ރައްޔިތުންގެ ހުކުމް ބޮލާލާ ޖަހައިފި ނަމަ ރާއްޖޭގެ ހާލަތު ނުރައްކާތެރި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހުކުމް ބޮލާލާ ޖަހައިފި ނަމަ ރާއްޖޭގެ ހާލަތު ވަރަށް ނުރައްކާތެރި ހިސާބަކަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ ހުކުމް ތަންފީޒު ކުރުމަކީ ސުޕްރީމް ކޯޓާއި ސިފައިންނާއި ފުލުހުންގެ މައްޗަށް ވެސް ގާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ ދުވަހަކީ ކޮންމެ ދިވެހި ރައްޔިތަކު ނިކުމެ ރައީސް އަބްދުﷲ ޔާމީންގެ މި ސަރުކާރުގެ ބޮޑެތި ވައްކަމާއި މާސިންގާ ހިޔާނާތްތައް ހިންގާފައިވާތީ އިތުރަށް އެންމެ ދުވަހަކު ވެސް، ވެރިކަމުގައި ދެން ރައީސް ޔާމީން ނުބަހައްޓަން ރައްޔިތުން "ހުކުމް" ކުރާ ދުވަސް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް 3 ދުވަހަށް މިހާރު ވެފައިވާއިރު، އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުންދާ ކެންޕެއިން ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަމުންނެވެ. ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުނެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓު ފަހުންނެވެ. ރިޔާސީ އިންތިހާބުގައި 472 ވޯޓު ފޮށި ބަހައްޓާ އިރު، މި ފަހަރުގެ އިންތިހާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޔާނު

    ކޮންބިރެއްދައްކާކަށް ތިބައިގަޑަށް ވޯޓުދީގެން އޮތީ އެންމެބޮޑުބިރު ހަމަ ހޮވާނީ ޔާނު

  2. ރައްޔިތުން

    ރިޔާސީ އިންތިޚާބު އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ވީމާ އެމީހެއްގެ ގާނޫނީ ޒިންމާ އަދާކުރައްވާ އަވަހަށް ވޯޓް ދެއްވާ. އެމީހަކު ބޭނުން މީހަކަށް ވޯޓް ދެއްވާ

  3. ސަމީ

    އަލި ހުސަިއން މޮޔަ ނުގޮވާ ތިޔަ އުޅެނީ އަންނި އުޅޭ ގޮތަށް

  4. ސޯލިބޭ

    އައްޔާ ކަލޯ ކީކޭ ތިޔަ ކިޔަނީ؟ ކޮބައިތަ ރައްޔިތުންގެ ޙުކުމަކީ؟ މަށަށް ހީވަނީ ކަލޭގެ އަނގައިގެ ނުރައްކާތެރިކަން މާބޮޑުހެން! މީހުންގެ ބޮލުގަ ސާބިތު ނުހިފޭ އިލްޒާމްތައް އެޅުވުމަކީ މާ ބިރުހުރިކަމެއް! ކާކުބާ މިކަލޭގެއަށް ވަކީލުކަމުގެ ސަނަދު ދިނީ!!!!

  5. ރަދުން

    އިބޫއަށް ކާމިޔާބުވިޔަސް ނޮވެމްބަރ 17އާ ހަމައަށް ޔާމީނަށް ހުރެވޭނެ. މިމީހުންގެ ބޭނުމަކީ 24 ވަނަދުވަހު ޔާމީނު ބޭރުކޮށްލުން. އަބަދުވެސްއުޅޭނީ ޖާހިލުކަން ދައްކަން.

  6. ކެންދޫ ކުމާރު

    ރައްޔިތުން ހުކުމް ކޮއްފަވަނީ 5 އަހަރުދުވަހައް ދާއިރާ ތަރައްގީކުރާން ސަރުކާރައް. އެހީތެރިވެދޭން ބަޖެޓައް ވޯޓުދޭނެ އިހުލާސްތެރި މެމްބަރެއް. ޢެގޮތުން ކެންދޫ ދާއިރާއައް ހުުކުމް ކޮއްފައިވަނީ ބ. ކެންދޫ މުނިޔާގެ އަލީ ހުސައިން. ރައްޔިތުންގެ ލާބަޔާ.މަންފާއައް ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮއް ރައްޔިތުންގެ ބަސް އިއްވުމައް ހުކުމް ކޮއްފައި ހުރި އަލީހުސޭނު ދާއިރާއައް ހަރާންކޯރުވެ ރައްޔިތުންނައް ވީ ވައުދު ބޮލާލައި ޖަހައި ނިކަމެތި ކޮއްލައިފި. ކެންދޫ ދާއިރާގެ ރައްޔިތުން ދެނެއް ތިޔަ އަލީހުސައިނެއް ތި ގޮނޑީގައި ނުބައިންދާނެ. ލާހިކު ކުޅަދާނައެއްނޫން. ދެންވެސް ހޮވާނީ ހަމަ ކެންދޫގެ ފަހުރުވެރި ދަރިއެއް. ޢަލީ ހުސޭނު ވަނީ ރައްޔިތުން ކުރި ހުކުމްބޮލާލައި ޖަހައި ކެންދޫ ރައްޔިތުންނައް ދީފަ. 23 ސެޕްޓެމްބަރުގެ ކުރިން އަލީހުސޭނު ރައްޔިތުންގެ ކިބައިން މައާފައް އެދޭ. ޢެހެންނޫނީ 5000 މީހުންނައ.ވީ ވައުދު ނުފުއްދައި މަހުޝަރު ދުވަހައް ދާންޖެހޭނީ.

  7. ކެންދޫ ކުމާރު

    އަލްއުސްތާޛު އަލީ ހުސައިނޫނޫނޫ ގާނޫނު އަސާސީގަ އޮތީ މަޖުލިސް މެމްބަރަކައް ހޮވުނީމަ މަޖިލީހައް ނުގޮސް 85000 ރުފިޔާ ކައްވާލައްތަ. ޢެއީ ހައްގު ލާރިކަމައް ގަބޫލުކުރަންތަ. އެއީ ހަރާންލާރި. ޢެއީ ވައްކަން އިނގޭ. ހަމަޔަގީނުންވެސް އެފައިސާ ހޯދީ ހައްގުގޮތުގައި މަސައްކަތް ކޮއްގެންތޯ އެއާމެދު އަލީހުސޭނާ ސުވާލު ކުރެވޭނެ. މީ ހަމަ ޔަގީން ކަށަވަރު ކަމެއް

  8. އަލީ ހަމީދު

    ކަލޭތީ ކަކު ރައްޔިތުންނޭ ކިޔަިގެން އަނގަ ތަޅަން ހީ ވެގެން ތިއުޅެނީ ގާނޫނީ ވަކީލަކަށް ވެވުނީމަ މުޅިހުރިހާ ދިވެހިން ހަނަކުރާނަމޭތަ ކަލޭ ދެން ޖެހެނީ އިބޫ ގޮވަިގެން ފަރަށްދާން

  9. ާއަލީ

    މީ ދެން ކާކު؟ ޝައްކުބަލި ޖެހިފަ ހުރިމީހެއް ދޯ؟ ރައްޔިތުން ގެ ހުކުން އިއްވީމަ މޮޅު ޓުވީޓު ކޮށްބަލަ! މާކުރިން ވާންހުރި ކަންތައް ކަމަށް ބަލާފަ ކޮސް ގޮވަން ރައްޔިތުން ގެ ޖުމްލަ ވޯޓް ނަތީޖާ އޮއްގޮތް އެނގޭކަމަށް ބުނުމަކީ ކަހީނުކަން. މީދެން ކަހީނެއްތަ ؟ އެނ! ހިތުން އުޅުނެއް ނު ނައިބު ރައީސަށް ވެގެން. ޙެހެހެހެ. މަސްކަނޑަން ރަނގަޅީ ނެގެޓިވް މައިންޑް ގާއި.

  10. އަލީ

    އެއަށްވުރެ މާނުރައްކާވާނެ ރީނދޫ ބައިގަނޑު ހޮވިއްޖެއްޔާ.އެއީ ރާއްޖޭގެ މުސްތަޤްބަލަށް އޮތް ބޮޑު ބިރެއް.

  11. ތޫބެ

    އައްޔާ ތިހެން ބިރު ދައްކާނެ ކަމެއްނެތް. އަހަރެމެން ނިކަން ދެނެތިބިން ކަލޭމެން އިންޑިޔާއާ އެކު ބައިއަތު ހިފައި މިތަނަށް ބޮންއަޅައި މިސައިލް ހަމަލާދިނުމަށް އެދިފައިވާކަން. އެކަމަކު ބުނަން ވާހަކައެއް. މިއީ 21 ވަނަ ގަރުނު އިންޑިޔާއާއި، އެމެރިކާއާއި އިޒްރޭލާ އިންގިރޭސިން އެކަންޏެއްނޫން މިދުނިޔޭގަ ތިބީ. އިސްލާމީ ގައުމު ތަކަކާއި ދުނިޔޭގެ އެންމެ މުއްސަނދި ބާރުގަދަ ގައުމުތައްވެސް އެބަތިބި ކަލޭމެންގެ ނުބައި ކަމުގައި ނުޖެހި.

  12. ބަކުރުބޭ

    ރައްޔިތުންގެ ޙުކުމް ވަރަށް ސާފް އިންޝާއަﷲ! 65 ޕސެންޓު ވޯޓުން ރައީސް ޔާމީން!

  13. ރޮންދާ

    ކަލެއަށް ވިސްނޭވަރުގެ ކޮމެންޓެއް މަ ފޮނުވިޔަސް މިނޫހުން ނުޖަހާނެ، އެހެން ނޫންނަމަ ރަގަޅު އެއްޗެއް ކަލެއަށް ބުނެދިނީމުސް

  14. މިގޭ

    ހާދަ ހިތުގަޖެހިގެންނޭ މިއުޅެނީ. މީކާކު؟

  15. މުއްޠަލިބު

    ރައީސް ޔާމީން 2018 އިންޝާއަﷲ!

  16. ޑޮންޑޮންފުޅި

    ދިވެހިން ޔާމިން ވެރިކަމުގަ ބަހައްޓަން އަމުރުކޮށްފިއްޔާ؟ ގާސިމު ދިނީމަ ކައެގެން ބޮއެގެން އުޅޭ މީހުންތީ. ގާސިމު ފަޅުތަކާ ރަށްތައް ހޯދީ ހަލާލު ގޮތުގަތަ؟ ފުރަތަމަ ތިމާ މީހާ ގާސިމު ކައިރިން އަމިއްލަ ނަފްސު މިނިވަން ކޮށްބަލަ.

  17. ހުސޭނުބޭ

    މިއީ ހަމަ ހޮޅި ވާހަކަދައްކާ ދާޚިލީ މީހާ. އަދި ހުންނާނެ ހޮޅި ވާހަކަދައްކާ ޚާރިޖީ މީހާވެސް! އެމީހަކު ހުންނާނީ ލަންޑަނުގައި ބޮނޑިބަތްކައްކަން.