ކޯޓަށް ހާޒިރުކުރުމަށް ދެމީހެއްގެ ފޮޓޯ ފުލުހުން މިއަދު އާންމު ކޮށްފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ފުލުހުން އަނަނީ އެދެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.

ފުލުހުން ހޯދަން އިއުލާން މިއަދު ފޮޓޯ އާންމުކުރި ދެމީހުންނަކީ ދ.މީދޫ، ބީޗްހައުސް، މުޙައްމަދު އަޝްރަފް (36އ) އާއި ހދ.ނޭކުރެންދޫ، ކުރި، އާދަމް ޝިފާޢު (30އ) ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

ހޯދަން އިއުލާން ކޮއްފައިވާ ދެ މީހުންގެ ތެރެއިން ޝިފާޢު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 މާރޗް 15 ވަނަ ދުވަހުގެ 11:40 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އަޝްރަފް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 މާރޗް 15 ވަނަ ދުވަހުގެ 10:40 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ނެވެ.

މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު