މާލޭގެ ހަމަޖެހުން ނަގާލާ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ޚާއްސަ އޮފަރޭޝަންއެއް ފަށައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސް ކޮންފަރެންސެއްގައި ފުލުހުން ވިދާޅުވީ ހަމަނުޖެހުން ހިންގަން ރާވާފައިވަނީ މިރެޔާ މާދަމާ ކަމަށެވެ.

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ސިޔާސީ ފަރާތްތަކުން އަމިއްލަ މަންފާއެއް ހޯދުމަށް ދިވެހި ރާއްޖޭގެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަގުމަތިން ބަދަލު ކުރުމުގެ ނިޔަތުގައި ބަޔަކު މީހުން އިސްނަގައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވުމާއި، ފުލުހުންގެ ވާޖިބުތަކަށް ހުރަސް އަޅަން ހިތްވަރު ދިނުމާއި، މާލެ ތެރޭގައި ހަމަނުޖެހުން އިތުރު ކުރުމަށް މާލޭގެ ތަންތަނުގައި އަލިފާން ރޯކުރުމާއި، ދައުލަތާއި އާއްމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަދި އެކި ފަރާތްތަކަށް ފައިސާ ދީގެން މާރާމާރީ ހިންގުމަށް މަސައްކަތްކޮށް މާލެ ތެރޭގައި އަމަން ނަގާލާ ބިރުވެރިކަން އުފެއްދުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"އަޅުގަނޑުމެން މި ކަންތައްތަކާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. އަދި ހާއްސަ އޮޕަރޭޝަންއެއް ކުރިއަށްގެންދާކަން އަޅުގަނޑުމެން ފާހަގަކޮށްލަން". ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ހަމަނުޖެހުން ހިންގައި އަމަންއަމާންކަން ނަގާލައި ހުޅުޖަހަން ރާވާ އިތުރު ބަޔަކުވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ހުއްޓުވުމުގެ މަސައްކަތް ގާނޫނުގެ ތެރެއިން ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަދު

    މިހާތަނައް ކަޅުތެޔޮޖެހުމާ ތަންތަނުގެ ބިއްލޫރި ތެޅުމާ ތަންތާ ރޯކުރީ ކޮންބަޔެއްބާ؟

  2. މަހަށްދޭބަލަ

    މާލޭގައި ހުޅުޖަހަން ބަޔަކު ދަނީ ރާވަމުން ކަމަށްވާނަމަ އެކަމަކީ އެއީ ސީރިއަސް ކޮށް ބަލަން ޖެހޭނެ ކަމެކޭ މަމެންނަށް މިޒާތުގެ ކަންކަން މާލޭގައި ހިންގަން އެމެންނަށް ފުރުސަތެއް ނުދެވޭނެއޭ އެމެން އުޅެނީ އެއީ ކްރޭޒީ ވެގެންނޭ އެމެން ގެ ބޮޑު ބޭބެ އަަށް ރާއްޖޭގެ ރައްޔިތުން ވެރިކަން ނުދޭން އުޅޭ އިރު ވެސް ގަދަ ކަމުން ކޮންމެހެން ޖެހޭތޭ އެކަލޭގެ އަށް ރާއްޖޭގެ ވެރިކަން ދޭން ނުޖެހޭނެއޭ ދޭން އޭނާ ޖެހޭނީ މަހަށް ދާން އޭ މަހަށް މަަހަށް މަހަށް ދޭބަލަ ދެން. ރަންރީނދޫ ޓްވިޓަރޭ ވެސް މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

    • ބެރީ ސަމްލާ

      ޙަމަނުޖެހޭ ދެކޮޅުނުޖެއްސޭ ތާކުންތާކުނުޖެހޭ ކޮސް ވާހަކަ ނުދައްކާ. މިއަދުދެކެމުން މިދަނީ ޕީޕީއެމުން އިސްނަގައިގެން ކުރިބަޣާވާތުގެ ހިތިރަހަ. މިކަން ނިމޭނީ ޔާމީން އަޖަލު ކުރެވޭ ހިސާބުން. ދެން މިކަަމަކަށް މާގިނަ ވަގުތެއްނެތް. ޜައްޔިތުން ބުނަނީ ޔާމީން އަށް ނަުނެކޭ. ޕީޕީއެމްގެ ޓުވިޓަރޭމެނަށް ބުނެލަން ބޭނުންވަނީ ވީ ނީޑްއަ ޗޭންޖްއޭ. ޢަވުސަމް މޯލްދިވިސް ނޯނީޑް ކޮރަޕްސަން ގައިޒް ލައިކް ޔާމީންއޭ.
      ޙީ ހާ ހޫ ހޭ ހައެ ހައެ ހާހޫން.