އެމްޑީޕީ އޮފީހަށް ފުލުހުން މިއަދު ވަދެ ބަޔަކު ހައްޔަރު ކޮށްފިއެވެ.

އެމްޑީޕީ އޮފީސް ތެރޭގައި ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ފުލުހުން އެމްޑީޕީ އޮފީހަށް ވަދެ އެޕާޓީގެ ތިން މެންބަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުނެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިލްޔާސް ލަބީބާއި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހަސަންޓޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ ސާބެ ވެސް ހިމެނެއެވެ.

ތިން މީހުން ހައްޔަރު ކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ވެއެވެ. އެހެންކަމުން ކޯޓަށް ހާޒިރު ކުރުމެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ތިން މީހުން ވެސް ބަންދުގައި ބައިތިއްބާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީ އޮފީހަށް ފުލުހުން ވަން ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްއޯ ފުލުހުން އެމްޑީޕީގެ ވެރިން ހައްޔަރު ކުރަން އެބަ އަންނަ ކަމަށާއި އެހެންވެ ހުރިހާ ބޭފުޅުން މިހާރު އެމްޑީޕީ އޮފީސް ދޮށަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަަމަވެސް އެމްޑީޕީ އޮފީސް ކައިރިއަށް މީހުން އެއްވެ މުޒާހަރާ ކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޙަފްޞާ / މާލެ

  ތިޔައީ ފިތުނަޔާ ފަސާދާގެ މަރުކަޒް! ބިންމަތި ފަސާދަނުކުރުމަށާ ފިތުނަ ނުއުފެއްދުމަށް މާތްﷲ ވަނީ ކީރިތި ޤުރުއާނުގައި ވިއްސަށްވުރެ ގިނަފަހަރު އަންގަވާފަ! ވީމާ ތިތަން މުލުން ލުހެލަންވީ!

 2. ފާގަ

  ނަޝީދޫ ކަލޭ 01 ފަހަރުވެސް އެމް.ޑީ.ޕީ މީހަކު ސަލާމަތް ކުރަން އައިސްބަލަ. ފިލާ އޮވެގެން އެހެން މީހުން ތަންތަނަށް އެއްކުރަން ގޮވުމުގެ ބަދަލުގަ.

 3. ައަޒީމް

  އެމް ޑީޕީ އޮފީސް ޖަލުގަހީންގަންވީއެއްނުން..

 4. އާފާތު

  ނާޝީދު ކަލޭ ބުނެގެން ތަންތަނަށް އެއްވެ، ހަޅޭތް ލަވާ، އަނިޔާވެ، ހައްޔަރުވެ، ކަލޭ ބުނި އެއްކަމެއްވެސް ނުވެ ވަރަށް ތެޅެވިއްޖެ. ދެން ނުކުމެވޭނީ ކަލޭވެސް ފިލާ އޮތްތަނަކުން ނުކުމެ އަހަރުންނާ ބައިވެރި ވީމަ

 5. ބާތުއްތު

  ކަލޭ ބުނާއިރަށް ހަމަ ނުކުމެ އެއްވާންވީތަ؟ ކަލޭ ފުރަތަމަ ނުކުމެބަލަ. މީނާވަރު މީހެއް ނެތިގެން މިފާޑަށް ގޮވާތީ މޯދީވެސް ރުޅިއައި، އިންޑިޔާ ސިފައިން ރާއްޖެ ފޮނުވަން މޮދީކައިރީ ބުނާ އިރު ހީވަނީ ގޭދޮށަށް ޓެކްސީއެއް ފޮނުވަން ބުނާހެން.

 6. ކެެތޭޕެސެފިކު

  ތިޔައީ ހަމަ މިސްކިތެއްފަދަ ސާފްތޯހިރު ތަނެއް .... ރީދޫ ބައިގަޑު ދެކޭގޮތުގައި

 7. އިގުބާލު

  އެނުކުތީ، މިކަލޭގެ އަށް ހުކުމް ކުރިރޭ ބުނީ ކީކޭ، އަނބިދަރިންނާ އާއިލާ ދޫކޮށްފަ ފުރާނަ އަތްމައްޗަށް ލައިގެން މީނާ ސަލާމަތް ކުރަން ނުކުންނާށޭ. މި ލާދީނީ ކަލޭގެ ސަލާމަތްކުރަން އަހަރުން އަނބިދަރިން ދޫކޮށް ފުރާނަ އަތްމައްޗަށް ލައިގެން ނުކުންނަންވީ؟ ކަލޭ ފިރިހެނެކޭ ބުނާނަން އެމް.ޑީ.ޕީ މީހެއް ސަލާމަތް ކުރަން މާލޭ މަގުމައްޗަށް ނުކުމެބަލަ

 8. ޑާޑާޑާޑާ

  ރައީސް ޔާމީން އަޒުލުކުރަން 57 ވޯޓު ހަމައެއް ނުވާނެ ކަމަށް ޕީޕީއެމް އިން ބުނާނަމަ މަމެން އެކަމާއި އުފާ ކުރަމޭ. މަމެންގެ ރައީސް އަކީ އެއީ ދަ ހާކިމާ އޭ ދަ ހާކިމާ ދިވެހި ރައްޔިތުން ހޮވާފައިވަނީ އެއީ 2013 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ލީ ވޯޓް އިން މަމެންނަށް ވޯޓް ލީ މީހުންގެ %85 ވޯޓް ލިބިގެންނޭ ދެން އެހެން ވީއިރުން ރައްޔިތުންގެ މަޖްލީހަށް ނޯންނާނެއޭ ހާކިމާ ނަގާ އެއްލާލުމުގެ އެއްވެސް ފުރުސަތެއް. ކަން މިހެން ހުރުމުން މަޖްލީހުގެ ތެރޭން ބަގާވާތެއް ގެންނަން ކެނެރީގެ ނަޝީދު މަސައްކަތް ކުރާނަމަ މަމެން ވެރިކަމުގައި ތިބޭ އިރު ޖެހޭނެއޭ ލާރޖް ކޮށް ޖައްސާ އެމެން މައިތިރި ކުރަން. ކޮބާތޭ މަޖްލީހުގެ ފާރު މަތިން ފުންމާލި މީހުންނާއި މެދު ކުރެވޭ ޝަރީއަތް. އެ ޝަރީއަތް އެބަޖެހެއެއް ނޫންތޭ އަވަސް ކުރަން. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ. އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ..

 9. ލަދުކުޑަމީހާ

  ކޮބާ މަގޭ ކޮމެންޓުގަނޑު ޖަހާލާކަށް ނުކެރުނެއްނުން...މަށަށް އިނގޭ އޭރުވެސް މީވެސް ގޭމު ޖައްސާ ނޫހެއްކަން....ޖެހިޔަސް ނުޖެހިޔަސް މަބޭނުންވާ އެއްޗެއް އެއޮތީ ބުނެފަ!!!! ކަލޭމެންނަށް ގައިމުވެސް ކިޔާލެވިއްޖެތާ! ގަންޖާބޭ އަދި ނުކިޔަސް ތިޔާގެ ތެރޭވެސް ތިބޭނިއްޔަ ގަންޖާމޭން އަށް ވަފާތެރިން.ހެހެހެހ ޗޮސް