ވެރިކަން ދިފާއުކުރުމަށްޓަކައި އެ މަނިކުފާނު ބަޑިވެސް ޖައްސަވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ ހައްދުން ނައްޓާފައިވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގެރޭސިވިލާތުން ހިމާޔާތް ހޯދަވައިގެން، މިވަގުތު އަވައްޓެރި ލަންކާގައި ހުންނެވި ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ " ރާއްޖެ ޓީވީ "ގެ ޕްރޮގުރާމަކަށް ދެއްވި އިންޓަވިއެއްގައެވެ.
އެމްއެންޑީއެފްގެ ޖެނެރަލުންގެ ތެރެއިން އެންމެ އިސްކޮށް ތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ސަރުކާރުގެ ސިޔާސަތާ ދެކޮޅު ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް ހައްޔަރުކޮށްފައިވާ ކަމަށާއި ޒަކަރިއްޔާ މަންސޫރުވެސްވަނީ ބަންދުކޮށްފައިވާ ކަމަށެވެ. ޒަކަރިއްޔާ މަންސޫރު ހައްޔަރު ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިނަމަވެސް އެމްއެންޑީއެފުން މިކަން ދޮގުކުރައްވާފައެވެ.
"ދެން އޮތީހަމަ ވަގުތު ކޮޅެއް. އަޅުގަނޑުމެންނަށް މި ރީތިކޮށް ގޮސް ފެންނާނެ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާނެ، މިގޮތަކަށް މި ކަމެއް ނުހިފޭއްޓޭނެ، މި އޮތީ މި ހައްދުން ނައްޓާފައި، ފަރަށް އަރަން،" ރައީސް ޔާމީންގެ ވެރިކަން ނިމޭނެ" ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން އޮޑިން ބޭރުކުރަންޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ.
"އޮޑީގެ ކައްޕި ބަދަލުކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސް އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ހޯދަން ވެގެން ކަލޭ ގައުމާ ރައްޔިތުން ވިއްކާނެ. ރައްޔިތުން އަޅުންނަށް ހަދާނެ
ނަޝީދު ވަރަށް ތިލަކޮށް މިބުނަނީ، ގާނޫނީ ގޮތުން ނޫންގޮތަކަށް ރައީސް ޔާމިންގެ ވެރިކަން ބަދަލުކޮށްފި ނަމަ، ދެން އަދި އަހަރުން ކަލެޔާ ދެކޮޅަށް ނުކުންނާނަން. މިރާއްޖެ ކީއްކުރަން ދުނިޔޭގެ އެއްވެސް ގައުމެއްގެ ކަލޭ ހަމަޖެހިގެން އުޅުނަކާ ނުދޭނަން. މުޅި ދުނުޔެއަށް ކަލޭ ފަލީހަތް ކުރާނަން.
މިކަލޭގެ ބޮޑު އަގަޔެއްދޯ ، އެމްޑީޕީ ގެ ވެރިކަމުގައި މަންސޫރު އެހެލީ ކައްދޫއަށް. ޢެވާހަކަތޯމަނިކުފާނު ތިދައްކަނީ. ފުދިއްޖެ މަނިކުފާނުގެ ހުބަފެން ބަލާބަލާ. މިކަލޭގެ ބލ ވެރިކަމުން މިގައުމު މިންޖުކުރައްވާށި.ޢާމީން.
މިތަން ހައްދުން ނެއްޓިޔަށް ދެން މަނިކުފާނު މިތަނަށް ކައިރިނުވާތި.
މީނައައްކިއޭ އެއްޗެއް އެބައެގޭތަ
މަނިކުފާނު ތި ވިދާޅުވީ ވ ބޮޑު ތެދުފުޅެއް އެހެންވެ އެ ހުއްނަވަނީ ވެރިކަމުގައި ބަގުޑިބައްދައިގެން ރައްޔިތުން ހަނާވާއިރުވެސް
ރައްޔިތުންނަކީ ހަމައެކަނި އެމްޑީޕީ މީހުންތަ؟ ވެރިކަމާހެދި ހަނާވެގެން ތިއުޅެނީ ހަމައެކަނި ތިމީހުން. ރައްޔިތުން ތިބީ އުފަލުން.
.ކަލޭގެ ބޮލަށް ޖަހައިފިއްޔާ އަދި މާ ރަނގަޅު
މީދެން ކާކު. މީނަޔާ މީނާގެ ދުލުގެ ނުބައިކަމުން މިރާއްޖެ ސަލާމަތް ކުރައްވާން ދޭވެ.ް އާމީން.
އަހަރެމެން ކުރިމަތީ ކަލޭގެ ވެރިކަމުގަ ބަޑި ޖެހީ. އެކަން ވެސް ކުރީ ކަލޭ. ހިތުން ކަލޭމެން ރޔ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކަމަށް ތިތިބީ. ކުޑަމިނުން ލަންކާގަ އެސްއޯއީ ނެރުނުތާ 24 ގަޑީރުނުވެ 72 ގަޑީރަށް ސޯސަލް މީޑިޔާ ކަނޑާލީ. ރޔ ނުހަދާ ދޯއެހެނެއްވެސް. ކަޑަވޭދޯ. އަންނި ކަލޭ ކަޑަވޭދޯ ރޔ ބަޑި ނުޖެހީމާ. މައުމޫނާ ކަލެއާ ހަމަ ބަޑި ޖެހި. ރޔ ނުޖަހާދޯ އަދިވެސް. ގިއްގަޅުވާލީމަވެސް ތެދުވެ ހަށިފޮޅާލާފަވެސް އެދަނީ ހަމަ ކުރިޔަށްދޯ. ކަޑަވޭދޯ ކައެ..