ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާ ވާދަކުރެއްވުމަށް ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ ކޯލިޝަނަށް އަދާލަތު ޕާޓީން ހުށަހެޅި ކަންކަން ކޯލިޝަނުގެ ރޫހާނީ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޤަބޫލުފުޅު ނުކުރައްވައި، އަދާލަތުން ހުށަހެޅި ހުށަހެޅުން ވީދާލާފައިވާކަމުގެ ޚަބަރު ލިބޭކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އަދާލަތުން ކޯލިޝަން ކެންޑިޑޭޓަށް ހުށަހެޅި ހުށަހެޅުންތަކުގައި ދިވެހިރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން ކަމަށާއި، މި ޤައުމުގައި އެއް ޖިންސުން ކައިވެނި ކުރުމުގެ އިޙްތިޔާރު ދިނުންފަދަ ކަންތައްތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމަށް ކޯލިޝަނުގެ ރޫހާނީ ލީޑަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޅުގައި ދެކޮޅު ހައްދަވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޚަބަރު ލިބެނީ ތިބޭފުޅުން (އަދާލަތުން) އެދިވަޑައިގަތް ކަންތައްތައް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އެރުއްވީމާ، އެމަނިކުފާނު ގެންގޮސް ކޮޅުނބުގައި ހުންނަވާ ރޫހާނީ ލީޑަރު ނަޝީދަށް ދެއްކެވީމަ ޤަބޫލުފުޅު ނުކުރައްވާ ވީދާލައި ޑަސްބިނަށް އަޅާލިކަމަށް. އެއަށް އެއްވެސް ކަހަލަ ރިއާޔަތް ކުރުމެއްނެތި އެ އެއްލާލެއްވި ކަމަށާއި، އެއާ ބެހޭ އެއްވެސް ސަފްހާއެއް މެނިފެސްޓޯގެ އެއްވެސް ހިސާބެއްގައި ނެތްކަމަށް އަޅުގަނޑުމެންނަށް ޚަބަރު ލިބޭކަމީ ބޮޑު މާސިންގާ ކަންބޮޑުވުމެއް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އަދާލަތުން ހުށަހެޅި ކަންތައްތައް މެނިފެސްޓޯގައި ހިމަނައިފިތޯ ނުވަތަ ނޫންތޯ އެބޭފުޅުން އަމިއްލައަށް މީޑިއާގައި ކަށަވަރު ކޮށްދެއްވަންޖެހޭ ކަމަށެވެ.

"އަދާލަތުން ހުށަހެޅި ކަންތައްތައް މެނިފެސްޓޯގައި ހިމަނައިފިތޯ ނުވަތަ ނޫންތޯ އެބޭފުޅުން މީޑިއާގައި ކަށަވަރު ކޮށްދެއްވާށޭ. ޢަލީ ޒާހިރާއި، އަނާރާ ނައީމަށް އަދި ސިދާތާ ޝަރީފަށް ދަންނަވާލާނަން. މި ސުވާލު ޙާއްޞަކޮށް އިލްޔާސް އާވެސް ކުރަން ބޭނޫން." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމް އަކީ ދިވެހިރާއްޖޭގައި ވެރިކަންކުރާ އަދި އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި، މިފަދަ ކަންކަމާ ޕީޕީއެމް އިން ކަންބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ޤާނޫނު އަސާސީގެ ފުރަތަމަ ބާބުގައި ހުރި އެންމެ މުހިންމު އަސާސް ނުކުތާ ކަމަށްވާ ދިވެހިންގެ ދީނަކީ އިސްލާމް ދީނޭ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މިއޭ ބުނެދޭ ދެ މާއްދާ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ކޮންމެ ކަމެއް ކުރަން. ސިޔާސީގޮތުން ބަޔަކު ތަނެއްގައި ބެރެއް ޖެހިޔަސް އަދި އެހެން ކަމެއް ކުރިޔަސް މިކަން މިހެން އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ވާތީ އަޅުގަނޑުމެން ކަންބޮޑުވަނީ." ނިހާން ވިދާޅުވިއެވެ.

އިތުރަށް ނިހާން ވިދާޅުވީ، އަދާލަތު ޕާޓީ އުފެދުނީ ދީން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމުގެ ނަމުގައި ކަމަށްވާއިރު، ތިމަންނާމެނަށް ކޮކްޓެއިލް ކޯލިޝަން ކަމުދެޔޭ ވިދާޅުވުމަކުން އަދި ނުފުދޭނެ ކަމަށެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ހަނު ހުންނެވުމުގެ ބަދަލުގައި މީޑިއާގައި ޖަވާބުދާރީ ވާންޖެހޭކަމަށް ނިހާން ވިދާޅުވިއެވެ.

"އެހެންވީމަ މިކަން ސާފުކޮށްދެއްވުން އެދި އަދާލަތު ޕާޓީގެ ބާކީ މެންބަރަކު ތިއްބެވިއްޔާ ތިއްބެވި ހުރިހާ މެންބަރުންގެ ކިބައިން އިހުލާސްތެރިކަމާއެކު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހުދު އަޅުގަނޑުވެސް އެދެން. ޕީޕީއެމް ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން، ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުންވެސް އަޅުގަނޑު އެދެން މިކަން ސާފުކޮށްލަދެއްވުމަށް." ޕީޕީއެމްގެ ކަންބޮޑުވުމަށް ޖަވާބު ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވައި ނިހާން ވިދާޅުވިއެވެ.

މި މައްސަލައިގައި ޕީޕީއެމް އިން ތަކުރާރުކޮށް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަދާލަތު ޕާޓީން އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ެެ އިޖޫ

    ތީ މިހަަރު އިތުބާރު ކެނޑިފަހުރިމީހެއް

  2. އިދްރީސްބެ

    ތިއީ އަޑު އިވޭގޮތެއްނޫން، ތިއީ ހަމަ ތިކަން ވާނެގޮތް. ރައީސް ނަޝީދު ވެރިކަމަށް ގެންނަން ޔަހޫދީން އެންމެބޮޑަށް އުޅެނީވެސް އެމީހުން އެބުނާ ދީނީ މިނިވަންކަމާއި އެމީހުން އެކިޔާ ވައްތަރެއްގެ ޑިމޮކްރަސީއެއް މިތަނަށް ނުގެނެވިގެން. އެމްޑީޕީ ނުވަތަ ރައީސް ނަޝީދު އައިސްފިއްޔާމު ތިކަންތަށް ހަމަ ތިގޮތަށްކުރާނެ، އެމަނިކުފާނަށް އެންމެ ވާގިވެރިވާ އެއްގައުމަކީ އިންޑިޔާ އެމީހުންނަކީ މަގުމަތިން ތަންކޮޅެއް ރީތިހެން ހީވާ ހިލަކޮޅެއް ފެނުނަސް ނަގައިގެން އެއަށް ބޮސްދެމުން ނަންނާކަލާނގެ ކިޔައިެގެން ކޮނޑުމަތީގައި އެފުލައިގެން އުޅޭބައެއް. ޖިންސީ ގުޅުން ހިންގަން ފިރިހެނެއް އަންހެނެއް ކުޑަކުއްޖެއް ގަހެއް ރުކެއް ވަލުޖަނަވާރަކަށް ބަލާ ބައެއްނޫން. ތިޔަމީހުން ގެ ވެރިކަމެއް އައިސްސިއްޔާ މިރާޖޭގެ މީހުންނަށްވެސް ހުރިހާވައްތަރެއްގެ މިނިވަންކަން ލިބިގެން މީދަލާއި ކުރައްޕާއި ދޫނި ސޫފާސޫއްޕާއި އިނދެ ވަރިކޮށް ހަދާނެ އަދި.

  3. ހަމީދު

    ނިހާން ގޮވައިގެން ދެން ދޭބަލަ އަބުރުގެ ދަޢުވާ ކުރަން. ވަގުތުން ކެރެންޏާ ކޮމެންޓު ޖަހާލައްޗެ. މި ފަދަ ދަނޑިވަޅެއްގަ ވަރުގަދަ ވާހަކައެއް ތި ދެއްކީ

  4. 3 މީހުން ޕާޓީ

    ޢަލީ ޒާހިރު އަށް ތިކަން ވަނީ ވަރަށް ރީތި ކަމަކަށް ޢަލީ ޒާހިރު ވެސް އަމަލާ ބަހާދިމާނުވޭ މިތިން މީހުން ނަށް ހީވަނީ އަދާލަތު ޕާޓީއަކީ މިމީހުން ޖަހަން ގެންގުޅޭ ބޯޅަ އެއްހެން

  5. ފިޒިސް

    އެންމެ 3 މީހުންނާ ފަޅިއަކީ އަދާލަތެއްނޫން... ތިޔައީ މިއަދު ދީނީ ހަންގަނޑެއްގައި އޮތް ލާދީނީ އެއްޗެއް...

  6. ސަނދުވާ

    އެއީ މޭރީއަދާލަތު. އެބޭފުޅުން ގެންގުޅުއްވަނީ އަމިއްލަ އެދުން.

  7. ސަނދުވާ

    އެއީ މޭރީއަދާލަތު. އެބޭފުޅުން ގެންގުޅުއްވަނީ އަމިއްލަ އެދުން. ޒާތީ ތަޢައްޞުބު.

  8. އެމީހާ

    ތި ހިރީ ހަތރެސްކަން ހަމަވެފަ ދެން ބުނާނެ އެހެން ނޫން ރަށުފެންވަރުގަ މަދަރުސާ

  9. ޢަލިތަކުރު

    އަދާލަތުގަ އިސްނަގާފައި ތިޔަ އުޅުއްވާ ބޭފުޅުން ހީފުޅު ކުރައްވަނީތޯ އިބޫ އައިސްގެން މިހާރަށްވުރެން ރަނގަޅުވާނެ ކަމަށް. ދަންނަވަންތޯ އެއީ ވަރަށްބޮޑު އޮޅުމެއް. ނަޝީދު އަތުގަ ތަޅުދަނޑި އޮތީ. ނަޝީދު ބުނާގޮތައް ނޫންގޮތަކަށް ކަމެއްދާހެން ހީވިޔަސް ސައްޕެއްޖަހާ ބޭރުކޮށްލާނެކަމީ ކަށަވަރުވާކަމެއް. އެކަމުގެ ހެކި މުނައްވަރު ،އިބްރާ، އަލްހާނު،ރީކޯ މޫސަ. އޭރުން ރައީސް ވަޙީދައްވި ވަރުވެސް އިބޫއަށް ނުވާނެ.. ސަބަބަކީ އޭރުން ދޫކޮށްލާފަ އަންނަންޖެހޭނީ އަންހެނުންވެސް ދޫކޮށްލާފަ މަހުޖަނު ސޭޓު ކައިރިއަށް. އެހިސާބުން ރިޕަބްލިކް އޮފް ވިލާ މޯލްޑިވްސް އުފެދުނީ.. އަޅުގަނޑު މިހިނދުންވެސް ގޮވާލަން ހެޔޮވިސްނޭ ބޭފުޅަކު އަދާލަތު ޕާރޓީގަ ހުރިނަމަ އަވަހައް ނިކުމެ ސަލާމަތްވުމަށް. އެހެންނޫނީ ދީނުގެ ނަމުގަ އައި ތިޕާރޓީ ދެކެ މުޅި ޤައުމު ފޫހިވާނެކަމީ ޔަޤީން ކަމެއް.

  10. ޢަލިތަކުރު 1

    އަދާލަތުގެ ޕްލޭން އަކީ އިބޫއަށް ވެރިކަން ހޯދާދީޕަ ނަޝީދު އެތަނުން ބޭރުކުރުން.. ؟؟؟
    ދަންނަވަންތޯ ވަރަށްބޮޑު އޮޅުމެއް އަރައިގެން ތިޔަ އުޅުއްވަނީ އެކަހަލަ ހުވަފެނެއް ނަޝީދުއަށް ފެނުނަސް އިބޫ ސައްޕެއްޖަހާފަ ބޭރުކޮށްލާނެ.. ސަބަބަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ %95 މީހުންނަކީ ނަޝީދު ބުނެފިނަމަ އަނބި މީހާ އާއި ދަރިން ދޫކޮށްލާފަވެސް އަންނާނެ މީހުން. އަދި ކިއެއްތަ ދުވާލު މީ ރޭނގަޑޭ ބުނެފި ނަމަ އެކަންވެސް ޤަބޫލު ކުރާނެ މީހުން.. އޭރުން ދެމީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާނެ. ތިޔަތާ ތިޔަ އުޅެނީ ހުސް ވެރިކަމަށް ކަރުހިއްކައިގަނެގެން އުޅޭމީހުން. މަންޒަރު މިހާރުވެސް އެބަ ކުރެހޭ.. ރިޕަބްލިކް އޮފް ވިލާ މޯލްޑިވްސް އުފެދެން އުޅޭހެން ހާދަ އެބަހީވެޔޭ..

  11. އަހްމަދު

    މިޤައުމު މިހާލަތައް ގެންދިއުމުގަ އެންމެ ނުބައި ރޯލު ކުޅުނީ އަދާލަތު ޕާރޓީ އާއި މަހުޖަނު ގާސިމް އިބްރާޙީމް. ޔަޤީން ކަމަކީ އަންނިގެ ވިސްނުމަށް ސަރުކާރު ނުހިންގައިފި ނަމަ އިބޫ އެތަނުން ބޭރުކޮށްލާނެކަން. އެހިސާބުން ފޮށިތަންމަތި ހިފައިގެން ދާންޖެހޭނީ މަހުޖަނު ގާސިމް ކައިރިއަށް. ދެން އެހިސާބުން ކޮންމެ ކަމެއް ކުރިއަސް ގާސިމްގެ ވިޔަފާރިތައް އެކަމުގަ ޝާމިލް ނުވާނެ ކަމީ ނެތްކަމެއް. ސަބަބަކީ އޭނަ މިއަދު ސިޔާސީ ހަރަކާތް ތަކަށް އެކުރާ ބޮޑު ޙަރަދު. ކާކުތޯ އޭގެ ރިޓާރން ނުހޯދާނީ. ކާކުތޯ ޤައުމަށް އެހާ ހެޔޮއެދެނީ.. ސިމެންތި،ގޭސް،މަސްބޭރުކުރުން،ރިސޯރޓް،ކޮލެޖު،ކޭބަލްޓީވީ،ވިލާޓީވީ،ވިލާ ސެކިއުރިޓީ،ވިލާ އެއަރ،ވިލާ ޓްރެވަލްސް،،ވިލާ ސަޕްލައި، މިހެންކިޔާނެ ކަމެއްނެތް. ނުކުރާ ކަމެއްނެތް. މުޅި ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓް ތަކަކަށް ވާނެގޮތް ވަރަށްސާފު.

  12. ކަސްނީ

    ނިހާނާއި އަދުރޭގެ ސަބަބުން ރައީސްޔާމީނު މިހާ ނިކަމެތި ހާލަތަކަށް އައިސްފަ އެވަނީ، ސިޔާސީގޮތުން އެއްވެސް އުރަތްޕެއްނެއް، ރައްޔިތުން އެއްވެސްވަރަކަށް ބަލައި ނުގަންނަ މިފަދަ މީހުން ކައިރިކުރުމުގެސަބަބުން 23 ވަނަދުވަހު ނަގާ ވޯޓުގައި ރައީސް ޔާމީނު ބަލިވާނީ ހީވެސް ނުކުރާވަރުގެ ބޮޑު ތަފާތަކުން އިންޝާﷲ

  13. ޙަސަން

    ތިޔައަށް ޖަވާބު ދިނުމުގައި ޑރ. ޢިޔާޟް އަވަސްވެ ވަޑައިގަންނަވަންޖެހޭނެކަމަށް ދެކެން.

  14. ނިޔާޒް

    ތަފާތު 4 ފިކުރު އެއްވެގެން އުފައްދާ އިޚްތިލާފީ ސަރުކާރެއް ދެމިއެއް ނޯންނާނެ! ބައިބައިވުން އުފެދި ހަލަބޮލިވެ ދައުލަތުގެ ހިމޭންކަމަށް ގުޑުންއަރުވާލާނެ! މިގޮތަށް އަރާ ކޮންމެ ގުޑުމަކުން ޢާއްމުރައްޔިތުންގެ ޙައްޤުތައް ގެއްލި ރައްޔިތުން ބިކަވާނެ! ޤަވްމު ހަލަބޮލިވެ ނުރައްކާތެރި ކަންތައްތައް ހިނގަންފަށާނެ! އެހެންވީމާ ކޯލިސަން ސަރުކާރަށް ބުނެވެން އޮތީ ނޫނެކޭ!

  15. ރައްޔިތުން

    ގޯސް ކަމެއްގެ ވާހަކަ އެހެން ބަޔަކަށް ނިސްބަތްކޮށް ދައްކާ އަދި އެކަމަކަށް ގޮވާބަޔަކު ވެގެންދަނީ އެކަންކަން ޕްރޮމޯޓްކޮށް އަދި އެކަންކަން ކުރާ ބައެއްގެ ގޮތުގައި - މިސާލަކަށް ނަހަލާލަށް ދަރިޔަކު ވިހާ ކުއްޖަކާ ދިމާލަށް އެކަމުން ގޮވާ އަންހެނުން ކުދީން ގިނަފަހަރަށް ނަހަލާލަށް ވިހާފައި އެބަހުރި. މީހުންނަށް ވަގަށް ގޮވާމީހުން ވަށްކަން ކޮށްފައި އެބަހުރި. ވީމާ، އެއްވެސް ބަޔަކު މިފަދަ ވާހަކަތަކުން ރައްކާތެރިވެ އިސްލާމީ ޢަދާލަތު ގާއިމުކުރުމަށް މަސައްކަތް ކުރައްވާ.

  16. hassan

    ހިޔާލުޖަހާށޭ ފޭކޭ ނުކިޔާ. ކޮމެންޓު ކުރަން ނުކެރެންޏާ

  17. އެޑަމް

    ނިހާން ހާދަ ފޯރިއެއް ހުރެޔޭ އެހެން ދީންތަކެއް ބާއްވާށާ، އެއް ޖިންސުން ކާވެނިކުރަން...

  18. އިއްބެ...

    މިފަހަރު 1✔️ ޔަޤީން إِنْ شَاءَ ٱللَٰه

  19. ހެޔޮވިސްނާ

    ޥޯޓް ލެވިދާނެ. މި ދިވެހި ބިމުން އިސްލާމް ދީން ފޮހެލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރައްވާށި. ޢާމީނެް.

  20. އައްލެއިކަލޯ

    ތެދެއް ދެންނެވިއްޔާ ގަބޫލުފުޅު ކުރއްވާނަންތޯ! އަންނިއަކީ ހެޔޮނުބައި ވަކިކުރަން ދަންނަ މީހެއްނޫން. އިބޫގެވެސް ހާލަކީ އެއީ. ހެޔޮނުބައި ވަކިވުމަކީ އިންސާނާގެ އަސާސީ ސިފައެއް.