ކ. ހިންމަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހިންމަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި ކަމަށް، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 23:45 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން، ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، 21 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމީހާ ދިރިއުޅޭގެ ބަލައި ފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 2602 ޑޮލަރާއި 29958 ދިވެހި ރުފިޔާ އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލިބެ

    ވޯޓް ލާންވީމާ، މިހާރު ރަށްރަށުގައި ރުފިޔާ ބަހާމައްސަލަވެސް ބަލަންވެއްޖެ، ބޮނޑިބޮނޑި ހިފާއިގެން، އުޅޭކަމަށް ވަނީ، ނައިފަރު ހިނނަްވަރުގައިވެސް............ އިދިކޮޅުން...........

  2. ޓިނުބެ

    ޙަލާލު ގޮތުގަ ހޯދާފަ ހުރި ފައިސާތަ ގެއްލުނީ.. ވަރަށް ވާހަކަ މީ ..