ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާން ކުރެއްވި ވިލިމާލެ 2 މަޝްރޫއުކަމުގައިވާ "ހިޔާ އޮކްމްޕްލިޝްޑް" މަޝްރޫއުގެ މާސްޓާ ޕްލޭން އިފްތިހްކޮށްފިއެވެ.

މިރޭ، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މާސްޓާ ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދުއެވެ.

ވިލިމާލެ ފޭސް-2 ގެ މަޝްރޫއަކީ މި އަހަރުގެ މިނިވަން ދުވަހުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރެއްވި މަޝްރޫއެކެވެ. އެރޭ ރައީސް ވިދާޅުވިގޮތުގައި، ވިލިމާލެ 2 ތަރައްގީ ކުރަން ނިންމާފައި ވަނީ، 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ.

ވިލިމާލެ 2 މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ގުޅީފަޅާއި، ފުށިދިއްގަރު ފަޅުން 1000 ހެކްޓަރުގެ ބިން ހިއްކައި، މާލެ އާއި ވިލިމާލެ އާއި ވިލިމާލެ 2 އާއި ގުޅީފަޅުގެ އިތުރުން ތިލަފުށި ބުރިޖުތަކުން ގުޅުވާލައިގެންނެވެ.

މި މަޝްރޫއުގެ އަށުން 82000 ފްލެޓް ތަރައްގީ ކުރެވިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން 1،000 އަކަ ފޫޓުގެ ފްލެޓާއި 1،000 އަކަފޫޓުގެ ބިން ބޭނުންވާ މީހުންނަށް ފޯމް ހުށަހެޅުމަށް ފުރުސަތު އަދިވެސް އެބައޮތެވެ.

މި ފްލެޓްތައް ދިނުމަށް ނިންމާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތް ފަރާތްތަކަށެވެ.

ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލެ ދެއެއް ތަރައްގީކޮށް ނިމޭއިރު މިހާރު ބޯހިޔާވެހިކަން ބޭނުންވެފައިވާ ހުރިހާ އެންމެންނާއި 2030 ވަނަ އަހަރަށް 18 އަހަރު ފުރޭ އެންމެންނަށް ބޯހިޔާވެހިކަން ކަށަވަރުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަބޭސް

    މިފަދަ ތަރައްގީގެ އެއްމެ ވަޢުދެއްވެސް ވާކަށް އިބޫއަކަށް ނުކެރޭނެ އެއީ ޕަޕެޓް ރައީސަކަށް ބަރެއް ނޯންނާނެތީ

  2. މަހަށްދޭބަލަ

    މަމެން ޕިންކީން ނޭ ހަގީގަތުގައި ރަނގަޅު ބޯހިޔާވައްސެއް ގާއިމް ކުރާނެ މަޝްރޫއު މިއިއުލާން ކުރީ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ...

  3. ފާތިމާ

    ސާބަހޭ ރައީސް ޔާމީން އަށް . ޢިންޝާﷲ ރައިސް ޔާމީން 2ވަނަދައުރަަށް ހޮވޭނެ އިރާދަފުޅާއި މިންވަރު ފުޅުން

  4. ސިކުނޑި

    ދެން ހެޔޮ! ފުދިއްޖެ!! ތަޅުދަނޑި އަތައްދިނަސް ދެން އިތުރަށް ކުރާނެކަމެއްނެތް!! ވ.ސަލާމް

  5. އުއްމީދު

    (އުއްމީދުގެ އަލިކަން އެ ގެނައި ކުޑަކުޑަ ސިއްރުން ، އުއްމީދު އުފައްދައިފިޔެ މުޅި ދޭހަށަ ރަމްޒުން) މަރްޙަބާ! ރައީސް ޔާމީން. މާތްﷲގެ ރަޙްމަތްފުޅުން ، ރައީސްކަމުގެ ދެވަނަ ދަވްރެއް، ރައީސް ޢަބްދުﷲ ޔާމީން އަށް މިންވަރުކުރައްވާށި. އާމީން.

  6. ނަޒަރު

    ރ ޔާމީން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ
    ލާބެާއި މަންފާއަށް ކޮށްދެއްވަމުންދާ މަސައްކަތް ޕުޅުތަކަށް މަރުޙަބާ!
    2018ގެ ރިޔާސީ އާދައުރު ރ ޔާމީނަށް ކާމިޔާބު ވާނެ އިންސާ ﷲ

  7. ރަސީދު

    ސާބަސް ރޔ ކުރިޔައް ގެންދަވާ

  8. ޙައިރާން

    ކޮންމެފަދަ ސަބަބަކާހުރެގެންނަމަވެސް ދެލޯ އަނދިރިވީމާ ތަންތަނެއް، ތަކެއްޗެއް(ކިތަންމެ ދިގަސް، އުހަސް) ނުފެންނާނެ. ދެން ޖެހޭނީ މީހެއްގެ ގައިގާ ހިފަހައްޓައިގެން، ނޫނީ ލެނގިގަނެގެން ހުންނަން. މީހާގެ ޤާބިލްކަންނެތީ.

  9. މުންދު

    ވަގުތު ފާއިތު ވަމުންދާއިރު، ދެވަނަ ދައުރަކަށް ހޮވާތޯބެލުމަށް މިހާރު އިފުތިތާޙު ކުރެވޭ އެއްވެސް މަޝްރޫޢަކީ، ކާމިޔާބު މަޝްރޫޢަކަށްވާނީ، ދެވަނަ ދައުރަކަށް ހޮވުނީމައެވެ. އެހެނީ، މަޖިލިސް ޙިސާރުކޮށް، މެންބަރުންތައް ފާރުމަތިން އުކާލައި، ސިޔާސީ ވެރިން ގޮޅިއަށްލައި، ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ފުނޑު ފުނޑުކޮށް އުއްތަމަފަނޑިޔާރު ޖަލަށްލައި ޤައުމު ދަރުވާލާފައިވާއިރު، މިކަންކަމަށް ނުބަލައި މިއިންތިޚާބު ކާމިޔާބުވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށް ބެލޭއިރު، މިރާއްޖޭގެ ރައްޔިތުން ބަދަލަކަށް ބޭނުންވާ ކަމަށް ގޮވަމުންދާ ގޮވުންތަކަކީ، މިކަންކަމާއި ގުޅިފައިވާ ގޮވުންތަކެކެވެ.

  10. ނުރަބޯ

    ދިވެހި އެއްމެހާ ރައްޔިތުންނޭ. މި ސަރުކާރަކީ އުއްމީދީ ސަރުކާރެއް، ބުނާބަހުގައި އިތުބާރު ހިފޭ ސަރުކާރެއް. އެހެންކަމުން ދިވެހިރައްޔިތުން ތަރައްގީގެ ކުރިބޯށްޓަށް ވާސިލު ވުމަށްޓަކައި 1 ނަމްބަރު ކެނޑިޑޭޓް ރައީސް ޔާމީނަށް ފުރުޞަތު ދެއްވާ.

  11. سعدية

    ސާބަހޭ ސާބަހޭ ރައީސްޔާމިނު ހޮވާނަށް

  12. މަޒް

    އެންމެ ފަހު ދުވަހާ ހަމައަށްވެސް މިވެނި ކަމެއް ކޮއްދޭނަމޭ ތި ބުނަނީ.. ކުރީފަހަރުވެސް ތިހެން ބުނި.. ބުނި އެއްވެސް ކަމެއް ނުވޭ.. ނުބުނާ ކަންތައް ކުރީ.. ތީ ދޮގުވެރިއެއް.. މަކަރުވެރިއެއްް.. ހިޔާނާތްތެރިއެއް.. އަނިޔާވެރިއެއް... ލަދު ކުޑަ ހަޔާތް ކުޑަ މީހެއް

  13. ޙައްވަ

    ހަމަ ވޯޓަށް ޖަހާމަޅި؟