ދިރާގު ހިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ކުރަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ކަމަށް އެކުންފުނިން ބުނެފި އެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެމުންދާ މިދަނޑިވަޅުގައި އެވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫންކަމަށް ބުނެ ދިރާގުން ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން ނޫނީ އެހެން ފަރާތަކަށް ހިއްސާކޮށްފައިނުވާނެ ކަމަށާއި ކުރިމަގުގައިވެސް ނުކުރާނެ ކަމަށެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިރާގުން އަމަލު ކުރަނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން އަމަލު ކުރަން ލާޒިމްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ކޮމިއުނިކޭޝަން އޮތޯރިޓީ ދޫކޮށްފައިވާ ލައިސެންސްގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް ދިރާގުން ބުންޏެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ދިރާގު ނަންބަރުގެ އިތުރު ސިމް ކާޑެއް ހައްދާފައިވާ ކަމަށް އޭނާގެ ޓްވިޓާގައި ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ހެދި ސިމް ކާޑު ބޭނުން ކޮށްގެން ސަރުކާރުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްފައިވާކަމަށްވެސް ތައްޔިބުވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ދިރާގުން ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އޭނާގެ ނަމްބަރުގެ އެކްސެސް ޕޮލިހަށް ދީފައިވާ ކަމަށާއި އެއީ ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުން ކޮށްފައިވާ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުނާނާ

    ދިރާގަކަސް، އުރީދޫ އަކަސް، ކޯޓް އަމުރު އައީމަ ޖެހޭނީ ތަބާ ވާން. ޤައުމުގަ ފިތުނަ ފަސާދަ އުފެދޭ އަދި އުފައްދާ، ޤައުމީ ސަލާމަތަށް ނުރައްކާވާ ހުރިހާ ފަރާތަކަށްވެސް ޖެހޭނީ ހަމަ ތި ދަތުރު. މީ އަންނި ވެރިކަމުގަވެސް ހިނގާފަ ހުރި ކަންތައް. އޭރު އަދީ ކޯޓުއަމުރެއް އޮވެގެނެއްނޫން ކޯލުތައް އަޑުއެހީކީވެސް. މޮޅު ވާހަކަ ނުދައްކާ. ހިތުން އުރީދޫއަށް ބަދަލުވީމަ އެނިމުނީކީ ނޫން، އެތަން އަދި މާފީކަޅާ، ޓްރަސްޓްމީ އައި ވޯރކްޑް ދެއަރ

  2. ކަސްޓަމަރއެއް

    ޥައްކަންކޮއްފަ ކާކުތޯ ބުނާނީ ތިމަންނަ ވައްކަން ކޮއްފީމޭ. ޢެވެސް ބޮޑު ވައްކަމެއް

  3. ރިއަލިޓީ

    އެޑޮލްފް ހިޓްލަރ ވެސް ނުކުރައްވާ ޤާނޫނާ ހިލާފު އެއްވެސްކަމެއް.. މެރި ބަޔަކުވެސް މެރީ ޤާނޫނުން ބާރު ލިބިގެން ކޯޓުގެ އަމުރުވެސް ލިބިގެން.. ކޮންސަންޓްރޭޝަން ކޭމްޕްތައްވެސް ހިންގީ ޤާނޫނެއް ފާސްކޮށް އޭގެ ދަށުން. އެކަމު ކާކުތޯ ޢަބޫލުކުރަނީ ޤާނޫނާ ހިލާފު ނުވާކަމަށް؟ ދުނިޔެ ވެސް ޤަބޫލުނުކުރޭ

  4. މިންނާ

    ދެން ކޮން އަޑެއްބާ މި ފެތުރެނީ

  5. ދިރާގު ފެއިލް

    ކޯޓް އަމުރަށް މައުލޫމާތު ފޯރުކޮއްދިނަސް އެނަމްބަރ އެހެން ފަރާތަކަށް ދީގެން ނުވާނެ