މިދިޔަ މަހުގެ 5 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް 41 ގައުމަކުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ގިނަ ގައުމުތަކެއް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ޖެހޭ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑްކުރި މާއްދާތައް އިއާދަކުރުމަށެވެ. އަދި ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެން ކޯޓުތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށާއި އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާ ކަމަށްވެސް އެބަޔާނުގައި ވެއެވެ..
އަދި ރާއްޖެއިން އެ ކައުންސިލްގެ ގޮވާލުންތަކަށް އިޖާބަ ނުދޭކަމުގައިވެސް އެބަޔާނުގައި ވެއެވެ. އަދި އެ ކައުންސިލްގެ ގޮވާލުމަށް އިޖާބަ ނުދީ ރާއްޖޭގެ ސަރުކާރުން ޝަރުއީ ދާއިރާ އާއި ގާނޫނީ އަސާސީއިން ލިބިދޭ ހައްގުތަށް ހަނިކުރާ ކަމުގައިވެސް އެބަޔާނުގައި ވެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކޮށްފައިވާއިރު ބައެއް ކަހަލަ ތުހުމަތު ތަކުގެ ސަބަބުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މީހުން ދަނީ ހައްްޔަރުކުރަމުންނެވެ.
އަދި ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު އިއްތިހާދުން އަންނަނީ މާލޭއާއި ރާއްޖެ ތެރޭގައި މުޒާހަރާތަށް ކޮށް ގައުމު ހަލަބޮލިކޮށްފައެވެ.
ޏުޖެހެބުނާހާގޮތެއް ހަދާކައް، ފްރާންސްގަ 2އަހަރުވީ ކުއްލިނުރައްކާ އޮންނަތާ، ލަންކާ، އިންގިރޭސި ވިލާތް، ސްޕޭން މިހެންގޮސްބަލާބަލަ، އަހަރުމެން ކުޑަވީމަ ކަލޭމެންބުނާހާ ގޮތެއްވަކި ހަދާކައްނުޖެހެ. މިތާކަމެއްވިޔަސް ކަލޭމެން ނާގާނެ ޒިންމާއެއް ނޯންނާނެ. ތިގައުމުތަކުގެ ރައްޔިތުންވެސް މިހާރު ތިމީހުންދައްކާވާހަކަ ގަބޫލުކުރަނީ މަދުބައެއް. ޢެކަންއެންގޭ ރާއްޖެއައް އަންނަފަތުރުވެރިންގެ އަދަދައް މިޔަދުބެލިޔަސް
މިމީހުންނަށް ކޮން ބަލާއެއްތޯ؟
ޒާތީ ތަޢައްސުބަކުން ފުރިގެންވާ ގޮވާލުމަކަށް ތަބަޢަވާކަށް ނުޖެހޭ. މި ގޮވާލުން ގޮވާލި ގައުމުތަކުގަ އެގައުމުަށް މިގޮތަށް ޤައްދާރުވާ ޚާއިނުންނާ މެދު ކަންތައް ކުރަނީ މިއަށްވުރެ އިހާނެތިކޮށް.
ތިޔަބުނާ މިނިވަން ކަން ދުވަހަކުވެސް ނުދިނިއްޔާ ރަގަޅީ
ގާސިމް އިބްރާހިމް އަދި ނަޝީދު ހުރިތާކުން ހޯދައި މިދެމީހުން އަޒަލުކުކުމަށް ގޮވާލަން
ތިޔައީ ސަރުކާރާ އަދި އިސްލާމްދީނާ އިދިކޮޅު ރީނދޫ ބާޣީންނަށް ކޮށްދޭ މަސައްކަތް. އިންތިޚާބު ކައިރިވާ ވަރަކަށް ތިޔަކަހަލަ ގޮންޖެހުން ތައް ކުރިމަތިވާނެ. އަޅާލާނެކަމެއް ނެތް.
ތީ މިގައުމަށް އާކަމެއްނޫން، މިގައިމުގެ އެމްޑީޕީ ކިޔާ ރީނދޫ ބައިގަނޑު އެމީހުންގެ އަމިއްލަ ބޭނުންތަކަށް ފަރަންޖީންނަށް ރިޝްވަތް ދީގެން މިގައުމާއި ދިމާކުރުވާތާން ކިތައް ދުވަހެއް، ކުއްލިނުރައްކަލުގެ ހާލަތު އުވާލާނެ ވަގުތެއް އިގޭނީ އެފިޔަވަޅުއެޅި ފަރާތައް، ވަގުތުން އެހާލަތު ނަގާލާށޭ ކިތައްމެމަތީ ފަރާތަކުން ގޮވާފަ ފެލުނަސް މިސަރުކާރަށް ޑަރުވެސް ހީނުވާނެ، އެއްފަރާތެއްގެ އަޑުއަހާއިގެން އެނެއްފަރާތުން އެއްވެސް މަޢުލޫމާތެއް ނުހޯދާ، ކަންތައްތައް ނިންމުމަށް ގޮވާލުމުން އިގޭއެއްޗަކީ ތީ އެއްވެސް އިޚުލާސްތެރިކަމެއްނެއް ވަކިފަރާތަކަށް ޖެހިފައިވާ ފޭއިންސާފު ހިއުމެން ރައިޓްސް އެއްކަން
މިގައުމުގަ ކަމެއް ވާއިރައް އ ދ އީޔޫ އިންޑިޔާ އެމެރިކާ އަދި އިގިރޭސި ވިލާތުން މިބެހިގަންނަނީ ކީއްވެގެންތަ މިގައުމުގަ އެކަނިތަ ކުއްލިނުރައްކާ އިއުލާން ކޮއްގެން އުޅެނީ ކަލޭމެން ކިތަންމެ ވަރެއް އެރުވިޔަސް ކަލޭމެން ތިޔަ ބޭނުންވެގެން އުޅޭކަންތަކެއް މިތާކު ހަމަ ހިލާ ނުކުރެވޭނެ އަދި މިގައުމުގެ ރައްޔިތުން ކުރިޔަކަ ނުވެސްދޭނެ.