ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
ޕޯސްޓްމޯޓަމް ހެދުމަށްފަހު ޝާހިދާގެ ހަށިގަނޑު މިރޭ ރާއްޖެ ގެންނަން ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަދި ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސްފައެއް ނުވެއެވެ. ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނައުން ލަސްވާ ސަބަބެއް ފުލުހުންގެ އިދާރާ އިން އަދި ސާފުކޮށެއް ނުދެއްވައެވެ.
ޝާހިދާގެ މަރާއި މެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ. މީގެ ކުރިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ޝާހިދާގެ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން އޭނާގެ މަރާމެދު ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އެގޭގެ ގިފިލީގައި ކަމަށާއި އެ ގިފިލި ހުންނަނީ ވަރަށް އުސްކޮށް ހިޔާ ކޮށްފައި ކަމަށެވެ. އެހައި އުސްކޮށް ގިފިލީގެ ފުރާޅު ހުންނައިރު ގިފިލީ ފުރާޅުގައި ވާގަނޑެއް އެއްސުމަކީ އަންހެނަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ދަން ޖެހިފައި ހުރި ސަރަހައްދާއި ކައިރި ހިސާބެއްގައި ވެސް ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ނެތް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮބާ ޕޯސްޓްމޯޓަމްގެ ރިޕޯޓް
ބަބުކެޔޮ ގަހައް އަނބު ގަހަށް ވެސް އަރާ އަންހެނުން އެބައުޅޭ. އަންހެނެކޭ ކިޔާފައި ތިހެންނުބުނޭ. އެކަމް ޝާހިދާ އެރިއެކޭނުން.
ޕޯސްޓްމޯޓަމް އެހަދަނީވެސް ވަރަށް ބޮޑަށް އެޑްރާމާ ފެންނަން އޮތީމަ ކަމަށްވާނީ