ވިހެއުމުން އަންހެން ކަނބަލުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޗްއާރްސީއެމް އިން ވަނީ އެ ކޮމިޝަން ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވިހެއުމުން ދޭ ތިން މަހުގެ ޗުއްޓީ އިތުރުކޮށް ހަމަސް ދުވަހުގެ ޗުއްޓީއެއް އެފަރާތް ތަކަށް ދޭން ނިންމާފައެވެ.

މީގެއިތުރުން ވިހައިގެން އުޅޭ ކަނބަލުންނަށް ގާތުން ކިރުދިނުމުގެ ބްރޭކް ދެ އަހަރު ވަންދެން ދިނުމަށް ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ. މީގެ ކުރިން ގާތުން ކިރު ދިނުމުގެ ބްރޭކް ދެމުން އައީ އެއް އަހަރު ވަންދެނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޓަމަސް

    ހުރިހާކަނބަލުންނަށް ގޮވާލަން އަހަރު 2 ކޮޅު ވިހަން އޭރުން "ނަތިން ޓް ޑޫ" މުސާރަ ލިބޭނެ

  2. ދޮގު

    ހިއުމަން ރައިޓްސް ގެ އަންހެން މުވައްޒަފުން ވިއުމުން 6 މަސް އަދި އިތުރު އިނާޔަތްތައް. ޚޮބާ ސަރުކާރުގެ އެހެން އިދާރާޗތަކުގެ ކަނބަލުންގެ ޙައްޤު؟ ކީއްވެ ތަފާތު ކުރަނީ؟ ޚޮބާ އެކަނބަލުންގެ ހިއުމަން ރައިޓު؟

  3. ޗިއްލޫ

    މުއައްސަސާތަކުގެ އިސްވެރިން ގޮތުގަ ތިބޭ ބޭފުޅުންނަކީ، ވަޒީފާއިބެހޭ ގާނޫނުން ފޮޅުވަތެއްހާ މިންވަރުވެސްނޭގޭ މީހުންނަށްވީމަ، ލަދުގަންނަންއެބަޖެހޭ!!!! ކޮންމެ އަންހެނަކަށް އަހަރެއް ނޫނީ ހަމަސްދިނީމަ މަސައްކަތްކުރަނީ ކޮންބައެއްތޯ؟؟؟