ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 32 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމު ކުރުމަށް ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ އާ ހަވާލުކޮށްފިއެވެ.

އެންމެނަށް ސާފު ބޯފެން ޔަގީންކޮށްދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީއާއި، ލޯނުގެ ދަށުން 32 ރަށެއްގައި ސާފުބޯފެން ރައްކާކޮށް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި ދާދި ދެންމެ ޝީބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ސޮއި ކުރެއްވިއިރު، "ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ" ގެ ފަރާތުން ސޮއި ކުރެއްވީ މުޙައްމަދު އެވެ. މިމަސައްކަތުގެ ޖުމްލަ އަގަކީ 133181471.01 ( ސަތޭކަ ތިރީސްތިން މިލިއަން އެއްސަތޭކަ އަށްޑިހައެއްހާސް ހަތަރު ސަތޭކަ ހަތްދިހަ އެއް ރުފިޔާ އެއް ލާރި) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެއްވެސް ރަށެއް ހޫނު މޫސުމުގައި ފެނަށް ނުޖެހޭ ވަރު ކުރުން ކަމަށާއި، ފެނުގެ ވިއުގަތައް ޤާއިމު ކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ވަރަށް އިސަކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. މި މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއުތައް ކަމަށާއި، ވަރަށް ބާރު ދުވެލީގައި މަސައްކަތް ގެންގޮސް ނިންމާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި 32 ރަށުގެ ތެރެއިން 25 ރަށެއްގައި ބޯފެނުގެ ވަސީލަތްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ، ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި އަނެއް 7 ރަށުގައި ބޯފެނުގެ ވަސީލަތްތައް ޤާއިމްކުރަނީ، އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ޖުމްލަ 104195004.71ރ (ސަތޭކަ ހަތަރު މިލިއަން އެއްސަތޭކަ ނުވަދިހަ ފަސްހާސް، ހަތަރު ރުފިޔާ ހަތްދިހަ އެއްލާރި) ޚަރަދުކުރާގޮތަށް "ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ" އާއި މަސައްކަތް ހަވާލުކުރެއްވި 25 ރަށަކީ، އއ.ހިމަންދޫ، އއ.ބޮޑުފޮޅުދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، ދ.ބަނޑިދޫ، ދ.މީދޫ ، ދ.ހުޅުދެލި، ތ.ވަންދޫ، ތ.ގާދިއްފުށު، ތ.އޮމަދޫ، ތ.ކަނޑޫދޫ، ތ.ކިނބިދޫ، ތ.ދިޔަމިގިލި، މ.ރަތްމަންދޫ، މ.ވޭވަށް، މ.ނާލާފުށި، ގއ.ނިލަންދޫ، ގއ.މާމެންދޫ، ގއ.ކޮނޑޭ، ގދ.ނަޑެއްލާ، ގދ.ހޯޑެއްދޫ، ގދ.ފިޔޯރީ، ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާއެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ 25 ރަށުގައި ވާރޭފެން ރައްކާކުރާ ޓޭންކްތަކާއި، އެފެން ފިލްޓަރކޮށް ޑިސްއިންފެކްޓްކުރާ ޔުނިޓްތަކާ މި ޔުނިޓްތައް ބޭނުންކޮށްގެން ސާފުކުރެވޭ ފެން ރައްކާކުރާނެ ޓޭންކްތައް ބެހެއްޓުމާއި، ސާފުފެން ޢާންމުންނަށް ފޯރުކޮށްދޭނެ ވަސީލަތްތައް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ.

ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ސާފު ބޯފެން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 28986466.30 (އަށާވިސް މިލިއަން ނުވަސަތޭކަ އައްޑިހަ ހަހަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަރުފިޔާ ތިރީސްލާރި) ޚަރަދުކުރާގޮތަށް "ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ" އާއި މަސައްކަތް ހަވާލުކުރެވުނު 7 ރަށަކީ، ހދ.ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. މަކުނުދޫ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ އަދި ރ. މާކުރަތު އެވެ. މި ހަތް ރަށުގައި ލޮނުފެން މީރުފެނަށް ހަދާ ޕްލާންޓާއި، ފެން ރައްކާކުރާ ތާނގީއާއި އެއާއި ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝިމްލާލް

    އެންމެންގެ ވޯޓް ޔާމީނަށް! ދިވެހިން ކުރިއެރުމާއި ތަރައްޤިއާއި ފާގަތިކަން ބޭނުންވާނެ! ޔާމީންފަދަ ހިތްވަރުގަދަ ޤާބިލް ވެރިއެއް ދެން ނުފެންނަނެ! އެންމެންގެ ވޯޓް ޔާމީނަށް އިން ޝާ އަﷲ.

  2. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. ނިހާދު

    ހަބޭސް ޔާމީން ގައުމާގެން ކުރިއަށް މަގޭވޯޓް ޔަގީން

  4. ލ

    ލ.ޢަތޮޅު އެއްވެސް ރަށެއް ނުހިމެނޭތީ ހިތާމަ ކުރަން އަދި ލ އަތޮޅު ރައްޔިތުންނަކީ ދިވެހިންނެއް ނޫންތޯ