ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އެކު ރޭ ޖަލްސާއެއް ބާއްވަވާ، އިލްމުވެރިންގެ ބަސް ރައްޔިތުންނަށް އިއްވުމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ޝަހީމަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ މިސަރުކާރަކީ އެންމެ ގިނަ ނައިބު ރައީސުން އައްޔަންކުރި ސަރުކާރު ކަމަށާއި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ އެމަނިކުފާނު ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާނެތީ ކަމަށެވެ.

"ނައިބު ރައީސްގެ މަގާމުގައި ބޭފުޅަކު ބެހެއްޓެވުމަށް، ރައީސް ޔާމިން ބޭނުންފުޅު ނުވާނެ ނައިބު ރައީސަކު ބަހައްޓަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާނެ, ރަނިން މޭޓްކަން ނޫނީ ނައިބު ރައީސްކަން ލިބޭ ތަނުން އަޅުގަނޑަށް ހީވަނީ އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޔާމިންއަށް އޮތީމަ ހެން މިރަނިން މޭޓުގެ ޗޮއިސްއަކަށް މިވީ" އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތު މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވޭއިރު، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަކީ ނިރުބުވެރިނަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.

ކޯލިޝަންގެ ސަރުކާރުގައި އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތު ފެންނަން އޮންނާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ރައީސް ޔާމީންގެ މި ދައުރުގެ ތެރޭގައި ދީނޭ ކިޔައިގެން ދެއްކީ ހަގީގަތެއް ނެތް ހޮޅި ވާހަކަތަކެއްކަން ސާފުވެގެން ހިނގައްޖެކަމަށާއި ދީނުގައި އޮންނަނީ، މީހުންގެ މުދަލަށް ރައްކާތެރިވުމާއި، އަމާނާތްތަކަށް ރައްކާތެރިވުންކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޒާހިރުގެ ބަހުގެ ހަމަލާތައް ޝަހީމަށް އަމާޒުވި އިރު ރޭ އޮތް ޖަލްސާއެއްގައި ޝަހީމް ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ދީނީ މެނިފެސްޓޯ އަށް ފާޑުވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މެނިފެސްޓޯގައި ލިޔެފައި ހުރީ މިހާރު ސަރުކާރުން ކޮށް ނިންމާފައިވާ ނުވަތަ ނިންމަމުން ގެންދަވާ ކަންތައްތައް ކަމަށެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ރޭ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެބޭފުޅުންގެ ތާއިދު އޮތީ ރައީސް ޔާމީނާއި ޝަހީމަށް ކަން ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ގަމާރު ޒާހިރު

    ލަދެއް ނުގަނޭތަ ޝަހީމް ކިޔައިގެން ވާހަކަ ދައްކަން ކޮބާ ލަދު ހަޔާތް ކަލޭއާ ކުފޫ ހަމަވާ މީހުންނަށް ބަހުގެ ހަމަލާ ދީބަލަ

  2. ކިބޫ

    އޭބަލަގަ ޢަލީ ޒާހިރޫ ކަލޭ މޮޔަފުޅުވީތޯ މިޤައުމުގަ ހުޅުޖަހާ ފަސާދަކުރާ ޕާޓީއަކާ ޤައުމު ޙަވާލުކުރާކަށް ބޭނުމެއްނޫން އިބުލަކަށް ވޯޓެއްނުދޭނަން ދެން ލަލަލާ

  3. ފަގީރުކޮޔެ

    ރޫހާނީ ލީޑަރު ބުނަނީ ޕާކިސްތާނުން ކިޔަވި ކުދިންނަކީ ޓެރަރިސްތުންނޯ. އެއީ ތެދެއް ތަ

  4. ނަވްފަލް

    ސަޅިކޮށް ބޮޑުކޮށް އިންތިޚާބުކުރާނީ ރައީސް ޔާމީން އިން ޝާ އަﷲ!

  5. ސަޒާ

    މިސަރުކާރުން ދީނޭ ކިޔައިގެން ދެއްކީ ހޮޅި ވާހަކަ ކަމަށް އަލީޒާހިރު ބުނާއިރު އޭނާ އެހަދަނީ ރަށްޔިތުންނައް އޮޅުވާލަން ދޮގުކަން އަލީ ޒާހިރުގެ ޒަމީރުވެސް ޤަބޫލުކުރާނެ. އަލީ ޒާހިރު ތިބުނަނީ އަލީ ޒާހިރުއާ ސެއިހު އިލްޔާސާ ދެމީހުންނޫން އެހެން އެންމެން ހަދަނީ ދޮގޭތަ. އަމިއްލަ އެދުން އިސްކުރިޔަސް ތީ ދެން ބޮޑުވަރުދޯ. މި ގައުމުގަމިތިބީ މޮޔައިންނެއް ނޫންވިއްޔާ އެންމެންނަށް ސާފުކޮށް ފެންނަން އެއޮތީ އެމް.ޑީ.ޕީ ވެރިކަމުގަ ދީނާ އިދިކޮޅަށް ހިންގި ހަރަކާތް. ރައީސް ޔާމިން ދީން ހިމާޔަތްކުރަން ކުރި ކަންތައް

  6. ލީ

    ތިހެން ލިއުނެއް ކަމަކު އަހަރުމެން ޔާމީން އަކަށް ވޯޓެއް ނުލާނަން.

    • Anonymous

      ކާކު ތަ ބުނީ ޔާމިން އަށް ވޯޓް ދޭށޭ..ކަލޭ ނުދިނޭ ކިޔާފަ ދެން ވީ ރޯންތަ..ލޯލް

  7. ރަޝީދު

    ހެހެހެހެ.... ޖަޒީރާއަށް ވެރިކަންލިބިއްޖެއްޔާ، ގިނަވެގެން 6 މަސް ތެރޭ ފައިސަލު ބޭރުކޮށްފަ ކޮއްމެވެސް ރޫހާނީ ލީޑަރު ބޭނުްނވާ މީހަކު ލާނެ ނައިބަކަށް.... އދާލަތަށް ޖެއްސުން ކުރަން ފެށުމާއެކު، އަމިއްލަޔަކށް ކޯލިޝަނުން ނިކުންނާނެ.... މަންޒަރު ވަރަށް ސާފު....

  8. ސަންގު ގެރި

    ތިއީ ދެން ކާކުތަ؟ ތިމީހާކިޔާއެއްޗެއް އަޑުއަހާނެ ބަޔަކު މިޤައުމަކު ނުތިބޭނެ! ލާރިކޮޅެއް ދޭއިރަށް ކޮންމެފަދަ ވާހަކައެއްވެސް ތިކަލޭގެ ދައްކަފާނެ!

  9. ޔާސިރުބެ

    ޢަލީ ޒާހިރޫ.... ކަލޯމެން އަދާލަތު ޕާޓީގެ ނަމުގައި ޕާޓީއެއް ހަދައިގެން، މިހާރު ތިޔަވަނީ ޢަދާވަތު ޕާޓީވެފަ. ތިޔައީ މިގައުމުގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ މީހެއް. ކަލޯމެންނަށް ކަމުދާނެ އެއްވެސް ވެރިކަމެއް ނާންނާނެ.

  10. ބޫސުފުޔާން

    ޢަލީޒާހިރަކީ ދުވަހަކުވެސްދައްކާވާހަކަ ދިމާވާމީހެއްނޫން ތިހުރީމިހާރުސައިޒުއޮޅިފާމޮޔަނުގޮވާހުރޭ

  11. ހަންބެ

    މިދުނިޔެމަތީ ލިބޭ މަތީ މަގާމެއްގެ ދަހިވެތިކަމުގަ އާޚިރަތް ވިއްކާލާނީ ހާދަ ނިކަމެތި މީހެކޭ. އަދާލަތު ޕާޓީ ހިމެނިގެން ޔޫރަޕްގެ އިއްތިހާދުގެ އެހީ ހޯދަން އެދުނު. އެހީގެ ބަދަލުގައި ޔޫރަޕު އިއްތިހާދު އެދުނީ މިގައުމުގަ ދީނީ މިނިވަންކަން. އެވަރަކުން އަދާލަތުގެ އިލްމުވެރިންނަކަށް ނުފުދޭތޯ؟ ދެތިން މީހެއް މަގާމުގެ ދަހިވެތިކަމުގައި އަދާލަތު ޕާޓީ ޔަހޫދީންނާއި ނަޞާރާއިންނަށް ވިއްކާލާއިރު އަދާލަތު ޕާޓީގެ އިލްމުވެރިންނާއި މެމްބަރުން ހިމޭނުން ތިބެންވީތޯ؟ އަދާލަތު ޕާޓީ އުފެދުނު މަގުޞަދު ހާސިލް ކުރަން ތެދުވަންވާ ވަގުތު ނުޖެހޭތޯ؟ ތިމާ ހެއްދެވި ފަރާތް ކުރިމައްޗަށް އެރޭ ދުވަހު، އިސްލާމީ އިލްމު ލިބިތިބެ އިސްލާމް ދީނުގެ ދިފާއުގައި ކުރި މަސައްކަތަށް ދޭނީ ކޮންޖަވާބެއްތޯ؟ މިޔެއް ނޫން ހަމަ އެކަނި އުޅެން އޮތް ދުނިޔެކީ

  12. އީމާން

    އިބޫ 1 2018

  13. އަންނި

    ކަލޭ ކިތަންމެ ރުޅިގަދަވެ ފާޑުކިޔަސް، އެއީ ޑރ ޝަހީމްގެ އަމިއްލަ ނިންމެވުން އެކަމުގަ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ކަލޭމެންހެން ފައިސާއަށް ނުވިކެންޏާ އެމީހަކީ އެއްވެސް މީހެއްނޫންދޯ؟

  14. އިބޫ

    ބޭފުޅާ މިހާރު ހަދަހަދައިގެން، ޚިޔާލަށް ފެންނަހާ އެއްޗެއް އެއީ ޙަޤީޤަތް ކަން މީސްތަކުންނަށް ތިޔަ ވިސްނަދެނީ ސިޔާސީ ބޭނުމަކަށް. ތިމާގެ ހިތަށް ފެންނަހާ އެއްޗެއް އެއީ ތެދުކަމަށް ހަދައިގެން ދެއްކުމަކީ ޙަޤީޤީ ދީނީ ޢިލްމުވެރިން ކުރާނެ ކަމެއްބާ! ތިބޭފުޅާ ޢަދާލަތުގަ ހުންނެވީ ކީއްވެތޯ؟ އެއީވެސް ދީނީ ޕާޓީއެއް ނޫން. ސިޔާސީ ޕާޓީއެއް.

  15. ޙަސަން

    ތިޔަ ޢަލީ ޒާހިރަކީ އަސްލެއްނެތް ބޭކާރު ބަސްތައް ގޮވާ އަނގަހާވާ ގޮތްކުޑަ ލަދުމަދު މީހެެއް. ލަދުގެ ކަންފުޅެެއްވެސްނެތް

  16. މަނާ

    ދެން މައިތިރި ހަދަންވީނު،

  17. ފާތިމާ

    އަލީ ޒާހިރޫ މިހާރުވެސް ތިތިބީ ފޭލްވެފަ ތިއުޅެނި އިބޫ ވެރިކަމަށް ގެނެސްގެން އިމްރާ ޖަލުން ނެރެވޭނެ ކަމަށް ތަ އެކަމެއް އިބޫ ނުކުރާނެ އަދި އިބޫގެ ޕަޕެޓް އެކަން ވިޔަކު ވެސް ނުދޭނެ އިންޝާ ﷲ އިބޫ މިވެރިކަމަކަށް ނާދެވޭނެ ބުނަންތަ! ގައުމަށް ހެޔޮ އެދޭ ބަޔަކު މިހާ އެމްޑީޕީ އަކަށް ތާއިދެއް ނުކުރާނެ . އެއީ ވަރަށް ބޮޑަށް ފޭލް ވެފަތިބި ބައެއް ކިހިނެށް ވެގެންތަ ތިއުޅެނި ރަޢީސް ޔާމީން ޒަޢާމަތުގަ މިވީ ކުޑަދުވަސް ކޮޅު ދިވެހި ގައުމު މިއޮށް ކުރިއަރާ ދަނީ ރައީސް ޔާމީން ވެރިކަން ކުރައްވަނީ އެބޭފުޅާގެ ޕާޓީ ކުދިން ކޮޅަކަށް އެކަންޏެއް ނޫ މުޅި ގައުމުގެ އެއް މެން ޝާމިލްވާ ގޮތަށް ދެން ކިހިނެއް ވެގެން ތިއުޅެނި ރައްޔިތުންނަށް އަމާންކަން ލިބިޖެ ފާގަތިކަންލިބިއްޖެ ކުރިއެރުންލިބިއްޖެ 25 ބުރީގެ ފެންވަރުގެ ޙޮސްޕިތަލްއެއް އެޅިއްޖެ 24 ގަޑިއިރު ކަރަންޓު ޔަޤީން ވެއްޖެ ހުލުމާލެޔާ މާލެޔާ ދެމެދު ރީތި ސަޅި ބުރިޖެއް އެޅިއްޖެ ދެން ހުރިކަންކަން ކޮއްނިންމާލާ މިރީތި ދިވެހި ރާއްޖެ ސިންގަޕޫރާ އެއް ފެންވަރަށް ތަރަށްގީކޮށް ނިން މާލަދެއްވާނީ ރައީސް ޔާމީން އިންޝާ ﷲ ކޮއްކޮމެނޭ ނަމަނަމަ އިބޫއަށް ވޯޓު ނުދޭތީ އަނެއްކާ މިޤައުމު 50 އަހަރު ފަހަތަށް ވައްޓާލާނެ ވެރިކަން ކިޔަން ނޭގެ ބަޔަކަށް ގައުމުގަ ވެރިކަމައް ނުކުރެވޭނެ އިރާދުޕުޅުކުރެއްވިއްޔާ އެމްޑީޕީ ގެ ވަސްވެސް މިފަހަރު މިގައުމުން ފެހެވިގެން ދާނެ އިންޝާ ﷲ

  18. ހައްގުބަސް

    ﷲ ގެ ކިބައިން ވާގިޔާ އެހީތެރިކަން ނުހޯދާ، ޔޫރަޕިއަން ޔޫނިއަން، އިންޑިޔާއިންނާއި އެކަކު އަނެކަކު ކައިރިން ހިތްވަރު ހޯދާބަޔަކަށް ލިބޭނެ ކާމިޔާބެއް އޮންނާނެތޯ؟ އިސްލާމް ދީން ނިކަމެތިކޮށް ދުނިޔެމަތީ މިނިސްޓަރުކަން ލިބިގެން އާޚިރަތް ބާއްޖަވެރި ކުރެވޭނެތޯ؟

  19. ހަސަން ބެ

    ޒާހިރޫ ކަލެ އަކީ ހަމަލާނީ ފިކުރު ފަތުރަން މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް ފެނޭ ސަބަބަކީ ލާދީނީ ފިކުރުގެ އެއްމެ އިސް ފަރާތްތަކަށް ސަނާ ތިކިޔަނީ.

  20. ފާތިމާ

    އަލީ ޒާހިރޫ މިހާރުވެސް ތިތިބީ ފޭލްވެފަ ތިއުޅެނި އިބޫ ވެރިކަމަށް ގެނެސްގެން އިމްރާ ޖަލުން ނެރެވޭނެ ކަމަށް ތަ އެކަމެއް އިބޫ ނުކުރާނެ އަދި އިބޫގެ ޕަޕެޓް އެކަން ވިޔަކު ވެސް ނުދޭނެ އިންޝާ ﷲ އިބޫ މިވެރިކަމަކަށް ނާދެވޭނެ ބުނަންތަ! ގައުމަށް ހެޔޮ އެދޭ ބަޔަކު މިހާ އެމްޑީޕީ އަކަށް ތާއިދެއް ނުކުރާނެ . އެއީ ވަރަށް ބޮޑަށް ފޭލް ވެފަތިބި ބައެއް ކިހިނެށް ވެގެންތަ ތިއުޅެނި ރަޢީސް ޔާމީން ޒަޢާމަތުގަ މިވީ ކުޑަދުވަސް ކޮޅު ދިވެހި ގައުމު މިއޮށް ކުރިއަރާ ދަނީ ރައީސް ޔާމީން ވެރިކަން ކުރައްވަނީ އެބޭފުޅާގެ ޕާޓީ ކުދިން ކޮޅަކަށް އެކަންޏެއް ނޫ މުޅި ގައުމުގެ އެއްމެން ޝާމިލްވާ ގޮތަށް ދެން ކިހިނެއް ވެގެން ތިއުޅެނި ރައްޔިތުންނަށް އަމާންކަން ލިބިޖެ ފާގަތިކަންލިބިއްޖެ ކުރިއެރުންލިބިއްޖެ 25 ބުރީގެ ފެންވަރުގެ ޙޮސްޕިތަލްއެއް އެޅިއްޖެ 24 ގަޑިއިރު ކަރަންޓު ޔަޤީން ވެއްޖެ ހުލުމާލެޔާ މާލެޔާ ދެމެދު ރީތި ސަޅި ބުރިޖެއް އެޅިއްޖެ ދެން ހުރިކަންކަން ކޮށްނިންމާލާ މިރީތި ދިވެހި ރާއްޖެ ސިންގަޕޫރާ އެއް ފެންވަރަށް ތަރަށްގީކޮށް ނިން މާލަދެއްވާނީ ރައީސް ޔާމީން އިންޝާ ﷲ ކޮއްކޮމެނޭ ނަމަނަމަ އިބޫއަށް ވޯޓު ނުދޭތީ އަނެއްކާ މިޤައުމު 50 އަހަރު ފަހަތަށް ވައްޓާލާނެ ވެރިކަން ކިޔަން ނޭގެ ބަޔަކަށް ގައުމުގަ ވެރިކަމެއް ނުކުރެވޭނެ އިރާދުޕުޅުކުރެއްވިއްޔާ އެމްޑީޕީ ގެ ވަސްވެސް މިފަހަރު މިގައުމުން ފެހެވިގެން ދާނެ އިންޝާ ﷲ

  21. ޒުހޫރު

    އަދާލަތު ޕާޓީން އިއްތިހާދުގެ މެނިފެސްޓޯގައި ހިމަނަން އެދުނުކަންތައް ނުހިމެނީ ކީއްވެތޯ އަލީ ޒާހިރު ބުނެދޭން ޖެހޭނެ. ތިމާ އަމިއްލަ ޕާޓީ މެމްބަރުންނަށް ޖަވާބު ދާރީ ވާންޖެހޭނެ. ޖަވާބު ނުދެވެންޔާ ތިހިރީ އަދާލަތު ޕާޓީގެ މެމްބަރުން ދީފަ އޮތް އިތުބާރުން ވައްކަން ކޮށްގެން. އަދާލަތު ޕާޓީ މެމްބަރުންނަށާއި ޕާޓީގެ އިލްމުވެރިންނަށް ޚިޔާނާތްތެރިވެފަ.

  22. ޖަހާލަތު

    އާހިރަތުގަ ފުއްޕަން ޕޯޑިޔަމެ ލިބިދާނެބާ ދީނުގެ ގޯސްއެއްވެސްކަމެ މިހާރު ތިކޯލިޝަނުން ކުރާކަމަކަށް ނުފެންނާނެ އެއީ މިހާރު ކުރާކޮއްމެކަމަކަށް އާ މިހެންބުނެލުން ފިޔަވާ އަދާލަތަށް ކުރެވޭނެ އެއްކަމެވެސްނެތް.. މިހާރު ޔަހޫދީންބުނިގޮތަކަށް ހެދިގެން ދޮންމީހުންނާއެކު އުޅޭބަޔަކަށް އިސްލާމްދީނާ ހިލާފު އެއްކަމެވެސްނޯންނާނެ.. އިލްމީގޮތުން އަލީޒާހިރާ ޝަހީމާ އަޅާނުކިޔޭނެ.. މިސަރުކާރުން ހޮޅިވާހަކަ ދައްކާކަމަށް ތިބުނަނީ އިސްލާދީނުގެ އަސްލާއެއްގޮތަށް ބަހެބުނާކޮއްމެމީހަކީ އަލީޒާހިރުމެންގެ ދެކޮޅުވެރިއަކުކަމަށް ދެކޭތީ.. ވަރަންއަވަހަށް މޑޕ އަލީޒާހިރަށް ޕްރިޕއިޑެ ހޯދަދީފާނެހެން ހީވަނީ..

  23. Anonymous

    ހަޖަމުނުވީ ދޯ؟؟؟ޖުއްލާބު ބޭސްގުޅައެއް ކާލަބަލަ

  24. ގަޅިބެ

    ސޭހު ފަސްޓު ފަތިސްނަމާދައް ހޭލަން އާދަކޮއްލަ ބަލަ..

  25. ޝ

    ޢިސްލާމުން ވީމަ ދީނޭ ކިޔާފަ ވާހަކަ ދެއްކޭނެ. ޢިދުކޮޅުން އެގޮތައް ނޫޅޭތީ އެހެން އެކިޔަނީ....

  26. އާދަނު

    އަލީ ޒާހިރޫ! ކަލޭ ތިޔަހުރީ ފުރަތަމަ ވެސް ރައްޔިތުންނަށް އޮޅުވާލައިފަ. ކަލޭ ބަލައެއް ނުގަންނަން. އަދާލަތު ާޕާޓިއަކީ ކަމެއް ނެތް ނަމެއް.

  27. އަސްލެއްބާ

    ޒާހިރު ބުއްދި ކޮބާތަ ބުނެބަލަ ، ތިމާ ތީ މާތާހިރު މީހެއްތަ؛؛؛ލލ

  28. ކުމާރު

    ޢަލީ ޒާހިރުގެ އަދާލަތު ޕާޓީއައް ރަގަޅު އެއްވެސް ސަރުކާރެއް އެބައޮތްތަ. ތިޔައީވެސް އަންބޮނޑިއައް ބޮޑުކުރަން އުޅޭ ސޮރެއް. 2008 ގަ އެމްޑީޕީއާ ކޯލިޝަން ހަދައިގެން އެއިން ބަނޑުނުފުރިގެން އެސަރުކާރު ވައްޓާލާ. 2013 ގަ ޕީޕީއެމްއާ ކޯލިޝަން ހަދައިގެން އެއިން އަންބޮޑިއައްލާނެ އެއްޗެއް ނުލިބިގެން އެސަރުކާރު ވައްޓާލަން ނުކުމެ. ޢަނެއްކާވެސް ގާސިމުގެ ލާރިގަނޑު ފެނިފަ އެ ދަމައި ގަންނާނެ ގޮތެއް ހޯދަންވެގެން ތެޅޭ ޕާޓީއެއް އެއްތީ . ކަލޭތީ މި ގައުމުގެ އަދުއްވެއް..އިސްލާމްދީނުގެ އަދުއްވެސް

  29. އަލީ

    އަލީޒަަހިރުތީވަރައްމަކަރުވެރިއެއް ޢީޔޫއިން ނެރުނުރިޕޯޓައްތާއީދުކުރީވެސްކަލޭ ރައީސްޔާމީންވިދާޅުވީއެންމްއިންޗިއެއްވެސްދުލެއްނުކުރާނަމޭ އަލީޒާހިރުތިއުޅެނީމިހުރިހާކަމެއްއޮޅހުވާލަން...މޮޔަނުވޭ

  30. ޙަސަނުބެ

    މާ ފެންމައްޗަށް އަރައިގެން ޝަހީމަށް ފާޑުކިޔޭ ފެންވަރެއް ޢަލީ މެން ކިބަޔަކު ނެތެވެ. ކުކުޅަށްވުރެ ބބިސްދޮށީނުވުން މާރަނގަޅެވެ.

  31. ކުމާރު

    އަލީ ޒާހިރު ރައީސް ކަމަށް.ކުރިމަތި ލާންވީނު. ރޔ 2018 ޔަގީން އިންޝާ ﷲ

  32. އާންމު އާދުމީ

    ޗޫޒް ދަ ލެސަރ އީވިލް. ފައިސާއަށް ހިޔާނާތާއި ކޮރަޕްޝަން އިޒް ލެސް އީވިލް ދޭން ދީނަށާއި ޤައުމަށް ހިޔާނާތާއި ޣައްދާރުވުން އަދި އޭގެ އިތުރުން ފައިސާއަށްވެސް ހިޔާނާތާއި ކޮރަޕްޝަން. މ.ޑ.ޕ ގެ ބައިގަނޑުގެ ފަހަތުގަ ނޫން ގޮތަކަށް ތިބެގެން ނުވަތަ 3 ވަނަ ޗޮއިސެއް ދައްކައިގެން ޝޭޚު ވާހަކަ ދެއްކިނަމަ ކޮންމެވެސް ވަރަކަށް ބަލައިގަނެވިއްޖައީސް.

  33. އެޑިޓް

    ޗޮއިސް އަކަށް ހަދަން ޖެހޭނީ ކަލޭމެން ދައްކާ ވާހަކަތަ! ތީވެސް ޗޮއިސްއެއްނޫން. ތީ އިރުވައިގަ ހަޅަޖަހާހެން ޖަހާ ހަޅައެއް! ( ދޭތެރެޔަކުން ފަށާނެ، ފޮތާ ގޮތުގެ ވާހަކަ!)
    ނިމިގެން ދާއިރު، ކީހާޅެންވާނީ ފަރިއްސައް!

  34. ކިޔާލަމާ

    އެތާތިބީ އިސްލާމިކް މިނިސްޓްރީގައާއި އިސްލާމިކް ޔުނިވަރސިޓީ ގައި މިހާރުވެސް ވަޒީފާއަދާކުރައްވަމުންގެންދަވާ ބައެއްބޭފުޅުން އަހަރެންހީކުރީ ސަލަފް ޖަމްޔިއްޔާގެ ބޭފުޅުންވެސް ވަޑައިގަންނަވާނެކަމަށް ހީކޮށް ބަލަންއިނީ އެހެންއެއްވެސް އިތުރު ބޭފުޅަކު ލޯކުނާކޮށްގެން ބަލާބަލާވެސް ނުފެނުނު

  35. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މިނިވަން އިންޞާފުވެރި އިންތިޚާބެއްގައި ކޮންމެ މީހަކުވެސް ވޯޓްދޭނީ އެމީހަކަށް ފެންނަ މީހަކަށެވެ. އެހެނީ، އިލެޓޯރަލް ރައިޓް ނުވަތަ އިންތީޚާބީ ޙައްޤަކީ، މިއަސާސްތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޙައްޤެކެވެ. ކެމްޕޭމް ކުރުމުގެ ތެރޭގައި މިކުރެވޭ ކަންކަމަކީ، ރައްޔިތުންގެ ތާއީދު ހޯދައި ލިބިގަތުމަށްޓަކައި ކުރެވޭ ކަންކަމަށްވާއިރު، ޕީޕީއެމުންވެސް އަދި ކޯލިޝަނުންވެސް ބަލާނީ، ސައިޓް މުއްސަނދި ކުރެވޭތޯއެވެ. މިގޮތުން ކުރެވޭ މަސައްކަތަކީ، އިޚްލާޞްތެރި މަސައްކަތަކަށްވާނީ، އެމީހެއްގެ ނިޔަތް ރަގަނޅު ވެގެންނެވެ. ރައްޔިތުން ބޭނުންވަނީ، އިޖުތިމާޢީ ރައްކާތެރިކަމެވެ. ސަލާމަތްކަމާއި އަމާންކަމެވެ. ފުދުންތެރިކަމެވެ. ދިރިއުޅުމުގެ ފަސޭހަތަކެވެ. އަތްފޯރާ ފަށުގައި ފްލެޓެވެ. ހިޔާވަހިކަމެވެ. އިންފްލޭޓް ދަށަށްދިޔުމެވެ.

  36. Anonymous

    ކަލެ ތިިިިިިިި ކާކު ވަހަކަ

  37. އަލީ

    އަލީގެ ވާހަކަތައް ތިހުރީ ޒާތީވާމީހެއްގެ ވާހަކަތަކާ އެއްފެންވަރަށް، މަދީނާ ޔުނިވަރސިޓީގެ ގްރެޖުއޭޓެއް ތިފެންވަރަށް ވެއްޓުންތިއީ ވަރަށްދެރަކަމެއް. ކޮބައި؟ މަދީނާއިންކިޔެވި އިސްލާމީ ޢަޤީދާއާއި އަޚްލާޤު!! ދިވެހިންނަށް އެބައިމީހުންގެ ދީނާމެދު ޚިޔާނާތްތެރިވެފައިވާ ބައެއްގެ ބާރުވެރިއަކަށްވެހުރެ. އިންސާފޭ! އަނިޔާއޭ! ގޮވައި އޮޅުވާލަމުންތިދަނީ އަމިއްލަ ޟަމީރާއި އަމިއްލަނަފްސައްތަ؟ ޢަލީގެމައްޗަށް ހުރިހިތާމައެއްގެ ބޮޑުކަމާ!! ޢަލީ ހީކުރަނީތ؟ އިބޫއާއި އަންނިއަކީ ޢިމްރާނުގެ ނަޞްރުވެރިންކަމަށް؟ ކުރާހީއެއްގެ ނުބައިކަން ބޮޑުކަމާ! ޢަދާލަތައް ބަލައިވެސްނުލާނެ އމޑޕ އަށް ބާރުލިބޭދުވަހަކުން. ފައިދަށުގައި އުނގުޅޭނަޖިސްގަނޑަކަށްވުރެން އިހާނަތިކޮށް ޢަދާލަތާއިމެދު ދެކޭނެ. ދުނިޔެދައްކާފައިވާ ޙަޤީޤަތްތަކާ ޖަދަލުކޮށްހަދާނީ މޮޔައެއް

  38. ައަލީ

    އަދާލަތު ޕާޓީން އިއްތިހާދުގެ މެނިފެސްޓޯގައި ހިމަނަން އެދުނުކަންތައް ނުހިމެނީ ކީއްވެތޯ އަލީ ޒާހިރު ބުނެދޭން ޖެހޭނެ.

  39. ޟ

    10 ކުއްވެރިން ސަލާމަތް ނުކުރެވިގެން މުޅި ގައުމު ހަލާކެއް ނުކުރެވޭނެ.

  40. އަޙްމަދު

    އަލީ ޒާހިރު، ކަލޭ ލަދެއްނުގަނޭތޯ ޝަހީމަށް އެޗެހި ގޮވާއި. ޤާނޫނީ ވަކީލުން ވާހަކަދައްކަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން. ތުހުމަތު ކުރެވޭ މައްސަލަ ތަކުގައި ހެކި ހުރެއްޖެއިޔާ ކީއްވެތޯ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަނީ. ކޯޓްތަށް ނުފެންނަނީތޯ. އަދާލަތު ޕާޓީވެގެ ތިއުޅޭނީ ތީ އަދާލަތު ޕާޓީގެ ކާކުތޯ. ބައެއްފަހަރު ހީވޭ މިބޭފުޅާ ހުންނަނީ ހނދކޮޅު ގައި ހެންވެސް.

  41. މަސްވެރިއެއް

    އަމިއްލަ ގޭގައި މަސްފެކްޓަރީ ހަދަން އެމް ޑީ ޕީ ގެ މެނިފެސްޓޯގައި ލިޔެފައި އެބައިތް، މީބުއްދި ނެތްބައެއްކަން މިމެނިފެސްޓޯ ކިޔާލީމާ އެނގޭ

  42. އަލީ ހަމީދު

    ކަލޯ ކަލޭ އަދި ޅަވާނެ ޝަހީމާށް ރައްދުދޭން ކަލެއްށް ހީ ވީތަ މެލޭޝިޔާއިން ސެޓިފިކެޓްގަނެއް ގަނެލެވުނީމަ ތިދެން މާމޮޅުމީ ހެއްކަމަށް ކަލޯއަށް ނުކެރޭނެ ފޯއްމުލަކުން 10 ވޯތުވެސް ހޯދަން ދެންދޭ އިބޫ ގޮވަިގެން ފަރަށް

  43. ޓަވަރު

    ޒާހިރު ބައިއަތު ހިފައިގެން ތިއުޅޭ މީހުންގެ ހަގީގަތް އެނގޭދޯ ކަލޭގެ ދެފުށަކެހެރި ސިކުނޑިއަށް!

  44. ޓަވަރު

    މޮޔައާ ޖިހާދުވެސް އެ ހުރީނު!

  45. ޝ

    ޖޭ ވީ ދޯ ކަލޭ ނައިބަކަށް ނުނެގީމަ..ހަޖަމް ކޮށްބަލި

  46. ނަގޫރޯޅި

    ޒާހިރު ކަލޭ ސައިޒުގަ ހުރޭ. އަހަރުމެން އަބަދުވެސް ވޯޓުދިނީ މައުމޫން ހުންނަކޮޅުނޫން އަނެއްކޮޅައް. މިފަހަރުވެސް މަގޭ ވޯޓެއް މައުމޫން ހުންނަފަޅިޔަކައް ނުލިބޭނެ. ﷲގެ ރަހްމަތުން ބޮޑުތަނުން މައުމޫން ބަލިކުރާނަން. ވެރިކަމުގެ ލައްޒަތުގަވެސް ދުވަހަކުވެސް އަހަރުމެން މައުމޫނައް ހެެޔޮނޭދޭނަން

  47. ޒަރީރާ

    ނޫނުބުރުގާ ނަގަންއަމުރުކޮށް ފާޅުގަ ދީނަށް ގޮންޖަހާ ފުރައްސާރަ ކުރިއިރު ކޮބާ މިބާގަންޑު؟ ކޮންމެފަސްއަހަރަކުން އެއްއަހަރުތަ ތިފާޅުވަނީ؟ބުނެދީބަލަ ތުނބުޅި ހުންނަންޖެހޭ ސައްހަ ހިސާބު!

  48. ޙަބޭސް

    ހެހެ ޢަލީޒާހިރަށް އެގިލެއްވީ މިސަރުކާރުން ގިނަ ނައިބުރައީސުން ލެހވިކަންދޯ ދީނީ ޢިލްމުވެރިން އެއްސްޓޭޖަކުނ ފެނުމުން ޢަލީ ޒާހިރު މޭބޮޑުވީ. މުޅި ކެބިނެޓް އެއްގަހަރާ ގަދަކަމުން އިސްތިއުފާ ދެއްވި ސަރުކާރެއް އެމްޑީޕީ ސަރުކާރުނޫނީ ކޮބާ

  49. ހުސެން

    މީ ކޮން އަލީ ޒާހިރެއް މިވެސް ޝޭކެއްތަ؟ ?

  50. ާއައްޑޫ އަލިބެއްޔާ

    އޯއި އައްލާ ތޯ ހޮޅި ނިގަނެ ތެތަނުން އެރިގަން. މީކޮންތާކުން އާސްގެން ހިންގާ މީހަށް. ނޭފަތި ކުރި ނިހިކެއި މިޔެ މިލައްވާ އަޑަކާއި ހެދީ...