ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް ހައްޔަރުކޮށްފައި ހުރި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކަނބަލުންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފި އެވެ.

މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ބައްދަލުކުރައްވާ އެކަން ހާމަކުރަމުން ޔުމްނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ބައްޕަގެ ހާލު އިރާދަކުރެއްވީތީ ރަނގަޅު ކަމަށާއި ކަނބަލުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކަނބަލުންނަށް އަރިސްކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ ހައްޔަރުކޮށްފައި ވަނީ 05 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.