މިއަދު ދެގަޑިއިރަށް ސިނަމާލެ ބުރިޖު ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން މިއަދު 15:15 އިން 16:15 އަށް އަދި 17:30 އިން 18:30 އަށް ސިނަމާނެ ބުރިޖު އެއްގަމު ދަތުރު ފަތުރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އާ ރަންވޭ އިފްތިތާހު ކުރުމުގެ ގޮތުން ޖައްސާ ފުރަތަމަ ބޯޓު، ޔޫއޭއީގެ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ-380 ގެ ބޯޓު، 1،000 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެއެވެ.

އާ ރަންވޭ އިފްތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު ފެށުމުގެ ގޮތުން ބާއްވާ އިވެންޓުގައި، ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ބޮޑު ފަސިންޖަރު މަތިންދާބޯޓު ހުޅުލެއަށް ތިރިކުރަން ހަމަޖެހިފައި ވަނީ ހަވީރު 15:30 ގައެވެ.

އޭ380 މަތިންދާބޯޓު ޖެއްސުމަށްފަހު ދެން އޮންނާނީ އެމްއެންޑީއެފުން ޕެރަޝޫޓާއެކު އެއާޕޯޓަށް ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށްދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ

ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 16:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގައެވެ.

އެއާޕޯޓްގެ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާއި އެކު ދެއުފަލެއް ދިވެހިންނަށް ލިބޭނެއެވެ. އެއް އުފަލަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ފްލައިޓް ދިވެހިންގެ މައި އެއާޕޯޓްގެ ޖެއްސުމެވެ. ދެވަނަ އުފަލަކީ އާ ރަންވޭ އަށް ޖައްސާ ފުރަތަމަ ފްލައިޓްގައި ސަރަހައްދީ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ގައުމީ ފުޓްބޯޅަ ޓީމް ރާއްޖެ އައުމެވެ.

ރާއްޖެ އަންނަ އޭ-380 ގެ ޕައިލެޓަކީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.

ދުނިޔޭގައި ކޮމާޝަލްކޮށް ދުއްވާ އެންމެ ބޮޑު މަތިންދާބޯޓު، އެއާބަސް އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފްގެ ރަންވޭ ނިންމައި، މިއަދު ޓެސްޓް ފުރަތަމަ ފްލައިޓް ޖައްސާ އިރު މިއީ ދިވެހިންގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. ހުޅުލޭ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކައިގެން އެޅި އާ ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓޫވެލް

    ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ހުޅުވަނީއޭ މާ ބޮޑަށް ރަނގަޅޭ އެއާރބަސް އޭ 380 ވެލާނާ އެއާރޕޯރޓް ގައި ޖައްސަނީއޭ ވޯވް މާބޮޑަށް ރަނގަޅޭ މޭބީ ދިސް ތިންގް އިޒް އަ މާރސްޓަރ ޕީސް ތޭ އޯއް މާ ބޮޑަށް ރަނގަޅޭ ޕިންކީންގެ ވެރިކަން މާ ބޮޑަށް ރަނގަޅޭ މަމެން ޕިންކީންގެ ވެރިކަމުގައި ޖީއެމްއާރު ބޭރު ކޮށްލާ އެޅި އެއާރޕޯރޓް ރަންވޭ ވެގެން ދިޔައީ އެއީ މޭން މޭޑް ވޮންޑަރ އަކަށޭ އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް ޓޫވެލް ޓޫވެލް އޯލް އޯލް އޯލް ޓޫވެލް ޓޫވެލް...

  2. ޏަދުވަ

    ޢަހަރެމެނަށް ކީއްތަ

  3. އޭ380

    ބުރިޖު ސަޅި ބަންދު ކުރީމަ ވަރަށް ދެރަ މަސައްކަތް ނިންމާފަ ހުޅުމާލެ އަށް ދަތުރުކުރާ ވަގުތު ބަންދު ތިކުރަނީ