ކުރީގެ ރައީސް މުހައްމަދު ނަޝީދު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މައިބަދައިގެ ރިހުން ވެސް ރަނގަޅުވެފައިވާ ކަމަށާއި އެނބުރި ރާއްޖެވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދިވެސް އަންގާފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިގިރޭސިވިލާތުން ހިމާޔާތް ހޯދަވައިގެން ނަމަވެސް މިވަގުތު އަވައްޓެރި ލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ " ރާއްޖެ ޓީވީގެ" ޕްރޮގުރާމަކަށް ދިން އިންޓަވިއެއްގައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ހަކުރުބަލީގެ މީހެއް ނޫން ކަމަށާއި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލައެއް ވެސް ކުރިމަތިވެވަޑައިގެންފައި ނެތް ކަމަށެވެ.

" އަޅުގަނޑުގެ ސިއްހަތު މިހާރު ރަނގަޅު ނަމަވެސް މައިބަދައިގައި ރިހުމަށް ފަރުވާ ހޯދި ފަހުން އެކަން ވެސް ރަނގަޅު ވެއްޖެ އަދި ކަސްރަތުކޮށް ހެދުމުން ވެސް މައްސަލައެއް ފާހަގަ ނުކުރެވޭ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް، އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަތަސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ތަނެއް ނުފެންނާނެ ކަމަށެވެ.

" އަޅުގަނޑު ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް އަޅުގަނޑު ރާއްޖެ ދާނަން. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ތަނެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތްކުރާއިރު، އިންތިހާބުގައި ވާދަކުރާނެކަން ހާމަކުރާނީ ޕާޓީތަކާއެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ. އަދި ޕާޓީ ތަކުގެ މެދުގައި މަޝްވަރާކޮށްގެން، ދިވެހިރާއްޖޭގެ މިސްރާބު ރަނގަޅު ގޮތަކަށް ކަނޑައެޅިގެން ރައްޔިތުންގެ ފައިދާއަށް ރައްޔިތުންގެ އެދުންތައް ފުއްދައިދެވޭ ހެޔޮވެރިކަމެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ކަލޯ ތިޔައީ ގޮތުބޯ ވާހަކަ.. ނުބައި ސައިތާނު

  2. ބަލަ ކަލޭ މިތަނުން ދިޔައިރު ގާނޫނީ ވަކީލުން ބުނެފަ އޮތީ ކޮންމެހެންވެސް މައިބަދައިގެ އޮޕަރޭސަން އެއް ނުކޮއްފިނަމަ ފުރާނަ އައް ނުރައްކާ ވާނެއެ. ޢެކަމް ނުޖެހުނުދޯ

  3. ކަލޭގެ މައިބަދާއިގައެއް ނޫން ރިއްސަނީކީ. ގާނޫނުގަ ލަނޑައަޅަންވީ މައިބަދައިގަ ރިއްސާ.މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް. ﷲ ނުޖައްސަވާ ބަލިތައް އެމީހަކު އަމިއްލައަށް ޖެހިގަނެގެން އުޅެންޏާ އެކަމުގެ ހޮތި ފެންނާނެ.

  4. ބޭބެ މުލި

    ދޮގުހެދުމާ މަކަރުހެދުމަށް ތިވަރެހ ނޯންނާނެ
    އަންނާކަށް ނުބުނާނެ

  5. ކަލޭމެން ހެޔޮނުވާނެ ތި ވެރިކަން ހިފައިގެން ކަށްވަޅަށް ދެވޭތޯ ބަލާބަ

  6. ކޮސްބެ އަނެއްކާވެސް ކޮސްގޮވަންފެށީދޯ މީ އަޅެ ކާކުވިހޭ ދަރިއެއްތަ

  7. ކަލޭގެ ބޮލުގައިން ރޮދި ނެގިއްޖެތޯ؟؟؟

  8. އަވަހަށް ވަޑައިގަންނަވާ!ޖަލުހުރީ މަނިކުފާނުގެ
    ޚިދުމަތުގައި.

  9. ޢާބިދާ އައްނާށޭ ބުނަންދެން މަޑުކުރޭ

  10. ކަލޭ މައި ބަދައެއް އިނދޭތަ؟ ފައްކާ ފިނޑި ފާތުމަޔެއް. ކަލެޔަކަށް ނުކެރޭނެ މާލެ އަރާކަށް

  11. އަހަރުގެ ބޮޑު ޖޯކު. ހަހަހަ....

  12. މ ހާރުވެސް މިދަނީ ރަނގަޅުވެރިކަމެއް، ރައްޔިތުންގެ ހުރިހާ އެއްމެނަށްވެސް ފައިދާ އެބަލިބޭ! އެކަމަކު ތިކަހަލަ އަމިއްލަ އެދުމުންފުރިފަ ތިބި ދެތިން ކްލައުންނަކަށް އަނދިރިކަމުން އެކަމެއްނުފެއްނާނެ!

    • މީނަ ވާހަކައެއް ދައްކާއިރު އިއްޔެ ވީކަމެއް ހަނދާނެއް ނުހުންނާނެ މައިބަދަ އޮޕަރޭޝަން ނުކުރިއްޔާ މަރުވެދާނެއޭ ކިޔާގެނ ދިޔައިރުވެސް އޮތީ ބުނެފަ ނިމުނީމާ ލަސްނޮކޮށް އަންނައްޗޭ.ދެން ޖެހޭތަ އަލުން އަންނާށޭ ބުނަނަން

    • ޙާލުގެ ދުލުން

      މީނަ ވާހަކައެއް ދައްކާއިރު އިއްޔެ ވީކަމެއް ހަނދާނެއް ނުހުންނާނެ މައިބަދަ އޮޕަރޭޝަން ނުކުރިއްޔާ މަރުވެދާނެއޭ ކިޔާގެނ ދިޔައިރުވެސް އޮތީ ބުނެފަ ނިމުނީމާ ލަސްނޮކޮށް އަންނައްޗޭ.ދެން ޖެހޭތަ އަލުން އަންނާށޭ ބުނަނަން

  13. ލަދު ކުޑަ

  14. ކަލޯ އެންގިޔަސް އަންނާނަންތަ؟ މިހާރުވެސް ފިލައިގެން އުޅެނީ. ފިލާ އިނދެގެން މޮޅު އަނގަ ތަޅާނެކަމެއްނެތް

  15. މިތަނަށް ދެން އަންނާނެކަމެއް ނެތް. ޔޫކޭ ޕާލިމެންޓަށް ކުރިމަތިލާ. ނޫނީ އިންޑިޔާގެ ޕާލިމެންޓަށް ކުރިމަތިލާ.

  16. މާލެތެރޭ ގިނަވެއްޖޭ ރޯނު އެދުރު ދޭދޭ މީހުނގޮވަނީ ކެނެރީވަގު

  17. ތިޔަ ނަޝީދު ހެޔޮވެރިކަން ކޮށްދިން ގޮތް ފެނިފައި ހޮޑުލަވައިފި. ދެން ދުވަހަކުވެސް ބޭނުމެއްނޫން ތި ނަޝީދު ވެރިކަން ކުރާތަން ދެކޭކަށް. ކަމެއް ކޮށްދެންޏާ ރާއްޖެ އައިސް ޖަލުގައި ހުރެބަލަ.

  18. ފޮނި ބާސާ ނުކަނޑާ އައިސް ޖަލަށް ވަދޭ، ތިމާއަށްވުރެ މަތީ ފަރާތެއް ވޮޑިގެންވާކަން ހަނދުމަކުރޭ.

  19. ބާބޫ ނާޒް

    ކަލޭގެ މައިބަދަ މިހާރު ތި ހުރީ ސިމެންޓުން ހަދާފަ އަންނައިރަށް ބިނދޭނެ ދެލޯދުންމާރި.

  20. 13 އަހަރަށް ޖަލަށް ލާފައި ހުރި ބޮޑު ޓެރެރިސްޓެއް ނޫންތޯ ނަޝީދަކީ. ޓެރެރިސްޓުން މިރާއްޖޭގައި ވެރިކަން ކުރާތަން ބަލާކަށް މިހާރު ބޭނުމެއްނޫން. ކުއްވެރިޔެއްކަން ހަނދުމަނެތުނީތޯ!

  21. ގަމާރާ އެންގީމަތަ އަންނަން ޖެހެނީ ނޭންގިޔަސް ކުރިއަށް އޮތީ 13 އަހަރުގެ ޖަލުގޮޅި...

  22. ކަލޭ ދިޔައީ މައިބަދައަށް އެއްކަމެއް ވެސް ވެގެނެއްނޫނެވެ. ޖަލު ޙުކުމަށް ފިލަންވެގެންނެވެ. ދެންކޮންމެހެން މިތަނަކަށް އަންނާނެކަމެއް ނެތެވެ. ކަލޭގެ ސުންޕާކަން މިއުޅެނީ އަދިވެސް ނުކެނޑިގެންނެވެ. މާތްﷲ ކަލެއާ ކަލޭގެ ޙައްދުފަހަނައަޅާފައިވާ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ދަންނަވަމެވެ.

  23. މައިބަދައަށް ކުރީ ކޮން ބޭހެއްތޯ؟ ލަންކާއާ އިންގިރޭސިވިލާތާ ދެމެދު މަތިންދާބޯޑު ދުއްވުމުގެ އެކްސަސައިޒްތަކެއް ހެދީ ދޮތަ؟

  24. ބިރުކުޑައަލީ ހެދިގެން އުޅުނުއެންމެން ކަމަކާދިމާވީމަ ފިލާރައްކާވީ. ތީހުސްގަދަބަސް ބުނެފައުޅޭ ހުސްފިޑިން. ފިލާތިބެގެން ތިކަހަލަގަދަބަސް ބުނާނެ ތިބުނާބަހައް ޕަޕެޓް ގުރޫޕް އަތްޖަހާނަށާނެ ދެތިންދުވަސްފަހުން އަނެއްކާ ވާހަކައޮޅުވާލާނެ.

  25. ދިވެހި ރަޢިއްޔަތުން ވެއްޖެނޫންތަ މީނާއަކީ ސިކުޑި ހަމަ މީހެއްތޯ ބަލަން

  26. ހީވަނީ ވިލާތުން އެންގީހެން، ދެން ދާންއުޅޭށޭ...

  27. އަބްދުއްލާ

    ތިބޭފުޅާ މިގައުމުގެ ވަރިކަމަކަށް ކުފޫ ހަމައެއް ނުވޭ . އެއީ ވަޑާންގެއަކާ ކުންފުންޏެއް ހިންގަން ނޭގި ބަގްރޫޓް ވިމީހަކު ވެރިކަމަށް ގެނައުމުން ގައުމު ވެސް ބަގުރޫޓް ކޮށްލި ވީމާ އިތުރަށް ވެރިަކންކުރަން ނޫޅުއްވާ. އަނެއްކާ މައިބަދަ ގުޑާފާނެ

  28. ހައި އައްނި، ވިދާޅުވެ ބައްލަވާ މަނިކްފާނު ފަރުވާ ހޯއްދެވި ހޮސްޕިޓަލްގެ ނަން. އަޅުގަނޑު އުޅެއުޅެ ބުރަކަށީގެ ބައްޔށް ފަރުވާއެއް ނުލިބިގެން މިއުޅެނީ

  29. ސާބަހޭ ރާއްޖެއައިމަ ލޮލަށް ބައެއް މީހުން ނުފެންނާނެކަންވެސް މީނާއެއް މިހާރު އެނގޭ.އެހެން ވިއްޔާ ތިތާ ނައިސް ހުރެބަލަ.އެހެންނޫނީ އެނެެއްކާ ލޮލަށް ނުފެންނާތީ އެނބުރި ރާއްޖެ ދޫކޮށް ލޮލަށް ފަރުވާކުރަން ދާންޖެހިދާނެ. ހީހީ ހަލާކު...........

  30. މޯޑުމޯޑުމޯޑު

    ކޯޗެއްތޯ ބުރަކަށްޓައް ހަރާލީ. އޭރުންތާ ތިހެރި އެއްޗެއް އަހަރެމެނައްވެސް ހޯދަން އެގޭނީ.

  31. ޓެރަރިސްޓެއްކަން ކޯޓުތަކައް ސާބިތުވެފަތިބޭމީހުންނައް ދައުވަތުނުފޮނުވަން.

  32. ކަލޭ ފޮނުވީ ބޭސްކޮށް ނިމިގެން އަންނާށޭ ކިޔާފަ. ދެން ބެޗިގޮތަށް ބެޗީ. ކަލެއަކަށް ނުޖެހޭ އަންނަން އަންގާކަށް އަނެއްކާ. އެއީ އޮތީ ބުނެފަ ތިޖަހާ ސަކަރާޓެއްޖަހާ ނިމުމަށްފަހު އަންނަން ޖެހޭނެކަމަށް. ލިޔުންވެސް ވީ ކަލޭއަތުގައި. އެހެންވީމަ ދެން ނިކަން އާދެބަލަ ހިއްވަރެއް ހުރިއްޔާ. މުޅީންވެސް ތިކަހަލަ ކަނޑުކޮސސް ވާޙަކަ ނުން ވާޙަކައެއް ނުދައްކާ. ކަލޭ އަންނަން ހުއްދަ ނަގާކަށް ނުޖެހޭ ދެނެއް. އޮތީ ނިމިގެން އައިސް ޖަލުގަ ހުްނނާށޭ އަންގާފަ. އަންނަން ނުކުރެގިގެން ހާދަ އަނގައެކޭ ދޯ ތިތަޅަނީ. ތިހިރީ މަލިކު ލަވައަށް ވީގޮތް ވެފައި އަންނަންވެސް ބޭނުން. އާދެވޭކަށްވެސް ނެތް. ހައްހަހއްހަހއްހާ

  33. އަޙުމަދު ޙަސަން

    ދޮގުވެރިޔާ! ވެރިކަމުގައި ރައީސް ހުންނަވަނީ ވަކި ތާކުތަ؟ ނުވަތަ ވެރިކަން ކިޔާ ތަނެއް އޮންނަނީތަ، އެތާގަ ރައީސް ޔާމީން ހުންނަނިކޮށް ނުފެންނަން. އަދި އެހެން ނޫނަސް ނުބެލިއްޔަކާ ނުފެންނާނެތާ. ރީނދުލޭމެންނަކަށް ނުފެނޭނު ހުޅުލެޔާއި މާލެޔާ ދޭތެރޭ އޮތް ބްރިޖް އެއް ވެސް.

  34. އުސްމާނުބެ

    ކަލޭ ދެން ޔޫކޭ އައް ދިރިއުޅުން ބަދަލުކުރޭ ، މިތަނައް އަންނާނެ ކަމެއް ނެއް...

  35. ތިޔަ މައިބަދަ ބިންދައިގެން ނުދިޔަކަން ދެރަ!

  36. ރުޒާނާ ޗޮއްޕަޓު

    ހަހަހަހަހާ ާ ާ ކެކެކެކެ ކޭ ކޭ އައްދޯއި. މައިބަދަ ރައީސް ދޯ! ކުޑަކުޑަ ހަސަން ލަޠީފް ކުރިން ބުނެފަ އޮތް "މައިބަދަ އޮޕަރޭޝަން ނުކޮށްފިއްޔާ އުނަގަނޑުން ތިރި ވާގި ނެތިދާނެ." މި ބަހުގެ މަތީ އަދިވެސް އޭނަ ހުރީ. އެ ޑަކުތަރު އަދިވެސް ނުބުނޭ ކަލޭ އޮޕަރޭޝަން ކުރަން ނުޖެހޭނެއެކޭވެސް ރަނގަޅު ވެއްޖެއެކޭވެސް. އެހެންވީމާ ގަބޫލެއް ނުކުރެވޭ ރަނގަޅުވީ ކަމަކަށް.

  37. ރުޒާނާ ޗޮއްޕަޓު

    މައިބަދައަށް ބޮޑު "ކަމެއް" ދިމާވެގެން ނޫނީ މައިތިރި ނާރައިގެން ނޫޅޭ ލާދީނިއްޔާއެއްތަ މީ؟ނުވާ ކަންތަކާއި ނުޖެހޭ ބަލިބަލީގެ ބަހަނާގަ ބޮޑެތި މަކަރުތަކާއި ހީލަތް ހަދައިގެން އުޅެނިކޮށް ދިމާވެދާނެ ކަމަކަށް ބިރުވެރިވާނީވެސް ހެއްދެވި ފަރާތަށް އީމާންވާ ބަޔަކުތާ!

  38. ފްރީޑަމް މޫވްމެންޓް

    ވަރިހަމަ ދުވަހަކު ތިޔަ މައިބަދައިގެ ރިހުން ރަގަޅުވެގެން ނަޔަސް. މި ގައުމަށް ކަލޭގެ ބޭނުމެއްވެސް އަދި ޔާމީންގެ ބޭނުމެއްވެސް މިހާރަކު ނެތް. މި ގައުމަށް ނޭރިއްޔާ ރަގަޅީ.

  39. ޔާމީނު އަށް މާ ބޮލައް ފައްސޭހަ ތިހެން އަމިލަށް އަރުވާލެވިގެން ގައުމަށް ނައިސްސަ ހުރެއްޖިޔާ.. ހެހެހެ