ސިއްޙީ ދާއިރާއަށް ގިނަ އިންޤިލާބީ ބަދަލު ތަކެއް ގެނުވާފަދަ ސިއްޙީ ސިޔާސަތެއް ޕީޕީއެމްއިން އާއްމުކޮށްފިއެވެ.

މިިދިޔަ ހޯމަ ދުވަހު ޕީޕީއެމްގެ ބޮޑު ސަައިޒް ދައްކާލުމަށް ބޭއްވި ޖަލްސާގައި ނެރުނު މެނިފަސްޓޯގައި އެކި ދާއިރާތަކުން ރާއްޖެއަށް ގެންނަވާނެ ތަރައްޤީތަކަށް ވަނީ ތަފްސީލީ ގޮތަކަށް ބަލާލާފައެވެ. މިގޮތުން އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، އެތަންތަނަކީ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ޤާއިމްކުރުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ އޯ ގަން ޓްރާންސްޕްލާންޓް (ގުނަވަން ބަދަލުކުރާ) ސެންޓަރު ޤާއިމުކުރާނެ ކަމަށްވެސް މި މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، މެޑިކަލް ޑައިގްނޯ ސްޓިކް ވިއުގައެއް ޤާއިމްކޮށް، ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅާލެވިފައިވާ ނޭޝަނަލް ޑައިގްނޯ ސްޓިކް ސެންޓަރެއް ޤާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައި ސްޕޯޓްސް ފިޒިއޮތެރަޕީ ސެންޓަރުތައް ޤާއިމުކުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ސިއްޙީ ދާއިރާގެ އިތުރު ވަޢުދުތަކަށް ބަލާއިރު، "ސްމާޓް މޯ ލްޑިވްސް އިނިޝިއޭޓިވް" ގެ ދަށުން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް ޓެލެމެޑިސިން ވިއުގައަކުން ގުޅާލާނެއެވެ. އަދި އަވަސްފަރުވާ ފޯރުކޮށްދިނުމަށް، ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި ޕެރަމެޑިކްސް ޔުނިޓްތައް ތަޢާރަފުކުމަށްވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލޭ ސަރަޙައްދުގައި ސްޕެޝަލައިޒްޑް ނޭޝަނަލް މެޓަރނިޓީ އެންޑް ޗައިލްޑް ކެއަރ ހޮސްޕިޓަލެއް ޤާއިމުކުރަން ވަޢުދުވެފައިވާއިރު، މި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ސްޕެޝަލައިޒްޑް ފަރޓިލިޓީ ޓްރީޓްމަންޓް، ފެމިލީ ޕްލޭނިންގ ކައުންސިލިންގ އަދި ސްޕެޝަލައިޒްޑް ނިއޯ ނޭޓަލް އެންޑް ފީޓަލް ޑައިގްނޯ ސްޓިކް ޚިދުމަތްތައް ހިމެނެއެވެ.

އާސަންދަ ސްކީމް މުރާޖަޢާކޮށް، މި ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރަން ވެސް މި މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އަދި ހައިޕަރޓެންސިވް އަދި ހަކުރު ބަލީގެ މީހުން ހިލޭ ޓެސްޓްކުރުމާއި، މޮނިޓަރިންގ ކިޓް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މިސަރުކާރުން ތަރައްޤީކޮށްފައިވާ ދަރުމަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން ދެވަނަ ފިޔަވަހި ނިމޭއިރު ދަރުމަވަންތަ ހޮސްޕިޓަލުަގައި 850 އެނދު ހުންނާނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްތެރިންނާއެކު، ސެޓަލައިޓް ސެންޓަރުތައް އައްޑޫ ސިޓީ ހިތަދޫއާއި ހދ.ކުޅުދުއްފުށީގައި ޤާއިމުކުރާނެއެވެ. އަދި ދިވެހި ޑޮކްޓަރުންގެ އަދަދު އިތުރުކުރުމަށް، ބައިނަލްއަޤްވާމީ ފެންވަރުގެ މެޑިކަލް ޔުނިވަރސިޓީއެއް ޤާއިމުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމުތައް ދިވެހި ދަރިވަރުންނަށް ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ.

މިހާރު ވެރިކަމުގައި ހުންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެސް ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސީމު

    ސާބަސް! ވާނެ! ފަސްއަހަރުން ގެނަސްދިން ކުރިއެރުން ފެންނަން އެބައޮތް!

  2. ނަޒާ

    ބަލަ ބޮޑެތި ބަލި ތަކުގައި އިންޑިޔާ ގައި އުޅޭ މީހުން ގެ އެހީތެރިން ބަލި ވެގެން އާސަންދައިން ޑޮކްރަށް ނުދެއްކެނީ ކީއްވެ ތޯ.މިބުނީ ހުން އައިސް ރޯގާ ޖެހި އާންމު ބަލިތަކުގައި. ހުރިހާ އެންމެން ނަކީ ސީރިޔަސް ބަލިމީހުނެއް ނޫން .މަޖުބޫރުވެގެން ބަލި މީހެއް ގޮވައިގެން އުޅެން ޖެހޭ މީހުން.

  3. ބެއްޔަ

    2013 ވަނަ އަހަރު ވައުދުވި ހިތަދޫ ހޮސްޕިޓަލް އަދި ލޮލަކަށް ނުފެނޭ. ގައިމުވެސް ހިތަދޫ ހޮސްޕިޓަލްގެ ހާލަތު ވީ ދަށް.

  4. ޙައްވަ

    ރައްޔިތުންގެ ފައިސާއަށް އިންޤިލާބީ ބަދަލެއްގެންނަންވީ. ގެއަށް ވެއްދި ގޯނިތައް ނެރެންވީ.ނުހައްގުން ދޭފުލެޓްތައް އަތުލަންވީ. ހިތްވަރު ހުރިއްޔާ މިކަންކަން ކޮށްފަ ދައްކާބަލަ.?

    • ގަމާރުމޯލްޑިވިއަންމ

      ހަށްހަށް ހާ.ހީހީ ހަލާކު

    • ޟުހާ

      ޙައްވަގެ ޗާންސް ގަބޫލު ނުކުރީމަ ދޯ ޖޭވެގެން ތި އުޅެނީ.

  5. ގދ ތިނަދޫ

    1111111111111111¹11111¹11111111¹11111¹11111¹111¹11111111¹111111111111111111111111 ތާއީދު

  6. ޒަރީރު

    އުފާވެރި ޚަބަރެއް. އާސަންދަ ސަރުކާރުން ލިބުނުކަމުގައި ވިޔަސް އިންޑިޔާ ފަދަ ޤައުމުތަކަށް ދިވެހިން ބޭސްފަރުވާ ގޮސްފަ އުޅުމަކީ އެހާ ފަސޭހަކަމެއް ނޫން. އިންޑިޔާ މީހުންނަކީ ވަރަށް ސާފުތާހިރު ކުޑަބަޔަކަށް ވެފައި ހޮޓާތަކުގެ ޚިދުމަތް ދިނުމުގައި ވަރަށް ވެސް ވަރަށް ދަށް. ދިވެހިންނާ މެދު ކަންތައްތައް ކުރަމުންދަނީ ވަރަށް ނިމެތިގޮތަކަށް ؟ ހޮޓާތަކުގެ މީހުން ބޭނުންވާ ވަރަށް ދިވެހި އަތުން ފައިސާ ނެގުމަށް ފަހު ހޮޓާތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅު ފެންވަރުގައި ނެތުމަކީ ބަލި މީހުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް. ދިވެހިންނަށް މަޖުބޫރުވޭ ރާއްޖެއިން ފަރުވާ ނުކުރެވޭ ބަލިތަކުގައި އިންޑިއާރ އިން ފަރުވާ ހޯދުމަށް.