވެސް ތިބީ ސަޕްރައިޒް ވެފައެވެ. ވަޑައިގެންނެވި ހުރިހާ ކަބަލުންނަށް މީރާގެ ފިރިހެން މުވައްޒަފުންވަނީ މަލުން ޒީނަތްތެރި ކޮށްފައިވާ ބޮލުގައި އަޅާ ބޭންޑެއްވެސް އަޅުވާފައެވެ.

"އިސް ސަފުގައި މީރާއިން" މި ތީމްގެ ދަށުން މިއަދު މީރާ ގައި މަސައްކަތް ކުރާ ކަބަލުންނަށް ސަޕްރައިޒް ދިންއިރު މީރާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން "މީރާނީ" އިންނަށްވަނީ ޚާއްސަ ހެދުނުގެ ސައިފޮދެއްވެސް ދެއްވާފައެވެ. އަދި ކޮންމެ ކަބަލެއްގެ މޭޒުމަތީގައި އެކަބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން މޭޒު ތައްޔާރުކޮށްދީ ކޮންމެ ކަބަލަކަށް ހާއްސަ މެސެޖެއް ވެސް ވަނީ ދީފައެވެ. މީގެ އިތުރުން މިއަދު އެ މުވައްސަސާގެ ކަބަލުންނަށް އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވަނީ ލުއިފަސޭހަތަކެއް ދެއްވާފައެވެ. އެގޮތުން މިއަދު އެއްވެސް އަންހެން މުވައްޒަފަކަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މީރާގެ އަންހެން މުވައްޒަފުންނަށްވަނީ ރަތް ދޫލައިގެ މަރުޙަބާ ކިޔާފައި. ވަގުތު ފޮޓޯ: މުޙައްމަދު ޖިމީ

މީރާގައި މަސައްކަތް ކުރާ 284 މުވައްޒަފުންގެ ތެރެއިން 150 މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ނެވެ. މިގޮތުން މީރާގެ އިސްސަފުގައިވެސް ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވެއެވެ. މީރާއިން "މީރާނީ" އިންނަށް ގެންދާ ހަރަކާތްތަށް އަދި މިހާހިސާބުން ނިމުނީކީ ނޫނެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިގެންދާ ހަރަކާތްތަކުގައި މިއަދު ހަވީރުވެސް އަންހެން މުވައްޒަފުންނަށް ހާއްސަ އިވެންޓެއް އޮންނާނެއެވެ. އަދި އެކަބަލުންނަށް ހާއްސަ ފަރިއްކޮޅެއް މީރާގެ ފިރިހެން މުވައްޒަފުން އަރުވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    )ސަލި

  2. ރިއަލިޓީ

    އަންހެނުންނާ ފިރިހެނުން ހަމަހަމައޭ..ދެން ކީއްކުރަންހޭ ވަކިން ދުވަހެއް ހަދާ ރަތް ދޫލައިން މަރުހަބާ ކިޔަނީ؟؟ ހަމަހަމަ ނަމަ ފިރިހެނުން ދުވަސް ވެސް ތިހެން ކުރާނެތާ އަންހެންވެރިން.. މިއުަޅޭ ދީނީ މީހުންނަށް ވެސް ނުކެރޭދޯ މި ދުވަހާ ބެހޭ އެއްޗެއް ބުނަން ގަންނާކުރައްވާ ބިރުން.. އުފަންދުވަސް ފާހަގަ ކުރުން ހަރާމޭކިޔާ ފަތުވާ ނެރޭނެ މިހަމަ އެކަހަލަ ކަމެއް.

  3. ނަންނުގަތި

    އެއްވެސް ގޮތަކުން އެނގެން އޮތްކަމެއް ނޫން އެކުރަނީ ދީނީ ނަޒަރިއްޔާތުން ބަލާނަމަ
    މީރާމީހުން އެކުރަނީ ﷲ އެންގެވީ ޒަކާތްނަގަން

  4. ޖ

    މީހުން އަތުން ނަގާ ލާރި އޮންނާނެ.ބޭނުންކަމެއް ކުރަންވީ ހަމަ

  5. ނަރީ

    އަޅޭ މިވަރުވެސް މާލޭސިޓީކައުންސިލަކަށް ނުވި