އަނިޔާލިބެމުންދާ ފަރާތްތަކަށް އިންސާފު ހޯދުމަށާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރައްޔިތުން ނުކުމެ ވޯޓު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަބަލުން، ނަސްރީނާ އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.

ނަސްރީނާ މިއަދު އާންމުކުރެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި އަށް މަސް ދުވަސް ހޭދަ ކުރައްވާފައިވަނީ އެއްވެސް ކުށެއް ނެތި ކަމަށެވެ.

"މުޅި ރޯދަމަހު ހުންނެވީ ޖަލުގަ. ދެ އީދު ހޭދަކުރެއްވީ ޖަލުގަ. ހިޖްރީ އާ އަހަރު ފެށިގެން މިދަނީވެސް ހަމަ ޖަލުގައި ހުންނަވަނިކޮށް. މިހުރިހާ ދުވަސް ޖަލުގައި ހޭދަކުރައްވަމުން އެގެންދަވަނީ އާލާސްކަންފުޅެއްގައިވެސް އުޅުއްވަމުން. މި އާލާސްކަންފުޅުގެ ބާވަތުން، އާއިލާއާއެކު ހުންނަވަން ޖެހިވަޑައިގަންނަވާކަމަށް ތަކުރާރުކޮށް ޑަކްޓަރުންވަނީ ލިޔުންވެސް ދެއްވާފަ،" ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވީ އެކަމަނާ ގަބޫލުކުރައްވާ ގޮތުގައި ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. އަދި މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް އާދޭސް ނުދަންނަވާނެ އެއްވެސް މުވައްސަސާއެއް މިގައުމުގައި ނުހުންނާނެ ކަމަށްވެސް ނަސްރީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް، އެތައް މައިންބަފައިންނެއް، އެތައް އަނބިންނެއް، އެތައް ދަރިންނެއް، އިންސާފު ނުލިބި އެބަތިބި. އެހެންވީމާ، މިއަދު އަޅުގަނޑު މިއައީ، ތިޔަ ބޭފުޅުންގެ އަރިހަށް، ދިވެހި ރައްޔިތުންގެ އަރިހަށް، މައުމޫނަށް، އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް، އިންސާފު ހޯއްދަވައި ދެއްވުން އެދި، އިލްތިމާސް ކުރުމަށް. ވީމާ އަޅުގަނޑު އެދޭ ކަމަކީ އަނިޔާވެރިކަމުން ސަލާމަތްވުމަށް ސެޕްޓެމްބަރ 23 ގައި ނަގާ ވޯޓުގައި ކެންޑިޑޭޓް ނަންބަރު 2 އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދިނުމަށް،" ކެކުޅުމާއި އެކު ނަސްރީނާ ވިދާޅުވި އެވެ.

ކުރީގެ ފަސްޓްލޭޑީ ނަސްރީނާ ފުރަތަމަ ފަހަރަށް މީޑިއާއަށް އިންޓަވިއުއެ ދެއްވީ ރައީސް މައުމޫން ހައްޔަރުކުރި ފަހުންނެވެ. އޭގެފަހުން އެކަމަނާ ރައީސް މައުމޫންގެ ހައްގުގައި ބަޔާނެއް ވެސް ނެރުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަހްމަދު

    ރަން 30 އަހރުގައި އަޅެ ތިދުވަސް ކިތައް އަނބިންނާއި ދަރިންނަށް އައިތޯ އަމިއްލަ ނަފްސަށް ސުވާލުކުރައްވާ .... ކިތައް ނުހއްގުތޯ އެއީ

  2. މާރިޔާ

    ސޮރީނަސްރީނާ

  3. ޙެޔޮ

    ޔެސް އިންޝާ ﷲ

  4. ނަން

    މިއޮއް ހުރިހާ ޒަމާނު މިޔަ ކޮބާ؟

  5. ކުމާރު

    ކަމަނާ ތިޔަ ވިދާޅުވީ ހަމަ ކަނޑައެޅިގެން ދޮގެއް. ކަމަނާގެ ފިރިކަލުންގެ ވެރިކަމުގައި ކިތަން އަނބިން ކިތައް ފިރިން.އެމީހުންގެ ދަރިންނާ ވަކިވެ ޖަލުގަ ގޮޅި ތެރޭގއ ހޭދަކުރީ.

  6. ރައްޔިތު އަހުމަދު

    ބަލަ ކަމަނާގެ ފިރިކަލުންގެ 30 އަހަރުގެ ވެރިކަމުގަ ތިޔަ އަނިޔާ ލިބުނު މީހުންގެ އިހްސާސް މިއަދު ކަމަނާ ތަޖުރިބާ ކުރަން ޖެހުމުން ތިޔަ ރޮއެ ހޭރެނީ. 30 އަހަރުގެ އަނިޔާވެރިޔާ ހިމާޔަތް ކުރަން އިބު އަށް ވޯޓް ދެވޭކައް ނެތް.

  7. ކުމާރު

    އޮޅިގެންވެސް ކަމަނާއައް ރަގަޅު ދުވަހެއްގަ ތިޔަ އޯޑިއޯ ނެރެވުނީ. މިއަދަކީ މީގެ އެތައް އަހަރެން ކުރިން ކަމަނާގެ ރިރިކަލުންގެ އޯޑަރައް ޖައްވައް ހަވަޔައް ފަޒާއައް އަދި ގައިދީންނާ ދިމާއައް ބަޑިޖަހަން އަންގައި ޖަލުގައި އީވާން ނަސީމް މަރާލި ދުވަސް. ކަމާނާގެ އެކަނިތަ ހިތެއް އޮތީ. ޥިސްނާ ފިކުރު ކޮއްބަލަ. ފިރިކަލުން ނައް ލިބެނީ ހަމަ ހައްގު އަދަބު އޭނާގެ މަތިން ހަދާންކޮއް ދެން ނިދާލާ.

  8. އަހްމަދު

    މެޑަމް ތިޔަވީޑިއޯއަކީވެސް އައްބާސް އާ އިލްޔާސް ގެއެދިވަޑަްިގަތުމެއްތޯ އަޅުގަނޑައް އެގިފައިވާގޮތުން މައުމޫންވެސް ރައީސް ޔާމީން އާ ދެކޮޅައްނިކުމެވަޑައިގަތީ އައްބާސް އާ އިލްޔާސްގެ އެދިވަޑައިގަތުމުގެސަބަބުން މެޑަމްގެޕްރެސަރާހެދި މިކަންމުގެ ހެއްކަކަށް ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވާ

  9. އަހްމަދު

    ނުދޭނަން. ނުދޭނަން.ނުދޭނަން. ނުދޭނަން.

  10. ސ

    ކޮބާތިރީސް އަހަރު އަނިޔާކުރި ހުރިހާމީހުންގެ އާއިލާތައް ކޮބާއެމީހުންނަ ލިބުނު އިންސާފުރަންތިރީސް އަހަރު ގަޑުވަރު ތެރޭގައި އުޅުނުއިރު ރައްޔަތުން މަތިން ހަދާނެ ނެތް މިހާރު ކޯޗެކޭތަ މިކިޔަނީ އަމިއްލައެދުން ހާދަބޮޑޭ

  11. ތާރީޚު ދިވެހި ރާއްޖެ

    އެމް ޑީ ޕީ އާއިއެކު މައުމޫނު ހުންނެވިހައި ދުވަހަކު ގިނަ ދިވެހިން މައުމޫނު ފަހަތަކު ނުތިބޭނެ. އެމް ޑީ ޕީ އަކީ ކޮންކަހަލަ ޕާޓީއެއްކަން އޮޅުންފިލުވަިދީ ދަސްކޮށްދިނީ މަުއުމޫނު. އަދި މައުމޫނަށް ކުރިމަތިވަމުންދާ ކަންތައްތަކުގެ ޒިންމާ ނަގަން ޖެހޭ މީހަކީ ނަޝީދު ކަމަށް ދުންޔާވެސް ވަނީ ވިދާޅުވެފއި. އަދި އެމް ޑި ޕީން ދިވެހި ރައްޔިތުންނަށް ކޮށްދޭނެ އެއްމެ މުހިއްމު އެއްކަމަކީ މައުމޫނު ވެރިކަމުން ދުރުކޮށް ޖަލަށްލާނެ ކަމަށް 2005 ޖޫން 05 ވަނަދުވަހު ނަޝީދުވަނީ އިއުލާންކޮށްފައި.
    މި ހަޤީޤަތް ފޮރުވަން ނަސްރީނާ ނޫޅުއްވާ!

  12. ޛހގ

    ތިޔައީ އަމިއްލަ އެދުން ހިފައިގެން ރައްޔިތުންގެ ކުރިމައްޗަށް. ކޮބާތަ މީގެ އެތަކެއް އަހަރުކުރިން މައުމޫނު ވެރިކަމުގަ ހުރެގެން ޖަލަށްލި މީހުން. ކީއްވެ އެމީހުން ނައަންނަނީ. ޙަނދު އަރާ ހަނދުވެސް އޮއްސޭނެ.

  13. ވަހީދު

    ދިވެހިރާއްޖޭގެ ފަސްޓްލޭޑީގެ މަގާމް 30އަހަރު ފުރުއްވާފައިވާއިރު ދުވަހަކުވެސް ކަމަނާ ރައްޔިތުންނާ މުޚާތޮބް ކުރައްވާފައެއްނުވޭ. އީދަކަސް ރޯދައަކަސް ހުކުރަސް ހިޔަރަކާތަކަސް ބާރައަކަސް އުޅުއްވީ ގަނޑުވަރުގައި. އެދުވަހުވެސް ކުށެއްނެތް އެތައް ރައްޔިތުންނެއްތިބި ޖަލުގައި. އެމީހުންގެ އަނބިން އާދޭސްކޮށްކޮށް ވެސް ސަލާމަތެއްނުވޭ. އެމީހުންގެ އަޑު ކަމަނާއާ ހިސާބަކަށް ނުފޯރާ ކިއްލާގާފޮރުވިފާތިބޭތީ. ޖަލުބައި ބަޔަކު ތިބޭކަމެއްވެސް ފަސްޓްލޭޑީ އަކަށް ނޭގޭ. މިއަދު ކަމަނާ އަށްވެސް އެހިތްދަތިކަން އިހުސާސްކުރެވޭ. ވަރަށްސަލާމް.

  14. ކުރުނީސް

    ޢެކަމަަނާ ފިރިކަލުން ތޭރިތަކުގެ ތާށިވީމަ ހާދަހާދެރަ އެކޭ އެވަނީ ދިގު30 އަހަރު ކިތަައް އާއިލާތޯ ކަރުނަ އަޅާލައަޅާލަ ތިބީ

  15. ޏެސް

    ﷲ ގަންދީ ބުނަން....މައުމޫނުގެ ވެރިކަމުގައި އަޅުގަނޑުގެ ބޭބެޔަކާއި ކޮށްކޮއެއް ނުހައްގުން ޖަލަށް ލެވުނު. ނަމަވެސް އެމަނިކުފާނު ގައުމަށް ޚާއްސަކޮށް ތައުލީމީ ދާއިރާޔަށް ކޮށްދެއްވި މަތިވެރި ޚިދުމަތް އަޅުގަނޑު ބަލައިގަނެ ތިމެސެޖްވެސް ބަލައިގެންފިން.

  16. ާަނަސްރީނާ

    ނަސްރީނާ މޮޔަފުޅު ވީތޯ..މައުމޫނު ނޫންތޯ ބުނުއްވީ ގާނޫނީ ވެރިކަން ވައްޓާލަން.. މި ގައުމު ގެ ރައްޔިތުންނަށް އިގޭނެ މައުމޫނު ކުރި އަނިޔާ..

  17. ގައިދީ

    އެމްޑީޕީ އަށް އަނިޔާވީ އަންނި ކުއްކޮށްގެން ޖަލައްލީމަ. ޖޭޕީއަށް އަނިޔާވީ ގާސިމް ކުއްވެރިވީމަ. އަދާލަތައް އަނިޔާވީ އިމްރާނު ކުއްވެރިވީމަ. ދެންތިބި މީހުންނައް އަނިޔާވީ މައުމޫން ޖަލައްލީމަ. ދެންވެސް އެބަތިބި ނިކަމެތީންގެ ދަރިން ޖަލުގައި ކުއްކުރެވުނީމަ ލާފައި އެކި ސަރުކާރުގައި. އެއީ އަނިޔާއެއް ނޫންތޯ މިބޭފުޅުން ބުނާގޮތުން. މިގައިމުގެ 5 ވަރަކަށް މީހުން ޖަލައްލެވުނުހާއިރުން އަނިޔާ އާ ނާއިންސާފު މިފެނުނީ. މިއީ ކަނުބައެއްތަ

  18. ވިސްނާ

    ފަސްޓްލޭޑީ ނަސްރީނާ އަށް ކިހިނެއްތޯ އިގެނީ ރާއްޖެ ދޫކޮށް ގޮސް އަމިއްލައަށް އަރުވާލެވިގެން ތިބި މީހުންނަކީ ހަމަ ހުދު ސާފު ބޯކިރުކޮޅެއްކަން.....އޯކޭ މައުމޫން ސަލާމަތްކުރަން އެކަމުއެހެން މީހުންވާހަދައްކަނީކީއްކުރަން...ތީގޯހެއް

  19. ހުސޭނުބޭ

    ރަން 30 އަހަރުގައި އުފަލާއި ލައްޒަތުގައި ގަނޑުވަރުގައި އުޅުއްވިއިރު ރައްޔިތުންނަށް "ހަލޯ ޖަހައިލަން" ވީޑިއޯގަނޑެއް ނެރެން ނުކެރިފައި މިހާރު ޚާރީފުމުސުމަށް ވެއްޓުމުން ކޯންޗެއް ހަދަންބާ އަނެއްކާ ތި އުޅެނީ!

  20. ހުސޭނު

    ﷲގެ ކުޅަދުންވަންތަކަން ނިކަންދެކެބަ. 30އަހަރު އަހަރުމެންގެ ރުއިމަތް ބީރުކަންފަތެއްދީ އިއްޒަތާ ލައްޒަތުގަ އުޅުންމީހުން މިހާރު ތަގްދީރް ނިޔާކޮއްފަ އެއޮތީ އަހަރުމެންފަހަތުން ރޮއެހޭރެމުން ދުވަންޖައްސާފަ. މަގޭ މަންމަގެ ރުއިމާ ކެކުޅުން، މަގެއާއިލާ ކުރިހިތާމަ، މަގޭދަރި ކުރަންޖެހުނު ހިއްދަތި އިހްސާސް އެދުވަހު އެހިނަމަ މިއަދު މަށައްމާފް ކުރެވިދާނެ. ހަޔާތް ކުޑަޔަސް ތިބޮޑުވަރު. މަކިތަންމެ މޑޕ ވެރިކަމައްގެންނަން ބޭނުން ވިޔަސް ތިމައުމޫން ސަލާމަތްކުރާކައްް މަށާ މަގޭމުޅި އާއިލާގެ ވޯޓު މިފަހަރަކު ނުލިބޭނެ.

  21. ސައީދު

    އަމިއްލަ އެދުމުގަ ނާށިގަޑުހިފައިގެން ނިކުތީ ދޯ. ލަދެއް ހަޔާތެއް ނެތް. ދިގު 30 އަހަރުގަ އެއްވެސް ދިވެހި ރައްޔިތަކާދިމާލަށް ހަމަ ލޮލުން ބަލަން ކެރުނުތަ.؟ މިއަދު ކޮން ރުއިމެއް. ހަމަ ތިހެން ތެޅިލަ ތެޅިލަ ތިބެން ޖެހޭނީ.

  22. އިބޫ

    ކަމަނާ ހާދަ މޮޅޭ ޑްރާމާ ކުޅެން......އިބޫ ގެ ވެރިކަމުގަވެސް އެގޮލާ ބާންދާނީ ޖަލުގަ..... އެހެންވީމަ އެހެނޭ ކިޔާފަ 2ކަށް ނުދޭތި.1އަށ ދީ....??

  23. ނަސްރީނާ

    30 އަހަރުދިން އަނިޔާ ކޮބާއޭރުނަސްރީނާއުޅެނީ ކޮންތާކުޖަލައްލުމައްފަހު ދުނިޔޭގަ ނޫޅެވޭވަރުކޮއްލާފަ ނެރެނީ..އެލިބެނީ ހައްގުއަނިއާ...

  24. ވާރޭ

    ކަމަނާގެ ފިރިކަލުން ޖަލުގޮޅީގައި ކިތައްމީހުން މެރިތޯ އދުވަސް ހަނދާން އބަހުރިތޯ ދެން މިއަދު ކީކޭތޯތިކިޔުއްވަނީ އނގަމަޑުން ލައިގެނ