މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށްވާ އދ. މާމިގިލީ އަބްދުއް ރަޝީދު އެމުޒާހަރާގައި ބައިވެރިވީ "ސެކިއުލާ" މީހަކު ދިން "ހަދިޔާ" އަކަށް ކަމަށް އަހްމަދު ނަޝީދު (ޑީސީ ޑޭވް) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވް އަބްދުލްރަޝީދު އާއި އެކު ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި އާންމު ކުރައްވަމުން ވިދާޅުވީ މުޒާހަރާގައި ބައިވެރިވީ ކީއްވެތޯ އަބްދުއް ރަޝީދު ކައިރީ އޭނާ އެއްސެވި ކަމަށެވެ.

ހަދިޔާ ދިން މީހާ ބުނީ ހަމައެކަނި ފޮޓޯއެއް ކަމަށް ވެސް އަބްދުއްރަޝީދު އާއި ހަވާލާދީ ޑޭވް ވިދާޅުވިއެވެ. ޑޭވް ވިދާޅުވީ އެއީ ރިޝްވަތު ނޫންތޯ ސުވާލު ކުރުމުން އަބްދުއް ރަޝީދު ހިނިތުންވެލުން ފިޔަވައި އިތުރު ޖަވާބެއް ނުދޭ ކަމަށެވެ.

ޑޭވް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓް
ޑޭވް ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓް

އަސާގަނޑެއްގެ އެހީގައި ހިނގާބިނގާވެ އުޅޭ އަބްދުއް ރަޝީދު މުޒާހަރާ އަށް ނިކުތުމުން ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ލިބުނެވެ.

ހުކުރު ދުވަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމުގެ ކުރިން ގާސިމްގެ ފަރާތުން ފައިސާގެ އެހީތައް އޭނާ އަށް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިހާރު ގާސިމް ރާއްޖޭގައި ނޫޅުއްވާތީ އެއްވެސް އެހީއެއް ނުލިބޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހެޔޮނުވާނެ

    އަހަރެމެންނަސް ނުހިނގޭތީ އަހަރެމެން ހިނގުމަށް އެހީއަކަށް ގެންގުޅޭ އަސާއަށް ވެސް މިކިޔަނީ " އަސާގަނޑު" ދެން ކިޔަންވީނު ނުހިނގޭ މީހާގަނޑު. ޓި ތިމީހުންނަށް ހިނގުނަސް މަލާމާތް ކުރުމަށް ބޮޑުވަރު. އާ އޯކޭ އަހަރެމެން ނުހިނގޭ ނުކުޅެދޭ މީހާގަނޑު މިގޮތަށް އުޅެމަރުވުން ނޫންގޮތެއް ނެތް. އެކަމަކު ތިމީހުން ހިނގޭ ، ކުޅޭދޭ މީހޫންނަށްވެސް ހަމަ މިކަހަލަ ދުވަހެއް ދައްކަވާފާނެ. ﷲ އަހަރެމެން ހެއްދެވި ގޮތަކަށް ޝުކުރުކުރަމުން ހަމަ މިގޮތުގަ ތިބޭނަން. އެކަމަކު އަހަރެމެންގެ ވެސް ޚިޔާލަކާ ސުޢޫރު ކިޔާއެއްޗަކާ ވާނެކަން ހަނދާން ކޮށްލާތި.

  2. ޙަފްޞާ / މާލެ

    މުޒަހަރަޔަށް މީހަކު ނުނިކުންނާތީ ރުފިޔާ އަޅައިގެން މީހުން މުޒާހަރާއަށް ނެރޭކަން މިހިރަ ފާޅުވަނީ! އަދިވެސް އަގަ ފޮކޭތޯ ބަަލާތި!

  3. ވަރަށް ވާހަކަ

    ސަރުކާރާ ދެކޮޅަށް ނުނިކުތުމަށް އެދި އަބުދުއްރަޝީދަށް ހަދިޔާއެއް ދީފަ އެއްޗެކޭ ކިޔަނީކީ ނޫންތަ؟ ބައިވަރު ގޮތްގޮތަށް ވާހަކަދެކެވިދާނެ.. މުހިންމީ ތެދު..

  4. ޕޮގުބާ

    މިހާރުންމިހާރަށް ސަރުކާރުންދޭ އިނާޔަތް ކަނޑާލާ

  5. ކަކުނިބޯ

    ހުކުރު ދުވަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމުގެ ކުރިން ގާސިމްގެ ފަރާތުން ފައިސާގެ އެހީތައް އޭނާ އަށް ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިހާރު ގާސިމް ރާއްޖޭގައި ނޫޅުއްވާތީ އެއްވެސް އެހީއެއް ނުލިބޭ ކަމަށެވެ.

    އެހެންވީމާ ދެން ތިކޮޅުގަ އެންވެރިކަމާ މަސްވެރިކަން މިހާރުއޮތީ އުތަ

  6. ޢަބްދުލްމުހައިމިން

    "އަސާގަނޑެއްގެ އެހީގައި ހިނގާބިނގާވެ އުޅޭ އަބްދުއް ރަޝީދު" މިއީ ވަރަށް ވެސް ދަށު ދަރަޖައިގެ ބަސްމަގު. މި ބޭފުޅާ އިތުރަށް ދެރަކޮށްލުން ނޫން ތޯ؟ ވަގުތަށް ހަމަ ސާބަސް!

  7. އަން

    ތިބޭބެއައް ލިބޭ މުސްކުޅި ފައިސާ ކޮބާ؟ ނުކުޅުދޭ މީހުންނައް ލިބޭ ފައިސާ ކޮބާ؟ ސަންދޯކަށް އަޅާގެން ގެންދަންތަ އެބަހައްޓާފައި އަނިުާވެރި ގާސިމްގެ ފައިގަ ދޫލަން ގޮސް ތިއުޅެނީ. އަހަރުމެންގެ ފައިސާ އަހަރެމެންގެ ނުރުހުމުގައި ގަދަކަމުން ނަގާފައި މިމީހުންނަށް ދިނީމަ އޭގެން ބަގާވަތް ކުރަނީތަ؟؟؟؟؟؟

  8. ކާސިމްބެ22

    ތިޔަމީހާއަކީ ބީ އެމް އެލް އޭޓީއެމް ކައިރީ އަބަދުވެސް ހުންނަމީހެއް! ކޮންމެހެން މަކާކަންފަށާ ތިޔަ މުޒާހަރާ އައް ދިޔަ ދިއުމެއް ކަމުގައި ނުބެލެވޭ!

  9. ހައްޕުނޑު

    ކޮބާ ހީވެއްޖެ؟! ތީތިނަށް އެއްވާ އެންމެންގެ ވެސް ޙާލު. ލާމު އަތޮޅު ދައިތަވެސް އެވަރަށް ތެޅެނީ "ޅަސޮރުން" ކާމިޔާބު ވާތީޔޯ..! ކީކޭ ބުނާނީ ދެން..؟!

  10. ވިސާމާ

    100 ރުފިޔާ ދީގެން އަޅުގަނޑުގެންގުޅޭ ބަންގާޅުސޮރު ވެސް ނެރެންއުޅުނު

  11. މީމް

    ލާރި ކޮޅެއް ދީގެން މުޒާހަރާއައް ނެރުނުގޮތައް ލާރި ކޮަޅެއް ދީގެން ތިކަން ވެސް ކުރެވިދާނެ.. އޭނަ އަމިއްލަ އަގު ނުހިފަހައްޓަންޔާ ބަޔަކު ނުޖެހޭ ހިފަހައްޓާކަށް.. މުސްކުޅި އަސާ ގަނޑެއް ހިފައިގެން އުޅޭ މީހާ އޭ ބުނަން ފުރުސަތު ދިނީ އަމިއްލަ އައް..