އެމްޑަބްލިއުއެސްސީ އިން އެކުންފުނީގެ ކަސްޓަމަރުންގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާތައް މަޢާފް ކޮށްދީފިއެވެ.

އެމްޑަބްލިއުއެސްސީ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންނަށް ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާ އެއްގޮތް ވާގޮތުގެ މަތީން، ކަސްޓަމަރުންގެ ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް އުސޫލެއް ތަޢާރަފުކުރެވި، މިއުސޫލަށް މިއަދުން ފެށިގެން ޢަމަލުކުރަން ނިންމާފައިވާކަމަށެވެ.

އެއުސޫލުގެ ދަށުން، ކަނޑައެޅިފައިވާ ހާލަތްތަކަށް ރިއާޔަތްކޮށް 100 އިންސައްތަ އާ ހަމައަށް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލުތަކުން ޖޫރިމަނާ މާފުވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ.

މަޢާފް ކޮށްދޭން ނިންމާފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފެނުގެ ޖޫރިމަނާ އާއި ދިގު މުއްދަތަކަށް ފެން މީޓަރު ނުހުޅުވި ހުރި ފަރާތްކުގެ ޖޫރިމަނާ އާއި ބިލު ރައްދު ނުކުރެވޭ ހާލަތްތަކުގައި އަރާ ޖޫރިމަނާތަކެވެ،

މީގެ އިތުރުން މުޅިން މައާފު ނުކުރެވޭ ޖޫރިމަނާގެ ފައިސާ އަހަރުތަކަކަށް ބަހާލައިގެން ދެއްކޭ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތިމާ

    ޝުކުރިއްޔާ ރައީސް ޔާމީން ތީ މިޤައުމަށް ބޭނުން ވާކަހަލަ ވެރިޔަކީ އިންޝާ ﷲ ރަޢިސް ޔާމީން ހޮވޭނެ

  2. ޢިބްރާހިމް

    ޝުކުރިއްޔާ ރައީސް ޔާމީން އިންޝާ ﷲ 2018 ޔަގީން

  3. ދަންޑަހެލު

    ޖުރިމާނާތައް އެރީ ކޮންބަޔެއްގެ އިހްމާލުންބާ ބިލްތައް ޑެލިވަރީ ނުކޮށް ބަހައްޓަ ބަހައްޓާ ޖުރިމާނާ އަރުވަނީ އަހަރެން މީ ކޮށްމެ މަހަކު ތި އުދަގޫ ޖެހޭމީހެއް އަހަރެން އުޅޭ އޮފީހުގެ ބިލް ނުލިބިގެން ބިލްހޯދަން އެތަނަށް ދާ މީހެއް ދާ އިރު އޮންނަނީ ޖުރިމާނާ އަރާފަ ދެން ޖުރިމާނާ ކެޑޭނެ ގޮތެއްނޯވޭ އެކަމަމާއި ބެހޭގޮތުން ވާހަކަ ދެއްކޭނެ ގޮތެއް ނޯވޭ އެމް ޑަބުލިޔު އެސް ސީ ގެ އެމްޑީ ލަދު ގަންނަންޖެހޭ ޖުރިމާނާގެ ވާހަކަ ދާއްކަން