ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ދެދުވަސް ކުރިން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންނާއި، ކަސްޓަމާއި، އިމިގްރޭޝަންގައި އައިއެސްގެ ހަނގުރާމަވެރިން އެބަތިބި ކަމަށެވެ. އެމީހުންނަކީ ސީރިޔާ އާއި އިރާޤުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިއެސް އެއިދާރާތަކާއި ގުޅުނު މީހުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ ވާހަކަފުޅެއް ދެއްކެވުން އެއީ މާގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެއް ނޫނެވެ. އެއީ އެމަނިކުފާނު މީގެ ކުރިން ވެސް މިބާވަތުގެ ވާހަކަފުޅު ދައްކަވާފައި ވާތީއެވެ. ނަމަވެސް ރައީސް ނަޝީދު ދައްކާ މިބާވަތުގެ ވާހަކަފުޅުތަކުގެ ސަބަބުން މުޅި ދިވެހިރާއްޖެ އަށް، ދިވެހިރާއްޖޭގެ މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަން އެނގޭ މީހުންނަށް ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި މެދު ވިސްނެއެވެ. އެފަދަ ކޮންމެ ރައްޔިތަކު ވެސް ކުރާ ސުވާލެއް އެބައޮތެވެ. އެއީ މިވާހަކަ ދައްކަވައިގެން ރައީސް ނަޝީދަށް ހާސިލް ވަނީ ކޮންކަމެއް ހެއްޔެވެ؟ ރައީސް ނަޝީދު މިފަދަ ވާހަކަފުޅުތައް ދެއްކެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ރައީސް ނަޝީދަކީ ހުޅަނގުގެ ވަރަށް ބޮޑު މަދަދެއް ލިބެމުން އަންނަ ބޭފުޅެކެވެ. ރައީސް ނަޝީދު ވިދާޅުވާ އެއްޗެއް ގަބޫލުކުރުމުގައި ހުޅަނގުގެ ގައުމުތަކުން އިތުރު ވިސްނުމަކަށް ނުވެސް ދެއެވެ. ސަބަބު ވަރަށް ސާފެވެ. އެއީ ހުޅަނގުން ބޭނުންވާ "ޑިމޮކްރަސީ" އާއި "މިނިވަންކަން" ގެންނަން ހުރި މީހަކީ ރައީސް ނަޝީދަށް ވުމެވެ.

މުސްލިމުންގެ އަގު ވައްޓާލުމަށް މުޅި ދުނިޔޭގައި ވެސް ދުޝްމަނުން އެންމެ ގިނައިން ދައްކާ ވާހަަކައަކީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ބުނެ ދައްކާ ވާހަކައެވެ. މުސްލިމުންނަކީ ދީނީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ކަމަށް ބުނެ ދައްކާ ވާހަކައެވެ.

ހުޅަނގުން ގަބޫލުކުރާ ގޮތުގައި ދީނީ ހަރުކަށި ވިސްނުން ނައްތާލެވޭނީ ސެކިއުލާ ވިސްނުން އެތަނެއްގައި ފަތުރައިގެންނެވެ. ދީނީ މިނިވަންކަން އޮތް ކޮންމެ ކަމެއް ހުއްދަ ގައުމަކަށް ރާއްޖެ ހެދުމަށް ފުރަތަމަ ކުރަން އޮތް ކަމަކީ ދިވެހިންނަކީ ދީނީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ ބައެއް ކަމަށް ދެއްކުން ކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ދިވެހިންނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ނަޝީދު އެވިދާޅުވަނީ މިއަދަކު އެކަންޏެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެމްސީ ހަމީދާއި، ސަބްރާ ނޫރައްދީނާއި، ނޫޝަން ވަހީދު މެދުވެރިކޮށް ވެސް ރައީސް ނަޝީދު ކުރި މަސައްކަތަކީ ދިވެހިން ތިބީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ކަން ބޭރު ދުނިޔެ އަށް ދެއްކުމެވެ. އަދި ރައީސް އޮފީހުގެ ތެރެއިން ފަރަންޖީންގެ އެތައް އެޖެންޓުންނަކަށް ވަޒީފާ ދީގެން ޑޭވިޑް ހާޑިންހަމްގެ މަދަދާއި، އެހީތެރިކަމާއި، އެއްބާރުލުމާއި އެކު ވެސް ކުރީ އެމަސައްކަތެވެ.

ކެރަފާ ނަސީމަށް ލިބިފައިވާ އީމެއިލްތަކަކާއި އޭނާ ފޮނުވާފައިވާ އީމެއިލްތަކެއް ރައީސް ނަޝީދުގެ ވެރިކަމުގައި "ދިޓީވީ" އިން ލީކް ކޮށްލި އިރު އެއީމެއިލްތަކުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ޗާޗް އެޅުމަށް އޮތީ އެއްބަސްވެފައެވެ. އެ ޕްލޭންގައި ބުނާ ގޮތުން ރާއްޖޭގައި ހަ ޗާޗެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން އެއް ޗާޗް އަޅަން ހަމަޖެހިފައި އޮތީ އިސްލާމީ މަރުކަޒު އެހެރަތަނުގައެވެ. ދީނީ ހަރުކަށި މީހުންގެ ބޮލުގައި އެޅުވާގޮތައް އިސްލާމީ މަރުކަޒު ގޮއްވާލަން ވެސް އޮތީ ރާވާފައި ކަން އެއީމެއިލްތަކުން އެނގެއެވެ. އޭގެއިތުރުން ހުޅުމާލެ، އައްޑޫ، ލ.އަތޮޅު، ގދ.އަތޮޅު އަދި ހދ.އަތޮޅުގައި ވެސް ޗާާޗް އަޅަން ޕްލޭން ކޮށްފައިވާކަން އިސްވެ ދެންނެވި އީމެއިލްތަކުން ހާމަވިއެވެ.

ނަމަވެސް އޭރުވެސް އެކަން ކުރަން އުޅުނު ބަޔަކަށް އޮތް ހުރަހަކަށްވީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ރާއްޖެއިން ތަނަވަސް ވެފައި ނެތުމެވެ. ބޭނުންވާ ވަރަށް ބައިނަލްއަޤުވާމީ ތާއިދު ހޯދުމަށް އިތުރު ޕްލޭންތަކެއް ރޭވުންތެރިން ދިޔައީ ކުރަމުންނެވެ.

އެޕްލޭނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުން ރާއްޖޭގައި ގިނަ ކަމަށް ދައްކާ ސެކިއުލާ ވިސްނުން ރާއްޖެއަށް ގެނައުމަށް ބޭރުގެ ޕްރެޝަރު ބޮޑުކުރުމެވެ. ދިވެހިން އިސްލާމްދީނުގައި ތިބުމަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އޮތް ބިރެއް ކަން އެގައުމުތަކުގެ ސަރުކާރުތަކަށް ވިސްނައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެދަނީ ކުރަމުންނެވެ.

ދިވެހި ސިފައިންނާއި ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަންގައި ވެސް ތިބީ ޓެރަރިސްޓުން ކަމަށް ދައްކައިދީގެން ނަޝީދު ހާސިލްކުރަން ބޭނުންވާ އިތުރު މަޤުޞަދެއް ވެސް އެބައޮތެވެ. އެއީ ރާއްޖޭގެ އެންމެ މުހިންމު މުއައްސަސާތަކުގައި ނިރުބަވެރިން (ޓެރަރިސްޓުން) ތިބުމުގެ ފުރުސަތު ތަނަވަސްކޮށްދެނީ ރައީސް ޔާމީން ކަމަށް ބައިނަލްއަޤުވާމީ ދުނިޔެ އަށް ދައްކައިދީގެން ރައީސް ޔާމީންގެ ސަރުކާރަށް ޕްރެޝަރު ކުރުމެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިނުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް މައްސަލައެކެވެ. ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އަދި ނިސްބަތުން މުސްލިމުންގެ އާބާދީ ކުޑަ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އެމައްސަލަ އެބައޮތެވެ. މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނޭޝިއާ އާއި އަރަބި ގައުމުތަކުގައި ވެސް އެމައްސަލަ އެބައޮތެވެ. އަދި މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އެމައްސަލަ އެބައޮތެވެ.

ނަމަވެސް ނަޝީދުގެ ވާހަކަތަކުން ދޭވަނީ ދީނީ ހަރުކަށި ޚިޔާލު މުލުހުން ލުހެލުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހާލަތުގެ ނާޖާއިޒު ފައިދާއެއް ނަންގަވައިގެން އެމަނިކުފާނުގެ މަދަދުވެރިން ބޭނުންވާ މަންޒަރެއް ރާއްޖެއިން ދައްކަން ކަމެވެެ.

މިއަދު ރާއްޖޭގެ މުހިންމު މުއައްސަސާތަކުގައި ތިބީ ޓެރަރިސްޓުން ކަމަށް ނަޝީދު ވިދާޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ލިބޭނެ ގެއްލުމެއް ނޫނެވެ. ޔާމިނަކީ ދައުރު ހަމަކުރުމަށް ފަހު މާދަމާ ވެސް ވެރިކަމުން ދުރަށް ވަޑައިގަންނަވަން ހުރި ބޭފުޅެކެވެ. މިއީ ރައީސް ޔާމީންގެ ގައުމެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ގައުމެކެވެ.

މިއަދު ނަޝީދު ދައްކާ ވާހަކަފުޅުތަކުން ނިކުންނަ ނަތީޖާތަކުގެ ނުބައި އަސަރު ކުރާނީ ދިވެހި ރައްޔިތުންނަށެވެ. ދިވެހި ޕާސްޕޯޓަކީ މިއަދު ކޮންމެ ގައުމަކުން ވެސް އެންމެ އިތުބާރު ކުރާ އެއް ޕާސްޕޯޓެވެ. އެއްވެސް އެއާޕޯޓަކުން ދިވެއްސަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެމީހެއްގެ ވަނަވަރު ޗެކެއް ނުކުރެއެވެ. ދިވެހިންނަށް ބައިނަލްއަޤުވާމީ އެއާޕޯޓްތަކުގެ ކައުންޓަރުތަކާއި ގައުމުތަކުގެ ބޯޑަރުތައް ހުރަސް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

ނަމަވެސް ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވަމުން އެގެންދަވާ ވާހަކަފުޅުތަކުގެ ނަތީޖާ އަކަށް ވެގެން ދާނީ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުން ދިވެހިންނަށް ބޮޑު ތުރާލަކަށް ވެގެން ދިއުމެވެ. ކޮންމެ ދިވެއްސަކީ ކޮންމެ އެއާޕޯޓެއްގައި ދެތިން ހަަތަރު ގަޑިއިރު ވަންދެން މަޑުކޮށް ބަލައި ފާސްކޮށް އޭނާގެ ހުރިހާ މައުލޫމާތެއް އެގައުމެއްގެ އިމިގްރޭޝަން އޮފިސަރުންނާއި ހިއްސާ ކުރަން ޖެހޭ މީހަކަށް ވެގެންދާނެއެވެ.

އެހެންކަމުން ސިޔާސީ މަންފާއެއް ހޯދުމަށް ވެސް، ހުޅަނގުގެ އެހީތެރިންގެ ހިތް ރުއްސަން ކަމަށް ވީނަމަވެސް ރައީސް ނަޝީދު އެހިންގަމުން ގެންދަވާ އަމަލުތަކުގެ ގެއްލުން އޮތީ މުޅި ގައުމަށެވެ. ހުރިހާ ދިވެހިންނަށެވެ. އެގެއްލުން ކުރިއަށް އޮތް ޖީލުތަކަކަށް ކުރާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ދުވާފަރު މީހާ

    ތިކަހަލަ ވާހަކަ ދައްކާނީ ހުންނަ ލަދު ހަޔާތްކުޑަ ކަމުން، އޭނާ މިހެން ވެސް ބުނި " އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ހޯދާފަ ފުލުހުންނާ ތަޅަން،"

  2. ވަރަށް އިބްރަތްތެރި ވާހަަކަ ފުޅެއް.

  3. ވޮއިސް އޮފް ހުވަދޫ

    ގައުމެއްގައި ވެރިކަން ކޮށްފަ ތިބޭ މީހުންނަކީ އެ ގައުމެއްގެ ކަރާމާތާއި އަބުރު ހިފަހައްޓަންޖެހޭ ބައެއް ، ހަގީގީ ލީޑަރުން ނަކީ ގައުމު އޮރިޔާން ކުރާ ބައެއް ނޫން ،ސިޔާސީ ވަކި ބޭނުމަކަށް ގައުމު އޮރިޔަން ކޮށް ، ބޭރު ދުނިޔޭގައު ގައުމު ގެ އަބުރު ކަތިލުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ، އަހަން ނަކީ އެމް ޑީ ޕީ މީހެއް އެކަމަކު މިކަލޭގެ އަމަލުތައް މިހިރަގޮތުން އެމް ޑީ ޕީ ދެކެ ފޫހި ވެއްޖެ ، ނިކަމެތި ރައްޔިތުން ހަނާ ކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ، ކަލޯ ތިޔަދައްކާ ވަހަކަ އިން ލަދުން ބޯހަލާ ކު ؟ ގައުމަށް ކުލީސިފައިން ގެނެސް ގައުމު ސުންނަފަތި ކޮށް ލުން ، އައި އެސް ، ކަލޯ ހަމަތަ! މަށަށް ހީވަނީ މިއީ ވެލެޒީނީގެ ފިރިހެން ވައްތަރު ހެން ،،

  4. މިނާހުރިތަނެއްހޯދައި ދިވެހިން އެބަޖެހޭ މީނާއާމެދު ގޮތެއް ނިންމަން

  5. މި ބޭ ކުރިން ދެއްކި މި ޒާތުގެ ވާހަކަތައްވެސް ވީ ހަމަ ތެދަކަަށް! އެއީ މި ބޭގެ އިންޓެލިޖަންސް މީހުން މިހާރުވެސް އަސްކަރިއްޔާ ތެރޭގައި މަސައްކަތް ކުރާތީ ކަމަށް ބޮޑަށް ބެލެވެނީ! ދެން ބޭރުގެ އިންޓެލިޖަންސް އެޖެންސީތަކުން މި ބެޔަށް މައުލޫމާތު ފޯރި ކޮށްދީ ހަދާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ!

  6. ތި ޚާއިނުގެ ނަމުގެ ކުރިޔަށް "ރައީސް" ނުލާން ވެެއްޖެއެއްނޫން!!!
    ޥެރިކަމާހުރެ ހަމަ ބޫތުކައިފަ!!

  7. މިނުބައި ނުލަފާ ކަލޭގެ އިސްލާހުކޮށްދެއްވާ އިސްލާމްދީނުގެ ތެދުމަގު މީނާއަށް ދައްކަވާފާނދޭވެ!!! އާމީން!! އަދި މިކަލޭގެ އިސްލާހުނުވެ އަދި ތައުބާ ނުވެއްޖެނަމަ މީނާ މިދިވެރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އަދި އިސްލަމްދީނުގެ މަތިވެރިކަމަށްޓަކައި މީނާ މިދުނިޔެއިން އިބައިލާހުގެ ހަޒުރަތައް ގެންދަވައި ފާނދޭވެ!!! އާމީން!!

  8. ތިޔައިން އެއްވެސް ވާހަކައެއްމިއަދު ރީންދޫކުލަޖެހިފަ ތިބި މީހުންގަބޫލް އެއްނުކުރޭ. އެއީ ކެވިފާހުރި އެއްޗެއްގެގޮތުން ޖެހިފަ ހުރިބައްޔެއް. އެބަލީގެ ބާވަތުން އެރަންގަޅުކުރެވޭނެ ގޮތެއްނެތް.

  9. މި ނަޝީދަކީ ދިވެހި ދެމަފިރިއަކަށް ލިބިފައިވާ ބޮޑު ޝައިތާނެއް.މީނާގެ ކިބައިން ހުރިހާ ދިވެހިންނާއި ދިވެހި ޤައުމު ސަލާމަތްކުރައްވާށި.

  10. ދިވެއްސަކައް ވީތީ ދީނައް އުޅޭތީވެ ގައުމުތަކުން ޗެކް ކުރޭ. ފިރިހެންކުޅި ކުޅޭ މީހުން ތަގަރި ތަޅަން ރާބޯން ޒިނޭ ކުރަން ހަށި ވިއްކަންދާ މީހުންނަކައް ނެތް ހުރަހެއް.

  11. ޤައުމީ ސިފައިން

    ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެކޭދޯ! ވީ ސެލިއުޓު ޔޫ ސާރ...

    • މިކަލޭގެ ކިބައިން މިޤައުމު ސަލާމަތްކުރައްވަވާތޯ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރަންވެސް ޖެހިއްޖެ. ޤައުމަށް ޖެހިފަހުރި ވަބާއެއް. ހިތްވަރުގަދަ ކަމުން ގޮސް އަބަދު ފަރަންޖީ ޔަހޫދީންގެ ތައްޕާހުގައި. ހިތްވަރުގަދަޔޯ.

    • މިކަލޭގެ ކިބައިން މިޤައުމު ސަލާމަތްކުރައްވަވާތޯ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރަންވެސް ޖެހިއްޖެ. ޤައުމަށް ޖެހިފަހުރި ވަބާއެއް. ހިތްވަރުގަދަ ކަމުން ގޮސް އަބަދު ފަރަންޖީ ޔަހޫދީންގެ ތައްޕާހުގައި. ހިތްވަރުގަދަޔޯ.

  12. ނަޝީދު ބުނީ ރަނގަޅަށް. މިތާ އުޅެނީ މުއްލާ ސިފައިންނާ ޓެރަރިސްޓު ފުލުހުން. އެކަން އެނގޭ ބަގާވާތް ކުރި ދުވަހު

  13. ނަސިދަށް އެގި ވަޑައި ގަތީ މިހާރުބާ ؟ ސަލާމަތީ ބާރު މިކިޔަނީ ހަގުރާމަ ކުރަން ދަންނަ ހަގުރާމަ ވެރިން ތިބޭ ގައުމީ ދިފާއީ ބާރަށް. އެތާގަ ތިބޭނީ މިލިޓްރީ ތަމްރިނު ހަދާފަ ތިބޭމީހުން. އިންޑިޔާ އާ އެމެރިކާ އާ އެކު ތަމްރީނުހަދާ ފަ ތިބި މީހުން. އެމީހުނަށް ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ހުރިހާކަމެއްއެގޭނެ .ސަލާމަތީބާރު ކިޔަނީ މިހެންވެ.

  14. މިކަހަލަ ޖައްބާރުން ޖެހޭނީ ހައްޔަރު ކުރަން ... މިއީ އާދައިގެ ރައްޔިތެއްނަމަ މިހާރު ހިފާ ހައްޔަރު ކުރާނެ. މީނަ ހައްޔަރު ނުކުރެވެނީ ކީއްވެބާ!!! ދިވެހިން ވިސްނާކަށް ނުވޭތަ އިސްލާމުންލައްވާ ޔަހޫދީން އިސްލާމުން މަރާލާ ފަދައިން މިދިވެހިބިން ވެސް ނޮވެންބަރު ތިނެއްގައި ކެނެރީގޭން ރާވާ މިގައުން 19 ދިވެހިން މާރާލިފަދައިން މިޤައުމުން ދިވެހިން މަރާ ހުސްކޮށްލަން....

  15. ދެން މީބޮޑުބަލަާވެރިކަމެއް މިކަލޭގެ ހަންނުދަމަނީސް ހުއްޓަެއް ނުލާނެ

  16. ނަޝީދު ނޫން މިޤައުމު ފިތުނަ ފަސާދަކުރާމީހަކީ. ކެނެރީގޭ ނަޝީދު މިތާގައި ހަގުރާމަ އިޢުލާން ކުރަން؟ ކަލެއަށް ވަރަށް ސަލާމް

  17. ލަގަބު ޓެރަރިސްޓް

    ޓެރަރިސްޓްގެ ލަގަބާއެކު 3 ކޯޓުން ހުކުމް ޖަހާފައި ހުރި ޓެރަރިސްޓަކަށް ދެން ތިބި އެންމެން ފެންނާނީ ޓެރަރިސްޓުންގެ ގޮތުގައި

  18. ކީއްކުރަންތަ ރ ނަޝީދު ތި ލޔަނީ ބާގީ ނަޝީދު ލިޔެބަލަ

  19. ނަޝީދު ނޫން މިޤައުމު ފިތުނަ ފަސާދަކުރާމީހަކީ. ކެނެރީގޭ ނަޝީދު މިތާގައި ހަގުރާމަ އިޢުލާން ކުރަން؟ ކަލެއަށް ވަރަށް ސަލާމް

  20. އެގޮތަށް ނަޝީދު ވާހަކަ ދައްކަނީ އިނގިރޭސިންގެ ރޭވުމެއްގެ ދަށުން ކަމަށް ވެދާނެ.

  21. .އެއީ ވާހަކަ ފަހެ އެކަން ނުކުރެވޭނެ. ޢެކަމަކު ތިޔަ ގޮތަށް ލިއުމަކީ ގޯހެއް. ޥަގެއް ނޫނީ މީހަކާ ދިމާލަށް އެ ކިޔައި ނުގޮވާނެ.

  22. ޢަބްދުﷲ މުޢާޒު

    މި ހުރިހާ ކަމެއް މިހެން ހުންނަކަން އެނގި ތިބެ، މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ގައުމަށް އެންމެ ފައިދާ ވާނީ ނަޝީދާއެކު މަސައްކަތް ކޮށްގެންނޭ. އަދި ޢަދާލަުގެ އެންމެ މަތިވެރި އުސްތާޛު ވެސް ވިދާޅުވީ ތިމަންނަމެން މި ތިބީ ކެނެރީގޭ މުޙައްމަދު ނަޝީދާއެކީގައޭ.

  23. ތީ ސިކުނޑި ހަމަ ނުޖެހެޔޭ މީހެއް އޭނާ ދައްކާ ވާހަކަ ލީޔާނީވެސް މޮޔައިން..

  24. އެއީ ހަތިޔާރު އުކުޅަށް ޖަހައިގެން ތިބޭތީ. އަންނިޔަށް އެވަރު ނޭންގޭދޯ؟ ބޯގޯހަރާމް ބޯހަލާކު.

  25. ފަޒީލް މުހައްމަދު

    މިގައުމުގައި ދިރިއުޅޭ އެމް ޑީ ޕީ އެއްވެސް މެމްބަރަކަށް ގެއްލުން ނުވާނޭ ކަމަށް ކެނެރިސްޓް ބުނަމުންދަނީ

  26. ރައީސް ނަޝީދޭ ހެޔޮނުވާނެ ނުލިޔެބަލަ. ދައްޖާލޭ ލިޔެބަލަ މިވަރުގެ ބޮޑުމުސީބާތެއް އާފާތެއް މިގައުމަކަށް ދިމަލެއްނުވޭ މިބަލާވެރިކަމާކީ ރާއްޖެއަށް ދިމާވި ޝިގައްލާއަށްވުރެ ނުރައްކާބޮޑު މުސީބާތެއް.