ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ގައުމީ ޓީމުގެ ފަރާތުން މިއިން ޒަމާނަކު ނުލިބޭފަދަ އުފާވެރިކަން ދިވެހިންނަށް މިރޭ ގެނެސްދެއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި 2-1 އިން އިންޑިޔާ ބަލިކުރުމަށްފަހު ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރުމުން ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އަށް ފޯނުން ގުޅުއްވައި ރައީސް ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަ އާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ދަންނަވައިފައެވެ.

"މިރޭ މިއީ އަޅުގަނޑުމެންނަށް މިއިން ޒަމާނަކު ނުލިބޭފަދަ އުފާވެރިކަން ދިވެހި ޓީމް އަހަރުމެންނަށް ގެނެސްދިން ރެއެއް". ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އިތުރަށް ވަނީ، މިރޭގެ މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ވަރުގަދަ ކުޅުމަށް އިޝާރާތްކުރައްވާ މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހަން އިތުރު ފުރުސަތުތައް ޓީމަށް ލިބުނުކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހި ރައްޔިތުންގެ ފަރާތުން މުޅި ދިވެހި ގައުމީ ޓީމަށް ހެޔޮ ދުއާ އަރިސްކުރައްވާ މިދިޔަ ފަސް އަހަރެއްގެ ތެރޭގައި ފުޓްބޯޅައަށް އައިސްފައިވާ ތަރައްގީ ފެނިގެންގޮސްފި ކަމަށް ރައީސް ވިދާޅުވިއެވެ.

އަކްރަމް ވެސް ވަނީ، ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ރައީސް ގުޅުއްވުމުން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ދިވެހިންގެ ތަށި ދިވެހިންނަށް ލިބިފައިވާ ކަމަށާއި މިފަދަ ބޮޑެތި ކާމިޔާބުތައް ކުރިއަށް އޮތްތަނުގައި ވެސް ގެނެސްދެއްވާނެ ކަމަށް ރައީސްގެ އަރިހުގައި ވިދާޅުވިއެވެ.

ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ނަގާފައިވާ އިރު، މިއަދުގެ ފައިނަލަކީ 2009 ވަނަ އަހަރަށްފަހު ރާއްޖެއިން ކުޅުނު ފުރަތަމަ ފައިނަލެވެ. އެ އަހަރު ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙަމޭ

    ތޭންކިއު ސަރ

  2. ހަސަނު

    ޝުކުރިއްޔާ ރައީސް ޔާމީން.

  3. އުންމީދު

    މަރުހަބާ ގައުމީ ޓީމަށް ސާބަހޭ

  4. މޭސްތިރި

    ޝުކުރިއްޔާ ރައީސް ޔާމީން. ޤައުމީ ޓީމު ހޯދި ކާމިޔާބީގަ މަނިކުފާނުގެ ޙިއްސާ ވަރަށްބޮޑު... ފައިނަލަށް ދިއުމުން މަނިކުފާނު ދެއްވި ހިތްވަރާ ދެއްވި އުންމީދު ވަރަށް ބަލައިގަންނަން. އިންޝާﷲ 2018 މަނިކުފާނަށް ކާމިޔާބު ކޮށް ދެއްވަވާށި... އާމީން

  5. ތާރީޚު ދިވެހި ރާއްޖެ.

    މަރުޙަބާ ޤައުމީޓީމް.

  6. ޯމުޅޯށި

    މާދަމާ ބަންދު ކުރާވާހަކަ ބުނެލި ނަމަ ވަރަށް ސަޅިވީސް

  7. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މަރްޙަބާ ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ޝުކުރިއްޔާ ރައީސް ޔާމީނަށް

  8. ޙަބޭސް

    މަރްހަބާ ދިވެހި ގައުމީ ފްޓްބޯޅަޓީމް
    ސާބާސް ކޯޗް
    ސާބަސް އަކުރަމް

  9. މަރުކޮސް

    އިންޑިޔާ ބަލިކުރުމާ ގުޅިގެން މިފަހަރުވެސް ދިވެހިރާއްޖެ ހިފުމަށް "ކެނެރިސްޓް" ގޮވާލާނެހެން ވަރަށް ހީވޭ!!! މިހާރު ސޮނިފުހޭގެ ދެފަޔަށް ހުންނާނީ ހިނިއަރާފަ.

  10. ބަންދު

    ޤައުމީ އުފާ ފާޅުކުރަން މާދަން ސަރުކާރު ބަންދު ކުރާނަމަ ދޯ

  11. ފިނާންޑޯ

    ގުރުލައިގެން