ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޭސް ފޯރުކޮށްދެމުން އަންނަ މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފުންނަށް އެ ކުންފުނީގެ ފިިރިހެން މުވައްޒަފުންގެ ފަރާތުން ހާއްސަ ސަޕްރަައިޒެއް ދީފިއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަހާއި ގުޅުވައިގެން މި ސަޕްރައިޒް އަންހެން މުވައްޒަފުންނަށް ދީފައި ވަނީ، އެ މުވައްޒަފުން ހެނދުނު އޮފީހަށް ދިޔަ ވަގުތުއެވެ.

މޯލްޑިވް ގޭސް އިން އަންހެނުންގެ ދުވަސް ފާހަގަ ކުރުން – މޯލްޑިވް ގޭސް
މޯލްޑިވް ގޭސް އިން އަންހެނުންގެ ދުވަސް ފާހަގަ ކުރުން – މޯލްޑިވް ގޭސް

އެ ކުންފުނީގެ ފިިރިހެން މުވައްޒަފުންގެ ފަރާތުން ހާއްސަ ސަޕްރައިޒެއް ދިނީ އެ މުވައްޒަފުންގެ ފަރާތުން ދިން ހާއްސަ ހެނދުނު ސަޔަކާއިއެކުއެވެ. އަދި ކޮންމެ އަންހެން މުވައްޒަފަކަށް ފިނިފެންމަލެއް ވަނީ އަރުވާފައެވެ.

އަދި މީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ކުންފުނީގެ ފަރާތުން ހާއްސަ ހަދިޔާއެއްވެސް ވަނީ ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުބުނާނަން

    އަަހަރުން ވެސް އުޅެނީ ސަރުކާރު އޮފީހެއްގަ.
    ކަނބަލުންގެ ދުވަހޭ ކިޔާފަ އެތާގަ އެއްވެސް ކަމެއް ނެތް...
    އޮފީހުގެ ފަރާތުން ރާވާ ހިންގާ "ގިނަ" ކަންކަމުގައި އޮފީހުގެ "ބައެއް" ފިރިހެން މުޥައްޒަފުންގެ އެއްވެސް ބައިވެރިވުމެއް ނޯވޭ. ނުވިތާކަށް ވެރިޔަކަށް ހުންނަ މީހާއާއި ދިމަލަށް އެމީހުން އެއްވެސް ޖެހިލުމެއްނެތި އެބަބުނެލާ "މަ ނުދިޔަސް ތިކަން ކުރަން މީހުން ތިބޭނެޔޭ"
    މިވަހަކައަށް ފަހު ދަންނަވަންތޯ؟؟؟؟
    ވެރިންގެ ތެރެއިން އެއްބެފުޅަކު ވާހަކަފުޅު ދައްކަވާއިރު މުޥައްޒަފުންނަށް ނިސްބަތްކޮށް ވަރަށް ހުތުުރު ބަސް ބަސް ބޭނުން ކުރޭ.....
    މިއީވެސް މި މުޖުތަމަޢުގައި އަންހެން ކަނބަލުންނަށް ދެވިފައި ހުންނަ މަޤާމް.
    ޝުކުރިއްޔާ ޤައުމު. އއވ.