އިދިކޮޅު ބައެއް ފަރާތްތަކަކީ ޚާއިނުންކަމަށް ސިފަކޮށް އެފަރާތްތަކުން ދަނީ ދިވެހި ރާއްޖެއާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅައިދިނުމަށް ގޮވާލަމުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިރޭ ޕީޕީއެމް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ ޤައުމިއްޔަތުގެ ކުލަ ހުރި މީހުނެއް ނޫންކަމަށެވެ. އަދި ޤައުމިއްޔަތުގެ ތަންފުކެއްވެސް ހުރިނަމަ މިދެންނެވި ފަދަ ކަންކަމެއް އެއްވެސް ހާލެއްގައި ނުކުރައްވާނެކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އދގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރު ޤައުމުތަކުގެ ކައިރިޔަށް ވަކިވަކިން ގޮސް މިޤައުމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުންދާކަމަށެވެ. މިކަންތައް މިހާހިސާބަށް ދިއުމުން އެބޭފުޅުންނަށް ޚާއިނުން ނޫން އެހެން އެއްޗެއް ނުކިޔޭނެ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

" މިމީހުންނަށް ޚާއިނުންނޫން އެހެން އެއްޗެއް ކިޔާކަށް އަޅުގަނޑު މެންނަކަށް ނުކުރޭނެ މިއީ ޤައުމުގެ ޚާއިނުން. ޤައުމުގެ އަދުއްވުން. ދުޝްމަނުން.. " އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭވަނީ މިފަދަ ކަމެއް ކުރާނީ ޤައުމަށް ކިހާ ހެއޮއެދިވަޑައިގަންނަވާ ބައެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މިމީހުންގެ ނިޔަތޭމެދު ވިސްނާ، މިމީހުންނާ ދޭތެރޭ ހުށިޔާރުވުމަށް އަދުރޭ ވަނީ ރައްޔަތުންނަށް ގޮވާލަށްވާފައެއެވެ.

ހަސަން ރަސްގެފާނާ އެއްވަރަށް އިދިކޮޅު ފަރާތްތަކުގެ އުދަގޫ ޤައުމަށް ބޮޑުވެފައިވާކަމަށް ސިފަކޮށް އަދުރޭވަނީ މިމީހުން ގެނެވުނު ގޮތަކަށް ގެނެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސމނ

    އަދުރޭ އެކަނި މިގައުމުގަ އުޅެން ވީނު.ކިހާބޮޑު ވެއްޖެވަބާ އެއްތަ.

  2. ޑޭންޖުރެސް

    މާލޭގައި ހުޅު ޖަހަން ދަނީ ބަޔަކު ރާވަމުން، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ވާނަމަ އެކަމަކީ އެއީ ވަރަށް ނުރައްކާތެރި ކަމެކޭ. އެކަން ޖެހޭނެއޭ ހުއްޓުވެން. މާލޭގައި އަލިފާން ރޯ ކޮށްގެން އަދި އަލިފާން ބޯޅަ އުކައިގެން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން އެމެން އުޅޭނަމަ މަމެންގެ ވެރިކަމުގައި އެމެންނަށް އޭގެ އަހުވަ ވަރަށް ރީއްޗަށް ދައްކަން ޖެހޭނެއޭ. މިރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރަކީ އެއީ އެއްގޮތަކަށް ވެސް މާލޭގައި ރޯ ކޮށްގެން ވައްޓާލަން ޖެހޭނެ ސަރުކާރެއް ނޫނޭ އެގޮތަށް ކަންކަން ކުރާ ބަޔަކު އެކުރަނީ އެއީ ވަރަށް ނުރައްކާތެރި ކަމެކޭ އެއީ މިރާއްޖެ ސީރިއާ އޮތް ހާލަތަށް ބަދަލު ކުރަން އެމެން ކުރަން އުޅޭ ކަމެކޭ. ދޭ އާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

  3. އޮޅާލާ

    ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 41 ގައުމަކުން ސަރުކާރަށް ގޮވާލަނީ އެއީ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުން ނޭ އަދި އެކައުންސިލުން ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ހުކުމް ތައް ތަންފީޒު ކުރަން ގޮވާލަމުން ދާތީވެ ބެލެވެނީ މީ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލަކީ އެއީ ބާތިލް އަށް ގޮވާ އަބޫ ޖަހުލު ތިއަރީ ގެންގުޅޭ އަބޫޖަހުލު ޑީއެންއޭ ހުރި ބޮޑުން ތަކެއް ހިންގާ ތަނެއް ކަމަށޭ. އދ. ގެ މޭންޑޭޓެއް ނޫނޭ ގައުމު ތަކުގެ ދާޚިލީ ކަންކަމަށް ބޭނިގަތުމަކީ ދެން ލަންކާ ގައި ގާއިމް ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކީއްވެތޭ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުން ނުގޮވަނީ ނުގޮވާނެ ތާ ރިޗަރޑް ބްރެންސަނޭ އަތު ކަޓެއް ނުލިބޭ ވިއްޔާ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުގެ ބޮޑުންނަށް އެގޮތަށް ގޮވާލާށޭ ކިޔައިގެން ދޯ. އދ. މިހާތަނަށް ބޭނިގަތް ގައުމެއް ފުނޑު ފުނޑު ވުން ނޫން ދެން އެހެން ކަމެއް ނެތޭ އެހެން ކަމުން އދ. ބުނާ ގޮތަށް މަމެން ނަހަދާނަމޭ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލް ގެ ނިންމުން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ރަންރީނދޫ ޓްވިޓަރޭ މެން ބެކަށް ޖަހާ ޖަހާ ޖަހާ..

  4. ކުރާތި

    ލެކިއުޓް މާޖިދު ހައްޔަރުކުރަން ޖެހޭނަމަ ހައްޔަރު ކުރަން ޖެހޭނެއެވެ. އެމެން މުއްސަނދި ވިގޮތް މަމެންނަށް ވަރަށް ރީއްޗަށް އެނގެއެވެ. ޕިޕިޕީ ގެ ދަށުން އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ ލިބުނު ކަޓް އިން ދޯ އެމެން އިލެކްޓްރޯނިކް ވިއްކާ ސާމާނު ތަކެއް ވިއްކާ ފިހާރަ ތަކެއް މާލޭގެ ޕްރައިމަރީ މަގުތަކުގައި ހަދައިގެން މަހުޖަނުންނަށް ކުއްލި އަކަށް ބަދަލު ވެގެން ދިޔާއީ އެއީ އެމްޑީޕީގެ ވެރިކަމުގައި ނޫންތޭ. އެމެން ނޫންތޭ އެސްޓީއޯ އާއި އަދި ސްޓެލްކޯ އާއި އެމްޕީއެލް ވެސް ވިއްކާލަން އުޅުނީ އެމެންނަށް ކަޓް ލިބޭނެ އުސޫލުން. އެކަން އެމެންނަށް ނުވުމުން އެމެން އުޅެނީ މަމެންގެ ވެރިކަން ގާނޫނުގެ ބޭރުން ވެސް ވައްޓާލައިގެން ރާއްޖޭގެ ވެރިކަމަށް ފާވެވޭތޯއޭ ކުޅަދާނަ އެއް ނޫނޭ އެގޮތަށް އެކަން ވާން.

  5. ކުރާތި

    މާލޭގެ އަމަން ނަގާލުމަކީ އެމްޑީޕީ ބޭނުންވާ ކަމެއް ކަން އެމްޕީ ނިހާން އަދި ޕީޖީ ގްރޫޕްގެ ލީޑަރު ބުނާނަމަ އެއީ ޑެޑް ސީރިއަސް ކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. އަދި ވެސް މިރާއްޖޭގެ ސިޔާސީ ދާއިރާ ހީޓް ކުރަމުން އެމްޑީޕީން ދާތީވެ ސަރުކާރުން އެބަޖެހޭ ސީދާ ރައްޔިތުންނާއި ގުޅުން ހުރި އިގްތިސާދީ ކަންކަން ފަހި ކޮށްދޭން. އެގޮތުން ބަލާއިރު މާލެ ސަރަަހައްދުން ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ ހުރިހާ ފަރާތްތަކަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެ އެންމެންނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ފަށަންވީ އޭ ބޮޑެތި ރަސްމިއްޔާތު ތަކާއި އެކު. މިކަން ކުރަން ފަށަންވީއޭ އެމެން ބޮޑު ސޯޅަ ގެންނަން އުޅުމުގެ ކުރިން. ބޮޑު ސޯޅަ އައުމުގެ ކުރިން މިކަން ކުރަން ފަށައިފިނަމަ ދެން އެމްޑީޕީގެ ކޮޅަށް އަރާނެ ބަޔަކު ނުވާނެއޭ އެއިރުން ކެނެރީގެ ނަޝީދު ވެސް ގާސިމް ވެސް މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ބުނެ ދައްކާ ވާހަކަ ތަކަކީ އެއީ ރޯ ބުހުތާނު ދޮގޭ އެކަން ކަން ފަސް އެޅޭނީ އިގްތިސާދީ ވަރުގަދަ ޕެކޭޖްސް ތަކެއް ނެރެގެންނޭ އަދި އެގޮތަށް ނެރޭ ޕެކޭޖްސް ތަކަކީ އެއީ ގިނަ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ކަމަކަށް ވާން ޖެހޭނެއޭ. ބްރިޖް އާއި އިންޑަސްޓްރިއަލް ވިލެޖް އާއި ދެމެދު އޮންނަ މަގުގައި ތާރު އެޅި ނަމަވެސް އެއިން ރައްޔިތުންގެ ސިކުނޑި އަށް ކުރާނެ މާ ރަނގަޅު އަސަރެއް ނޯންނާނެ މިސަރުކާރުން ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮށް ދޭކަމުގެ އިހްސާސް އިވޭލުއޭޓް ކުރާ އިރު.

  6. ޑޭންޖުރެސް

    މާލޭގައި ރޯ ކުރުމަށް ޓަކައި ރާއްޖެތެރޭގައި ރޯކުރުުމުގެ ރޮގުން ދުނިޔޭގެ އެވޯރޑް ހޯދާފައިވާ އަތޮޅުން ބެންޑޭ މެން މާލެ އަށް އެެމެން އަރުވައިގެން އުޅޭ ކަން އެއީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެކޭ ކަން މިހެން ހުރުމުން އެގޮތުން އެންމެ ދެކުނު ވިންގް އިން މާލެ އަށް އެެއްވެސް ބެންޑޭ އަކު އަރާ އެބަހުރިތޯ ބަލާ އެ އެންމެން ވެސް މާލޭން ވަގުތީ ގޮތުން ބާލާ އަދި ބޮޑު ސޯޅަ އަށް މާލޭގައި މުޒާހަރާ ކުރަން އަންނަ އެންމެން ވެސް މާލެ އަށް ނާރުވާ މާލޭން ބާލާ ހަދަން ޖެހޭނެއެވެ. ދަ ރާއްޖެތެރޭ ރަށެއް ނަމަ އެރަށުގެ ކުދި ބޮޑު އެންމެން ނިކުމެ އެމެން ރަށުގައި މުޒާހަރާ ކުރަން އަންނަ ބޭރު ރަށުގެ މީހުން އެމެންގެ ރަށަށް އެރިޔަ ނުދޭނެއެވެ. އެެހެން ކަަމަށްވާނަމަ މާލެ އަށް ރާއްޖެތެރޭ މީހުން ބޮޑު ސޯޅަ އަށް މުޒާހަރާ ކުރަން އަންނާން ނުޖެހޭނެއޭ އެގޮތަށް އަންނަ ހުރިހާ މީހުންނަކީ އެއީ ުނުރައްކާ ބަޔެކޭ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއ ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  7. އަލްޖިބްރާ

    އެންމެ ފުރަތަމަ ޖަލަށް ލާންޖެހޭ މީހުންގެ ތެރޭގައި ކަލޭ ހިމެނެއެވެ.

  8. ޖޭމްޖޭމް

    މާލޭގައި ހުޅު ޖަހަން ދަނީ ބަޔަކު ރާވަމުން، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބަޔާން ކުރާނަމަ އާންމު ރައްޔިތުން ވެސް ޖެހޭނެއޭ މިކަމުގައި ސަރުކާރަށް އެހީތެރިވެ ދަ ރާއްޖެތެރޭން ވެސް މާލެ އަށް އެއްވެސް ބެންޑޭ އެއް އަރާ މާލޭގެ ތަނެއް ގައި ރޯކުރަން އުޅޭތޭ. މިރާއްޖޭގެ ސައުތު ސައުތު ކަންޓްރީ ސައިޑް އަކީ އެއީ ތަންތާނގައި ރޯކުރުމުގައި ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަ ހޯދާފައިވާ ހަމަ އެކަނި އަތޮޅޭ ދުނިޔެ އިން ވެސް އެހެން ކަމުން އެކަން ބަލަން ޖެހޭނެއޭ. މާލޭގެ ތަންތާނގައި ސަރުކާރު ވައްޓާލާނެ ކަމަށް ހީކޮށް ރޯކުރުން އެއީ ސިސްޓަމް ޖޭމް ވާނެ ކަމެކޭ ކޮންފިއުޝަން ކޮންޓްރެޑިކްޝަން އޭ އެމެން ގެންގުޅެނީ ހުއްޓުވާ އެމެން ހުއްޓުވާ ހުއްޓުވާ އެއޮތް ދަނީ އެމެން ފަހާ ދުވޭ ދުވޭ ދުވޭ އަތުލާ އަތުލާ ޖޭމް ކޮށް ލާ އެމެން ޖޭމް ޖޭމް. ހިއަރ ކަމްސް ދަ ބެންޑޭ ފެގް ބޮމުން ތަނެއް ގައި ރޯކުރަން ވެގެން ދޯ ޖޭމް ޖޭމް ޖޭމް ބިންގޯ ބިންގޯ ޖިންގޯ ޖިންގޯ ޖިންގޯ ޖޭމް ޖޭމް ޖޭމް. ހައްޔަރު ކުރޭ ކުރޭ ކުރޭ ކުރޭ ޖޭމް ޖޭމް ޖޭމް..

  9. ދަމާދަމާ

    ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 41 ގައުމަކުން ސަރުކާރަށް ގޮވާލައިފިއޭ. އެހެންތޭ އެގޮވާލީ ކޮން ބަޔެއްތޭ. އެއީ އދ. އޭ. ބަލަގަ އދ. އަކީ އެއީ މަމެން ޗަންދާ ދައްކައިގެން ގެންގުޅޭ ނޯކަރުންނޭ އެމެންނަށް ނޭގޭނެއޭ މަމެން ކަންކަން ކުރަންވާ ގޮތް ބުނެދޭން. އެމެން ބުނި އެއް ނޫންތޭ ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ނުކުރެވޭނެއޭ ނުކުރެވޭތޭ އެމެން ބުނި އެއް ނޫންތޭ މާލެ ސަަރަހައްދުން ފަޅު ތައް ހިއްކައިގެން ތަރައްގީ ނުލިބޭނެއޭ ނުލިބޭތޭ އެމެން އެއީ ދުނިޔޭގައި ތިބި ކިއްލި ތަޅާ ކިޔަވައިގެން ތިބި އީގޯސް އިން ތަކެއް މަސައްކަތް ކުރާ ބޮޑެތި ކަނޑު ކޮހުން ތިބޭ ތަނެކޭ މަމެން ނަހަދާނަމޭ އަލިފުދާލު ބުނާ ގޮތެއް އަދި ވަކިން އދ. ގެ ހިއުމެން ރައިޓްސް ކައުންސިލަކީ މަމެން ދެކޭ ގޮތުގައި އދ.ގެ ފާޚާނާ ސާފުކުރަން ލާފައި ހުންނަ ގޮލައަކު ހަދައިގެން އުޅޭ ތަނެކޭ އޭނާ ބުނާ ގޮތެއް މަމެން ހަދަން ނުޖެހޭނެއޭ ބިކޮޒް މަމެން މީ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ދަ ހާކިމާ އޭ ދަ ހާކިމާ ނުޖެހޭނެއޭ އދ. ބުނާ ގޮތަށް ހަދަން އދ. ދަނޑި ދަމާ ދެކޮޅަށް ތި ބެގެން ދަމާ ދަމާ ދަމާ.