މަގުމަތިން ސަރުކާރު ވައްޓާލުމުގެ މަޤުޞަދުގައި މިރެ އާއި މާދަމާ މާލޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން އެބައުޅޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށް ހަމަނުޖެހުން ހިންގާ މަރާމާރީތައް ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"ދައުލަތާއި އަމިއްލަ މީހުންގެ މުދަލަށް ގެއްލުން ދިނުމަށް އެކި ފަރާތްތަކަށް ފައިސާ ދީގެން ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހަސަން އަހްމަދު ރ.އަލިފުށި ހަޒާރީގެ، އިލްޔާސް ލަބީބް ސ.ހިތަދޫ ބްލޫ ސްކައި، އަހްމަދު ޝާހިދު (ސާބެ) ޗަނބޭލިގެ، ހުސެއިން އިލްހާމް ގ.ހެޕީ ސައިޑް ކަމަށެވެ.

ޤާނޫނާއި ހިލާފު ކަންތައްތައް ކޮށް މާލޭގައި ހަމަނުޖެހުން ނުހިންގަން މީގެ ކުރިން ވެސް ފުލުހުން ވާނީ އިލްތިމާސްކޮށްފައި ކަން ޝިފާން ފާހަގަ ކުރެއްވެވިއެވެ.

"ހަމަނުޖެހުންތައް ހިންގުމުގައި ޝާމިލްވާ މީހުންނާއި ރާވާ ހިންގާ މީހުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މާލޭގައި ބޭއްވި މުޒާހަރާތަކުގައި ފުލުހުން އެންގި އެންގުތަކަށް އިޙްތިރާމްކޮށް ފުލުހުން އެދުނު ގޮތައް އަމަލުތައް ބަހައްޓާފައިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

"ރާއްޖެއަކީ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ފަސް ނުޖެހި ކުރަމުން ދާނެ. ފުލުހުން މި ގައުމުގެ ގާނޫނުއަސާސީ ނަގަހައްޓައި ގާނޫނުއަސާސީގެ ތެރެއިން ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި އެހެނިހެން ކަންކަން ދެމެހެއްޓުމަށް ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ވާޖިބުތަކެއް ކުރިއަށް ގެންދާނަން،" ޝިފާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިސްމާޢީލް

    އެމީހުންގެ ނަންތައްވެސް ޢާންމުކޮށް ފަލީހަތް ކޮންލުންް ރަނގަޅުވާނެކަމަށް ފުލުހުންނަށް ދަންނަވަން. ރައްޔިތުންނަށް އެވަރު ބޮޑު ގެއްލުމެއްދޭން ރާވާ ބައެއްގެ އެއްވެސް ޢިއްޒަތެއް އަބުރެއް ނޯންނާނެ.

    • ނަން

      ކޮންފްރެންސްގައި ނަން ހާމަ ކޮއްފައިވަނީ

  2. ފުނޑާ

    ކޮންބައެއް ތިކަންކުރަނީ؟ އަމްރިޝްޕޫރީ ފިލްމުތަކުން ކުރުވާ ކަހަލަކަމަކާ ވައްތަރީ.

  3. މަންޖެ

    ޢަލިފާނޭ!ކަލޭމެން ކުރާކަމެއްތީ! މީހުން ބޮލުގަ އަޅުވަން

  4. Anonymous

    އަދުރޭ ދޯ ބުނީ

  5. ައަލީ

    ހާދަމޮޅޭ ސިފާން . ބޯހަލާކު

  6. ޑޭންޖުރެސް

    މާލޭގައި ހުޅު ޖަހަން ދަނީ ބަޔަކު ރާވަމުން ކަމަށާއި އަދި އެތަނުން 4 މީހަކު ފުލުހަކު ވަނީ ހައްޔަރުކޮށްފައި ނަމަ ތިޔާ ކަމަކީ އެއީ ވަރަށް ސީރިއަސް ކަމެކޭ ތިޔާ ވާއީ މެން ކްރޭޒީ ވެގެން ބަލަނީ މަމެންގެ ވެރިކަން ވަައްޓާލެވޭނީ ކިހިނެއްތޯއޭ. އެމެންގެ ރަންރީނދޫ ޓްވިޓަރޭ މެންގެ ވެސް އަތެއް މީގައި ވޭތޯ ބަލަން ޖެހޭނެއޭ. އެމެން ތަކުރާރު ކޮށް މަމެންގެ ކޮމެންޓްސް ތަކަށް ވެއްޓެނީ ވެއްޓެނީ ވެރިކަން ވެއްޓެނީ އޭ އެކިޔަނީ އެއީ އެމެން މިޒާތުގެ ޓެރެރިސްޓް އަމަލު ތައް މާލެ ތެރޭގައި ހިންގަން ރާވާތީ ނޫންތޭ. އެއީ މަމެންނަށް ޔަގީނުން ވެސް އިނގޭ ކަމެކޭ. ދޭ އާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  7. އާބެ

    ސާބަހޭ! ދިވެހި ފުލުހުން. ތިވަރެއްނެތް. ދެރައީ މީހުން ވަގައްނަގާ ، މީހުން މަރާފަތިބި މީހުން ނުހޯދޭތީ. މުޒާހަރާއެއް ގާތްވާއިރަށް ހުޅުޖަހާ. ބޯހަލާކު!

  8. އައިއެފް

    ބުނަންތަ ރަގަޅުވާހަކައެއް. ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނު ރަގަޅުވާނެ ޕީޕީއެމް ޑީފެކްޝަނުގެ އޮފީހުގައި ޖެނެރަލް ޢަބުދުރަޙީމާއެކު ޕުރެޝްޚުތުބާއެއް ދެއްވިއްޔާ. އޭރުން ތިޔަ ދެއްވާ ޚުތުބާތައް ރައްޔިތުންގަބޫލުކުރާލެއް ފަސޭހަވާނެ.

  9. މާހިރު

    8 ފެބްރުއަރީގަވެސް ހުޅުޖެހީވެސް ފުލުހުންތަ؟ ކަލޯމެން ބަގާވާތް ކުރަން އުޅެނިކޮށް ފަޅާއެރީމަ އެއްގޮތް ނުވިއްޔާ އަނެއްގޮތަކުންވެސް ކަމެއްވޭތޯ ބަލަނީ.

  10. ހަބޭސް

    އަޅެފަހެ ޤައުމުއަންދާ ފަނާކޮށްފައި ދެންވާ ވެރިކަން ކުރަން އެރާވަނީ ކޮންތާކުތަ މައިބަދަ ރަގަޅުވެގެން އަންނަހިތުން އެއުޅެނީ އަވަހަށް ވެރިކަމާޙަވާލުވާންތަ

    އާދޭ އަދޭ އަވަހަށްއާދޭ
    ވެރިކަން މިއޮތީ ކޮށްލަން އާދޭ
    އާދޭ އަދޭ އަވަހަށްއާދޭ
    ޖަލުކޮޅި މިހުރީ ހުޅުވިފަ އާދޭ

  11. ބާބޫ ނާޒް

    އެމްޑީޕީ މީހުންނަކީ އަބަދުވެސް އަލިފާނާކުޅޭ ހިތްވާ ބައެއް އެމީހުންނަކަށް ހަމަނިދި ނުލިބޭނެ އެއާއި ނުކުޅެ.

  12. ޥެރިކަން

    "ވަގުތު" ކޮބާ މަގޭ ކޮމެންޓް؟؟؟

  13. ނަސީދު

    ކޮއްމެރެއަކުވެސް ހަމަނުޖެހުން ހިންގާ ގޭދޮރުމަތީގައި ނުހުރެވޭ ކޮއްފާ ގަޅުވާ ގެޔައް ވައްދާން ބަޔަކު މާލެ މަގުތަކުގައި އުޅޭވަރުން

  14. ނުރަބޯ

    ހަމަނުޖެހުން ހިންގައިގެން ވާނެ އެއްވެސް ކަމެއް އިންޝާﷲ، ނޯންނާނެކަން އިދިކޮޅު ބާޣީން ދަންނަން ޖެހޭނެ. އެމީހުން ބޭނުން ވަނީ ގައުމު ތަރަށްގީކޮށް ހެޔޮބަދަލު ގެންނަމީހާ ހައްޔަރުކޮށްފަ ގައުމު ނިކަމެތިކޮށް ބިކަކޮށް ދަރުވާލި މީހާ އަށް އަލުން ގައުމު ޙަވާލުކުރާށެވެ. އިންޝާﷲ އެކަމެއްނުވާނެ އެވެ.