އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ޓިނު ނަގައިގެން އެ ފިހާރައަށް ވަދެ ވައްކަންކޮށްފިއެެވެ.

މީގެކުރިން ތިން ފިހަރެއްގެ މަތިން އެފިހާރައިން ވަނީ ވައްކަންކޮށްފައިވާއިރު ފުރާޅުން ޓިނު ނަގައިގެން ވަދެ، ވައްކަންކޮށްފައިވަނީ ހިތަދޫގައި ހުންނަ "ކަޑާސް އެޓިކް" ނަމަކަށް ކިޔާ ފިހާރައަކުން ރޭ ނޫން ކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މި ފިހާރައިން ވައްކަންކޮށްފައިވަނީ ފުރާޅުން ޓިނު ނެގުމަށްފަހު ސީލިންގް އިން ބައެއް ކަނޑައިގެންނެވެ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސް ތަކުން ބުނާގޮތުން އެ ފިހާރައިން ބައެއް މުދާ ވަނީ ވަގަށް ގެންގޮސްފައެވެ. ނަމަވެސް އެތަކެތީގެ ޖުމްލަ އަގު ނޭނގޭކަމަށް ބުންޏެވެ.

މި މައްސަލަ އިއްޔެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މިހާރު އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު