"ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ދިން ލޯބި އަނބުރާ ދޭނީ ހީނުކުރާ ގޮތަކަށް" ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުފަރާތްތަކުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުން އިދިކޮޅަށް ދިން ލޯބި އަނބުރާ ދޭނީ ހީވެސް ނުކުރާފަދަ ގޮތަކަށް ކަމަށާއި އެބޭފުޅުންގެ ސަރުކާރު މި އަންނަނީ ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަށް ހަމަ ހަމަ ކަމާއި އެކު ހޯދައި ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އިންސާފަކީ އޮންނަން ޖެހޭނެ އެއްޗެއް، އެއީ ކޮންމެ ރައްޔިތަކަށް ލިބެން ޖެހޭނެ އެއްޗެއް، އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރަކުން ދުވަހަކު ވެސް ނުފޫޒު ފޯރުވާ ވަކި މީހަކާމެދު ތަފާތުކުރުން އޮންނަ ފަދަ އަމަލެއް ނުކުރާނެ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަމަހަމަކަން ގާއިމުވެގެން ދާނެ" ފައިސަލް ނަސީމް ވިދާޅުވި އެވެ.

ފައިސަލް ނަސީމް ވިދާޅުވީ، މިހާރު ރާއްޖެ މިއޮތް ހާލަތަށް ވެއްޓުނީ ވެސް އިންސާފު ނެތި ރައްޔިތުންނާމެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ގައުމު ހަމަ މަގަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަން ޖެހެނީ ވަކި ވަގުތެއްގައި ނޫން ކަމަށާއި ކަންކަން ހަމަ މަގަމަށް މިހާރުން މިހާރަށް އެޅުވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި ޖަލުގައި އަނިޔާ ލިބެމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގޮވާލައްވާ ކަމަށެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އިތުރު އެއާލައިނަކަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އާތިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަަށް އިޝާރަތް ކުރައްވާ ފައިސަލް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ފެނިގެންދާނީ ރައްޔިތުން ވޯޓުލާ ގޮތަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ މިއަދު ޤައުމުގެ އެކި ކަންކޮޅުން ފެނިގެން މިދަނީ ހިތާމަޔާއި ހިތްދަތިކަމުގައި ތިބި އާއިލާތައް ކަމަށެވެ. އަދި މިޖަޒީރާރަށްތަަކަށް ބަލާލުމުން ފެނިގެން މިދަނީ އިންތިހާ ދަރަޖައިގެ ތަފާތު ކުރުން ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފުރުސަތުތުތައް ހަނިވެފައި އޮތުން ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ނުދެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަމުން ގެންދާކަމުގައި ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރަށް ފައިސަލް ވިދާޅުވީ ރައްޔިތުން އަބަދުވެސް އިސްލާހީ މަސައްކަތް ކުރަނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން ކަމަށާއި މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، ހަމަހިމޭން ކަމަށާއި އެކު މިނިވަންކަމާއި އެކު މަސައްކަތްކުރަން މިސައްކަތްކޮށް ބާރަށް ކުރިއަށް ގެންގޮސް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައިޝް

    ހައްހައްހާ...ކުރީ ފަހަރުވެސް އެމްޑީޕީ އިސްވެއޮވެ ތިޔަގޮތަށް އައި ކޯލިޝަނުން ހީނުކުރާގޮތަށް ލޯބި ދީފަ އޮތީ

  2. މޮނެބި

    ތިހިިނުކުރަަަ ގޮތެނި ބަލަކަނަ ބެނުމެނު ފަައިސަލު

  3. މުހައްމަދު

    ތިޔަބައިގަޑަށް މިގައުމުގެ ވެރިކަމަށް އާދެވިއްޖެނަމަ މިގައުމު ފަސާދަވެ ހަލާކުވެދާނެ. އެމީހަކުއަތުޖެހުނުތަނަކުން އަތުޖެހުނު އެއްޗެއް ދަވާލާނެ.

  4. ބޭބެ

    ރައްޔިތުން ގުނބޯ ހައްދައިގެން 2008 ވަނަ އަހަރުވެސް ވެރިކަމަށް ބަޔަކު އައި!! ވީކަމެއް ހަރާން!!! މުޅިގައުމާއި ރައްޔިތުން ތިބީ ބޮޑު ވޭނެެއްގައި ހިތްދަތިކަމާއެކު!! ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަން އެނގޭނެ!!!

  5. އަބުޖީ

    އެއީވަރަށް ބޮޑު ތެދެއް އެވެރިން މިގައުން އިސްލާންދީން ފޮހެލާދޭނެ އަދި އެފަދަ ރައްޔިތުންނަށް އޮޅުވާލެވޭނެ ހުރިހާކަމެއް އޮޅުވާލާނެ.

  6. ހަސަންބެ

    ރައްޔިތުންނަށް އެއްޗެއްދެވޭނީ ކަމެއްކޮއްދެވޭނެ ވަރުގެ ގާބިލްކަމެއް ހުރިނަމަތާދޯ އެހެންވެ އެކިޔަނީ ހީނުކުރާ ގޮތަކަށްށޭ.

  7. އަލީދާ

    ހީކުރަން އެގޭނީ ފަހެ ފައިސަލަށް މިކުރެވޭ ނުކުރެވޭ ކަމެއް އެގިގެނެއްނުން. އާންމުކޮށް ޕަޕެޓންނަކަށް ނޭނޭނެ ކަންކަމެއް

  8. ރަޝީދު

    ކޮންމެކަމެއް ކުރިއަސް ރައްޔިތުންންށް އޮޅުވާލުން ނޫންކަމެއް ނުކުރަަތި. ވަަހަކައެއް ދެއްކިއަސް ޖަލްސާއެއް ބޭއްވިއަސް
    ބަލައި އަޑުއަހާމީހެއް

  9. ރަޒީނަ

    ތިބުނާއންސާފަކީ އެހެންދީންތަކަށް ފުރުސަތުދިނުމާ އެއްޖިންސުން ކައިވެނި ކުރުމާ
    ޖަލުގަހުރިގަންޖާބޯ އާއި ތޮރުފާގާސިމު ދޫކުރުންދޯ

  10. ޝިމްލާލް

    ތަޖުރިބާކުރެވިފައި އޮތީ! މައުމޫނުވެރިކަން ދިގުލައިގޮސް އެންމެން ބަދަލަކަށް ވޯޓުދިނީ ހަމަ ތިޔަފަދަ ކޯލިސަނަކަށް! ދެންވީގޮތް ވަރަށް ސާފް! 4 މަސްވެސް ނުވަނީސް ކޯލިސަންރޫޅި ބައިބައިވި! ޒަމާނަކުވެސް ދިވެހިން ނުރޯވަރަށް ދިވެހިން ރޯންޖެހުނު! ބޭރުފައިސާ ލިބުން ހުއްޓި ވިޔަފާރިތައް ބަގުރޫޓުވި! ކުންފުނިތައް ހުއްޓި އިނދަޖެހުނު! ދިނާ ޤަވްމު ވަކިވެ ބިކަވި! ޢަދުލުއިންޞާފް ގާދޫކޮލުން ބޭރުވި! ދަވްލަތުގެ ރިޟާވް އެއްކޮށް ހުސްވި! ބޭރުގެ އިންވެސްޓަރުން ފޫހިވެ އާމުދަނީ ލިބުން ދަށަށްދިޔަ! ދިވެހިންގެ އިޖްތިމާޢީ އަޚްލާޤު ފާސިދުވެ ހަލާކުވި! ރާއްޖޭގެ ހުރިހާ ހަރުމުދާ ވިއްކާހުސްކުރި! ގޮތްހުސްވެ ރައްޔިތުންގެ އެކައުންޓްތައްވެސް ދަވައިލި! މުސާރަތައް ކުޑަކޮށް ބައެއް އަތުލި! މިއީ މީގެ 8 އަހަރުފަސް! ހަނދާން އެބަހުރި! ނޯ ވޯޓް!

  11. ކެޔޮޅު

    ފައިސަލް ކަލެއަކަށް އެއްކަމެއް ވެސް ނުވާނެ. ވެރިކަމަކި ފޮތުން ކުރަކަމެއް ނުން އެއި އަމަލުން ކުރާކަމެއް. ޔަމީނަކީ ކަލޭމެން ނާ އަޅާ ކިޔެނެ މީހެއްނުން. ކަމެއް މެދުވެރިވީމަ ހައްލު ނުކުރެވި އިސްތިއުފާދިނުންނުން ކަމެއް ނުވާނެ. ދެން ބުނަނި ރައްޔަތުންނަން އަނިޔަނުވާން ވެގެނޭ.

  12. ޔާމީން ޙައްޤު 18

    ތި ކަހަލަ ފޮނި ހުވަފެން ދެއްކޭނީ. އއެއްވެސް ކަމެއް ކޮށް ދެވޭނެ ވަރުގެ ގާބިލިއްޔަތު ކަމެއް ހުރި ބައެއް ނޫން.

  13. ހަފްސާ

    ފައިސަލް އަށް ވެދުން ސަލާމް.
    ފައިސަލް ތިޔަ ހީކުރަނީ އިބޫއާއި ފައިސަލް ހޮވިއްޖެއްޔާމު ފަސް އަހަރުގެ ޓާމް ފުރިހަމަ ކުރެވޭނެ ކަމަށްތޯ؟ އިސްވެދިޔަ ތަނަށް ބަލާއިރު އެއީ ވުމަށްވުރެން ނުވުން ގާތްކަމެއް ކަމަށް ދެކެން. ފައިސަލް މެން ހޮވިއްޖެއްޔާމު ރައްޔިތުން އެވޯޓުދިނީ އިބޫ އާއި ފައިސަލް އަށް ކަމަށް ހީކުރެވެންޏާމު އެއީވެސްް ގޯހެެއް. ހަގީގަތް ގަބޫލުރަން އެބަޖެހޭ. މިހާރު މިއޮތްހާލަތުން އިބޫއާއި ފައިސަލް ގެ ނަން ވޯޓު ކަރުދާހުގައި އޮވެގެން ތިދެބޭފުޅުން ހޮވުނަކަސް ތިދެބޭފުޅުން މަސައްކަތް ކުރައްވަންޖެހޭނީ ރައީސް ނަޝީދު ރުހޭ ގޮތަކަށް. މިވަގުތު މިރާއްޖޭގައި އޮތީ ދެފިކުރު އެއީ ރައީސް ނަޝީދު ރައީސް ޔާމީނުގެ ފިކުރު. ރައީސް މައުމޫނާއި ގާސިމް އާއި ޝޭހް އިމްރާންގެ ނަން ތިބޭފުޅުން ތިބޭނުންކުރައްވަނީ އިންތިހާބީ މަންފާހޯދަން. އެކަން ކާމިޔާބުވާއިރަށް، އެބޭފުޅުންގެ އަޑު ކެނޑޭނެ، ދެން އޮންނާނީ ރައީސް ނަޝީދުގެ ބަސް. މިނޫން އެހެން ގޮތަކަށް އިބޫ ނުވަތަ ފައިސަލް އަމަލުކުރަން ހިތަށް އަރުވައިފިތަ ޖެހޭނީ އިސްތިއުފާ ދީފައި ގެއަށްދާން. ނޯ ޗޮއިސް.
    ދެން އަނެއްކަމަކީ ތިބޭފުޅުން ސިޔާސީ ކުށްވެރިން ކަމަށް ތިޔަ ވިދާޅުވާ މީހުން މާދަމާ ޖަލުން ނެރެ މިިނިވަންކުރީ. ބަނޑުހައި ވެފެފައި ތިބި ސިންގާތަކެއް ފަދައިން ހަމަ އެމީހުން ތިމީހުންނާއި ދިމާލަށް އަންނާނެ.
    އެމްޑީޕީގެ ސިސްޓަމް އޮތީ މާކުރިން ރޭވިފައިކަމަށް ދެކެން. އެސިސްޓަމް ރާވައި ހިންގަނީ ލަންޑަނުގައި ނުވަތަ ޔަހޫދީންގެ ބެލުމުގެ ދަށުން ސީދާ އެވެރިން ބުނާގޮތަކަށް، އެވެރިންގެ ވެރިކަން މިތަނަށް އައިސް މިތާ މަގުތަށް ހަދައި ބަނދަރުހަދައި، ނަރުދަމާ އާއި ބޯފެން ތިބި ރައްޔިތުން އުފާވާނޭހައި ކަންކަން ކުރެވުނީމައި ދެން އަންނާނީ އެއްކަލަ ތިޔާގިކަން ގެނެސްދިންމީހުން އެދޭއެދުން ފުއްދުމުގެ ބައި. އެއީ ދީނީ މިނިވަންކަން، އިސްލާމީ އުސޫލުތަށް ފުނޑުފުނޑުކޮށްލުމަށް ހުޅަނގުން ތައްޔާރުކޮށްފައިވާ އެމީހުންތަބާވާ ޑިމޮކްރަސީ. ކަންކަން އެމީހުންކުރަމުންދާނީ ނިކަން ސިއްރިއްޔާތުގައި ނިކަން ފިސާރިކަމާއި އެކު މަޑު މަޑުން. އެމީހުން ހަމަ ކުއްލިޔަކަށް އެއްކަމެއްވެސް ނުކުރާނެ. ފުރަތަމަ އެމީހުން މިއަދުގެ ކުޑަކުދިންނަށް ބުނެދޭން ބޭނުންވާނީ އިސްލާމީ އުސޫލުތަކަކީ ބޯދާ މުސްކުޅި އުސޫލެއްކަމަށް. އެއުސޫލުގައި ތިބެގެން ތަރައްގީއާއި ތަހުޒީބު ނުލިބުނުކަމަށް، ފުރަތަމަ މިއަދުގެ ކުޑަކުދިންގެ ސިކުނޑި އާއި ކުޅެލާނީ، ދެން އެކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކަންތަށްތަށް ބުނެދޭނީ، އެކުދިން ބޮޑުގެ ގައުމުގެ ހިންގުން އެކުދިންގެ އަތްމައްޗަށް ދާއިރު އެއޮތީ އަސްލު ޔަހޫދީން ބޭނުންވާ ސިސްޓަމް އައިސް ނިމިފައި. އެހިސާބުން ފެންނާނީ މިހާރު މިއިންދަން އުޅޭ މުޑުވަތުގެ ގަސްތަށް.