ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ ރައީސް އްބްދުﷲ ޔާމީން މައާފްކޮށްދެއްވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި "ހިޔާ އެކޮމްޕިޝްޑް" މަޝްރޫޢުގެ މާސްޓާ ޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ސިނަމާލެ މާލެ ފްލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށާއި، އެތަނުގައި ސީސީޓީވީ ހަރުކުރުމާއި، އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓަން ވެސް ވަނީ ފެށިފައިވާކަމަށެވެ.

"އަދި ކުލި ނުނަގައިގެން އަރާފައިވާ އެތައް ދުވަހެއްގެ ޖޫރިމަނާވެސް ރައީސް ޔާމީން ވަނީ މައާފްކޮށްދެއްވާފައި". މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދު މި ގައުމުގައި ވެރިކަން ކުރެއްވިިއިރު ފެނިގެން ދިޔައީ ފަނާ ކުރުމާއި، ހިތާމައާއި ބިރުވެރިކަން ކަމަށެވެ.

އެމްޑީޕީ ކައުންސިލެއް މާލެ ސިޓީގައި އޮންނާތީ، އެ ބޭފުޅުންނާއި ހަވާލުކުރެވުނު މަސައްކަތްތައް ވެސް އަދާނުކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކައުންސިލާއި ހަވާލުކުރެވުނު މާލޭގެ ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް ނުކުރެވި އެތަންތަނަށް އަޅާނުލާ ވީރާނާވާން ދޫކޮށްލާފައި ހުރިތަން ފެނިގެން ހިނގައްޖެ ކަމަށެވެ.

"ރައްޔިތުންނަށް އެއްވެސް އަޅާލުމެއް ނެތް. ހަމަ ބިކަކޮށްލަން ދޫކޮށްލާފައި އޮތީ. އެތާ އުޅޭ މީހުންގެ ސަލާމަތްތެރިކަމަށް ނުބަލާ. އެތާ އުޅޭ މީހުންގެ އަސާސީ ހިދުމަތްތަކަށް ނުބަލާ، ތަން ގޮނޑުވާން ދޫކޮށްލާފައި އޮތީ. ފައިސާ ނެގުމުގައިވެސް އެކަމުގެ އެއްވެސް ވަރަކަށް ބެލުމެއް ނެތި އެތައް އަހަރެއްކޮށްފައި ދެން މި ފޮނުވަނީ ވޭތުވެ ދިޔަ އެތައް އަހަރެއްގެ ފައިސާ ތިން މަސް ތެރޭގައި ދައްކާށޭ. މިފަދަ އިހާނެތި ގޮތްގޮތް އެ މީހުންނަށް ނިސްބަތްވާ ސިޓީ ކައުންސިކުން ވެސް މި ކުރީ" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެހެންވުމުން ދެން ބަލާކަށް ނުތިބެވޭނެ ކަމަށެވެ.

"އެހެންކަމުން ރައީސް ޔާމީން ނިންމެވި އެތަންތަންވެސް ސަރުކާރުންނޭ ބަލަހައްޓާނީ. ނިންމަވާ މިހާރު ސަރުކާރުން އެތަންތަން ބަލަހައްޓަން މި ވަނީ ފަށާފައި" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މާލޭ ކައުންސިލަށް ބަޖެޓް ދޭ ކަމަށާއި، އެހެން ނަމަވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ފްލެޓްތަކުގެ ރަޖިސްޓްރީ ހެދުމަށްެވެސް އެއްވެސް ވަރެއްގެ އަހައްމިޔަތުކަމެއް ދެވިފައިނުވާކަމަށް ވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

"އެތައް ރައްޔިތުންނެއް ތިބީ އެތަންތަނުގެ އޯނާ ޝިޕް ނުލިބިފައި. ރައީސް ނިންމަވާފައި ވަނީ ސިނަމާލެ މާލެ ހިޔާ ފްލެޓްތަކުގެ ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދިއުމަށް. އެކަން މިހާރު ވަނީ ހައުސިންގ މިނިސްޓްރީން ފަށާފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކުން، ފްލެޓްތަކުގެ ރަޖިސްޓްރީ ހަދައިދިނުމުގެ ކަންކަން ކުރުމަށް ހައުސިންގ މިނިސްޓްރީއަށް ވަޑައިގަތުމަށް އެދިފައެެވެ.

ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާތީ އެތަންތަން ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ރައީސް ޔާމީން ނިންމަވާ އެކަން އިއުލާނުކުރެއްވީ މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަލީ

    ފެން ޖޫރިމަނާ މާފް. ފްލެޓް ޖޫރިމަނާ މާފް... ވަޓް އަ ގޭމް.. ކޮބާތޯ މާފް ކޮއްދިން ސުނާމީ ލޯންތަށް. މައުލޫމާތު ހޯދުމަށް ބޭންކް އަށް ސިޓީ ލުމުން ބުނީ ސަރުކާރުން ބޭންކް އަށް އެކަމާބެހޭ ގޮތުން އެއްވެސް އެއްޗެއް ނާންގާކަމަށް.. މީ މިމީހުންގެ މަކަރުވެރިކަން. އިބޫ ވައުދުވީމާ ސަރުކާރުން ވައުދު ފުއްދާގޮތް

  2. ޤައުމު

    ޝުކުރިއްޔާ ރައީސް ޔާމިން. އެވަރުކޮށްދޭ އިރުވެސް އެއްޗެކޭ ހިތައް ނާރާ މީހުން ތިބޭތި ދެރައީ.