ޝަރީޢަތާއި އެއްގޮތައް އަމަލު ކުރުމުގެ ހެޔޮ ތައުފީގާއި ﷲ ރުހިވޮޑިގެންވާ ގޮތުގެ މަތިން އަމަލު ކުރުމުގެ ހެޔޮ ތައުފީގު ވަލިއްޔުލް އަމުރަށާއި އިސްލާމީ އެންމެހާ ގައުމުތަކުގެ ހާކިމުންނަށް ދެއްވުން އެދި ދުޢާ ކުރުން ހުކުރު ޚުތުބާގައި ހިމަނާފައި އޮތުމުން ލ.ގަން ކައުންސިލުން ހުކުރުން ޚުތުބާ އޮޅުވާލާ، ޚަތީބުންނަށް ހުކުރު ޚުތުބާގެ އެއްގަނޑު މަދުން ބަހައިފިއެވެ.

ދުޢާ ހިމަނާފައި އޮތީ މިދިޔަ ހުކުރު ދުވަހު މިސްކިތްތަކުގައި ކިޔަން އިސްލާމިކް މިނިސްޓްރީ އިން ފޮނުވި ޚުތުބާގެ އެންމެ ފަހު ގަނޑުގައެވެ. ލ.ގަން ކައުންސިލުން އެރަށުގެ މިސްކިތްތަކުގައި ޚުތުބާ ކިޔަން ޚަތީބުންނާއި ޚުތުބާގެ ކޮޕީ ހަވާލު ކުރީ އެންމެ ފަހު ގަނޑު ކަނޑާލުމަށް ފަހު އެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ބުނީ ގަމުގެ ހަތަރު މިސްކިތެއްގެ ޚަތީބުންނަށް ކައުންސިލުން ހުކުރު ޚުތުބާ ހަވާލު ކުރީ އެންމެ ފަހު ގަނޑު ކަނޑާލުމަށް ފަހު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ދެ ޚަތީބަކަށް އެކަން އެނގިވަޑައިގެން އެދެބޭފުޅުން ވަނީ އަމިއްލަފުޅަށް ޚުތުބާގެ އެގަނޑު ހޯއްދަވައިގެން ޚުތުބާ ދެއްވި އިރު އެގަނޑު ވެސް ވިދާޅުވެފައެވެ.

އެކަން އެނގިވަޑައި ނުގެންނެވި ދެބޭފުޅުން ޚުތުބާ ދެއްވި އިރު އޮޅުން އަރާ، ޚުތުބާ ކުރިއަށް ގެންދަން އުނދަގޫވި ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޚުތުބާގެ އެއްގަނޑު މަދުން ޚަތީބުންނަށް ދިނީ ކީއްވެތޯ ސާފުކުރަން ލ.ގަން ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަބްދުލްވައްހާބު އަބްދުﷲ އަށް "ވަގުތު" އިން ގުޅުމުން ވިދާޅުވީ، މިއަދު ހުންނެވީ ޗުއްޓީގައި ކަމަށާއި، މިފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިކަން އެނގިފައެއް ނެތް. މިއަދު އަޅުގަނޑު މިހުރީ ޗުއްޓީގައި. ޗުއްޓީގައި ހުއްޓާވެސް ތިކަހަލަ ކަމެއް ވެއްޖިއްޔާ ހަބަރެއް ވާނެ، އެކަމު އަދި ނެތް ހަބަރެއް ވެފައެއް. އަޅުގަނޑު ދިޔަ މިސްކިތުގެ ޚުތުބާ އެއްކޮށް ކީ ގައިމުވެސް. ގަނޑެއް މަދުތޯ ނޫނީ ނޫންތޯ ޗެކްކުރީކީ ނޫން، އެހެންނަމަވެސް ޚުތުބާ ކިޔައިފިއްޔާ އެކަހަލަ ކަމެއް ހިނގައިފިއްޔާ އަޅައިގަންނާނެ." އަބްދުލްވައްހާބު ވިދާޅުވިއެވެ.

ހުކުރު ޚަތީބުންނާއި ހަވާލުކުރެއްވީ ޒިންމަދާރު ވެރިޔާގެ ބެލުމުގެ ދަށުންތޯ އެއްސެވުމުން އަބްދުލްވައްހާބު ވިދާޅުވީ، އޭނާ ޔަޤީން ކުރައްވަނީ ޚުތުބާ ހަވާކުރިކަން ކަމަށާއި، ޚުތުބާގައި ސަފްހާ ހުންނަ އަދަދު ނުބައްވަލާ ކަމަށެވެ.

"ޚުތުބާ ހަވާޅުކުރާނީ އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފުން، ކޮންމެ ފަހަރަކު އަޅުގަނޑޭ ޚުތުބާތައް ދެނީ ނުބުނާނެ، ވެރިމީހާ ޔަޤީންކުރާނީ ޚުތުބާ ހަވާލުކުރާކަން. އޭގައި ގަނޑު އިނީ މިސާލަކަށް ފަސް ގަނޑު އިންނަ އެއްޗެއްގައި ހުރީ ހަތަރު ޕޭޖް ތޯ، ފަސް ޕޭޖްތޯ އެވަރެއް ނުބަލާނެ." އަބްދުލްވައްހާބު ވިދާޅުވިއެވެ.

ގަމުގެ މިސްކިތްތަކަށް އެއްގަނޑު މަދުން ޚުތުބާ ހަވާލުކުރީ އިދާރީ މުވައްޒަފުންތޯ ޒިންމާދާރު ވެރިޔާއާ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެކަން ވާނީ އެހެން ކަމަށާއި، ނޭނގޭ ކަމެއްގައި އިތުރަށް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

ލ.ގަން ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އާއި ކައުންސިލް އިދާރާގެ އިސް މުވައްޒަފުން މިހާރު ވެސް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ގަމު ކައުންސިލުން ޚުތުބާގެ އެއްގަނޑު މަދުން ޚަތީބުންނަށް ދިން ނަމަވެސް އެހެން ރަށެއްގެ ކައުންސިލަކުން އެފަދަ ގޮތަކަށް އަމަލު ކުރިކަން އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޢިމާދު

    އައްޑު އަތޮޅު މީދޫ މަސްޖިދު އިބްރާހިމް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުކުރު ޚުޠުބާ ދެއްވީ އެމް ޑީ ޕީ ގެ މަޝްހޫރު ސިޔާސީ ބޭފުލެއްކަމުގައިވާ ޢިމާދު ޞާލިޙް އެވެ. އެ ޚުޠުބާ ވިދާޅުވަމުންގޮސް ޚުޠްބާގެ އެގާރަވަނަ ޞަފްޙާގެ ފުރަތަމަ ޕެރެގްރާފް ވިދާޅުވުމަކަށް ޢިމާދު ޞާލިޙަށް އެއްގޮތަކަށްވެސް ކެތެއްނުވިއެވެ. ސަބަބަކީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހިފެހެއްޓުމެއްނެތި ފާޅުގަ ވަގަށް ގޮވަމުންދާ ބޭފުޅަކަށް ޢިމާދު ވާއިރު ވަލިއްޔުލް އަމްރުގެ ވާހަކަ ކިޔައި ވަލިއްޔުލް އަމްރަށް ތެދުމަގު ދެއްކެވުމަށް ވިދާޅުވުމަކީ ޢިމާދަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އެގޮތުން ޢިމާދު ވަނީ ޚުޠުބާއިން އެބައި އުނިކޮށް ކޔާފައެވެ. މިކަމާއި ގުޅިގެން ޚުޠުބާ އަޑުއަހަން ހުކުރަށްގޮސް ތިބި މީހުންނަށް އެކަން ފާހަގަކުރެވި އެކަމާ ވަރަށްބޮޑަށް ނުރުހުން ފާޅުކުރެވުނެވެ. މިހާރު މިމައްސަލަ ވަނީ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައެވެ. މިކަމަކީ ހުކުރުކުރުމުގެ ހުއްދަ ބާޠިލު ކުރަންޖެހޭފަދަ ޢަމަލެކެވެ.

  2. ޣާދިރު

    މިކަހަލަ ހަސީލަތް ނުބައި މީހުން މިގައުމުގަ ގިނަވަމުންދާތީ ވަރައް ހިތާމަ ކުރަން.. މިބާވަތުގެ ލާދީނީ ކަންކަން ކުރާމީހުންނައް ތެދުމަގު ދެއްކެވުމައް އެދި ދުއާ ކުރަން..

    • ގައުމީ ފުޓްބޯޅަ ޓީމު

      އެމްޑީޕީ ކުދިން އަށްޖަހާ ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުންނަށް ﷲ سبحانه وتعالى ތެދުމަގު ދައްކަވާފިނަމަ ރަގަޅު

  3. ރައްޔިތުމީހާ

    ތީކީ އާކަމެއްނޫން ގަމު ކައުންސިލުގައިތިބި އިދިކޮޅު އިސްވެރިން އެކި ގޮތްގޮތުން ދަނީ ރައްޔިތުންނަށް އުނދަގޫކރަމުން ބައެއް ފަރާތްތަކަށް އައިޑީކާޑުގެ ހިދުމަތްވެސް ނުދޭ...... ކޮންމެ ފިކުރެއްގައި ތިބިކަމުގައިވިޔަސް ރައްޔިތުންނަށް ދެވޭ ހިދުމަތް ހިނިތުންވުމާއެކު ދިނުން ލާޒިމު....

    • 3ނިރު

      ކައުންސިލަރުންނަށް ހޮވިފަ ތިބޭ މީހުނަށް އެ މީހުންގެ ވާޖިބުވެސް ނޭނގޭ އެމީހުނަށް ހީވަނީ ސަރުކާރާ އިދިކޮޅުމީހުން ހޮވުނީމަ އެމީހުން ކުރަންޖެހޭ ކަމަކީ ސަރުކާރަށް ޖެއްސުން ކުރުން ހެން މިފަދަ ތަނެއްގަ ލޯކަލް ކައުންސިލް އުފައްދައިގެން ކީއްކުރެވޭނީ ކޮންމެ ޕާޓީއެއް ވެރި ކަމުގަ އޮތަސް ކޮންމެ ޕާޓީއަކުން ކައުން ސިލަރުން ހޮވިފަތިއްބަސް އެބަޔެއްގެ ވާޖިބަކަށް ވާނީ ސަރުކާރާާ ގުޅިގެން ރައްޔިތުންގެ ފައިދާއާ ލާބައަށް މަސައްކަތް ކުރުން މީގއ ބަދަލުގަ ފެންނަނީ ސަރުކާރު ބަދުނާމްކޮއް ރައްޔިތުންނަށް ޖެއްސުން ކުރަމުންދާ ތަން މީ ދެން ބޮޑުވަރު

  4. ސެހެންޝާހް

    ހިސާބަށް ވުރެ ގަމާރީ އެ ޚުތުބާގަ ރައީސް ޔާމިންގެ ވާހަކައެއް ނެތް އަދި ހަމަ ހަމަ ކަމާއެކު ވަލިއްޔުލް އަމުރަށް ހުކުންތައް ތަންފީޒް ކުރުމުގެ ހެޔޮތައުފީޤް މިންވަރު ކުރެއްވުން އެދި ދުޢާ ކުރުން އެއީ ގޯހެއްނޫން ... ލަދީނީ ފިކުރުގެ ބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.....

  5. ޅ.

    ރަނގަޅަށް ތިއޮތީ ލާދީނީ ފިކުރު ވަކިހިއްޕާފަ.އިސްލާމް ދީނުގެ އަސާސްތައް ވެސް އަމިއްލައައް ބަދަލު ކުރަނީ.ދެންހުރި ކަންތައް ކިހާވަރަކަށް ރައްޔިތުންނަށް އޮޅުވާލާނެ. ގަމު ކައުންސިލް ރައީސް މުހައްމަދު ސިޔާމް އަދި ޒިންމާދާރު ވެރިޔާ ވައްހާބު އިސްކޮށް ތިބެ ކުރާ ކަންތައް ތިއީ.އެމް.ޑީ.ޕީ ވިޔަސް ބޮޑްވަރުތީ.ލަދުން ބޯހަލާކު..

  6. ޝމ

    މިހިރަ މިހިރަ ކަންކަމާ ވިސްނާ ރައްޔިތުންގެ ވިސްނުން ބަދަލުކުރަން ޖެހޭ.....މިފަދަ ކަންކަން ކުރާމީހުން ފަހަކަށް ނުދާނެ މާދަމާ ކީރިތި ޤުރުއާނުގެ ޞަފްހާ ވީދުމަކަށްވެސް.... ކިތަންމެ ނުރުހުނަސް ޔާމީނު އަބްދުލްގައްޔޫމު ވާނީ ހަމާ އެބޭފުޅުންގެވެސް ވަލީއުލްއަމުރަށް

  7. ޓަވަރު

    ސައިޓްގަ އޮންނާނެ ހުތުބާ..ޑައުންލޯޑްކޮށްލައްވާ! ކައުންސިލަށް ބަރޯސާވާނިކަމެއް ނެތް!

  8. އަހުމަދު

    ހުތުބާވެސް ސިޔާސީކުރުން ނޫން ކަމެެއް ނުކުރޭ، ކިހިނެއް އެއްބައިވާނީ؟

  9. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މިންބަރަށް އަރާވަޑައިގަތުމުގެ ކުރިން ޚަޠީބުންވެސް އެކަން ކުރައްވައެވެ. އެއީ އެދުވަހަކާއި މުނާޞަބު ޚުޠުބާއެއްތޯ ބަލައެވެ. އަދި އެއީ ކަނޑައެޅިގެން އެދުވަހަކަށް ޚާއްޞަ ޚުޠުބާއެއްތޯވެސް ބަލައެވެ. މިގޮތުން ޗެކުނުކުރައްވާ ޚުޠުބާއެއް ޗެކުކޮށްފައިވާ ޚުޠުބާއެއްގެ ގޮތުގައި ބޭނުން ކުރެއްވުމަކީ، ޖާއިޒުވެގެންވާ ގޮތެއްނޫނެވެ. އަދި އެހެންނޫނަސް، ޚުޠުބާއަކީ، ވަކި ވަކިޚާއްޞަ ޝަރުޠުތަކެއް އޮންނަ އެއްޗެކެވެ. އަދި ވަކިޚާއްޞަ ރުކުން ތަކެއްވެސް ހިމެނޭ އެއްޗެކެވެ. ފަރުޟު ޚުޠުބާއެއްގައި މިކަންކަމުގެ މައްޗަށް އަހައްމިއްޔަތު ކަމެއް ނުދެއްވުމަކީ، ވަރަށްބޮޑު ގޯހެކެވެ. އެހެނީ، ޝަރުޠަކީ، އެކަމެއްގެ ބޭރުގައި ވެފައި އެކަމަކާއި ލައިގެން މެނުވީ ޞައްޙަ ނުވާނެ ކަންތައްތަކެވެ. އަދި ފަރުޟަކީ، އެކަމެއްގެ ތެރޭގައި ވެފައި އެކަމަކާއި ލައިގެން މެނުވީ ޞައްޙަ ނުވާނެ ކަންތައްތަކެވެ. މިސާލަކަށް މޭޒެއްގައި ހަތަރު ފައި ހުރުން ފަރުޟުވާނެއެވެ. އަދި އެމޭޒެއްގެ މަތީގައި ފިލާގަނޑެއް އޮތުން ޝަރުޠުވާނެއެވެ.

  10. ޝައިޙާން ޒަރީރު

    ކީއްކުރާނީ .؟؟؟؟؟؟؟

  11. ރިމް

    ކީކޭދޯ ބުނާނީ؟ ލަނޑަޔާވާނީ ލަނޑަޔާ.

  12. މުހައްމަދު

    މާ ކަންތައްގަނޑު ބޮޑުކުރާނެ ކަމެއް ނެތް. ޕުރިންޓް ނަގައި ފޮޓޯ ކޮޕީ ހައްދާއިރު ގަނޑެއް މަދުވެދާނެ.. އަހަރެންނަށް އެނގޭ ރަށެއްގައި ތަންކޮޅެއް ކުރިން ހަމައެކަނި ފުރަތަމަ ޚުޠުބާވެސް އިމާމާއާ ހަވާލުކުރި. އެއީކީ އޭގައި ވަލިއްޔުލްއަމުރުގެ ވާހަކަ އޮވެގެންނެއް ނޫން. އެއީ އޮޅިގެންވާ ކަންތައް

  13. ރައްޔިތުން

    ތިޔައީ އަދްރޭގެ އަތޮޅު އެކަން އޭނާ ހަމަޖައްސާލާނެ އެވެސް އޯކޭދޯ

    • Anonymous

      ކިހާ ދެރަކަމެއް މީހުންގެ އަބުރާބެހި މީހުންގެ އިއްޒަތާއި ކަރާމާތަށް އަރައިގަންނަމީހުންނަށް ހައްގު އަދަބު ދެއްވުމަށް މިސަރުކާރަށް ގޮވާލަން ކާޅުން ލޭނަގައިގެން ބޮޑިބަތް ކެއްކީ ކޮންބައެއްތޯ.

  14. އަހްމަދް

    ކިއްކުރާނީ! ކައުންސިލަރުންނޭ މިކިޔާ ބައެއްމީހުންގެ ޖާހިލުކަމުގެ ބޮޑުކަމާއޭ!

  15. ސައީދު

    . އޭގައި ގަނޑު އިނީ މިސާލަކަށް ފަސް ގަނޑު އިންނަ އެއްޗެއްގައި ހުރީ ހަތަރު ޕޭޖް ތޯ، ފަސް ޕޭޖްތޯ އެވަރެއް ނުބަލާނެ." އަބްދުލްވައްހާބު ވިދާޅުވިއެވެ. މިވަރަށް ކަންތައް ދިޔާމަ މީދެން ބޮޑުވަރު ، ދީނާ ހާދަ ދުރޭ މި ބީތާ ތައް.އެ ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލަން ޖެހޭނެ ގަނޑު ހަމަތޯ، ލަދުން ބޯހަލާކު އެއީ މުސްލިމުން ބާއޭ އަހަރެން ހިތައްއަރާ

  16. މޫސަ

    ދެން ހުކުރުޚުތުބާގަ ކިޔަންވީ އެމްޑީޕީ ގެވާހަކަޔާ އީޔޫގެ ވާހަކަ އުތަ؟ ދެން ރީނދޫ ބާޢީންނަށް ބައިއަތު ހިފާށޭ އުތަ؟

  17. ދޮންމަންމަ

    ފާޅުގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުންނަށް ކެރަފާ ރާފުޅި ގެ ސަލަމް

  18. ޑިމޮކްރަޓިސްޓް

    ބަޔަކު ހޭބައްޔެއްނުވާނެތަ.. ހުތުބާ ކަހަލަ މުހިއްމު ލިޔުމެއް ހަމަޔަށް ހަވާލުކުރުމަކީ އަދި ހަމަޔަށްތޯ ހަވާލުކުރެވެނީ ބެލުމަކީ ކައުންސިލުގެ ޒިންމާއެއް.. 4 ގަނޑޭ 5 ގަނޑޭ ކިޔާ ބޯދަމައިގަންނަންނޫޅޭ.. ތިކަހަލަ މީހުން ކައުންސިލްތަކުން ބޭރުކުރަންޖެހޭ..

  19. ސަމަންދަރު

    ހަމަޔަގީނުންވެސް މިފަދަ ނުލަފާ ޖާހިލުން އަބަދުވެސް ތިބޭނީ އެމްޑީޕީގައި ކަން ރާއްޖޭގެ ހުރިހާ ރއްޔަތުން ގަބޫލު ކުރޭ އެހެންވަނީ އެމްޑީޕީގެ ބޮޑުން ދީނަށް ފުރއްސާރަ ކުރާތީ.

  20. ާފާއިޒު

    ފެން އެކާމާކުދޯ. ސިޔާސީވެ އިދިކީލިވެ ދިނާއިވެސް ދެކޮޅުވެވެނީ ދޯ. ތިވަރު ވެފައި ތިބޭ ބަޔަކަށް ރަނގަޅު ނުރަނގަޅު ވަތްކެއް ނުކުރެވޭނެ. ޝައިޠާނާގެ ވަސްވާހަށް ހެއްލުނަސް ތިވަރު ފުކެއް ބޮޑު. ތި ތިބެނީ ވަރުގަދަ ސިހުރެއްގައި ޖެހިފައި ތާދޯ

  21. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އެދުވަހުގެ ހުކުރު ޚުޠުބާއާއި ޙަވާލުވެ، ޚުޠުބާ ބަލައިގަނެ ރަށުކައުންސިލުގެ ފޮތުގައި ހުކުރު ކުރައްވާ ބޭފުޅާ (ޚަޠީބު) ސޮއި ކޮށްފައި އޮވެއްޖެއްޔާ އޮންނާނީ ރަށުކައުންސިލުގެ ޒިންމާ ޤާނޫނީ ގޮތުން ފުރިހަމަވެފައެވެ. އެހެނީ، ޚުޠުބާގެ ބައެއް އުނިވެފައިވާނަމަ، އެކަން ރަނގަޅު ކުރުމުގެ ފުރުޞަތު މިންބަރަށް އެރުމުގެ ކުރިން ހުކުރު ކުރައްވާ ބޭފުޅާ އަށް ނުވަތަ ޚަޠީބަށް އޮންނާނެއެވެ.

  22. ލުގުމާނު

    ރަސޫލާ ހަދީސްކުރެއްވި ކަމަށް އިލްމްވެރިން ވިދާޅުވަނީ، ފަހުޒަމާނުގައި ތިމަންކަލޭގެފާނުގެ އުންމަތުގައި، ކަމަށް އެކަށީގެން ނުވާމީހުނާއި ކަންކަން ހަވާލުކުރެވޭނެޔޭ. މިއޮތީ އެދުވަސް އައިސްފައި. މިރާއްޖޭގެ ސަރުކާރުގެ ގިނަވަޒީފާތަކުގައި އެތިބީ ތިމާ އަދާކުރަންޖެހޭ ވަޒީފާއަކީ ކޯޗެއްކަންވެސް ނޭގެ މީހުން.
    ކޮންމެ މީހަކާއިވެސް ސުވާލު ކުރެވޭނޭ ދުވަހެއް އަންނާނެ، އެދުވަހުން ތިމަންނާބެލީ ހަތަރު ގަނޑޭ ފަސްގަނޑެކޭ ނުބުނެވޭނެ.

  23. އަބްދުއްލާ

    ކީރިތި ގުރްޢާނުގަ މާތްﷲ ވަހީކުރައްވާފަ ވަނީ ތިމާ ކިތަންމެ ނުރުހުނަސް އެއްވެސް މީހަކަށް ބަދުދުއާ ނުކުރުމަށާ ތެދުމަގު ދެއްކެވުމަށް ދުއާ ކުރުމަށް .ހުތުބާގަ އެހެން ލިޔެވިފަ އޮތީވެސް ވަހީގާ އަންގަވާފަ އޮތްގޮތަށް. ވީމާ ތިމާ މުސްލިމަކަށް ވެހުރެ ﷲ ގެ ވަހީއާދެކޮޅުހެދުމަކީ ކޮންފަދަ ކަމެއްކަން އެގޭތަ ؟