ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފ.ނިލަންދޫ ބަނދަރު ސަރަޙައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް އަތްދަބަސް ތެރޭގައި އޮތް ޝޭމްޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު