ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމާއި ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކަށް ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ފުލުހުން ކުރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފުލުހުންގެ ބަންދުގައި ހުރި އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ފުލުހުން ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (01) ގައި ބުނާ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމުގެ ތުހުމަތާއި (03) ވަނަ ނަމްބަރުގައި ބުނާ ގާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި (05) ވަނަ މާއްދާގެ (ހ) ގެ (07) ވަނަ ނަމްބަރުގައި ބުނާ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތި ކުރުވަން އުޅުމުގެ ތުހުމަތު ކޮށްފައެވެ.

ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ، އަދި އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުން، އަދި އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން، އެކަންކަމުގެ މުގާބިލުގައި އޮތް އެއްޗަކަށްވުމުގެ ކުށުގެ ތުހުމަތު ވެސް އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ކުރެއެވެ.

އަދި ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ (02) ވަނަ ނަމްބަރުގައި ބުނާ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތިން، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެއެވެ.

ގާނޫނުލްއުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގައިވާ ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި، އެއިން ކަމަކަށް އެހީތެރިވެދިނުމާއި، އެއިން ކަމެއް ކުރަން އުޅުމުގެ ތުހުމަތު ވެސް ފުލުހުން ވަނީ އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހައްމާ

    އަލީ ހަމީދު އަންހެނުންގެ ފޮޓޯ ޖަހާބަލަ. އޭރުން އަހަރެމެންނަށް ވެސް ތި ޚާއިނު ފެނުނީމަ އިންގޭނީ.

  2. އަލިމަަ

    ތިއޮތިިިި ވަަަަންވި ހައެތިވެފަ

  3. އަލިމަަ

    ބަރާބަރު

  4. އަލިމާ

    ތިއޮތީވާނެހައެތިވެފަ

  5. ސައީދު

    އަލީ ހަމީދުގެ އަނބިކަބަލުން އެއީ ސަރުކާރުގެ ކޮންމަގާމެއް އަދާކުރައްވާ ބޭފުޅެއްތޯ....؟؟؟؟

  6. ހުސޭނުބޭ

    މިހާރު ހުދު ޖަނގިޔަލެއް ކަމަށްވަނީވިއްޔާ އޭގެ އަސަރު އެ ދޮވެ އިސްތިރިކުރާ މީހާގެ ކިބާގައި ހުންނާނެ.

  7. އަޒޫ

    އަލީ ހަމީދުގެ އަނބިކަނބަލުންނަށް ނަމެއްވެސް ނުކިޔާތަ އަދިވެސް........ ނޫނީ އޭނާގެ ނަމަކީ އަލީ ހަމީދުގެ އަނބިކަނބަލުންތަ؟

  8. ރައްޔިތުން

    .ނަސްރީނާ ކަމަނާވެސް ތި ދަލުގަ ޖައްސަފާނެ