ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފިއެވެ.

މާލެ ގެނެސް އަދީބު ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. ނަމަވެސް އޭނާ ޑޮކްޓަރަށް ދެއްކި ސަބަބެއް ސާފެއް ނުވެއެވެ. މި މަހުގެ ފަސްވަނަ ދުވަހު ވެސް ޑޮކްޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފައިވެއެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އަދީބު އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި އަދި ކިޑުނީގައި ހިލަ އުފެދުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނައި ހަވާލާދީ އާއިލާއިން އަންނަނީ ބުނަމުންނެވެ. ގްލޮކޯމާއަކީ ލޮލުގެ އެތެރޭގައި ޕްރެޝަރު ބޮޑުވުމަށް ކިޔާ މެޑިކަލް ނަމެކެވެ. އެގޮތަށް ދިމާވުމުން ލޮލާ ސިކުނޑިއާއި ގުޅިފައި ހުންނަ އޮޕްޓިކް ނާރަށް ގެއްލުންވެ ފަރުވާ ނުދެވިއްޖެ ނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެއެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިޔަ ނުރައްކާތެރި ބަލި ޖެހިފަ ހުންނަތާ ވީހަ ދުވަހެއް ވީ އަދިވެސް ސިއްހަތު ރަގޅު! އެކަމަކު އާއިކލާއިން ބުނަނީ މިހާރުން މިހާރަށް ފަރުވާ ނުކުރެވިއްޖިއްޔާ ލޯ އަދިރިވާނެ އޭ ކިޑްނީ ފެއިލް ވާނެއޭ! ބައްލަވާ އިތުރުފުޅެކޭ ތިޔަހައްދަވަނީ

  2. ލާލަ

    ހިލައެއްނެތް. އެއީ ހަމަ ދޮގެއް.