ޕީޕީއެމްގެ ސަރުކާރަކުން ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ބޭސްއެއް އެޅިޔަ ނުދޭނެ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުލް ރަހީމް ވިދާޅުވީ ޗައިނާއިން ރާާއްޖޭގެ ރާއްޖޭގެ ރައްތަކެއް ތަރައްގީ ކުރާ ވާހަކަ އިދިކޮޅު ފަރާާތްތަކުން ދައްކާ އިރުގައި ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށްވުރެ ގިނައިން ބިންތައް އިންވެސްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ބިން އަމިއްލަ ކުރުމަކީވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި އެއްވެސް ގައުމަކަށް ރާއްޖޭގެ ބިން ވިއްކައިގެން އެގައުމެއްގެ މިލިޓަރީ ބޭސްއެއް އެޅުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ.

"އެެހެން ނަމަވެސް އަޅުގަނޑުމެންނަށް އޮންނަ ޔަގީންކަމަކީ ދިވެހިރާއްޖޭގައި ޕީޕީއެމްގެ ސަރުކާރަކުން ދުނިޔޭގެ އެއްވެސް އަސްކަރީ ބޭސްއެއް ހަދާކަށް ރަށެއް ނުދޭނެ. މި ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވަން." އަބްދުލް ރަހީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުލްރަހީމް އިިތުރަށް ވިދާޅުވީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އާާއި އެމްޑީއޭ ކޯލިޝަންގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ރައީސް ޔާމީން އަޒުލު ކުރަން ބޭނުންވާ 57 ވޯޓު އިދިކޮޅު ފަރާތްތަކަށް ހަމަ ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    " މިލިޓަރީ ބޭސްއެއް އެޅިޔަ ނުދޭނެ " ، ތަން ވިއްކާލާނީ