އެމްޑަބްލިއުއެސްސީ އާއި މެދު އެއްވެސް ހަގީގަތާއި ހިލާފު ހަބަރު ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެ ޓީވީން ހިންގަމުން އަންނަ ރާއްޖެ.އެމްވީގައި މި މަހުގެ 17 ވަނަ ދުވަހު "މާލޭގައި ބޮޑު ސަރަަހައްދެއްގައި ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަރުޖިބާކާރެއް" މި ސުރުޚީގެ ދެ ދަށުން ގެނެސްދީފައިވާ ހަބަރަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަބަރެއް ނޫން ކަމަށެވެ.

"އަދި މިފަދަ އާންމު ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް މީޑިއާގައި ހިއްސާކުރާއިރު، ކަމުގެ ހަގީގަތް ބައްލަވާ ދެ ފަރާތުގެ މައުލޫމާތު ހޯދެއްވުމަށްފަހު ޒިންމާދާރުކަމާއެކު ހިއްސާކުރުން އެއީ ނޫސްވެރިކަމުގެ ޒިންމާއެއްކަމުގައި ދެކެމެވެ،" އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވެއެވެ.

އެމްޑަބްލިއުއެސްސީއިން ވިދާޅުވީ، މާލޭގެ ފެނުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މިފަދަ ހަގީގަތާއި ހިލާފު ހަބަރުތައް ފެތުރުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެ ކުންފުންޏާއި މެދު އިތުބާރު ނަގާލުމަށްޓަކައިކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ދަތިތަކެއް ކުުރިމަތިވެދާނެކަމެއް ކަމަށާއި، އެހެންކަމުން މިފަދަ ހަބަރުތައް ނުފެތުރުމަށް އެމްޑަބްލިއުއެސްސީ އިން ގޮވާލާފައި ވެއެވެ. އަދި މިފަދަ ހަބަރުތަކާއި މެދު ރައްޔިތުން ހޭލުންތެރިވެ ތިބުމަށް އެމްޑަބްލިވްއެސްސީން އެދެއެވެ.

މިދިޔަ 23 އަހަރު ކުރިން ފަށައިގެން އެމްޑަބްލިއުއެސްސީން ދަނީ ބޯފެނާއި، ނަރުދަމާ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޝީދު

    އެމް.ޑީ.ޕީ ގެ ރައީސް ނަޝީދަކީ އޭނަގެ އުފަން ބައްޕައަށްވެސް މަކަރާއި ހީލަތްހަދާ އޮޅުވާލި މީހެއް ދެން އެހެން ވީމަ މީނަގެ ފަހަތުގައި އުޅޭ މީހުންގެ ގައިގާވެސް ހުންނާނީ އެ ސިފަ މަކަޜައި ހީލަތް މީހުންނަށް ދޮގު މައުލޫމާތު ދީ މީހުން މަގުފުރެއްދުން

  2. ބޭބެ

    ރ. ކުރިއަށްލާފަ ހަދާފައިވާ ޓީވީ ސެޓޭޝަނުންނާ ރ ކުރިއަށްލާފަ މިނެރޭ ނޫސް މަޖައްލާ ފަދަ ތަންތަން ބަންދުކުރަން ނުވޭތޯ އަޅުގަނޑު އެބަ ހިތައްއަރާ!! މިނިވަން ނޫސްވެރިކަމޭ ބުނެ ކަނޑައެޅިގެން ބުހުތާން ދޮގު ޚަބަރު ފަތުރާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެކަމާއި ކަންބޮޑުވުމާއި ހާސްކަން ފަތުރާ ސަރުކާރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތުކަން އުފައްދަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫން!! މިއީ ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމެއްނޫން!! ސަރުކާރުންވެސް އަދި މުއައްސަސާއަކުންނަމަވެސް ކުރާ ވިޔާނުދާކަމެއްގެ ޚަބަރު ރައްޔިތުންނާ ހަމަޔަށް ނުގެނަސްދޭށޭ ނޫން މިބުނަނީ!! މިބުނަނީ އެފަދަކަމެއް އުޅޭނަމަ ޙަގީގަތާއި އެއްގޮތަށް އަދި ސާބިތު ހެއްކާއި އެއްގޮތަށް ފަތުރާށޭ މިބުނަނީ!! މުޅިންހެން ރ.ޓީވީންނާއި ރ.އެމްވީން ފަތުރަމުން މިގެންދަނީ ދޮގު މަޢުލޫމާތު!! ވަކިން ޚާއްސަކޮށް ސަރުކާރާ ސަރުކާރުގެ މުއައްސަސާތަކާ ރައިސް ޔާމީނާ ގުޅޭގޮތުން!! މިކަން ހުއްޓުވަންޖެހޭ!! ޒިންމާދާރު ކުރުވަންޖެހޭ!! ބަންދު ކުރަންޖެހޭ!! އުވާލަންޖެހޭ!! ސަސްޕެންޑް ކުރަންޖެހޭ!! ވަރަށް ހަރުކަށިކަމާއެކު ސަރުކާރަށް ގޮވާލަން ގާނޫނީ އިމުގެތެރެއިން ފިޔަވަޅު އަޅަން!!

  3. މފރ

    ތިއީ އަބަދުވެސް ދޮގުމައުލޫ މާތް ފޯރުވަމުން ގެންދާ ބައެއް ... ފިޔަވަޅު އެޅުން ރަގަޅު