މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ލޮޖިސްޓިކް ވެއަރ ހައުސްތަކާއި ވޯކްޝޮޕްތައް އިމާރާތްކޮށް ބެލެހެއްޓުމަށް އެމް.ޕީ.އެލް އާއި ހަވާލުކޮށްފިއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކް ވެއަރ ހައުސްތައް އިމާރާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި ހަވާލުކުރުމުގެ މިއަދު މެންދުރު ހައުސިންގ މިނިސްޓްރީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމްއެވެ.

ދެމަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ ފައިނަލް ކުރެހުންތައް ނިންމައި، އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން 18 ބުރީގެ ޕާކިންގ ބިލްޑިންގެ އެއްގެ އިތުރުން ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއަރ ހައުސްތަކަށް ހާއްޞަ ކޮށްގެން 5 އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. ޕާކިންގ ބިލްޑިންގ ނުލައި މި އިމާތްތަކުގައި ޖުމްލަ 1.2 މިލިއަން އަކަފޫޓްގެ ސަރަހައްދެއް ވޯކްޝޮޕްތަކާއި ވެއަރ ހައުސްތަކަށް ހާއްޞަ ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއަރ ހައުސިންގ އަށް ހާއްޞަ ކުރެވިގެންދާ 650000 އަކަފޫޓްގެ ސަރަހައްދާއި ކޮންސްޓްރަކްޝަން މެޓީރިއަލް ރައްކާކުރާ ވެއަރ ހައުސްތަކަށް ހާއްޞަ ކުރެވިގެންދާ 480000 އަކަ ފޫޓްގެ ސަރަހައްދެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖް - ވަގުތު އިމޭޖަސް: އަމީން ފަހުމީ

ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމުމަށް އެމް.ޕީ.އެލް އާއި މިއަދު ހަވާލުކުރި މި ބިޔަ މަޝްރޫއުގެ ދަށުން ވިޔަފާރިވެރިންނަށް ކުއްޔަށް ދޫކުރާނީ ބިން ނޫން ކަމަށާއި ކުއްޔަށް ދޫކުރެވިގެންދާނީ ފްލޯ ކަމަށް ހައުސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަލްޓި ސްޓޯރީ އިމާރާތްތަކެއް ހިމެނޭ ގޮތައް ތަރައްޤީކުރުމަށް ހަމަވާލުކުރެއްވީ، އިންޑަސްޓްރިއަލް ވިލެޖުން ގިނަ ބަޔަކަށް ފުރުޞަތު ދިނުމަށްޓަކައިކަމަށެވެ.

މި އިމާރާތްތައް ނިމެމުން ދާ ވަރަކަށް މާލެ ތެރޭގައި ހިންގަމުންދާ، ސަރުކާރުން ކަނޑައަޅާ މިންގަނޑަށް ނުފެތޭ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވޭނެ ކަމަށާއި ހާއްޞަކޮށް ކަނޑައެޅިފައި ހުންނަ މިންގަނޑަށްވުރެ ހަނި މަގުތަކާއި ގޯޅިތަކުގައި ހުންނަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އަލަށް ފަށާ ފަރާތަތަކަށްވެސް ފުރުޞަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައިވެސް ބައެއް އިމާތްތައް ނިމި، އެ ޖާގަތައް ކުއްޔަށް ދިނުމުގެ ފުރުޞަތު އެބައޮތްކަމަށާއި، އެންމެ އަވަހަށް ނިމޭ ތަންތަނުން ޖާގަތައް ކުއްޔަށް ދެއްވާނެ ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ޑިޒައިން ކުރެވިފައިވާނީ، ވީހާވެސް ގްރީން ކޮންސެޕްޓަކަށް، ޒަމާނީ ގޮތަކަށް، އެހެންނަމަވެސް ވީވާވެސް ދިވެހިވަންތަ ގޮތަކަށް ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި ޕްރޮޖެކްޓުގައި ހިމެނޭ އިމާތްތައް ޑިޒައިން ކޮށްފައިވަނީ ރިޔާ ކޮންސެޕްޓަކަށްކަން ފާހަގަކޮށްލެވެއެވެ. މި ޕްރްޖެކްޓް ވެގެންދާނީ މާލެއަށް ބޮޑު ބަދަލެއް ގެނުވާނެ، ދިވެހި ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭތަކެއް ގެނުވާނެ މަޝްރޫއަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތޮއްޖެހިފައިވާ މާލެ ތެރެއިން ބިން ހުސްކުރުމުގެ ގޮތުން، މާލެތެރޭހައި ހުރި އެސް.ޓީ.އޯގެ ބައެއް ކޮށިތައް ހުސްކޮށް ސަރުކާރާ ހަވާލުކުރާގޮތައް އިންޑަސްޓްރިއަލް ވިލެޖުން ބިން ދޫކުރެވިފައިވާނެ ކަމަށާއި، އެ ބިމުގައި ގާތްގަނޑަކަށް 20 ފްލޯ ހިމެނޭ ވަރުގެ މަލްޓި ސްޓޯރީ ވެއަރ ހައުސް ބިލްޑިންގ އެއް އެސް.ޓީ.އޯނ އިންވެސް ޤާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރަމުންދާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ ރަނގަޅު ފެންވަރެއްގައި ތާރު އަޅައިގެން މަގު ހަދައި، ކަނޑު ތޮށި ލައި، ފެނާއި ނަރުދަމާ ޤާއިމުކޮށްފައިވާއިރު، އެ ސަރަހައްދުގައި ވެމްކޯ އިން ކުނި މެނޭޖް ކުރުމުގެ މަސައްކަތް މިހާރުވެސް ގެންދަނީ ކުރައްވަމުންނެވެ. މީގެ އިތުރުން އެ ސަރަހައްދާ ގުޅިފައިވާ ބޮޑުތަކުރުފާނުން ބައެއްގައި ތާރު އަޅައި ގުޅިފައިވާ މަގުތައްވެސް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑްގައި ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލާތި

    އިންޑަސްޓްރިއަލް ވިލެޖުން ބްރިޖާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެކަމަކު މަމެން ނަށް ހައުސިންގް މިނިސްޓްރީން ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ ބޮޑު މަސައްކަތް ކަމުގައިވާ ހައުސިންގް މިނިސްޓްރީ އަށް ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަނީ އެއީ ކޮން އިރަކުންތޭ. ތިޔާ މަގުގައި ތާރު އެޅިއަސް ނޭޅި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ ހިތްތަކުން ސަރުކާރަށް ވިން ވާން ކުރެވޭ އެއްވެސް މަސައްކަތެއް ނޯންނާނެއެވެ. ސަބަބަކީ ތިކަމާއި މެދު ވިސްނާނެ މީހަކު ނުވާނެ 5000 މީހުން އެއްކޮށް ފައި އެކަކު ގާތުން އަހާލި ނަމަވެސް. ކަން މިހެން ހުރުމުން ސީދާ ރައްޔިތުންނާއި ގުޅުން ހުރި މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭން ހައުސިންގް މިނިސްޓްރީން މަސައްކަތް ކުރުން އެއީ ވާޖިބު އަދި ލާޒިމް ކަމެއް އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރަން ބޭނުން ނަމަ. ބާރު އޮވެ އެއް ކަމެއްވެސް ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވޭ ތަން ފީލް ނުވޭ.

  2. ޑިމޮކްރަޓިސްޓް

    މުޅިންވެސް ސަތަރި ޕްރޮޖެކްޓް***** ރިޔާ ކޮންސެޕްޓް ހަދައިގެން ބޮޑުފާލަމުގަ ދެދުހުން އެއްދުހު ޖެހެނީ ސަތަރި ވާންކުރަން ބޮޑުކެރޭނު އަޅައިގެން****** ކޮންމެކަމެއް ސަތަރި****** ސަތަރި މުއިއްޒު*****

  3. ޑިމޮކްރަޓިސްޓް

    ބަލަ އެމްޕީއެލްއަކީ މިހާރު ރިއަލްސްޓޭޓް ބިޒުނަސް ކުރާ ކުންފުންޏެއްތަ؟