ޕީޕީއެމް އިން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް، ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެންނަނީ ދިވެހި ފުލުހުންނާއި ސިފައިންނަށް އެމަންޒަރު ދައްކަން ކަމަށް، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަން ކުރާ ޕީޕީއެމުގެ "ރަސްމީ ސައިޒް" ދެއްކުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް އެކި ރަށްރަށުން ގިނަ މީހުން ގެނެވޭތޯ ހޭބޯނާރާ އެއުޅެނީ ފުލުހުންނާއި ސިފައިންނަށް އެމަންޒަރު ދައްކަން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ނަމަވެސް ރައްޔިތުން ނިކުމެ މި މަހުގެ 23ގައި ހުކުމް ކުރީމާ، އެހުކުމް އިރާދަފުޅާއެކު ހިންގާނެ ކަމަށެވެ.

މިރޭ ބާއްވާ ބޮޑު ޖަލްސާއާއި ގުޅޭގޮތުން ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެ ޕާޓީގެ ޖަލްސާއަށް އަންނާނެ މީހުންގެ އަދަދު އަދި ސީދާ ބުނަންށް ނޭނގޭ ކަމަށާއި، ނަމަވެސް އެއީ ކާނިވާ ސަރަހައްދަށް ޖަމާވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމުން މާފަންނު ވެލިދަނޑުގައި ޖަލްސާ ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި މަދުވެގެން 20000 ގޮނޑި ޖަހާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް އިން ބުނިގޮތުގައި މިއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެއް ޖަލްސާއަށް ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން މިހާރު މާލެ އަށް މީހުން ދަނީ ޖަމާ ވަމުން ކަމަށެވެ. މާލެ އަށް އަންނަމުންދާ ޕީޕީއެމްގެ ސަޕޯޓަރުންނަށް މަރުޙަބާ ދެންނެވުމަށް ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ އަބްދުލްރަހީމް އަބްދުﷲ އާއި ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނާއި

    ސިފައިންނާއި ފުލުހުންނަށް ދެއްކުމުގެ ބޭނުމަކީ ކޮބާ؟

  2. ޤައުމު

    މިހާރު ގޮތް ހުސްވީމަ ދެން އެއުޅެނީ ސިފައިންނާ ފުލުހުންލައްވާ ސަރުކާރާމެދު އުފެދިފައިވާ އިތުބާރު ނަގާލާ ހަސަދަވެރިކުރުވަން. ހަޖަމް ޕްލީޒް.

  3. ވާނުވާ

    މިއަލީ ހުސެން މީކާކުތަ ދެން ފުލުހުންނާއި ސިފައިންނާ ބެހެން. ޢެމީހުންގެ ވޯޓު ނުލިބޭނެހެން ހީވާތީ ދޯ ތިތެޅެނީ

    • ުަަަްްއަނނޮެއުން

      ކަލޭ އައްޕަ އެއީ

  4. ބޭބެ

    ހެހެހެ!! މޮޔަނުގޮވާ!!! ކީއްކުރަން ފުލުހުންނާ ސިފައިންނަށް ދައްކަން ޕީޕީއެމުން ބޮޑު ޖަލްސާ ބާއްވަންވީ!! ދެން އެމްޑީޕީން ބޮޑު ޖަލްސާއޭ ކިޔާފަ 5000 މީހުނާއެކު ޖަލްސާ ބޭއްވީ ކޮންބަޔަކަށް ދައްކަން!! ރީނދޫ ޖޫސް ބޮޔެގެން ބުރާންތިވެފަ ހުރެގެން އަބަދު ތިވާހަކަ ދައްކަނީ!! ކަލޭމެން ހަމަހޭވެރިކަން ވާނީ ކޮންއިރަކުންބާއޭ އެބަހިތައްއަރާ!!! 1✔️ 2❌

  5. ފައިސަލް

    ކޮން ފުލުހުންނާ، ސިފައިންނެކޭ ކިޔާކަށް. ފުލުހުންނާއި، ސިފައިންނަށް ރައްޔިތުން ކުރާ އިޙުތިރާމު ގެއްލުވާނީ ތިޔަބައިމީހުން. ވޯޓު ލާން ކައިރިވާވަރަކަށް އެމީހުން ފެންނާނެ.

  6. ޒަވިޔަނި

    ސިފައިންނާ ފުލުހުންދެކެ ލައްކަ ލޯބިވާބައެއް މިއީ. އެމީހުން ނުތިބޭނެ ސަރުކާރެއްގެންނަ ބަޔަކު ކީކުރަން އެމިހުންގެ ވާހަކަ ދައްކަނީ؟

  7. ފަސީން

    އެމީހުން ބާއްވާފަ ފުލުހުންނާއި ސިފައިން ބަލަން ބުނިވާހަކަ ހަނދާން ނެތުނީދޯ

  8. ހުސޭނުބޭ

    ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ ޢަލީ ހުސައިނަށް ދައްކަން. ޖަލްސާ ނުބާއްވަނީސް ޖަލްސާގެ ބޮޑުކަން އެނގިގެން މޭކަކަރާގަނެފި ދޯ!

  9. ލޮލް

    ދެން އެމްޑީޕީން ބޮޑުޖަލުސާ ބޭއްވީ ކާކަށްދައްކަންތަ؟ ޢަލީހުސައިނޫ ހަޖަމުނުވަނީދޯ.

  10. ޙަމްދާނު

    އަލީ ހުސައިނައް ވަރައް އަސަރުކޮއްފިތާ

  11. ޅައިލާ

    ކަލޭގެ ގާނޫނި ދިގުެައަތް ބުރިވީތަ ތިއުޅެނި މިހާރު ނޭވާހޮޅިއައްއެޅޭތި ތިދިގުއަތް އިބޫގެ ކަރުގަ އޮޅާލަ

  12. ކަބިލި

    ނޫނޭ ކަލެޔަށް ދައްކަން! މިރޭ މިއޮތީ ނުނިދި ފޮރޮފުރޮޅި ކަލޭ އޮންނަންޖެހޭ ރޭ!

  13. އަހުމަދު687

    ޕީޕީއެމްގެ ބޮޑު ޖަލްސާ އެއީ ސިފައިންނަށް ދައްކަން! އެމްޑީޕީގެ ބޮޑު ޖަލްސާއެއީ އިނގިރޭސި ރާނީއަށް ދައްކަން ބާއްވާ އެއްޗެއްތޯ؟ އަބަދުވެސް އެމްޑީޕީން ވިސްނާފަ އޮންނަ ކަންކަން ފެއިލްވީމަ އެެހެން މީހުންގެ ބޮލުގައި އަޅުވާނީ! އެކަމު އެމްޑީޕީއިން ސައިޒޭ ކިޔައިގެން އަޑޫގަތަކުރީމަ ޕީޕީއެމް ސިއިޒު މިދައްކާލަނީ! އަލި ހުސައިންއަށް ސައިޒު ފެންނަންފެށީމަ ހުރިތަނަށް ދެހާޖަތަށް ދެވި އަންނިއަށް ވީހެން ސިފައިންނާއި ފުލުހުން ހުދުހެދުމުގައި ފެންނަނީ!

  14. ޜަންގުރު

    ޢަމައްޔާއި...މުނާފިގުންގެ ސިފައެއް..ކަން ދެއްކުމަކީ..ނެތް ސަޕޯޓެެއް..

  15. އިބްރާ

    ތިޔަވިދާޅުވި ބަހުން އެނގި ހާމަވީ ތިބޭފުޅުން ބޮޑުޖަލްސާ ބޭއްވީ ފުލުހުންނަށް ދައްކަން ކަމަށެވެ.

  16. ނުރަބޯ

    މަސްކަނޑާ އަލިބެ އަކަށް ނޭނގޭބާ ފުލުހުންނާ ސިފައިންނަކީ އެމީހުންނަށް ޣައިރު ގާނޫނީ އަމުރު ނުކުރާހާ ހިނދަކު އެއިރެއްގައި އޮންނަ ސަރުކާރެއް ދަމަހައްޓާ ޙިމާޔަތް ކުރުމަށް ތިބޭ ބައެއްކަމެއް؟ މިސަރުކާރަކީ އެ ދެ މުވައްސަސާ އަށް ޣައިރު ގާނޫނީ އަމުރުކުރާ ސަރުކާރެއްނޫނެވެ. އެހެންކަމުން އެ ދެ މުވައްސަސާ އަކީވެސް ސަރުކާރަށް ނުލާހިކު އިޚްލާޞްތެރި ދެ މުވައްސަސާއެވެ. އަދި އެމީހުންނަށް ގަދަރާ އިޙްތިރާމް މިސަރުކާރުން އެދަނީދެމުންނެވެ. ރީނދޫ ސަރުކާރުގެ ދުވަސްވަރު ފުލުހުންނާ ސިފައިން ލައްވާ ރަށްރަށުގެ މަގުހައްދާ ކޯރުކޮނުވާ، ގޭގޭގެ ފާރުތަކުގައި ސިމެންތިޖައްސާ މިގޮތުން އެމީހުންނެކޭ ލޭބަަރުފޯހެކޭ ތަފާތެއްނެތެވެ. އަދި ނުވިތާކަށް އެމީހުންލައްވާ އެހުރިހާ މަސައްކަތެއް ކުރުވާފަ އެކަމުގެ އަގުވެސް ރީނދޫ ބައިގަނޑު ދައުލަތުން ނަގާ ދިރުވާލިއެވެ. ވީމާ މިއަދުދެން އަލިބެ ތިޔަހެން ގޮވިއެއްކަމަކު ފުލުހުންނާ ސިފައިންނެއް ކަލޭމެން އެމީހުންނަށް ޖެއްސި އަހުވަ ހަނދާނެއް ނުނެތޭނެއެވެ.

  17. ފަޟީލް

    ދެން އެއީ ޢަލީ އާ ބެހޭކަމެއްނޫނެންނު؟ ބޮޑު އަޣުލަބިއްޔަތަކުން ޔާމީން އިންތިޚާބުކުރާނަށް އިރާދަކުރެއްވިއްޔާ!

  18. ދިވެހިމީހާ

    އަލީ ހުސައިން ވެސް ހޮވާދިނީ ރްއީސް ޔާމީން އާ ޕީޕީއެމްއިން އެކަމަކުމިހާރުއެހުރީފެއިލްވެފަ އިރާދަކުރެއްވިއްޔާ ދެނެއް ނުހޮވާނަން

  19. އިބޫ

    ވަރަށް ވައިވެފަ އެހުރީ ކަޑަވާނެ އަލީ ހުސޭނޫ ކަލޭ ހަމަ ތިހެން ކިޔާލަ ކިޔާލަ ހުންނަން ޖެހޭނީ ވާހަކ ދަްްކަ ގުރައެއްހެން

  20. ކެންދޫ/ރަކައިކަލޯ

    އަލީހުސޭނުގެ މަންމަ އާއި ބައްޕަވެސް މިޖަލްސާގަ ބައިވެރިވާނެ ދެން ފެންނާނެނު ހަމަ އެކަނި ކަލެއަށް ނުފެންނާނީ............. ޖޭވިއަސް ޖޭޕީއަށް ބޭވަފާ ތެރި ނުވާތި.

  21. ނާނި

    ސިފައިންނާއި ފުލުހުންވެސް ބަލާނެ އަދި ތިބޭފުޅާއަށް ވެސް ދައްކަން ، އަދި ތިބޭފުޅާ ބަލަންވެސް ވަލާނެ.

  22. ޙެހެ

    ޙަޖަމް ކޮއްލާ

  23. ނަންފުޅު ޢަލީ ޙުސައިން

    ވަކީލު ކަމުގެ ހުއްދަ އޮތުމުން މީނަހިތުން މީނައީ މާބޮޑު މީހެކޯ މީނައަށް އިޚުތިރާމް ކުރަން ޖެހެޔޯ މިކަލޭ ވަރިހަމަ ކޮންމެ އެއްޗެއް ކިޔަސް ހީ ހީ ހަލާކު ބާރަށް އަށްޖަހާ